ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ގޮތުގެ ތަފްސީލް އަންގައި ދިނުމަށް އެންއީއޯސީގެ މިރޭގެ މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ދެއްކެވި ގްރާފް.
15 މެއި 2020 - 00:02
ކޮވިޑް-19 ގެ ސާޖް (ކުއްލި އިތުރުވުމެއް) އަންނަ މިންވަރު ކުރިން ލަފާކުރި ވަރަށް ވުރެ ދަށް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ބްރީފިންގައި "މިހާރު"ން ކުރި ސުވާލަކަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ބަލިފެތުރޭ މިންވަރު ކުރިން ލަފާކޮށްފައިވާ ވަރަށް އިތުރުވާތަން އަދި ނުފެންނަ ކަަމަށާއި އުއްމީދުކުރަނީ އިތުރުވިޔަސް އިތުރުވާނީ ވަރަށް ދަށްކޮށް ކަމަށެވެ. ސަބެބެއް ކަމަށް އޭނާ ވިދާޅުވީ ލޮކްޑައުންގެ ފިޔަވަޅު އޮތުމާއި އެ ފިޔަވަޅު ދިގުދެމިގެން ދިއުމުން މީހުންގެ ދިރިއުުޅުމުގެ ވައްޓަފާޅި އަށް ބަދަލު އައުމެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ ސާޖް އަޔަސް އަންނާނީ ވަރަށް ލޯ ސާޖެއް ކަމަށް،" އަފްޒަލް ވިދާޅުވި އެވެ.
ޑރ. އަފްޒަލް މީގެ ކުރިން ވިދާޅުވެފައި ވަނީ ބަލި ފެތުރޭ މިންވަރު އިތުރުވާކަން ނުވަތަ ނޫންކަން އެނގޭނީ ރާއްޖޭގައި ކޮވިޑަށް ޓެސްޓްކުރެވޭ މިންވަރު އިތުރު ކުރެވުމުން ކަމަށެވެ. އެކަމަކު މިރޭ ވިދާޅުވީ ޓެސްޓް ކުރުމުގެ ގާބިލުކަން އިތުރު ނުކުރެވުނަސް ބަލި ފެތުރޭ މިންވަރު އިތުރުވާ ނަމަ އެކަން ފެންނާނެ ކަންތައްތަކެއް ނުވަތަ "ސަރޮގޭޓް އިންޑިކޭޓާތަކެއް" ހުންނަ ކަމަށެވެ. ބަލި ފެތުރޭ މިންވަރު އިތުރުވާނެ ކަަމަށް ކުރިން ލަފާކޮށްފައިވާ މުއްދަތު އަދި ހަމަ ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެތައް ހާހެއްގައި އަޅުގަނޑުމެންގެ ޕްރޮޖެކްޝަންތައް ހުރީ އޭރުގައި އެންމެ ފުރަތަމަ ފެށްޓި އިރު. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް އެބަަ އެ ޕްރޮޖެކްޝަންތައް ދަށްކޮށްްލެވޭ. އަދި ހަމަ މިހާރު މިކުރެވޭ މަސައްކަތުން، އެއީ ޕްރޮޖެކްޝަންތަކުގެ ވާހަކަ ދެއްކީމާ ވެސް އަންނާނެ ބަދަލެއް އިނގޭތޯ. އާއްމުންނަށް ވެސް މިވާހަކަ އިނގުނީމާ،" ޑރ.އަފްޒަލް
އެޗްޕީއޭ އިން ލަފާކޮށްފައި ވަނީ މިމަސް ނިމޭ އިރު ކޮވިޑް-19ގެ ޕީކެއް އައިސް، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 6،000 އަށް އަރާނެ ކަމަށެވެ.
މިރޭގެ މީޑިއާ ބްރީފިންގައި ޑރ.އަފްޒަލް ވާހަކަ ދައްކަވަނީ.
