ފުލުހުންގެ ފޮރެންސިކް ސާވިސް ގައި ކޮވިޑް-19 ގެ ޓެސްޓެއް ހަދަނީ.---ފޮޓޯ: ޕޮލިސް
19 މެއި 2020 - 18:07
މަބްރޫކް: ސިޔާސީ ބައެއް ބޭފުޅުން އެ ބޭފުޅުންނަކީ ވެސް ރައްޔިތުންގެ މަންދޫބުން. އެހެންވީމަ އެ ބޭފުޅުން ދައްކަވާ ވާހަކަތައް ވެސް އަޑުއަހަން ޖެހޭ. އަޅުގަނޑުމެންނަށް ލަފަ މި ދެއްވަނީ ޑޮކްޓަރުން. އެކަމަކު މިކަމުގައި ވިސްނުމުގެ ތަފާތެއް އެބައުޅޭ. މިސާލަކަށް ބޯޑަރު ހުޅުވާށޭ ފައިސާ ހޯދަން ޖެހެއޭ. ހަގީގަތުގައި އިގްތިސޯދުގެ ބޭނުމެއް ނެތް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނެތިއެއް. އެހެންވީމަ އަޅާ ހުރިހާ ފިޔަވަޅެއް އަޅާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަނި. އޭގެ ބާކީ އޮތް ޖާގަ މި ބޭނުން ކުރަނީ ކަންކަން ފަސޭހަކޮށްދިނުމަށާއި އިގްތިސާދަށް. ސަރުކާރު މި ވަގުތު އޮޕަރޭޓް ކުރަމުން ދާނީ އެގޮތަށް.
ޑރ. އަފްޒަލް: މިކަމުގައި އެބައުޅޭ ޓެކްނިކަލް އެޑްވައިސް ދޭ މާހިރުން. އެ މީހުންގެ އޭރިޔާ އިން އެންމެ ރަނގަޅަށް އެ މީހުން އެ އިރުޝާދު އެ ދެނީ. އަޅުގަނޑުމެންގެ އިރުޝާދާއި ލަފާ އެއީ ޓެކްނިކަލް ގޮތުން މަޝްވަރާތަކަށް ފަހު ދީފައިވާ ލަފާ.
މަބްރޫކް: ހިންމަފުށިން ނެގި 156 ސާމްޕަލް ވެސް ވަނީ ނެގެޓިވްވެފައި.
މަބްރޫކް: ބިދޭސީން ތިބޭ ސައިޓްތަކުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންގެ އެންޓި ބޮޑީ ޓެސްޓް ހަދަން މިއަދު ވަނީ ސާމްޕަލް ނަގަން ފަށައިފި. ޓެގް ޓީމުން ބަލަން ބޭނުން ވަނީ މި ބަލި ޖެހިފައި އެއްވެސް ބަޔަކު ރަނގަޅުވެފައި ތިބިތޯ.
އަފްޒަލް: 20 މަހުގެ ބޭބީގެ ދެ ވަނަ ސާމްޕަލް ވަނީ ނެގެޓިވްްވެފައި. އަދި އެއް ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށް އެބަދޭ.
އަފްޒަލް: ޑީއެޗް 11 ގައި އޮތީ ދެ މީހުން. އޭގެ ތެރެއިން ވެންޓިލޭޓަރުގައި އޮތް މީހާ ވެސް މިހާރު ވަނީ ވެންޓިލޭޓަރުން ނަގައިފައި. މިއަދުގެ މިހާތަނަށް އިތުރު 12 މީހަކު ވަނީ ރިކަވާ ވެފައި.
އަފްޒަލް: ޑެންގީ ވެސް މި އަހަރު އުޅެނީ ވަރަށް މަދު ކޭސްތަކެއް އެހެން ކޭސްތަކާ އަޅާ ބަލާއިރު. މިހާ ވަރަށް ގައިދުރުކަން ބަހައްޓާނަމަ އެކަން އެ ފެންނަނީ. ބޭސް ލައިނަށް ވުރެ ވެސް ދަށް. އާންމުކޮށް ބޭރަށް ހިންްގުން ވެސް ރޯދަ މަހު އޮވޭ އީދާ ހަމައަށް ދާއިރު. އެކަމަކު އެ ކޭސްތައް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެއްޖެ.
