ރައީސާއި ނައިބު ރައީސްގެ އިތުރުން މަޖިލީހުގެ ރައީސް ނަޝީދު ރަސްމިއްޔާތެއްގައި: ރައީސާއި ނައިބު ރައީސްގެ ކުޑަކުރަން މަޖިިލީހުން ނިންމި ނިންމުން ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި -- ފޮޓޯ/މިހާރު
01 ޖޫން 2020 - 18:46
ކޮވިޑް-19 އާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބައެއް މިނިިވަން މުއައްސަސާތަކުގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ އިތުރުން ފަނޑިޔާރުންގެ މުސާރަތައް ތިން މަހަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ވަނީ ފާސްކޮށްފަ އެވެ. އެކަމަކު، ރައީސާއި ނައިބު ރައީސްގެ މުސާރައަކީ އެ ކަމަށް ޚާއްސަ ގާނޫނަކުން ކަނޑައަޅާފައިވާ މުސާރަތަކެއް ކަމަށް ވާއިރު، އެ ގާނޫނު އިސްލާހު ނުކޮށް އެ ދެ ބޭފުޅުންގެ މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން އޮތީ ވިދާޅުވެފަ އެވެ.
ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި ވަނީ ރައީސާއި ނައިބު ރައީސްގެ މުސާރަ ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައި ވަނީ ބޭނުން ކޮންމެ ވަގުތަކު، އެ ދެ ބޭފުޅުންގެ މުސާރަތައް ކުޑަނުކުރެވޭ ގޮތަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ. ގާނޫނެއްގައި މުސާރަ އާއި އިނާޔަތްތައް ބަޔާން ކޮށްފައިވަނީ ވެސް އެ ދެ މަގާމުގައިި އެކަނި ކަމަށާއި އެހެންވެ، އެ ގާނޫނު އިސްލާހު ކުރުމެއް ނެތި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓަކަށް ބިނާކޮށް، ރައީސާއި ނައިބު ރައީސްގެ މުސާރަ މަޖިލީހުން ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް މައްސަލައިގައި ވެ އެވެ.
ހަލީމް އެދިވަޑައިގަތީ ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުރުން މަޖިިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލްކޮށް ދިނުމަށެވެ. އެ މައްސަލަ ނިމެންދެން މަޖިިލީހުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން ވެސް އެ މައްސަލާގައި އެދިފައިވެ އެވެ.
ރައީސާއި ނައިބު ރައީސްގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލާއި އިންފޮމޭޝަން ކޮމިޝަނަރުގެ މުސާރަ އާއި އިނާޔަތްތައް އެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ މަގާމުގެ މުއްދަތުގައި އުނި ނުކުރެވޭނެ ކަމަށް އެ މަގާމުތަކާ ގުޅޭ ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ. އެހެންވެ، ގާނޫނުގައި ބަޔާންކުރާ ގޮތް ނޫން ގޮތަކަށް އެ މަގާމުގެ މުސާރަ އާއިި އިނާޔަތްތައް ވެސް ކުޑަ ނުކުރެވޭނެ ކަމަށް ހަލީމް ހުށަހެޅުއްވި މައްސަލައިގައި ބަޔާން ކުރައްވާފައި ވެ އެވެ.
މީގެ އިތުރުން، ގާނޫނެއްގައި ވަކި ގޮތަކަށް ކަމެއް ބަޔާން ކުރުމުން އެއީ ބަރީއަވުމެއް ނެތް އިލްތިޒާމެއް ކަމަށް ބަލަންޖެހޭ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގައި ބަޔާން ކޮޮށްފައިވާތީ އެ މަގާމުގެ މުސާރަތައް ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.
ރައީސާއި ނައިބު ރައީސްގެ މުސާރައަކީ އެ ކަމަށް ޚާއްސަ ގާނޫނަކުން ކަނޑައަޅާފައިވާ މުސާރަތަކެއް ކަމަށް ވާއިރު، އެ ގާނޫނު އިސްލާހު ނުކޮށް އެ ދެ ބޭފުޅުންގެ މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން އޮތީ ވިދާޅުވެފަ އެވެ.
