12 މެއި 2020 - 20:11
އާމްދަނީ ލިބޭނެ ގޮތެއް ޖޫން މަހުގެ ނިޔަލަށް ނުފެނިއްޖެ ނަމަ، ވީޓީވީ ހިންގާ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިދާނެކަން އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު އަންގައިފި އެވެ.
ވީމީޑިއާގެ ހިންގުން ހުއްޓާލަން ޖެހިދާނެކަން އަންގައި އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ މައި ކުންފުނި ވިލާ ގްރޫޕަށް ޓޫރިޒަމް ސިނާއަތުން ލިބެމުންދިޔަ އާމްދަނީ ކޮވިޑް-19ގެ ސަބަބުން އެއްކޮށް ހުއްޓިފައިވާ ކަމަށެވެ. އެހެންވެ ކުންފުންޏަށް ވަރަށް ބޮޑު އަޑިގަނޑަކާ ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ މިހާލަތުގައި ކުންފުނީގެ ހުރިހާ ހިންގުމެއް ވަގުތީ ގޮތުން ހުއްޓާލަން ޖެހިދާނެ ކަމަށާއި ޖޫން މަހާ ހަމައަށް މި ހާލަތުން އަރައި ނުގަނެވޭ ނަމަ މުވައްޒަފުންނާ މެދު ގޮތެއް ނިންމައި އަންގާނެ ކަމަށް ބުނެފައިވެ އެވެ.
"މިހާލަތުގައި ކުންފުނި ދެމެހެއްޓުމަށް ކުރެވުނު މަސައްކަތުން، އާމްދަނީ އިތުރުކުރެވޭނެ އެއްވެސް އަލި މަގެއް މިހާތަނަށް ފެނިފައި ނުވާތީވެ، ކުންފުނީގެ އޮޕަރޭޝަންސް ވަގުތީގޮތުން ހުއްޓާލަން ޖެހޭ ދަރަޖައަށް ކަންކަން ގޮސްފައިވާކަން ހިތާމައާއެކު ދަންނަވަމެވެ." ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕްގެ ދަށުން ހިންގަމުން އަންނަ ކުންފުނިން ފޮނުވި ސާކިއުލާގައިވެ އެވެ.
އެ ސާކިއުލާގައި ބުނެފައި ވަނީ މި ހާލަތުގައި މުވައްޒަފުންނަށް މުސާރަ ވެސް ހަމައަށް ދެވެން ނެތުމުން އޭޕްރިލް މެއި އަދި ޖޫން މަހު ހުރިހާ މުވައްޒަފުންނަށް ވެސް ދެވެން އޮތީ 2،222ރ. ކަމަށެވެ. އަދި ކުންފުނީގެ ހިންގުން މެދުކަނޑާލިޔަސް ތިން މަހުގެ މުސާރަ އާއި ރޯދަ އެލަވަންސް ހުރިހާ މުވައްޒަފުންނަށް ވެސް ދޭނެ ކަމަށް ބުނެފައިވެ އެވެ.
"މިހާރު" އާ ވާހަކަ ދެއްކި ވީމީޑިއާގެ މުވައްޒަފަކު ކިޔައިދިން ގޮތުގައި، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިކަމަކަށް ފަހު މެނޭޖްމަންޓުން ވަނީ ދެ ފަހަރަކު މުވައްޒަފުންނާ ވަކި ވަކިން ބައްދަލުކޮށް ހާލަތު އަންގައިދީފައިވާ ކަމަށެވެ. ބަދަލުތައް އަންނާނެ ކަމަށް ބުނެފައިވަނީ އޭޕްރިލް މަހުން ފެށިގެން ކަމަށާއި ނަމަވެސް މާޗް މަހުގެ ފުރިހަމަ މުސާރަ ވެސް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"މާޗް މަހުގެ މުސާރަ ލިބުނީ މަހުގެ ފަހުކޮޅު 6000ރ. ހުރިހާ މުވައްޒަފުންނަށް، ރޯދަ އެލަވަންސް އަދިވެސް ނުލިބޭ، އޭޕްރިލް މަހުގެ މުސާރަ ވެސް އަދިވެސް ނުލިބޭ އެ ހުރިހާ އެއްޗެއް ދޭނެ ކަމަށް ބުނި، އެކަމު ލިބޭނެ ދުވަހެއް ނޭނގި ތިބެން ޖެހުނީމަ ވަރަށް އުނދަގޫ،" އޭނާ ކިޔައިދިނެވެ.
އެ މުވައްޒަފު ކިޔައިދިން ގޮތުގައި ކޮންމެ މަހެއްގެ ވެސް 10 ވަނަ ދުވަހުގެ ކުރިން މުސާރަ ދޭނެ ކަމަށް އެގްރީމަންޓުގައި އޮންނައިރު ވެސް މަހުގެ ފަހުކޮޅަށް ދާއިރު ވެސް މުސާރަ އެއްކޮށް ނުލިބޭ ކަމަށެވެ. އަދި މުސާރަ ދޭނެ ކަމަށް ބުނާ ދުވަހަށް ނުދޭތީ ވަރަށް ބޮޑަށް ދަތިވާ ކަމަށް ބުންޏެވެ.