މަބްރޫކް: ވިލިމާލޭގެ ޑިޓެންޝަން ސެންޓަރުން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައި. އެ ދެ މީހުން ކުރިން ދިރިއުޅެމުން އައީ، ކުރިން ހޯދަމުން އައި މީހަކާ އެކު ދިރިއުޅެމުން އައި މީހުން. މީގެ ތެރޭގައި މި ހިމެނެނީ ހޯދަމުން ގެންދާ މީހުންގެ ތެރެއިން އެކަކު. އެހެންވީމަ ފިލި ހަތް މީހުންގެ ތެރެއިން މިހާރު ނުފެނި ހޯދަމުން ގެންދަނީ އެކަކު.
އެންއީއޯސީން މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. ނޫސްވެރިންނަށް މިރޭ ވެސް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް.
ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 37 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
މިއަދު ހަވީރު 4:30 އާ ހަމައަށް ޕޮޒިޓިވްވީ އެ އިދާރާ އިން ބުނިގޮތުގައި ބަންގްލަދޭޝްގެ 19 މީހަކާއި 15 ދިވެއްސެއް އަދި އިންޑިއާގެ ތިން މީހެކެވެ. މި 35 މީހުންނާ އެކު، ރާއްޖެ އިން އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،143 އަށް އަރައިފަ އެވެ.
މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް-19 ޖެހުނީ ބަންގްލަދޭޝްގެ މީހުންނަށެވެ. އެ ގައުމުގެ 581 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ދިވެހިންގެ ތެރެއިން އެ ބަލި ޖެހުނީ 414 މީހަކަށެވެ. ދެން އެންމެ ގިނައީ އިންޑިއާ މީހުންނެވެ. ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުގެ 108 މީހަކު މިހާތަނަށް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.
ރާއްޖެ އިން އެ ބަލި ޖެހުނު ހާހަކަށް ވުރެ ގިނަ މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 80 މީހެކެވެ. ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. ފަރުވާ ހޯދަމުން އަންނަނީ 1،059 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުން999
20 May 2020
ތިޔައީ ބަޔަކު ރާވައިގެންދައްކާ ގަބޫލުކުރަން ދަތި ވާހަކަތަކެއް. ޑޮކްޓަރުން އަމަލުކުރާނީ ޑަބްލިޔޫއެޗްއޯ ގެ އެންގުމަށް. އެ ޖަމާއަތުން ކޮރޯނަ ވައިރަސްގެ ކަންތައް ހޭންޑުލް ކުރިގޮތާމެދު ދުނިޔޭގެ ބޮޑެތި ގައުމު ތަކުން ސުވާލު އުފައްދާ އެބަ. އަދި އެކަން ބަލާ ތަހްގީގް ކުރަން ބައެއް ގައުމުތަކުންދަނީ ގޮވަމުން.
މިވަރެއްނެތް
20 May 2020
ތަނެއް ފަޅާއިގެންދިޔައީމަ ޑރ ފަހާނެ. އެނިމުނީ. ގައުމުގެ ވެރިން ޖެހޭނެ އެބަލިމީހާ ހަސްފަތާލަށް ގެންދާ އެމްބިއުލަންސް، ބެންޑޭޖް ހޯދާ ހޮސްޕިޓަލުގެ ކަރަންޓް، ފެން ބިލު ދައްކަން. ޑރ. އާއި ސަރުކާރުގެ މުވައްޒަފުންގެ މުސާރަދޭން. އެންމެހާ ލޯނު ދައްކަން. ތަރައްގީގެ މަޝްރޫއު ކުރިއަށްގެންދަން. އަންނަ އިންތިޚާބުތައް ކާމިޔާބުކުރަން. އެހެންވީމަ ޑރ. އަށް ފެންނާނީ ތަސްވީރުގެ 1 ލައިނު. މުޅިމަންޒަރު ފެންނާނީ ވެރިންނަށް. އެހެންވެ ޑރ. ގައުމުގެ ކަންކަން ނުނިމަންވީ
ވިސްނަވާ
20 May 2020
މި ރާއްޖެ ވަރަށްބޮޑަށް ބަދަލުވާނެ. ވަރަށް ގިނަ ފަރާތްތަކެއް މާލެދޫކޮށް ރަށަށް ބަދަލުވާނެ. ޑިމާންޑު ގެއްލި މާލޭގެ ކުލި ވެސް ދައްވާނެ. މި ފުރުސަތުގައި ރާއްޖޭގެ ސަރަހައްދަތައް ތަރައްޤީ ކުރަން އެބަޖެހޭ. ކާޑު ގުދަންކޮށް ޑިސްޓްރިބިއުޓް ކުރުން އުތުރާ ދެކުނަށް ބަދަލު ކުރަންޖެހޭ. ސަރަހައްދީ ސިއްހީ އަދި ތައުލީމީ އިންފްރާ ސްޓްރަކްޗާރ ވަރުގަދަ ކުރަންޖެހޭ. ސަރަހައްދީ އެއާޕޯޓްތައް އިންޓަނޭޝަނަލް ކުރަންޖެހޭ. ވިޔަފާރި މާލެ ނޫންތަނަކުން ފެށިނިމެންޖެހޭ.
