ލައިފްސްޓައިލް / ދުޅަހެޔޮ ދިރިއުޅުން

ކިވީން ވެސް ބަރުދަން ލުއިކޮށް ދޭނެ

ރާއްޖޭގައި ހައްދާ ބާވަތަކަށް ނުވިޔަސް ކިވީ އަކީ ރާއްޖޭން ވެސް ފަސޭހައިން ލިބޭ މޭވާއެކެވެ. ބެލެންސް ޑައިޓެއް ފުރިހަމަކުރަން ބޭނުންވާ ނަމަ ކިވީ އަކީ މުހިއްމު ދައުރެއް އަދާކުރާނެ އެއްޗެކެވެ.

މިއިން ހަށިގަނޑަށް ލިއްބައިދޭ މާއްދާތައް ވެސް ގިނަވެފައި، ފައިދާތައް ވެސް ގިނަ އެވެ. ތޮށިގަނޑު މުށި ކުލައިގައި އަދި އެތެރެ ފެހި ކުލައިގައި ހުންނަ ކުދިކުދި ކަޅު އޮށްތަކެއް ވެސް ހުންނަ ކިވީ އަކީ ކާލަން ވެސް އެހާ މީރު އެއްޗެކެވެ. ތާޒާކޮށް ކެއުމުގެ އިތުރަށް ކިވީން ސެލެޑާއި ސުމޫތީ އާއި އެކި ކަހަލަ އެއްޗެހި ވެސް ތައްޔާރުކޮށްލެވިދާނެ އެވެ. އަދި އެކި ކަހަލަ ޕޭސްޓްރީ ތައްޔާރުކުރުމުގައި ވެސް ކިވީ ބޭނުންކޮށް އުޅެ އެވެ.

މި މޭވާ އަކީ ވަކިން ހާއްސަކޮށް ވިޓަމިން ސީން މުއްސަނދި އެއްޗެކެވެ. ކިވީން ލިއްބައިދޭ މާއްދާތަކުގެ ތެރޭގައި ވިޓަމިން އީ، ކޭ، ފޮލޭޓް، ކޮޕާ، ޕޮޓޭސިއަމް، އެންޓިއޮކްސިޑަންޓްސް، ޕްރޮޓީން އަދި އަޔަން ހިމެނެ އެވެ.

ކިވީގެ ފައިދާތަކުގެ ތެރޭގައި ބަރުދަން ލުއިކޮށްދޭން އެހީވުން ހިމެނެ އެވެ. އެހެންވެ މިއީ ހިކެން ބޭނުންވާ މީހުންގެ ޑައިޓްގައި ހިމެނުން މުހިއްމު މޭވާއެކެވެ.

ކިވީގެ ފައިދާތަކުގެ ތެރޭގައި ހަޖަކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކުން ސަލާމަތްކޮށް ދިނުން ހިމެނެ އެވެ. ނާސްތާކުރުމަށް ފަހު ކިވީ ކެއުމަކީ މިކަމުން ސަލާމަވާން ކުރެވިދާނެ ކަމެކެވެ. ކިވީގައި އެކުލެވޭ ޑައިޓްރީ ފައިބަރާއި އެކްޓިނިޑިން ކިޔާ އެންޒައިމެއްގެ ސަބަބުން ހަޖަމުކުރުން ފަސޭހަކޮށްދެ އެވެ.

ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރަން ވެސް ކިވީ ބޭނުންކުރެވިދާނެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަށް ހަފުތާގެ މުއްދަތަކަށް ކޮންމެ ދުވަހަކު ތިން ކިވީ ކާ ނަމަ ޑައޮލޯސްޓިކާއި ސިސްޓޮލިކް ބްލެޑް ޕެޝަރު ހަމައަކަށް އަޅުވައިދޭނެ އެވެ. މީގެ ނަތީޖާ އަކީ ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ހިތުގެ މައްސަލަތަކުން ވެސް ރައްކާތެރިކޮށް ދިނުމެވެ.

އަދި ކިވީ އަކީ ލޭގަނޑުކޮށް ދިނުމާ ދެކޮޅަށް ވެސް މަސައްކަތްކުރަން އެހީވެދޭ މޭވާއެކެވެ. އެހެންވެ މިފަދަ މައްސަލަތަކަށް ދުވާލެއްގެ މައްޗަށް ދޭއް ނުވަތަ ތިން ކިވީ އަކީ ފުދޭ މިންވަރަކަށް ވާނެ އެވެ.

އިންފްލަމޭޝަނާ ދެކޮޅަށް ވެސް ކިވީ ހަނގުރާމަކޮށް ދޭނެ އެވެ. އޭގެ މާނަ އަކީ ހިތުގެ މައްސަލަތަކާއި އާތުރައިޓްސް ފަދަ ބަލިތަކުން ވެސް މި މޭވާ އިން ދުރުކޮށްދޭނެއޭ އެވެ. އަދި ހައެއާ އެކު ކިވީ އަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭން ވެސް އެހީވެދޭ މޭވާއެކެވެ.

ލޮލުގެ މައްސަލަތައް ހުންނަ ނަމަ އެއީ ވެސް ކިވީ ކާން އިސްކަން ދޭން ޖެހޭ ސަބަބެކެވެ. ކިވީ ކެއުމުން ލޮލުގެ ފެނުން ރަނގަޅުކޮށްދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ކިވީގެ އިތުރު ފައިދާތަކުގެ ތެރޭގައި ހަންގަނޑު ރީތިކޮށް ދިނުމާއި ޑީއެންއެއޭ ހަލާކުވުމުން ރައްކާތެރިކޮށް ދިނުމުގެ އިތުރަށް މިއީ ނިދަން އުނދަގޫވުމުގައި މައްސަލަތައް ހުންނަ މީހުންނާއި ނޭވާ ހިއްލާ މީހުން ވެސް ބޭނުން ކުރުން ވަރަށް ރަނގަޅު މޭވާއެކެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454