"ސާޖެއް އަންނަ ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެންގެ މި ޓެސްޓިން ކެޕޭސިޓީ ހަމަ މިގޮތަަށް ހުއްޓަސް އެހެން ދިމަ ދިމާލުން، އެއީ ސަރޮގޭޓް އިންޑިކޭޓާސް އޭ މިކިޔާ ދިމަ ދިމާލުން އަަޅުގަނޑުމެންނަށް އެނގޭ އެ އިތުރު ވަންޏާ. އެހެންވީމާ އެގޮތަށް އިތުރުވާކަމަށް ފެންނަންޏާ އަޅުގަނޑުމެންގެ ޓެސްޓިން ވެސް އިތުރަށް ފުޅާ ކުރެވިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.
އަފްޒަލް ވިދާޅުވި ގޮތުގައި ކޮވިޑް-19 ފެތުރޭނެ ކަމަށް ކުރިން ލަފާކޮށްފައިވާ މިންވަރަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެއީ ފިޔަވަޅުތައް ތަންފީޒުކުރެވޭ މިންވަރުގެ މައްޗަށް ބިނާވާ ކަމެއް ކަމަށެވެ. އެގޮތުން ފިޔަވަޅުތަކަށް އާއްމުން އިހުތިރާމް ކުރާ މިންވަރު ކުރިން ލަފާކޮށްފައި އޮތަސް، އެކަން ކުރިއަށްދާ ގޮތް ރަނގަޅަށް ފެންނާނީ ހާލަތު އައުމުން ކަމަށާއި އެހެންވީމާ ލަފާކޮށްފައިވާ ކަންތައްތައް ބަދަލުވަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެތައް ހާހެއްގައި އަޅުގަނޑުމެންގެ ޕްރޮޖެކްޝަންތައް ހުރީ އޭރުގައި އެންމެ ފުރަތަމަ ފެއްޓި އިރު. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް އެބަަ އެ ޕްރޮޖެކްޝަންތައް ދަށްކޮށްްލެވޭ. އަދި ހަމަ މިހާރު މިކުރެވޭ މަސައްކަތުން، އެއީ ޕްރޮޖެކްޝަންތަކުގެ ވާހަކަ ދެއްކީމާ ވެސް އަންނާނެ ބަދަލެއް އިނގޭތޯ، އާއްމުންނަށް ވެސް މި ވާހަކަ އިނގުނީމާ،" އަފްޒަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީގ
15 May 2020
މިސާޖް ދައްކުރެވުނު ވަރަކައް ލޮކްޑައުން ނިމުމުން އަންނަ ސާޖް އުސްވާނެ ކަމައް ފެންނަނީ. އަބަދު ލޮކްޑައުން އަކުވެސް ނުތިބެވޭނެ. މެނޭޖް ކުރެވޭވަރުގެ ސާޖްއެއް އުސްވިޔަސް ރަނގަޅު ކަންނޭގެ.
ވޮޗްޑޮގް
15 May 2020
ލޮކްޑައުން އެއްގެ ބޭނުމަކީ އެކަމަށް ތައްޔާރުވުން.. ކެޕޭސިޓީ ބިލްޑްކުރުން، ޕްރޮޓޮކޯލްތަކާއި ގައިޑްލައިންތަކެއް ތައްޔާރުކުރުން. ޓެސްޓިން ކެޕާސިޓީ އިތުރުކޮށް ހޮސްޕިޓަލްގެ އެންދުގެ އަދަދު އިތުރުކުރުން. ސަރުކާރުން ވަރަށް ބޮޑު ތަނުން ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރަންޖެހޭ.
