ކޮވިޑް-19 އާ ގުޅޭ މަޝްވަރާ ބައްދަލުވުމެއްގައި މައިމޫނާ ވާހަކަ ދައްކަވާއިރު، ހެލްތު މިނިސްޓަރު އަމީން އަޑުއައްސަވަނީ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލުކުރާ ގަވައިދުގައި ދެބޭފުޅުންނަށް ގިނަ ބާރުތަކެއް ދީފައިވޭ. ފައިލް ފޮޓޯ
04 ޖޫން 2020 - 12:19
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮޮތަށް، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި އަމަލުކުރާނެ ގަވައިދު ހެލްތު މިނިސްޓްރީން ހަދައި އެ އަށް އަމަލުކުރަން ފަށައިފި އެވެ.
މިއީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 94 ވަނަ މާއްދާ އިން ހެލްތު މިނިސްޓަރަށް ދީފައިވާ އިޚުތިޔާރުގެ ދަށުން ހެދި ގަވައިދެެކެވެ. އެ މާއްދާގައިވާ ގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ވަކި މާއްދާއަކުން ގަވަައިދު ހެދުމަށް ލިބޭ ބާރުގެ އިތުރުން އެހެން ގިނަ ކަންތައްތަަކާ ބެހޭ ގޮތުން ގަވައިދު ހެދުމުގެ އިޚުތިޔާރު މިނިސްޓަރަށް އޮވެ އެވެ. އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލުކުރާނެ ގަވައިދެއް ހެދޭނެ ކަމަށް 94 ވަނަ މާއްދާގެ (ރ)ގެ (ރ) ގައި ވެ އެވެ.
އެ މާއްދާގެ ދަށުން ހެލްތު މިިނިސްޓްރީން ހެދި ގަވައިދުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގިނަ ބާރުތަކެއް ދީފައި ވެ އެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި ލަފާދޭނެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އެކުލަވައިލުމާއި އެ ގްްރޫޕުން މެމްބަރުން ވަކިކުރުމަށް ހުށަހެޅުމުގެ ބާރުވެސް ދީފައި ވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަކީ މިވަގުތު މައިމޫނާ އަބޫ ބަކުރެވެ.
ގަވައިދުގައިވާ ގޮތުން، ޓެގް ގެ މެމްބަރަކު ވަކިކުރަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެދިވަޑައިގެންފި ނަމަ މިނިސްޓަރު އެ ފިޔަވަޅު އަޅުއްވަން ޖެހޭނެ އެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި އަމަލުކުރާނެ ގަވައިދަށް އިއްޔެ އަމަލުކުރަން ފެށިއިރު، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް މިދިޔަ މާޗް 12 ން ފެށިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރައްވައިފަ އެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އޭގެ ފަހުން އެކި ފަހަރު މަތިން އިތުރުކުރަމުން އައިސް މިހާރު އެ މުއްދަތު ދަންމާފައި ވަނީ މި މަހުގެ 29 ގެ ނިޔަލަށެވެ.
- ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނު ކުރާނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، އެކަށީގެންވާ ހެއްކާ އެކު މިނިސްޓަރަށް ލަފާ ދެއްވުމުން. އިއުލާނު ކުރާނެ ސަރަހައްދު ކަނޑައަޅުއްވާނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު.
- ފިޔަވަޅުތައް އެޅުމަށް ލިއުމުންނާއި ފޯނުން ވެސް އެންގޭނެ.
- އާއްމު ސިއްހަތުގެ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށްފައި އޮންނަ ހާލަތުގައި ހުރިހާ ރައްޔިތުންނަށް ވެކްސިނެއް ދޭން ނިންމުމުގެ ބާރު ވެސް އޮންނާނެ.
- ވެކްސިން ދިނުމުގައި އިސްކަންދޭނެ ގިންތި ވެސްް ކަނޑައަޅުއްވާނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު.
