ޚަބަރު / ކޮވިޑް-19

ކޮވިޑް-19: އިތުރު ހަތަރު ދިވެއްސަކު ޕޮޒިޓިވްވެއްޖެ

މާލޭގައި އުޅޭ ބައެއް ބިދޭސީން ކޮވިޑް-19 އަށް ޓެސްޓު ކުރުމާއި އެ މީހުންގެ ސިއްހީ ކަންކަން އެޗްޕީއޭ އިން މިއަދު ބަލަނީ.

17 މެއި 2020 - 20:56

14 comments
18 މެއި 02:47

އިތުރު ހަތަރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިރޭ ދަންވަރު 12:45 އާ ހަމައަށް އެޗްޕީއޭ އިން ބުނީ އެ ބައްޔަށް ޕޮޒިޓިވްވީ ހަތަރު ދިވެހިން އެކަނި ކަމަށް. މި ފަހަރު އާންމުކުރި ލިސްޓުގައި އެހެން ފަހަރުތަކާ ޚިލާފަށް ދިވެހިން ފިޔަވައި އެހެން ގައުމެއްގެ ބަޔަކު ނެތް. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ މިހާރު 1،094. ދިވެހިންގެ އަދަދަކީ 388.

17 މެއި 22:33

ޑރ. އަފްޒަލް: ސާޖް ކޮންޓްރޯލް ވެއްޖެ ނަމަ ލޮކްޑައުން ނިމުމަކަށް ވެސް އަތުވެދާނެ. އެކަމަކު މި ސާޖަށް ފަހު އަނެއްކާ ވެސް މިކަން ރިވިއު ކުރާނެ. ސާޖް ނުފެނިއްޖެ ނަމަ އެކަން ވެސް ޑިސްކަޝަންސްގައި ނިމޭނީ. އެކަމަކު މިހާރު މިދާގޮތަށް ޕޮޒިޓިވް ދަށްވަމުން ދާ ނަމަ، އޭގެ މާނައަކީ ރަނގަޅަށް އެބަދެއޭ. ހަގީގަތުގައި މިހާރު ދިވެހިން ވެސް އަދި ބިދޭސީން ވެސް އަޅުގަނޑުމެން އެދޭ ގޮތަށް އަމަލުތައް ބަހައްޓަމުން އެބަދޭ. އެކަން މަގުތަކުން ވެސް ފިހާރަތަކުން ވެސް އެބަ ފެނޭ.

17 މެއި 22:19

ޑރ. އަފްޒަލް: މިހާރު އާދައަކަށް ހަދަން ވެއްޖެ ވިޔަފާރިކުރަން އަބަދު ވެސް އެކަކު ބެހެއްޓުން. އަދި އޭނާ ސައިބޯނި ލައިގެން އަތް ދޮވެ ހަދަން ވާނެ. މަދުވެގެން އަބަދު ވެސް ހަފުތާއަކަށް ވާވަރަށް އެއްޗެހި ގަނެފައި ބެހެއްޓުން ވަރަށް މުހިންމު. ލޮކްޑައުންގައި ތިބޭއިރު އެއްވެސް ހާލަތެއް އަޔަސް ބޭރުން ގެއަށް އަންނަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ނުދެށޭ.

17 މެއި 22:07

މަބްރޫކް: އިންޑިޔާ އިން ދަތުރުކުރި މަނަވަރުން ތިން މީހަކު ވަނީ ޕޮޒިޓިވްވެފައި. އެއީ ބައިސަން މޯލްޑިވްސްގައި މަސައްކަތް ކުރާ ބައެއް. އޭގެ ކޮންޓެކްޓްތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން.

17 މެއި 22:06

މިއަދު ޖުމްލަ 12 ޕޮޒިޓިވް ކޭސް ވަނީ ފެނިފައި. އެއާ އެކު 1090 މީހުން ރާއްޖެ އިން ވަނީ ޕޮޒިޓިވް ވެފައި. 59 މީހުން ވަނީ ބަލިން ރަނގަޅުވެފައި.

17 މެއި 22:05

ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް އަދި ޑރ. އައްޒާމް

17 މެއި 21:39

އިތުރު ހަތް މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި. މިރޭގެ 9:30 އާ ހަމައަށް އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެ އިދާރާ އިން ބުނިގޮތުގައި ފަސް ދިވެއްސަކާއި ބަންގްލަދޭޝްގެ މީހަކާއި އިންޑިއާގެ މީހެއް. ރާއްޖެ އިން އެ ބަލި ޖެހުނު މީހުންގެ މިހާރުގެ ޖުމްލަ އަކީ 1،090.

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު ފަސް މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.