ކޮވިޑް-19 ފެތުރެން ފެށުމާ އެކު ދަތުރުފަތުރު ހުއްޓުމަކަށް އައިސް، ޓޫރިސްޓުން އައުން ހުއްޓުމުން ރިސޯޓްތައް ވަނީ ބަންދުކުރަން ޖެހިފަ އެވެ. ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ ޓޫރިޒަމަށް މި އައި ހީނަރުކަމާ އެކު ރާއްޖޭގެ މުޅި އިގްތިސާދު ވަނީ ވަރަށް ބޮޑު ހީނަރުކަމެއްގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
14 May 2020
ބޮޑުކަމެއް ދިމާވުމުން ގައުމު ހިންގަން ހަވާލުވެތިބި މީހުން ފަހަތަށްޖެހި، ގައުމެއް ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ހިކުމަތެއް ނެތް ބަޔަކާ ހަވާލުކުރުމުން ދެން ވާނެ ހައެތި މިވަނީ. ސަރުކާރުގަ ތިބި ގިނަ ސިޔާސީ ފަރާތްތަކަކީވެސް ހުސް "ބޯ"ތަކެއް. ކަމެއް ރާވައި ހިންގުމުގެ އެއްވެސް ކަންފުޅެއްނެތް. ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔަކަށް ބަލިޖެހުމުން ފިލައިގެން ބަލިފަތުރަމުން ތަށުތެރޭ ދުވާއިރު އެކަން ހުއްޓުވުނު ބަޔަކުވެސް ނެތް. މިއޮތީވާ ގައުމެއް.
ދެރަ
14 May 2020
ކޮންމެ ވިޔަފާރިއެއްވެސް ކުރެވޭނީ އެވިޔަފާރިއަކުން އެވިޔަފާރިއެއް ހިންގާނެ ލާރި ލިބިގެން. އެއިރުން ޓޫރިޒަމް ދައްވިޔަސް ވީމީޑިއާވެސް ހުއްޓާލާކަށް ނުޖެހުނީސް. މަސައްކަތްކުރަން ތިބި ބަޔަކުވެސް ކުރިން އެކަމަށް ވިސްނައިގެން ހަރަދު ހޯދަން މަސައްކަތްކުރިނަމަ އެހެން ނުވީސްހެން ހީވަނީ.
ސައްލެބެ
14 May 2020
ތިކަން ތިޔާހެންވާނީ ތިތަނުން ލިބޭ އެއްޗެއްނެތި ހުސް ހަރަދުދަންޏާ.
އައިސް
14 May 2020
ތި ތަން ހުންނަނީ ވަރަށް ފައްކާ ތަނެއްގަ ސުޕަމާކެޓެއް ހަދާލަން. ޤާސިމް އަދި ނުކުރާ ވިޔަފާރިއެއް ވީމަ ބުނެލީ
ދެލޯ
13 May 2020
ޤާސިމަށްވުރެ ބޮޑު ނިކަމެތި ފަޤީރެއް މިޤައުމުގައި ނެތް. އެހެންވީމާ ވާނީ ތިހެން. އަދިވެސް މިޤައުމުގައި ރަށެއް އޮތިއްޔާ އަތުނުލެވުގެން އުޅެނީ.
ބަރުބާދު
13 May 2020
ކުރީގަހީކުރިން ގާސިމް ކަމައް އެންމެ ހަރުދަނާ މީހަކީ!!!!. އެކަމަކު ހަތަރު ފަސް ރިސޯޓުއޮވެ ކަންމަތީފިހާރަޔައްވުރެވެސް ހާލުގަ. އަދިވެސް ބަޔަކު އުކާލާފަތިއްބަސް ސިޔާސީ މީހަކުވިއްޔާ ބައްކުރެވޭތޯބަލާ. ހަގީގަތަކީ ތިޔަ ބައިގަނޑު ގާސިމް އައް ދަޅަދައްކާފަ ދަވާލުންނޫންކަމެއްނުކުރޭ.
ގަރަމް
13 May 2020
ވީމީޑިއާ ހަދިޔާކޮށްލާ.
ހަމަ އަސްލ
13 May 2020
ކިރިޔާ ގޮތެއް އޮތަސް ވިލާގެ ވަޒީފާ އަށް ދާނެ ކަމއްނެތް
އަލިހަންދްރޯ
13 May 2020
ހުއްޓައެއް ނުލާނެ. މަދު ބަޔަކު ލައިގެން ކުރިއަށް ގެންދާނެ. ގިނަ މީހުން ހީވަނީ ކަޑާލާނެހެން.
ގާކޮށި ހުސޭނުނު
13 May 2020
ހުއްޓާލާ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ގާސިމް ތަށްޔާރުވޭ މުއްސަދި މަހުޖަނަށް ކާމިޔާބުވާނެ ތިޔައީރަށްޔިތުންނަށް ހިޔޮ އެދޭމީހެއް