ހދ. ހަނިމާދޫގައި ފެންބޮޑުވެފައި. --ފޮޓޯ/ޕޮލިސް
29 މެއި 2020 - 19:56
ރާއްޖެެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވޭހި ބައެއް ރަށްތަކުގައި ފެން ބޮޑުވެއްޖެ އެވެ.
ހއ. އުލިގަމު ކައުންސިލުން ބުނީ އެ ރަށަށް މިހާރު ވެސް މެދު ނުކެނޑި ވާރޭ ވެހޭއިރު ރަށު ތެރޭގައި ފެންބޮޑުވެފައިވާ ކަމަށެވެ. މި ހާލަތުގައި އިންޖީނު ގެއަށް ފެން ވަދެދާނެ ކަމުގެ ބިރު އޮތުމުން، މަގުތަކުގައި ފެން ހިންދަން ވެލި ބަސްތާ ޖަހަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ ނައިބު ރައީސް އިމާދު އަބްދުﷲ ވިދާޅުވި. ގޮތުގައި ބައެއް ގެތަކަށް ފެންވަދެ، ހިފައި ގެންގުޅޭ ސާމާނުތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
"މި ރަށުގައި ފެންބޮޑުވެއްޖެއްޔާ އެންމެ ބޮޑު ނުރައްކަލެއް ވަނީ އިންޖީނު ގެއަށް. އެއީ އެންމެ އަޑި ސަރަަހައްދުގައި ހުންނާތީ. އިންޖީނުގެއަށް ފެން ވަނަ ނުދޭން ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.
ހުޅަނގު މޫސުމާ އެކު މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެފައި ވާއިރު މޫސުމާ ބެހޭ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ނ. އަތޮޅާ ހަަމައަށް މިރޭ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ އެލާޓްގައިވާ ގޮތުން އެ ހަތަރު އަޅުގައި ވެސް އާއްްމު ގޮތެއްގައި ބޯކޮށް ވާރޭ ވެހި ފެންބޮޑާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ހއ. އުލިގަމުގައި ފެންބޮޑުވެފައި
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ސަރަހައްދުތަކަށް މޫސުން ގޯސް ވާނެ ކަމަށެވެ. މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި މާދަމާގެ ނިޔަލަށް އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް މޫސުން މާ ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10-20 މޭލުގެ ދެމެދުގައި ވައި ޖެހޭނެ އެވެ. އަދި ކަނޑުގަދަވާނެ ކަމަށާއި އެކަމަށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދޭން އޭނާ އިލްތިމާސްކުރެއްވި އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވެ އެވެ.
"މާދަމާ އިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ވާނެ ކަމަށް ބެލެވޭ، މުޅި ރާއްޖެއަށް ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން،" ހާފިޒު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންބޮޑޭ
30 May 2020
އުތުރުގެ ރަށްތަކަކީ މި އުލިގަން އެކަނިތަ. އެހެން ރަށެއްގެ ވާހަކައެއް ނެތް މިޔަކު
Ali Gasim
30 May 2020
ޑެން ފެން ހިއްކާލަހިއްކާލާ އުމުރު ހުސްވަންދެއް ތިބީމަ ރަނގަޅުވާނެ އެއަށްކިޔަނީ ހައްގުވާ މިންވަރު
އޮނަރަބްލް އަފީފު ދީދީ
30 May 2020
ހައްލަކީ ރާއްޖެ އިދާރީ އިޤްތިސޯދީ 3 ސަރަހައްދަށް ބަހާލާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން ދާލަށް(މާލެވެސް ހިމަނައި)ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ކަމުގައިކަޑައަޅާ 3 ސަރަހައްދުން ކޮންމެ ޕްރޮވިންސްއެއްގެ ރައްޔަތުންގެ އިންތިޙާބުކުރާ ޤަވަރުނަރާއި ޑެޕިއުޓީއަށް ސަރަހައްދުގެ ބާރު ހަވާލުކުރުން. # ލާމަރުކަޒީ ޤާނޫނު އިސްލާޙް ކުރާއިރު 2022 ގައި މިގޮތަށް އިންތިޙާބް ބާއްވަން ޤއ އަށް އިސްލާހް ހުށަހަޅަން މެންބަރަށް ދަންނަވާ. ތިކަންބަދަލުވާނެ.
ތިލަދުން
30 May 2020
ދެކުނާ ހިލާފައް އުތުރުގަ ކަމެއް ވެއްޖެއްޔާ ރަށުވރައްޔިތުން އެކަމެއް ހައްލު ކުރަން ޖެހޭނީ. ދެކުނުގަ ސަރުކާރުން ވަގުތުން ފުލުހުންނާއި ސިފައިން ފޮނުވައިން ފެންހިއްކާ ވެލި ބަސްތާ ޖަހައިދޭނެ.
އަތޮޅުތިލަ ދިއްދޫ
30 May 2020
އަސްތާ އަހަރެމެންގެ ކޮލޮނީ ކުދިންކޮޅު
ކޮރަލް
29 May 2020
ޑިސާސްޓަރ މެނޭޖްމަންޓް އިން މާލޭގަ ފިނިކޮޓަރީގަ ހުރެގެން ސާވޭ ކޮށް ނިންމާލާށެވެ. އެމީހުންނަށް މުސާރަ ލިބޭނެ އެވެ. އެހީވާނެތޯ ނޫނީ ނުވާނެތޯ ތާރީހުން އެނގެން އެހުރީ އެވެ.
ހުރަވީން
29 May 2020
ވިއްސާރަވެ ފެންބޮޑުވާ ރަށްރަށުގައި ފެންބޮޑުވާ ވަގުތު ތެޅިފޮޅިގަންނަނީ... އިންޖީނުގެ ހުރީ އެއް މެ އަޑި ސަރަހައްދުގައިކަން އެނގޭއިރު ދެން ފެންބޮޑުވެދާނެ ދުވަހަކަށް އިންޖީނުގެ ރައްކާތެރި ވާނެ ގޮތެއް ހަދާ..ވިއްސާރަ ވު މުާއއެކު އަޑުއިވޭނެ އައްޑޫ ގޭގެއަށް ފެންނަ ވާހަކަ..އަބަދުވެސް ފެން ވަންނަނީ ހަ މަ އެއްގެތަކަކަށް.. ކީއްވެބާ ކައުންސިލާ ގުޅިގެން އެނޫންގޮތެއްވޭތޯ ނޫޅެނީ..
ނިރު
29 May 2020
ކެއްތެރިވޭ 2023 ވަނަ އަހަރު ފަހުން އިރާދަކުރެއްވިޔާ ފެން ބޮޑުވުމާ ރައްޔެތުންނާ ގުޅިފަވާ ކަންތަކަށް ހައްލުގެނެވޭނެ .. ކުލަޔަށް ބަލާގެން ވޯޓް ދެންޔާ ވާނެގޮތް މިފެންނަނީ
ކެޔޮ
29 May 2020
ފެން ބޮޑުވުމަކީ ގުދުރަތީ ކަމެއް ވެރިޔަކަށް ހުންނަ މީހެއްގެ ސަބަބުން ވާކަމެއް ނޫން އެެޔަކީ
Ali Gasim
30 May 2020
ތެދެއް ރަށެއްގައި ފެންބޮޑުވެއްޖެއްޔާ އެއީ ގުދުރަތީ ކަމެއް މާލޭހާ ފެންބޮޑުވެއްޖެއްޔާ ވެރިން ނިކުމެ ފެންހިއްކާލާނެ އެއީ ތަފާތަކީ