ބޮސްޓަން ޑައިންމިކްސްގެ ރޮބޮޓް ސްޕޮޓް ދަނޑުވެރިކަންކުރަނީ
27 މެއި 2020 - 08:43
މިއީ ބޮސްޓަން ޑައިނަމިކްސްގެ ރޮބޮޓް ކުއްތާ އެވެ. ނަމަކީ ސްޕޮޓް އެވެ. އެ ސޮރު ނިއުޒިލޭންޑްގައި މިހާރު ދަނޑުވެރިކަންކުރަނީ އެވެ. މަސްއޫލިއްޔަތަކީ ދަނޑުވެރިންނަށް އެހީތެރިވުމާއި ގެރި، ބަކަރި އަދި ކަންބަލިތައް ފަދަ ނައަމްސޫފިތައް ބަލަހައްޓައިދިނުމެވެ.
ނިއުޒިލޭންޑްގެ ރޮބޮޓިކްސް ކުންފުނި، ރޯކޮސް އިން ބުނި ގޮތުގައި، ސްޕޮޓް ތަމްރީންކުރަނީ ބޮސްޓަން ޑައިނަމިކްސްއާ ގުޅިގެންނެވެ. ދަނޑުތައް ބެލެހެއްޓުމަށް އަދި ދަނޑުވެރިންނަށް އެހީތެރިވުމުގައި ސްޕޮޓް އަށް ކުރެވިދާނެ ކަންތައްތައް ބަލައި ޕްރޮގްރާމްކުރެވެމުން ދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ރޮބޮޓް ކުއްތާތައް ދަނޑުވެރިކަމަށް ގެނައުމަކީ މަސައްކަތްތައް ހަލުއިވާނެ ކަމެއް ކަމަށް ރޯކޮސް ބުނެ އެވެ. މޫސުން ގޯސްވެ، އިންސާނުންނަށް ނިކުމެ އުޅެން އުނދަގޫ ހާލަތްތަކުގައި ވެސް ރޮބޮޓް ކުއްތާ އެހީތެރިވާނެ އެވެ. އިންސާނުން އަތްލައި ގެންގުޅެއް ނުރައްކާތެރި ކެމިކަލްތައް ބަލަހައްޓައި ބޭނުންކުރެވޭ ހާލަތަށް ގެނައުމަކީ ވެސް ރޮބޮޓް ކުއްތާގެ ޒިންމާއެކެވެ.
ރޮބޮޓް ކުއްތާ ދަނޑުތަކުގެ ތެރޭގައި ހިނގާފައި ދާއިރު، އެ ސޮރުގެ ބާރުގަދަ ކެމެރާތައް އަދި ސެންސަރުތަކުގެ އެހީގައި، ގަސްގަހާގެއްސަށް އަންނަ ބަދަލުތައް ބަހަލައްޓައި، ނައަމްސޫފިތަކުގެ ދުޅަހެޔޮކަން ދަރަކަޖުރެވެމުން ދާނެ ކަމަށް ރޯކޮސް އިން ބުނެ އެވެ.
ރޯކޮސް އިން ހިތްހަމަޖެހޭ ފެންވަރަށް ރޮބޮޓް ކުއްތާ ތަމްރީންކޮށް ނިމޭއިރު، އެ ސޮރު ލައްވައި މަސައްކަތްކުރުވަން ކޮންމެހެން އެއްފަހުގައި ހުންނާކަށް ނުޖެހެ އެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ނުވަތަ އިންޓަނެޓް މެދުވެރިކޮށް އެ ސޮރާ ހަމަށް ދެވޭ ކޮންމެ ތަނަކުން ވެސް މަސައްކަތްތައް ހަވާލުކުރެވެ އެވެ.
Singapore ge parkeggai robot kuhththaa testkuran fashaifi
The most trusted news source in the Maldives
ސިންގަޕޫރްގެ ޕާކެއްގައި ރޮބޮޓް ކުއްތާ ޓެސްޓްކުރަން ފަށައިފި
ބޮސްޓަން ޑައިނަމިކްސް އިން ރޮބޮޓް ކުއްތާ ވިއްކަން ފެށުމާ އެކު، އެ ސޮރު ލައްވައި ކުރުވާނެ މަސައްކަތްއް އެކި ސިނާއަތުގައި ވަނީ ތަނަވަސްވެފަ އެވެ. ހޮސްޕިޓާތަކުގައި ޑޮކްޓަރުންގެ ވަޒީފާއިން ފެށިގެން ސްޕޮޓް ދަނީ ކުޅިވަރުތަކުގައި ވެސް ބައިވެރިވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
27 May 2020
ދައްޖާލު އައުން ގާތްވަނީ.
ބޯގަޅި
27 May 2020
ސިޓީއެއް އެއްޗެއް ލިބުނީތަ، ނޫނީ އީ މޭއްޔަކުންތަ އަންނަވާހަކަ އެންގީ؟.