ރައްޔިތު މީހާ 1
20 May 2020
އަޅާނުލާ... މަޖުލީހުގާ ތިބީ ހުސް މަރުމޯމުން...
ހަސަނު
20 May 2020
ގައުމުގެ އިގްތިސާދަކީ މީހުން ކައިބޮއެ އުޅެން ފައިސާ ހޯދާ ވަސީލަތް.. ޢިގްތިސާދަކީ ވެސް އާންމު ސިއްހަތު ހާ މުހިންމު އެއްޗެއް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
ޞަކިރި432
20 May 2020
ސިއްހީ ހިދެމެއްތެރިން، ސަފައިން ، ފުލުހުން ނަކީ ހެލާސާބަހަ މަސެއްކައި ކުރާބަޔެއްނޫން. ބޭސް ވެސް ހިލެއެއްނޫން. ފައިސާއަކީ ގަހެއްގަޅަ އެއްޗެއްނޫން. ކިހާދުވަކު ތިބެވޭނީ މިހެން.
ޖީމު
19 May 2020
ކައިބޮއިގެން މިއުޅޭނީ ބޭރުން ގެންނަ އެއްޗެހި. އެގަންނަން ފައިސާ މިހޯދަނީ ޓުރިޒަމުން ލިބޭ އެއްޗަކުން. ވުމާއެކު ޤައުމުގެ އިޤްތިސާދު މިގޮތައް ލޮކްޑައުންކޮށްފަ އަބަދު ބޭއްވުމުގެ ވިސްނުން ދޫކޮށް މުރާޖާ ކުރަން އެބަޖެހޭ.
ޢީސަ
19 May 2020
ބައެއް ދިވެހިން ނަށް މިއަދު މިވެފައި ވާގޮތުން ދިވެހި ދަރިއަކަށް ވީތީ ހިތާމަކުރަން. ބަލިމީހުން ނަށް ބޭސްކުރަން އެގޭނީ ޑޮކްޓަރުންނަށް. ކީއްވެބާ ކޮންމެ މީހަކު ބަލިވީމަ ޑޮކްޓަރަށް ދައްކަން ދަނީ. އަދި ޑޮކްޓަރު ދޭ ބޭސް ބޭނުން ކުރަނީ. ތިމާ އެދޭ މީހަކު ލައްވާ ބޭސް ނުހޯދަނީ. ބައެއް ދިވެހިންނަށް މިވެފަ ތިބޭގޮތެއް ނޭގޭ.ފައިސާ ހުއްޓަސް އެބޭނުން ކުރާނެ މީހަކު ނެތިއްޔާ ކީއްކުރާ ފައިސާއެއްބާ.
ޜިމްޝާ
19 May 2020
ކޯލިޝަން ސަރުކާރު ރަގަޅަށް މަސައްކަތް ނުކުރާކަ މުގެ މިސާލު ފެނިގެން މިދަނީ.
ހަސަންބެ ގެ ދޮން އަލީ
19 May 2020
ކޮބާތަ ދިވެހި ރައްޔިތުންގެ ހައްޤުތައް. އެއީ މިހާރު ނެތް އެއްޗެއްތަ؟ މާލޭގައި ތާށިވެފައި ދިވެހި އެތަކެއް ރައްޔިތުންނެއް ތިބި އިރު ފެންނަމުން ދަނީ ބިދޭސީންގެ ހައްޤެއް ގެއްލިދާނެތީ އެމީހުންގެ ލާބައަށް މަސައްކަތް ކުރަމުންދާތަން. އަހަރުމެން މިތިބީ މާލޭގައި ތާށިވެފައި އަތުގައި ހުރި ފައިސާ ހުސްވެއްޖެ. މީހުންގެ އަތުން ދަރައްޏަށް ފައިސާ ނަގައިގެން މިއުޅެނީ.