24 މެއި 2020 - 18:33
މަނީ ލޯންޑާ ކުރެއްވިކަމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުކުރު ދުވަހު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަވަނަ އޭނާ މިއަދު ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލިހީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޖާބިރު މިއަދު ފޮނުއްވި ސިޓީއެއްގައި އެ ގަރާރު އަނބުރާ ނަންގަވަން ނިންމެވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ އެ މައްސަލައަކީ މިހާރު ވެސް މަތީ ކޯޓެއްގައި ހިނގަމުންދާ މައްސަލައަކަށްވާ އިރު މަޖިލީހުގައި އެފަދަ ބަހުސެއް ހިންގުމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެންމެ އެދެވޭ ގޮތްކަމަށް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ.
Yameen minivankuran govaalai Jabir ge garaareh
The most trusted news source in the Maldives
Mihaaru
ޔާމީން މިނިވަން ކުރަން ގޮވާލައި ޖާބިރު ގަރާރު ހުށަހެޅުން
ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތްތައް އަވަހަށް ބާއްވައި ވީހާވެސް އަވަހަކަށް އިންސާފު ހޯދައި ދެއްވުމަށްވެސް ޖާބިރުގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
ޔާމީންގެ ވެރިކަމުގައި ވިޔަފާރި އަށް ބޮޑެތި ގެއްލުންތައް ދިން ކަަމަށް ކުރިން ތުހުމަތު ކުރެއްވި ޖާބިރު ހުކުރު ދުވަހު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އޭނާގެ ބޭނުމަކީ ސިޔާސީ ވާދަވެރިކަން ނެތިކޮށް، ގައުމީ ރޫހެއްގައި ރައްޔިތުން ސަލާމަތް ކުރުން ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޔާމީން އެކަނި ޖަލަށް ލާފައި ވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީން ވަނީ ނޮވެމްބަރު 28، 2019 ގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ބުނަމުން ދަނީ ޔާމީނަށް ދެނީ ނުހައްގު އަދަބެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހިމް އަހުމަދު
30 May 2020
ވައްދާ، ނެރުން، މި ބޭފުޅާގެ ކަމަކީ. ހެޑްލައިންނަށް އަރީމަ ދެން އެވީ ނަގަން. ލޮލް. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
މަށެއްނޫން 2020!
25 May 2020
ސާބަހޭ ޖާބުރޯ! ބޭނުންވި ކަންތަކަށް ސަރުކާރުން އެއްބަސްވީމަ މައްސަލަނެގީ! މިފަހަރު ކޮންޑީލެއް! ކޮން ރަށްތަކެއް ދިނީ! އަޑުގަދަމީހުން ހަމަ ރުއްގިނަވެފަ ގިނަކުރަންވެސް މޮޅީއޭ!!
ކާދިމު
25 May 2020
މި ޖާބިރު ކަންތައްވެސް ހާދަ ބޮޑޭ އަބަދު ކޮންމެވެސް ކޮންމެވެސް ގަރާރެއް ހުށައެޅުމުގައި ސިޔާސީ މީހުން ހާވާ ހަޑި ބަލާބަލާ މޭބޮޑުވެއްޖެ މިހާރު ސިޔާސީ މީހަކު ފުނުނީމައި ލަވަނީ ފާޑެއްގެ ހޮޑެއް
މާކުން
25 May 2020
ޖާ، ކަލޭ އަތުގައި ކެސިނޯ ހަދާނެ ރަށެއް އޮތިއްޔާ އެރަށުގައި ކެސިނޯ ހަދަން ފާސްކުރަން ތިޔަ ކަހަލަ ޤަރާރެއް ލާންވީނޫން
ފޮނިޓައްޕު ހަސަނު
25 May 2020
ޑީއާރުޕީއަށް ވަދެގެން މައުމޫނު ބޯކާލައިގެން ކުޑަވިލިގިލި އަދި ހެރެތެރެ ރިޒޯޓް އަތުލި. އެމްޑީޕީއަށް ވަދެގެން ނަޝީދު ބޯކާލައިގެން ހެރެތެރޭގެ ބަދަލެއްގެ ގޮތުގައި 7 މިލިއަން ޑަލަރު ދައުލަތުން ޖާބިރަށް ދެއްކި. ޔާމީނު ބޯކާލައިގެން ފަޅުތަކާއި ފަޅުރައްތައް ހޯދި. އިބްރާހިމް މުހައްމަދު ސޯލިހު ބޯކާލައިގެން ބޮޑުމޮހޮރާ ދަމައިގަތް. މީނަ ހިންގަމުން މިދާ ކަންތަކުން ދިވެހި ދައުލަތަށް މިވަނީ ބޮޑެތި ގެއްލުން ތަކެއް. އަޖާބަކީ މިކަހަލަ މީހުން ގާތް ކުރާތީ.
