ޚަބަރު / ކޮވިޑް-19

ކްލަސްޓާއަކާ ގުޅުމެއް ނެތި ކޮވިޑް ޖެހުނީ މަދު ބަޔަކަށް: އެންއީއޯސީ

އެންއީއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީސް މީޑިއާ ބްރީފިން އެއްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ކްލަސްޓާ އަކާ ގުޅުމެއް ނެތި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަަދަދަކީ 87 ކަމަށް.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިހާތަނަށް ރަނގަޅު ނުވެ ތިބި މީހުންގެ ތެރެއިން ކްލަސްޓާއަކާ ގުޅުމެއް ނެތް ވަކިވަކި ކޭސްތަކުގެ ގޮތުގައި ތިބީ އެންމެ 87 މީހުން ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ން މިރޭ ބުނެފި އެވެ.

އެންއީއޯސީގައި ބޭއްވި ޕްރެސް ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 401 މީހަކުު މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. ދެން ތިބި މީހުންގެ ތެރެއިން 1177 މީހުންނަކީ އެކި ކްލަސްޓާތަކުގެ ތެރޭގައި ހިމެނޭ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކޭސްތަކުގެ އަދަދު މިހެން ހުރި އިރު ޓެސްޓްކުރުމުގައި އިސްކަން ދެނީ ވެސް ފެންނަ ކޭސްތަކާއި ގުޅުން ހުންނަ މީހުންނަށެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އަލާމާތްތައް ހުންނަ މީހުންނަށެވެ. ސަވައިލެންސް ސާމްޕަލްގެ ގޮތުގައި ސާމްޕަލް ނަގަނީ މަދު އަދަދެއްގެ މީހުންގެ ގައިންނެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މީޑިއާ ބްރީިފިން އެއްގައި ވާހަކަ ދައްކަވަނީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ކޮވިޑަށް މީހުން ޕޮޒިޓިވްވާ މިންވަރު މިހާރު ވެސް ފެންނަނީ އެއްވަރެއްގައި ހިފެހެއްޓިފައިވާ ތަން ކަމަށެވެެ. އެގޮތުން ފްރޮންޓްލައިންގައި މަސަައްކަތްކުރާ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު ވެސް މިހާރު މަދުވެފައިވާ ކަމަށާއި އެއީ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުގެ ސަބުން ފެންނަ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކީ ވެސް އަޅުގަނޑު ބުނާނީ ހަގީގަތުގައި ބިހޭވިއަރަލް ޗޭންޖެއް، ހުރިހާ ލެވެލްއެއްގަައި، މާނައަކީ ދިވެހިން ވެސް ބިދޭސީން ވެސް އަދި ވަކި ހާއްސަ މަސައްކަތްތައް ކުރައްވާ ބޭފުޅުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މި ބަދަލުތައް އަންނަ ކަމުގެ އަލާމާތްތަކޭ މި ކޭސްތައް މިގޮތަށް މަދުވެން ދިއުމަކީ ވެސް ހަމަ،" އަފްޒަލް ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ މިއަދާ ހަމައަށް 1672 އެވެ. އޭގެ ތެރެއިން 401 މީހަކު ރަނގަޅުވި އިރު ފަސް މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 863 މީހުންނަށް ބަލި ޖެހުނުއިރު ދިވެހިންގެ އަދަދު އުޅެނީ 555 ގަ އެވެ. އެ ބަލި އެންމެ ގިނައިން ޖެހިފައިވަނީ 31-40 އަހަރާ ދެމެދުގެ މީހުންނަށެވެ.

15 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދުން999

31 May 2020

ބަލަ ތިދައްކަނީކޮންވާހަކައެއް، ފަހަތުން ދުވެ 1672 މީހުން ޕޮޒިޓިވް ވިއިރު މަރުވީ 5 މީހުން، އޭގެތެރޭގައި 80 އަހަރުން މަތީމީހުން ހިމެނޭ. މަރުވާ ރޭޓް މަތީތޯ. ކިތައް ދިވެހިންތޯ މަރުވީ؟ ބޭކާރުގޮތުގައި ދައުލަތުގެ ފަންޑް ހުސްކޮށްލަނީތި އެއްވެސް ބެލުމެއް ނެތި. ދުނިޔޭގެ އިލްމުވެރިން ދައްކާ ވާހަކަތައް އަޑުއަހާބަލަ. ރައްޔިތުން ބައްދުކޮށްގެން ހާލުގައި ނުޖައްސާ. އާމްދަނީ އެއް ހޯދުމަށް ފުރުސަތުދީ.

The name is already taken The name is available. Register?