- މީހުން އެކަހެރި ކުރުމަށް އަމުރުކުރެވޭނެ.
- މާރުކޭޓުތަކާއި މިސްކިތްތަކާއި ކެފޭ ރެސްޓޯރެންޓް އަދި އާއްމުން އެއްްވެ އުޅޭ އެހެން ތަންތަން ބަންދުކުރުމުގެ އިޚުތިޔާރު އޮންނާނެ.
- ގެއިން ބޭރަށް ނުކުތުން މަނާކުރުމުގެ ބާރު އޮންނާނެ.
- ދަތުރުފަތުރު ކުރުން މަނާ ކުރެވޭނެ.
އަލަށް ހެދި ގަވައިދުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްްތަށާއި ހެލްތު މިނިސްޓަރަށް ލިބިދީފައިވާ އިޚުތިޔާރުތައް ބޭނުން ކުރުމުގައި އަމަލުކުރާނެ ގޮތްތައް ތަފްސީލުކޮށް ބަޔާންކޮށްފައި ވެ އެވެ. އެގޮތުން، އަޅާ ކޮންމެ ފިޔަވަޅަކާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލު ކުރުމަށް ކުރަން ޖެހޭނެ ކަންތައްތައް ވެސް އެ ގަވައިދުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދިމު ކަތީބު
06 June 2020
ރައްޔިތުން ބަނޑަށް މަރަން ހަދާފައިވާ ގަވާއިދެއް !
ތުނޑު ހަސަން
05 June 2020
ބަންދު ކުރަންޖެހޭ ތަންތަނުގެތެރޭގައި ކަސައުޓީ ކުޅޭ ވަކަރުގޭ ކުދިން އުޅޭ ރައްޔިތުންގެ މަޖްލިސް ބަންދު ކުރުމާއި ނުކުރުމުގެ ބާރު މިގަވާއިދުގައި އިސްތިސްނާވީތޯ. ހަމަ ޔަގީނުންވެސް އެންމެ އިއްޒަތްތެރި މެމްބަރުން އެއްވެސް ގައިދުރުކަމެއްނެތި އެކަކު އަނެކަކުގެ ގަޔައް އަތްލާ މާރާމާރީ ހިންގި ޖަރީމާ ގެ ވީޑިއޯ އެހެރީ ފެންނަން .
ރެނދަން
05 June 2020
އަދި ތަންކޮޅެއް އަވަސް ތިޔަ ޤަވާއިދުތައް ހަދަން... މަޑުކޮށްލާ އަދި،، ކޮވިޑް ކަންތަށް ނިމި ޤައުމު ހަމަޔަކަށް އެޅެންދެން...
ބުރަދަން
05 June 2020
އާންމު ސިއްހަތާބެހޭ ގާނޫނު ވުޖޫދަށް އައީ 2012 ވަނަ އަހަރު. މިއީ އޭގެ ދަށުން ހަދަންޖެހޭ ގަވާއިދެއް. މި ގަވާއިދު ނަހަދާ 7 ވެފައި އޮތީމަ މިއަދު ސިއްހީ ކުއްލި ނުރައްކަލަކާ ކުރިމަތިލާންޖެހުނު އިރުވެސް އެއްވެސް އެއްޗެއް ބަޔާންވެފައި ނެތީ. 2012 ގެ ފަހުންވެސް ކިތަންމެ ސިއްހީ ކާރިސާއަކާ މި ގައުމު ކުރިމަތިލައިފި. މިނިސްޓަރ އަމީން މި އޮތީ އެންމެ ފުރަތަމަ ދިމާވި ކާރިސާއާއެކީ މި ގަވާއިދުވެސް ހަދައި ދީފައި. މިއީ ނޫންތޯ ކަންކަން ހާސިލުކުރާ ވެރިންނަކީ؟
އިބިރިހިންބެއްޔާ
04 June 2020
ޔޫސޭއަށް ތާއީދު. ގެއިންނިކުތުން މަނާކޮއް، "ފިހާރަތަކާއި ޕކުތަކާއި ސިނަމާ އަދި މިނޫންވެސް މީހުން ޖަމާވާ" ފަދަތަންތަން އޮތުމުން އެކަންނިމުނީ. ކަޑައެޅިގެން މިސްކިތަށް ދިއުން މިސްކިތުގައި ނަމާދުކުރުން މިފަދަ ބަސްތައް މަނާކަންތަކުގެ ލިސްޓުގައި ނެތަސް އެވަރު އެގޭނެ. ދިވެހިންނަކީ ކަޑުމަސް ކައިގެން ބޮޑެތިވެފައިތިބި ބޯރަގަޅު ބައެއް.