އެކަންކަން ފާހަގަކޮށް، ހަލީމް އެދިވަޑައިގަތީ ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުރުން މަޖިިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލްކޮށް ދިނުމަށެވެ. އެ މައްސަލަ ނިމެންދެން މަޖިިލީހުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން ވެސް އެ މައްސަލާގައި އެދިފައިވެ އެވެ.
ރައީސާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000ރ. އެވެ. އަދި ނައިބު ރަައީސްގެ މުސާރައަކީ މަހަކު 75،000ރ. އެވެ. އެކަމަކު އެ ގާނޫނު އިސްލާހު ކުރުމެއް ނެތި މަޖިލީހުން ނިންމާފައިވަނީ ކުރިއަށް އޮތް ތިން މަހު ރައީސްގެ މުސާރަ 65،000ރ. އަށް އަދި ނައިބު ރައީސްގެ މުސާރަ 48،000ރ. އަށް ކުޑަ ކުރުމަށެވެ.
ގާނޫނުުއަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިިލީހުންނެވެ. ރައީސާއި ނައިބު ރައީސްގެ މުސާރަ ގާނޫނަކުން ކަނޑައަޅާފައި ވިޔަސް، އެހެން މަގާމުތަކުގެ މުސާރަތައް މަޖިލީހުން ކަނޑައަޅަނީ ހާލަތަށް ބެލުމަށް ފަހު މާލިއްޔަތު ކޮމެޓީންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަޕްޓުފަނޑިޔާރު އުތަ
02 June 2020
ފަނޑިޔާރަކަށް ހުރިއިރު ކުރީގެ ސަރުކާރުން ބޭނުންވިހާ ގޮތަކަށް ހުކުމްތަށް ނެރެ އިއްވި އަދި ކޮރަޕްޝަނަށް އިންތިހާއަށް ތުހުމަތުކުރެވުނު ފަރާތުން މާމޮޅެއްވާން ނުވަތަ މަޝްހޫރުވާން މިމައްސަލަ ސުޕްރީމް ކޯޓަށް ލުމަކުން ތިމާގެ ކުށްތަށް ފޮހެވި ހުދު ފޮތިކޮޅަކަށް ވާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑުގޯހެއް. ރައްޔިތުންގެ ހަދާން އެހާ ބަލިނޫން.
އަޙުމަދު.
25 February 2022
ފަނޑިޔާރަކަށްހުރެ ކުރަޕްޝަނުން ފޯވެގެން ކުރިޝަރީއަތް ތަކުގެސަބަބުން މަޣާމަޤާމް ގެއްލުނީމަ މަޤާމެއްލިބޭތޯ މިސަރުކާރުގެ ވެރިންނަށް ވައިޖާހާލަން ކުރިކަމެއްތީ. މިމޮޔައަކަށް ނޭންގު މަޖިލީހުން ފާސްކުރާ ޤާނޫނު ތަކަކީ ރައިސް ތަސްދީގުކުރަންޖެހޭ އެއްޗެއްކަމެއް. ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމުގެ ބާރުވެސް ރައީސްއަށް އޮންނާނެ. މިކަމަކީ އެ ދެވެރިންނަށް މުސާރަ ދެވޭނެ ފަދަ ދައުލަތުގަ ނެތިގެން މަޖިހުން ކޮށްގެން އުޅޭ ކަމެއްނޫކަން ރައްޔިތުންނަށް ވަރަށްސާފު.
ދޮންއަލީ
02 June 2020
ޗާލާކީގޭމެއް ދެއްތޯ
ކާނިވާ ސަރަހައްދުން
01 June 2020
ސާބަހޭ މައްސަލަ ހުށައެޅުއްވި ފަރާތަށް. އެހެންނޫނީ މަޖިލީހުން ކޮންމެފަދަ ކަމެއްވެސް ކުރައްްވަފާނެ
ދޯރި
01 June 2020
މަޖިލީހުން ދެނީ ރެކޮމެންޑޭޝަނެއް. އެމްއެމްއޭގެ ގަވަރުނަރުގެ މުސާރަވެސް ކުޑަ ނުކުރެވޭނެކަމަށް ގާނޫނުގައި އޮވޭ. ދެން މަޖިލީހުން ނިންމި ގޮތައް މުސާރަތައް ހަމަޖައްސާނީ ފިނޭންސް މިނިސްޓްރީން.