އިބިރިހިމްބެއްޔާ

31 May 2020

ދުވާލަކަށް ސާޅީސް ފަންސާސް ކޭސް ފެންނަ ކަމަށް ވާނަމަ އެޔަކަށް ނުކިޔޭނެ މަދެކޭ. ދެންއެކަމަކު ކޭސްތަށް ފެންންނީ ކޮރަންޓީނުގަ ތިބި ކޮންޓެކް ތަކުގެ ތެރެއިން ކަމަށް ވާނަމަ އޯކޭ. ކޮރަންޓީނުން ބޭރުން ކޭސް ފެންނަ އަދަދު އެޗްޕީއޭ އިން ބުނެ ދެއްވަން އެބަޖެހޭ. ކުއްލިއަކަށް ބާރަށް ވައިރަސް ފެތުރި ކޮންޓްރޯލް ނުވުމަށް ވުރެ ލޮކްޑައުންގަ އަދި 4 ހަފްތާ ތިބެން ވެސް ރަގަޅު. ވޭން ގަދަ ކޮށް މިހާރު އުޅެފަ ވެސް ލޮކްޑައުން ދޫކޮށްލީމަ ހަމަ ނޭވާއެއް ލެވޭނީ އޭރުން.

The name is already taken The name is available. Register?

ބޭރުމަތި

31 May 2020

މި ބައްޔަކީ ބަލިޖެހުނަސް ބަލިޖެހުނުކަން ނޭނގި ހުއްޓައި ރަނގަޅުވެސްވާ ބައްޔެއް. ބަލި ހުރިތޯ މި ބެލެނީ ކަމެއްދަމެއް ބޮޑުވެގެން ދާ މީހަކު ފެނިގެން އެމީހާ ޓެސްޓްކޮށްގެން. ދެން މިބަލަނީ އެމީހާގެ ކޮންޓަކްޓްވެފައި ތިބި މީހުން. އެ މީހާ ކޮންޓަކްޓްވި ކިތައް މީހުން ކިތައްކިތައް މީހުންނާ ކޮންޓަކްޓް ވެފައި ހުންނާނެ. އެ ހުރިހާ އެންމެން އެނގޭނީ ކިހިނެތް؟ ދެން މިބުނަނީ މަދޭ. ތިއެއް އެނގޭނީ ހޮސްޕިޓަލްތަކާއި ކްލިނިކުތައް ހުޅުވާލީމާ.

The name is already taken The name is available. Register?

ދަންނަ ނުދަންނަ

31 May 2020

އަޖާއިބެއްކަހަލަ ވާހަކަތަކެއް. ބަލިޖެހޭ މިންވަރު މަދުވެއްޖެ. މަދުވީ ކޮވިޑް އެކަންޏެއްނޫން. އެހެން ބަލިތައްވެސް މަދުވެއްޖެ. ބަލިޖެހޭވަރު މަދުވަނީއެއް ނޫން. އިހަށްވިއްޔާ ވާގޮތަކީ ކިރިޔަކިރިޔާ ކަމެއްވާއިރަށް ޑޮކްޓަރެއްގެ ކައިރިޔަށްދަނީ. މިހާރު ދާން އުނދަގޫކަމުން ކައިރި ތަނަކުން ބޭސްގުޅައެއް ހޯދައިގެން ކައިގެން ފަރުޖައްސާލަނީ. ޑޮކްޓަރަށް ދިޔަޔަސް ދެނީ އެބޭސްކަން އެމީހުންނަށް އެނގޭ. މިމީހުންނަށް ހީވަނީ ލޮކްޑައުންކުރީމާ ބަލިތައް މަދުވަނީ ކަމަށް.

The name is already taken The name is available. Register?

ސާރވޭ

31 May 2020

ލޮކްޑައުންގެ ސަބަބުން އެހެން ބަލިތަށް ވެސް މަދު ވެއްޖެ އެވެ. މިސާލަކަށް އިންފްލެންޒާ، ޑެންގީ ހުން، އާދައި އަރިދަފުސް ރޯގާ ފަދަ

The name is already taken The name is available. Register?

ދަންނަ ނުދަންނަ

31 May 2020

ތީ ބޮޑު ޖޯކެއް. އިންފްލެންޒާއަކާއި ޑެންގީއަކާއި އާދައިގެ އަރިދަފުސް މަދުވީއެއްނޫން. ތަނަކަށް މީހަކަށް ނުދެވެންޏާ ނުދާނެތާ. މިހާރު ނުދެވޭތީ އަމިއްލައަށް ފަރުވާކުރަނީ. ގިނަ މީހުންނަށް އެނގޭ ޑޮކްޓަރަށް ދިޔައިމާ ދޭ ބޭހުގެ ނަމާއި ބޭސް ބޭނުންކުރާ ގޮތްވެސް. ބައެއް މީހުން ގޭގައި ބޭސް ސްޓޮކްކޮށްގެންވެސް އުޅޭ. އަނެއް ބަޔަކު ބޭނުން ޖެހުނީމާ ގަނެގެން ކަނީ. މިމީހުންނަށް ހީވަނީ މަދުވަނީހެން.

The name is already taken The name is available. Register?

އަދުރެމެމެތުސް

31 May 2020

އެޗް.ޕީ.އޭގެ އެވެއަރނަސް އެޑް ބުނާ ގޮތުން؛ 261=3×87 783=3×261 2349=3×783 ....... އެހެންވީމާ ނެތެއްނު އުފަލެއް!!!