އެ އިދާރާ އިން ބުނީ މިރޭގެ 8:30 އާ ހަމަށް މިއަދު ޕޮޒިޓިވްވީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި ސްރީ ލަންކާގެ މީހެއް ކަމަށެވެ. އެހެންވެ، ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ މިހާރުގެ ޖުމުލަ އަކީ 1،083 އެވެ.

މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން 1،000 އަށް ވުރެ ގިނަ މީހުންނަށް އެ ބަލި ޖެހިފައިވާއިރު މިހާތަނަށް ވަނީ 59 މީހަކު ރަނގަޅުވެފަ އެވެ. ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މިހާރު ފަރުވާ ހޯދަމުން އަންނަނީ 1،020 މީހެކެވެ.

ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ ބަންގްލަދޭޝްގެ މީހުންނަށެވެ. އެ ގައުމު 561 މީހަކަށް އެ ބަލި ޖެހިފައި ވެ އެވެ. ދިވެހިންގެ ތެރެއިން ކޮވިޑް-19 ޖެހުނީ 379 މީހަކަށެވެ. ދެން އެންމެ ގިނައީ އިންޑިއާގެ މީހުންނެވެ. އެ ގައުމުގެ 103 މީހަކަށް މިހާތަނަށް ވަނީ އެ ބަލި ޖެހިފަ އެވެ.

14 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 58%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަޓް ބްރޯ

18 May 2020

ބަހެއް ނާހާ! ނުވެސް އަހާނެ. މިވަގުތު ގިނަ ބަޔަކު ގޭގަ ތިބީ ޖަލު ތަކުގަ "ބަސްއަހައިގެން" އެތިބޭހެން. މިއީ ދޮގެއްތޯ ބަލަން މާދަމާވެސް ލޮކްޑައުން ނިމުމަކަށް ގެނެސްބަލަ!

The name is already taken The name is available. Register?

ޓޯނީ

18 May 2020

ﷲގެ ރަހްމަތްފުޅުން ހުރިހާ ކަމެއް ރަނގަޅުވާނެ. މުޅި ދުނިޔެވެސް މި ބަލި ޓެކްލް ކުރަމުންދަނީ އެއްގޮތަކަށް. އެއީ ކަމާބެހޭ ފަރާތްތަކުގެ ބުނާ ބަސް އަޑުއަަހައިގެން، ބުނާ ގޮތަށް ހަދައިގެން.

The name is already taken The name is available. Register?

ގަޓް ބްރޯ

18 May 2020

ލޮލަށް ފެންނަ ގޮތާފޮތް އެނގޭ ނުވިތާކަށް ސައްހަ ލިޔެކިޔުމެއްނެތި ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް އުޅެމުންދާކަންވެސް އެނގޭ ބޮޑެތި ސިންގާ ބިދޭސީން ކޮންޓްރޯލް ނުކުރެވުނު ބަޔަކަށް، ލޮލަށްވެސް ނުފެންނަ އަދި އެ ވައިހުގެ ގޮތްވެސް ރަނގަޅަށް ދެނެނުގަނެވޭ ކުޑަކުޑަ ވައިރަހަކުން ޖެހޭ ވެކްސިނެއްވެސް އަދި ނުހޯދޭ ބައްޔެއް ކިހިނެތް ތިހާ ފަސޭހައިން ކޮންޓްރޯލް ކުރެވޭނީ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 May 2020

ޑރ އަފްޒަލް. ދަންނަވަންތޯ ވާހަކައެއް. ރައްޔަތުންނަށް އޮޅުވާލުމާއި ދޮގާއި ސައްޙަނޫން މައުލޫމާތުދީފައިވަނީ ވަޒީރުން. # މާރިޗް 7 ވަނަ ދުވަހުން އޭޕްރީލް 12 ވަނަ ދުވަހާއިހަމައަށް އެޑިއުކޭޝަން، ޓްއަރިޒަމް، އިކޮނޮމިކް މިނިސްޓަރ ދެއްވާފައިވާ އިންޓަވިއުތައް ބައްލަވާލައްވާ. # މާލޭގައި ރަށްރަށުގެއެތައްބަޔަކުތާށިވެ ސްކޫލްކުދިންގޮވައިގެން އެމީހުންގެރަށަށް ދިއުމަށް "ގަސްތުގައި" ހުރަސްއަޅާ މާލޭގެތޮއްޖެހުންއިތުރުކޮށް އެތައްބަޔަކު މިހިތްދަތިހާލަތަށްވައްޓާލީވެސް ވަޒީރުން.

The name is already taken The name is available. Register?