ނަރުސް.
05 June 2020
ކަލޯ ތިހެން ތިބުނަނީ ލޮކްޑައުން މުއްދަތުގައި މާލެ ސަރަހައްދުން އެކަނި ވެސް، ދޮޅު މަސް ދުވަހު އުސޫލާ ޚިލާފަށް ބޭރަށް ނުކުމެގެން 5،000 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކުރި ތަނެއްގައި އުޅޭ މީހުންގެ ވާހަކަ؟ އަދި އެ ކުށް ތަކުރާރުކުރި 200 އަށް ވުރެ ގިނަ މީހުން ހަައްޔަރުކުރަން ޖެހުނު ބައެއްގެ ވާހަކަ؟ މިހާރުވެސް އިމުން ބޭރުން އެކި އެކި ޕާމިޓް ނުލިބިގެން މަރުފަލި ޖަހަނީ. ދެން ލިޔެފައި ނެތިއްޔާ ނުނިކުންނާނެތޯ ގަވާއިދުގައި ނެތޭ ކިޔާ؟ އަހްލާގެ ނެތިއްޔާ ކޮން ބޮލެއް؟
ގަވާއިދު
05 June 2020
ދެން ޔޫސޭ ގަވާއިދު ނުކިޔާތީ އޭނާ ބުނެފައި އޮތީވެސް ރަނގަޅު ވާހަކައެއް ނޫން. ގަވާއިދުގައި 10 ވަނަ މާއްދާގައި އެބައޮތް "ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ޕާކްތަކާއި، މާރުކޭޓުތަކާއި، ކުޅިވަރުކުޅޭ ދަނޑުތަކާއި، މިސްކިތްތަކާއި، އާންމުކޮށް ގިނަ އަދަދަކަށް މީހުން އެއްވެއުޅޭ އެހެނިހެން ތަންތަން ބަންދުކުރުމަށް ނުވަތަ ވަކި ގޮތަކަށް ހުޅުވައިގެން ހިންގުމަށް އެންގުމުގެ އިޚްތިޔާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ." އެހެންވީމަ ބާޒާރާއި ސިނަމާވެސް މީގައި ހިމެނިގެންގޮއްސި.