The name is already taken The name is available. Register?

މަބްރޫކުއަށް ސުވާލެއް

31 May 2020

ގޭގައި އޮތް 92 އަހަރިގެ ކާފަ އަކަށް ބަލި "ހަދިޔާ" ކުރެވުނު ގޮތް ސާފު ކޮށް ދެއްވާ ބަލަ .މަބުރޫކް. އަޅުގަޑު މެނަށް ސުވާލެއް ކުރެވޭނީ މިގޮތަށެވެ.

The name is already taken The name is available. Register?

މަބުރޫކުއޒީޒުުުު76655

31 May 2020

މާމާގެ ފެމެލީ ބައެއް ވަނީ ޕޮޒިޓިވް ވެފައި. ޢެމީހުން އުޅެނީ އެއް ގެޔަކު އެހެން ފްލޯއެއްގައި. ޢެމީހުންފަރާތުން ކަމަށް ބުރަވެވެނީ7”

The name is already taken The name is available. Register?

އެހާރާ މިހާރު

31 May 2020

ވީމާ މިރޭ މިސުވާލުގެ ޖަވާބު ދެއްވަން ވާނެއެވެ. އުމުރުން ދުވަސް ވި މީހުނާއި އެމީހުންގެ ބެލެނިވެރިން މިސުވާލު ޖަވާބު ވަރަށް ބޭނުން ވާނެއެވެ.

The name is already taken The name is available. Register?

ރައްކާތެރި ވަމާ

31 May 2020

ފުރަތަމަ ތިމާގެ ކިބައިން އެހެން މީހެއް ދެން އެހެން މީހެއްގެ ކިބައިން ތިމާ

The name is already taken The name is available. Register?

ކިހާ ދެރަ

31 May 2020

ޕޮޒޮޓިވް ވުމަކީ ބަލީގެ ވޭނަށް ވުރެ އެހެން ގޮތް ގޮތުން ލިބޭ ތުރާލާ ވޭން ބޮޑު ކަމެއް. އާއިލާ އާއި ދިރިއުޅޭ ތަނާއި އެކަހެރި ކޮށް ދިރި އުޅުން ބަދަލު ކޮށްލާ ކަމެއް.

The name is already taken The name is available. Register?

ގަޓް ބްރޯ

31 May 2020

ފެންނަމުން މިދާކަންކަމުން އެނގެނީ އަދި އިތުރު ތިން ހަތަރުމަހަށް މާލެ ސަރަހައްދުގަ މި ލޮކްޑައުން ދެމެހެއްޓުމުގެ ވިސްނުމެއް ސަރުކާރުން އެބަ ގެންގުޅޭކަން. އެކަމަކު ސަރުކާރުން ބޭނުންވާ އެއާޕޯޓްތައް ހުޅުވާލުމާ ރިސޯޓްތައް ފުރާލުމާ ބަންގާޅީން މަސައްކަތްތަކަށް ނެރުންފަދަ ކަންކަން ފަހިކޮށްދޭނެކަމަށް ބެލެވޭ. އެޗްޕީއޭ އިން އާންމުކޮށް އިއުލާނު ނުކުރަނީސް ޖުލައިގަ އެއާޕޯޓް ޓޫރިޒަމް އަށް ހުޅުވާލާނެކަން މިނިސްޓަރ އަލީ ވަހީދު ހާމަކުރިކަން އެއީވެސް މީގެ ހެއްކަކަށްފުދޭ.

The name is already taken The name is available. Register?

ހަސަނުބެ23423

31 May 2020

މިއީ ލޮކްޑައުންގެ ބޭނުމަކީ. ކްލަސްޓަރ ތަކުގެ ތެރޭގައި ވައިރަސް ހިފެހެއްޓުން. ލޮކްޑައުން ނެތްނަމަ ވަރަށް ބާރަށް ފެތުރޭނޭ

The name is already taken The name is available. Register?

ދަންނަ ނުދަންނަ

31 May 2020

މިހާރު މިއޮތީ ފެތުރޭނެ ވަރަކަށް ފެތުރިފައި. ފެތުރިފައި އޮތްވަރު ޖެހިފައި ތިބީ ކިތައް މީހުންނަށް ކަމެއް ދަންނަ އެއްވެސް އިންސާނަކު ނުހުންނާނެ. ދޫކޮށްލީމާ ކިރިޔާ ކަމެއްވިޔަސް ޑޮކްޓަރަށް ދާނެ. މިހާރު ނުދެވޭތީ އެއްބަޔަކު ޕެނަޑޯލް ގުޅައަކުން އަނެއް ބަޔަކު އަނެއް އެއްޗެއް ކައިގެން ބަލި ރަނގަޅުވަނީ. މީ މިހެން ރަނގަޅުވާ ބައްޔަކަށްވާތީ އަސްލު ހަގީގީ މަންޒަރެއް ނުފެނޭ. ނުވެސް އެނގޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454