ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ. އޭނާ ވިދާޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ކުރާ މަސައްކަތުގައި އައިލާތަކުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް.
15 މެއި 2020 - 16:38
ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ކުރުމަށާއި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރަން އިސްސަފުގައި މަސައްކަތް ކުރާ މީހުންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެ މީހުންގެ އާއިލާތަކުން ދޭ އެއްބާރުލުން ކަމަށް ވިދާޅުވެ، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެ އާއިލާތަކަށް މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހުގެ މުނާސަަބާގައި ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، ގައުމުގެ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރާ މަސައްކަތުގައި، އެ އާއިލާތަކުން ވަމުން އަންނަ ގުރުބާނީގެ ނަތީޖާއަކަށް ވާނީ މި އުނދަގޫ ހާލަތުން އަރައިގަނެވި، އާއިލާތަކަށް އަލުން އުފާވެރިކަމާ އެކު، އުޅެވޭނެ ދުވަސްތަކެއް ފެނުން ކަމަށެވެ.
"...މި އުނދަގޫ ހާލަތުން އަރައިގަނެވި، އެ ހުރިހާ އާއިލާތަކަށް އަލުން އުފާވެރިކަމާ އެކު، އުޅެވޭނެ ދުވަސްތަކެއް ފެނުން. އެހެން ކަމުން މި ހާލަތާ ގުޅިގެން އާއިލާ އާއި ދުރުގައި ތިބި ފަރާތްތަކަށް، އެ ފަރާތްތަކުގެ އާއިލާ އިން ލިބެމުން އަންނަ އެއްބާރުލުމަށް އެ އާއިލާތަކަށް ސެލިއުޓްކުރާ ހާލު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން،" އައިޝާ ވިދާޅުވި އެވެ.
އާއިލާތަކުން ވަަމުން އަންނަ ގުރުބާނީތަަކާ ބެހޭ ގޮތުން، މިނިސްޓަރު ވިދާޅުވި ގޮތުގައި، ހާލަތުގެ ނާޒުކު ކަމާއެކު އާއިލާއާ އެކު ގޭގައި މަޑުކުރަން ޖެހިފައި އޮތް ނަމަވެސް އެ ފުރުސަތު ފަހިވެފައި ނެތް ގިނަ އާއިލާތަކެއް ވެސް އެބަތިއްބެވެ.
"...މި އުނދަގޫ ހާލަތުން އަރައިގަނެވި، އެ ހުރިހާ އާއިލާތަކަށް އަލުން އުފާވެރިކަމާ އެކު، އުޅެވޭނެ ދުވަސްތަކެއް ފެނުން. އެހެން ކަމުން މި ހާލަތާ ގުޅިގެން އާއިލާ އާއި ދުރުގައި ތިބި ފަރާތްތަކަށް، އެ ފަރާތްތަކުގެ އާއިލާ އިން ލިބެމުން އަންނަ އެއްބާރުލުމަށް އެ އާއިލާތަކަށް ސެލިއުޓްކުރާ ހާލު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން،" އައިޝާ
ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި އިސްސަފުގައި މަސައްކަތް ކުރާ ބައެއް މީހުންނަށް، އާއިލާއާ ބައްދަލު ނުކުރެވޭތާ އެތަކެއް ދުވަހެއް ވެއްޖެ ކަމަށާއި އާއިލާ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ދިރިއުޅޭ ތަންތަނަށް ކޮންމެ ދުވަހަކު އެނބުރި ދާން ޖެހޭ މީހުން ވެސް އެބަތިބި ކަމަށް އައިޝާ ވިދާޅުވި އެވެ.
ކޮވިޑް-19 ދަސްކޮށްދިން އެއް ފިލާވަޅަކީ އޭނާ ވިދާޅުވި ގޮތުގައި، އާއިލީ ގުޅުމުގެ މުހިއްމު ކަމެވެ. އާއިލާތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ކޮންމެ މެންބަރެއްގެ ވެސް މުހިއްމު ދައުރެއް އޮތްކަން ކަން ވެސް އެ ބަލިން އެނގިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާއިލާގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ކޮންމެ މެންބަރެއްގެ ވެސް މުހިއްމު ދައުރެއް އޮތްކަން ވެސް އެއީ މިހާލަތުން ދަސްވި ފިލާވަޅެއް ކަމަށް އައިޝާ ވިދާޅުވި އެވެ.