އާދޭސް
15 May 2020
ﷲގެ އިރާދަފުޅުން ތިކަން ވާނެ. ހުރިހާ ކުދިންވެސް މި ރޯދަ މަހުގެ ފިލާވަޅުތައް ހަނދުމަފުޅު ބަހައްޓައިގެން ގައުމު ހަމަ މަގަށް އެޅެންދެން ކެތްތެރިކަން އިސްކުރޭ. ކަރަންޓީނު ފެސިލިޓީއިން ފިލުމާއި، އެއް ރަށުން އަނެއް ރަށަށް ފިލައިގެން ދިޔުމުން ހަމަ ތި ވައްޓާލެވެނީ އެތަށް ދިވެހިންގެ ފުރާނަ ގެއްލުމުގެ ތެރެއަށް. އެެހެން ނަހަދާ މިފަހަރު. ޕްލީޒް.
ސީ މް
15 May 2020
އޭގެ އަ މިއްލަ ޒާތުގަ ދަށައް.ދިޔާ މަ ސާޖި ދަށްކުރެވުނީތޯ.؟
ވާނުވާ20000
15 May 2020
ކޮވިޑޭ ކިޔާގެން ވެންޓިލޭޓަރ ފައިސާ ، ފައިސާ ކަރަޕްޝަން އިންތިހާޔަށް އިރާދަ ކުރެވިއްޔާ މިތާކު ތިޔަ ކޮވިޑުގެ ކަމެއްނެތް. ޢެއްދުވަހު ޕޮޒިޓިވް އަނެއްދުވަހު ނެގަޓިވް.
ބައިސްކަލްު
15 May 2020
އެކަށީގެންވާ އާބާދީއެއްނެތްތަނެއްގަ އިންޑިއާ އެމެރިކާފަދަ ތަންތަނުގަހަދާކަހަލަ ފާޑުފާޑުގެ ކަރާޓީ ޗާޓުތައް ހަދައިގެން ދައްކަނީ. ނަރުދޫގަ ޕީކު އައިސް ނިމިއްޖެ ހައެއްކަ މީހުނަށް ޖެހުނުއިރު، ތަމެން ބުނީ އެންމެނަށް ޖެހޭނެއޭ، ޗާޓު ހުރީ މުޅިން އެހެން ސިފައަކަށް.
ސަރަނގު
15 May 2020
ވާނުވާނޭނގި ބޭކާރުހަރަދުކުރުމުގެ ބޭނުމެއްނެތް.ކޮވިޑާއިއެކު އުޅުމަށް ދުނިޔެރެޑީވަނީ.
މޯޑޭ
15 May 2020
ހުރިހާ ބިދޭސީން ލޮކު އަޅުވާފަ ދިވެހިރަށްއިތުން ދޫށްކޮށްލަބަލަ.
ހޯޕް
15 May 2020
މި ހެޑްލައިންގައި ‘އުއްމީދު’ މިއީ އެންމެ އެކަށޭނެ ބަހެއް ނޫން. ބޭނުން ކުރަންޖެހޭބަހަކީ ލަފާ ކުރިވާހަކަ. އުއްމީދު ކުރާނީ ޕޮޒިޓިވް ކަންތައްތަކަށް.
ނަރުސް ކުއްޖާ
15 May 2020
އަޅުގަނޑުމެން އެންމެންގެ އުއްމީދަކީވެސް ތިޔައީ ޑޮކްޓަރު. އެކަމަކު ކޮވިޑް އޮޕަރޭޝަން ފެއިލްކޮށްލަން ބަޔަކު އަޑީގައި ތިބެގެން ވަރަށް އެބަ މަސައްކަތްކުރޭ. ﷲގެ އިރާދަފުޅުން އެމީހުންގެ ޕްލޭން ފެއިލުވެ މި އޮޕަރޭޝަން ކާމިޔާބު ވާނެ.
ރާޖުކުމާރުއިބްނު
15 May 2020
މިޑޮކްޓަރ ވާހަކަ އަޑުއަހާލެވޭ ސީނާ އަރައިފިއްޔާ އަހަރެމެނަ ތިބެނީ ބިރުން ފިތްކަނޑައިގެން ދާވަތިވެފައި