މުބީނު މާރނީ
25 May 2020
ބިރު ގަންނަނީ އިބޫ ވެސް. ވަހީދު ވެސް. ޔާމިނު ވެސް. މައުމޫނު ވެސް. ކޮންމެ ވެރިޔަކު ވެސް ހިތަށް އަރަނީ އެ ތަޅާ އަނގަ ގަނޑު މައިތިރި ވާނޭ ރަށެއް ދިނީމާ. އެއީ ގޯސް ހީ އެއް. މީނާ ގެ އަނގަ އަށް ޖެހިލުން ނުވުމަށް އިބޫ އަށާއި އައްނި އަށް ނަސޭހަތް ތެރިވަން. އަނގަ ތަޅަތަޅާ ހުންނަން ބަހައްޓާ. ކުރެވޭނެ ކަމެއް ނޯއްނާނެ !
ޑޯނަޓްޙުސެން
25 May 2020
ޥިމާ ވެރިމީހާރަގަލުވެފަ ޖާބިރު ގޯސްވީކިހިނެއްބާ؟ ބޯކާންދިނީ ކާކުބާ؟ ޖާބިރު އަތުން އެމީހުން ފައިސާއަލުލުންވެސް ގޯހެއްނުންދޯ!
ގުއިޓައްޕަން
25 May 2020
ކުރާނެކަމެއްނެތް. ދައްކަވާން ހުރިތަނެއް ދައްކަވާނެ. ހެދޭނެހެދޭއެއް ކިއޭނުކިއޭއެއް ވާނުވާއެއް ނޭގޭބަޔަކު މިއުޅެނީ. ރައްޔިތުންނަށް ފެންނަމުން ކަށްފުވަމުން މިހިރަދަނީ
މުބީނު މާރނީ
25 May 2020
އަހެއްގެ ފޫކޮޅު ގައި ހަންމުށި އެޅީމާ ބާރަށް ދުވާ އުސޫލުން އިބޫ އާއި އައްނި އެއް ނުދުވާނެއެވެ. ތިޔަ ޓެކްނިކް ޖައްސަން ނޫޅޭށެވެ. އައްނި އާއި އިބޫ އަކީ ވަހީދު ވަހީދު އެއް ނޫނެވެ.
ގުރާ
25 May 2020
މީހުނަށް ފައިސާ ލިބުނީމަ ފައިސާ ބޭނުންކުރާނެ ރަނގަޅުގޮތް އެނގޭ މީހުނާ އެ ނަހަމަ ގޮތުގަ ބޭނުން ކުރާ މީހުން އުޅޭ. ފައިސާއަކީވެސް އިމްތިހާނެއް
ހަކީމް
25 May 2020
ވަރަށް މަކަރުވެރި މީހެއް. ގާސިމަށް އެންމެ ތަންކޮޅެއްވެސް ދޫނުދޭނެ. ގިނަ ކާށިދޫ / ގާފަރު މީހުންނަށް ހީވެފަ އޮތީ އަސްލުވެސް ކޭބަލް ކާރު އަޅާނެ ކަމަށް.
ޝަރީފް1
25 May 2020
އަދި އެޅޭނެ އުއްމީދު އެބައޮތް
ޖުހީ
25 May 2020
ކޭބަލް ކާރުވެސް ކަނޑުއަޑިންބޓަނަލްވެސް އަޅާނެ. މާލެ މީހުންނޖެހެނީ އޭރުން ކާށިދޫއާ ގާފަރަށް ކުލިދޭން.
ސީނުކަރަ
25 May 2020
ޖާބިރު ކާރީގަބުނެލަން އޮތީ ދެންވެއްޖެނޫންހޭ ރަތްޔަތުން ގުބޯހެއްދުން ހުއްތާލަން ދުނިއުމުރު ތިމާގެކަމަކީ މަޖިލޭހައް ވަދެ ރަތްޔިތުންގެ ލާރިން މުސާރަ ކައިގެން ރަތްޔިތުން ގުބޯހެއްދުން