"މި މުހިއްމު ފިލާވަޅާއެކު މިއަދު އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ މި ކުރިމަތިވި ހާލަތާއެކު، ބަދަހިކުރެވުނު އާއިލީ ގުޅުން އަބަދުވެސް އެ ގޮތުގައި ދެމެހެއްޓުން،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
16 May 2020
ކުރިން ދަންނަ އައިޝާއެއް ނޫން ތީ. ވަރަށް ކަޑަ މިހާރު.އެއްވެސް ހިންގުންތެރިކަމެއް ނެތް. ކުރިން ޖެންޑަރ މިނިސްޓަރަކަށް ހުރި އިރު މާގަދަޔަށް ހިންގި. އިތުރު ތަޖުރިބާއާއެކު މިހާރު މާ ރަނގަޅުވާން ޖެހޭނެނު
ގހދ
16 May 2020
ފެއިލް ވެފައި ހުރި މީހެއްތީ. ކޮން ސެލިއުޓެއް ކުރާކަށް. ގޭގަ ގޮސް އޮވޭ. ތިތަން ނެތަސް އަަަހަރެމެންނަށް މާރަގަޅު.
ބަރުބާދު
15 May 2020
ސެލިއުޓް ކޮއްލަކޮއްލާއިނދޭ ކުރާނެ އެހެންކަމެއް ނެތެއްނުދޯ!!!!/.
1984
15 May 2020
މިނިސްޓަރ އައިޝާއަށް ކުރެވުނު ކަަމަކީ ކޮބާ ލޮކްޑައުންގައި ގެވެށި އަނިޔާއާއި ކުރިމަތިލާންޖެހޭ މީހުންނަށް؟ ހަމަ މިވެސް ބޮލެއް، ނަންވާނީ ޝިދާތާ އެކަމަކު ހުސް މިފެންވަރުގެ ކަންތައް ނުކުރެވޭ މީހުން
ޝައްފަ
15 May 2020
ކްލާސްޓީޗަރާ އަނެއްކާ !
އަދާލަތު ފާތުން
15 May 2020
އާއިސައިދި އަށް މަގާމު ލިބުނީ އިބޫ ގެ ކްލާސް ޓީޗަރު ވީމާ. ތިޔަށް ވުރެ މާ ރަނގަޅަށް ތި މިނިސްޓްރީ ހިންގާދޭނޭ ދިވެހި ދަރިން އެބަ ތިބި. ހަގީގަތުގައި ތިޔައީ އަދާލަތުގެ މަގާމެއް. ބޭ އިންސާފުން އިބޫ ކުރި ކަމެއް.
ބަބުރަންޖީ ހާޖީ
15 May 2020
އާއިލާގެ ދުވަސްވެސް މީ އެއްދުވަސް. ދެން އެނިމުނީ.
ނިރު
15 May 2020
ތި ސެލިއުޓް އަހަރުމެންނަށް މުހިންމެއް ނޫން... ސަރުކާރުގެ ހެހީތެރިކަމެއްނެތި ވަރަށް ނިކަމެތި ހާލުގަ މިހުުން ދިރި އުޅެމުން ގެނަދަނީ ...
ބޮޑުމީހާ
15 May 2020
ސަރުކާރަށް މިކާރިސާ މެނޭޖުނުކުރެވި ރައްޔިތުން ހާލުގަ ޖެހެމެންދަނީ...ތިކަހަލަ ސެލިއުޓަކުންވާނެ ކަމެއްނެތް
އޮނަރަބްލް އަފީފު ދީދީ
15 May 2020
އައިސާދީގެ "ތިޔަ ސެލިއުޓް" އަހަރުމެނަކަށް މުހިންމެއްނޫން. އދ ގެ އިދާރާއެއްގައި މަސައްކަތް ކުރެއްވި މީހެއްގެ ޙައިސީއްޔަތުންނާއި ސޯލިޙްގެ ސަރުކާރު ވަޒީރެއްގެ ޙައިސިއްޔަތުން އައިސާދީ ދެރަވެ ލަދު ނުގަނޭތޯ އިއްޔެ ތޮއްޑޫގެ ނިކަމެތި އާއިލާއެއްގެ އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވެގެން ދިޔަ ހާދިސާގެ މަތިން.؟