ބޮޑުމީހާ

17 May 2020

ކުރިންވެސް ތިބޭފުޅުން އެންގެވި ގޮތަށް ރައްޔިތުން އަމަލުކުރީ. މަގުމައްޗަށް ނުނުކުމެވޭގޮތަށް ލޮކްޑައުން ކުރީމަ މިތިބީ ގޭގަ. ކުރިންދިނީ ނަސޭހަތް.

The name is already taken The name is available. Register?

ހަސަދު

17 May 2020

ތިޔަބެފުޅުންނަކަށް ކިޔޭ ނުކިޔޭ އެއްނޭގެ. އެއްފަހަރު ވިދާޅު ވާނެ ބޮޑު އަދަދަކަށް ޕޮޒިޓިވް ވާނެޔޭ. އަނެއްފަހަރު ސާޖު އަދި ނަދޭ. ތިޔަބޭފުޅުންގެ ގާބިލިއްޔަތު ނެތުމާ އަދި ލޮކް ކަހަލަ ކަންކަމުން ރައްޔިތުންނަށް ވާނެ އުދަގޫ ތިޔަބެފުޅުނަށް އެއްގޮތަކަށް ވިސްނޭ ހެނެއް ހިއެއްނުވޭ. ދެން މިހަރު ތިޔަވިދާޅު ވަނީ ފޯނު އެއީ ވަރަށް ނުރައްކާ އެއްޗެކޭ. ނަސީބު އަދި ތުއްތު ދަރިފުޅު އުރުން މަނާ ނުކުރާ ކަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 May 2020

ކޮވިޑް 19 ރާއްޖެއިން ނައްތާލެވުނުކަން ކަށަވަރުކުރެވޭނީ ރާއްޖޭގެހުރިހާ ހޮސްޕިޓަލަކުން ކޮވިޑްޓެސްޓް ކުރެވޭނެގޮތްހަދާ ޓެސްޓްކުރުން އާންމުކޮށްގެން. # މިކަންކުރުމަށްވުރެންބޮޑަށް ދައުލަތުގެ ބައެއްވަޒީރުން މިހާރުވެސްވިސްނަމުންދަނީ މަހުޖަނުމީހާގެރިސޯޓަށް ގެސްޓުންގެނެވޭނެގޮތް ހަދާން. އިއްޔެވެސް އިންޑިޔާގައި ރޯޑްޝޯވްތައްބާއްވާ ޓްއަރިޒަމްއިސްތިހާރު ކުރިޔޯ.. ބަޔަކު ހޭބައްޔެއްނުވާނެތަ؟ ރައްޔަތުމީހާ މަރަށްދޫކޮށްލާފަވެސް ޑޮލަރު ފަހަތުންދުވުން ނޫންކަމެއްނެތް.

The name is already taken The name is available. Register?

ގުޑުގުޑާ

17 May 2020

ރައްޔެތުއްނަކީ ނަސޭހަތްއަޑުއަހާ ގަބޫލުކުރާބައެއް ހުރިހާވެސްމައްސަލައަކީ ސަރުކާރުގެ ބޯހަރުކަމާ ތައްދޮރުނޭގޭކައް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 May 2020

ޑޮކްޓަރުންނަށާއި ޓެގް ޓީމަށްވެސް ޓެސްޓްކުރުމެއްނެތި ބަލީގެ ޙަޤީގީހާލަތުދެނެގަނެ އަންދާޒާކުރާކަށްނޭގޭނެ. ރާއްޖޭގެ 5 ލައްކައެއްހާ މީހުންގެއާބާދީ 180 ރަށުގައިދިރިއުޅޭއިރު މާލޭސަރުކާރު ހޮސްޕިޓަލްގަހުރި ޓެސްޓްމެޝިން ނޫންމެޝިނެތް ރާއްޖެއަކުނެތް. # ކުޅުދުއްފުއްޓާއި އައްޑޫ، ތިނަދުއާއި ފުވައްމުލަށްފަދަ ބޮޑެތިއާބާދީތަކުގައި "ކޮވިޑް ނެތް" ކަމަށްބުނަނީ ބަލީގެއަލާމާތްހާމަވެ ތޮބީއީގޮތުން މީހާބަލިކަށިނުވާތީ ކަމަށްވެސްވެދާނެ. ޓެސްޓާއިނުލާ ބަލިނެތްކަމަށް ނުނިންމޭނެ.

The name is already taken The name is available. Register?

ނަޖުމުއްދީން

17 May 2020

މަމިހުރީ އެންމެފުރަތަމަވެސް ސަރުކާރުން އެޅި ރޮނގުމަތީގާ. އަދި އަރިއަކަށް ޖެހެނުލަން. އެހެންމީހުންގޮތެއް ނޭންގެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454