ނައީމް އަހްމަދު
01 June 2020
މި އެއްކަލަ ރިޔާސީ އިންތިޚާބު ބާތިލު ކުރަން ގާސިމް ބުނެގެން ކޯޓަށް ހިނގި މީހާ. މީނަ މިހާރު ޖޮބްލެސް ވެގެން ކުރާނެ ކަމެއް ނެތިގެން އެއުޅެނީ. މީހުން ލައްވާ މަސައްކަތްކުރުވާފާ ފައިސާ ނުދީ އެބޮތް ބައިވަރު. ލަދެއްވެސް ނުގަނޭދޯ
ވަކީލު ނަމްބަރު 6
02 June 2020
ވެލިދޫ ޕްރީ ސްކޫލް ގެ ސްޓާފުންގެ އެތައް މަހެއްގެ މުސާރަ މިމީހާ އޮތީ ނުދީ. ލަދު ހަޔާތް ކޮބައި؟ އެމައްސަލަ ކޯޓަށް ލާން ވީ ފުރަތަމަ
ސަފާރީ
01 June 2020
ރައްޔަތުންގެ މަޖިލީހަށް ކޮންމެ މީހަކަށް ކުރިމަތިލުމުގެ ފުރުސަތުއޮތްހާ ހިނދަކު މިކަހަލަ ކަންތައް ކުރެވޭނެ.މިކަންތައް ހައްލުކުރަން މިއައްވުރެ އިލްމީ މިހުންނަށް ކުރިމަތިލެވޭ ގޮތަށް އިލެކްޝަންސް ގާނޫނު އިސްލާހު ކުރަންވީ.ރައްޔަތުންގެ މަޖިލީހުގެ އަމަލުތައް ހުންނަ ގޮތުން ހީވާކަހަލަ ގާނޫނުހަދާ މީހުންނަށްވީމަ ގާނޫނަށްވުރެ މާތީގަ އުޅޭވޭނެހެން.
އެންދެރި
01 June 2020
ގާނޫނު އަސާސީ ބަދަލު ކޮށްގެން ނިންމަން ޖެހޭ މައްސަލަ އެއް ގާނޫނު ބަދަލު ނުކޮށް ގާނޫނާ ހިލާފައް ނިންމައިފި އެވެ. މ ރައީސް ކުއްވެރި ވާނެ ކަމަށް ބެލެވެ އެވެ. އެކަމުގެ އަދަބަކީ ކޮބާ ތޯ ބަލާލަން.ބޭނުމެވެ.
މަހުޖަނުބެ
01 June 2020
މިރޭ ތިޔަ ފާސްކުރާ (ކައުންސިލަރުން ހިފަހައްޓާ) އަށް ކިހާވަރެއް ވާނެބާ؟ މާދަ މާ ކޯޓަށް ނުވައްދާނެބާ! ގާނޫނު ހަދާ މީހުންގެ ފެންވަރު މީ، އަދިވެސް ތަނެއް އޮތިއްޔާ ބޯކޮށްޕާތި.
ބަންގާލް ބާއީ
01 June 2020
ރައީސް މައްސަލަނެތީ ނައިބު ރައީސް މައްސަލަނެތީ މަޖުލީސް މައްސަަލަނެތީ. ދެން ހަލީމު މަތިންބައިންޖެހިގެން ކޮންމައްސަލަހުންނަނީ؟
އަޙުމަދު.
25 February 2022
މިކަހަލަ އެތަށް ބޯގަޅިންނެއް އަދިވެސް އޫލޭނެ.
އަލީރާޖާ
01 June 2020
ހަގީގަތުގައިވެސް މަޖިލީހުން އެކަން ކުރީ ގާނޫނީ ގޮތުން ކުރަންޖެހޭ ގޮތަކަށް ނޫން.