ޔޫސޭ
04 June 2020
ބަންދު ކުރަންޖެހޭ ތަންތާންގެ ތެރޭގައި މިސްކިތް އޮންނާކަށް ނުޖެހޭ. ގެއިން ނިކުތުން މަނާ ކުރީމަ އެއޮތީ އެފިޔަވަޅު އެޅިފަ. ހިތާމައަކީ ބަންދު ކުރަންޖެހޭ ލިސްޓުގަ އެހެން ތަންތަން ނެތްއިރު، މިސްކިތް ލިސްޓްގެ ކުރީގަ އޮތްކަން. ފިހާރަތަކާއި، ބާޒާރުމަތި، އޮފީސް ތަކާއި، ސިނަމާތައް ކޮބައިތޯ؟ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
ފުރަތަމަ ގަވާއިދު ކިޔާބަލަ
05 June 2020
ގަވާއިދު ނަންބަރު: 40-R/2020 ގެ 10 ވަނަ މާއްދާ ބުނާ ގޮތުން، ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ޕާކްތަކާއި، މާރުކޭޓުތަކާއި، ކުޅިވަރުކުޅޭ ދަނޑުތަކާއި، މިސްކިތްތަކާއި، އާންމުކޮށް ގިނަ އަދަދަކަށް މީހުން އެއްވެއުޅޭ އެހެނިހެން ތަންތަން ބަންދުކުރުމަށް ނުވަތަ ވަކި ގޮތަކަށް ހުޅުވައިގެން ހިންގުމަށް އެންގުމުގެ އިޚްތިޔާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވާ ކަން އޮތުމުން، ތިޔަ ދެންނެވި ތަންތަންވެސް ލިސްޓުގައި ހިމެނިއްޖެއެވެ. މޮޅު އިތުރުގޮތަކީ ގަވާއިދު ކިޔާފައި ކޮމެންޓުކުރުމެވެ.
މައިމޫނާއްތަ
04 June 2020
ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ ގެ ނާޤާބިލުކަން މި ފެންނަނީ. 2012 ގައި އަމަލުކުރަންފެށި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 1 އަހަރު ތެރޭ ހަދަންޖެހޭ ޤަވައިދު ހަދައި އާންމު މި ކުރެވުނީ 7 އަހަރު ފަހުން. އެވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ ހާލަތުވެސް ނިމުމަކަށް އައިފަހުން. މިހާލަތު ނައިނަމަ ތި ޤަވައިދެއް ވުޖޫދުނުވީސްކަން ކަށަވަރު. ޒިންމާ އަދާނުކުރިޔަސް މީ ފުކެއް ބޮޑުވަރު. ނުބީހެންޏާ ހަމަ ކަނޑާހަމަ.
މައިމޫ
04 June 2020
2012 ވަނަ އަހަރު ކޮބައިތޯ؟ 7 އަަހަރު ކޮބައިތޯ؟ މިނިސްޓަރު އަމީން މަގާމާ ހަވާލުވިފަހުން އަދި މިވީ 1 އަހަރު. ގާނޫނު ވުޖޫދަށް އައިސްގެން 7 އަަހަރުވެ ދިޔައިރު ބަޔަކަށް ނުވީ ކަމެއް އަމީން މަގާމާ ހަވާލުވިފަހުން އެއް އަހަރު ދުވަހު ތެރޭގައި ކުރެވުނީމަ މިކަމުން ދައްކައިދެނީ ކޮން ކަމެއްތޯ؟ އަގުވައްޓާލަން ކޮމެންޓެއް ކުރަން އުޅުނަސް މި ބުނެދެވެނީ މިނިސްޓަރ އަމީންގެ ހިންގުންތެރި ކަމުގެ ވާހަކަ ދޯ. ހެހެ. ކިހާ ސަޅި މައިމޫނާއްތަ. އަމީންއަކީ މޭންއެކޭ!
މައިމޫނާްއްތަ
05 June 2020
މިނިސްޓަރު އަމީންގެ ވާހަކައެއް ނޫން މި ދައްކަނީއަކީ. 2012 އިން ފެށިގެން ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ ހިންގަންތިބި ވެރިންގެ ވާހަކަ މި ދައްކަނީ. އޭރުއްސުރެ މައިމޫނާއްތަ އަކީ އެޗްޕީއޭގެ އިސްވެރިޔެއް. މިނިސްޓަރު އަމީން މަޤާމާއި ހަވާލުވި ފަހުންވެސް މިހާރު 18 މަސްދުވަސްމިވީ. މޭންއަކަށް ވެގެން މިވަރުވީކަންވެސް އެއީ ހަމަ ފިސާރި ހިންގުންތެރިކަމުގެ ނަމޫނާ ދެއްތޯ
ޗާމްލާ
04 June 2020
މިނިސްޓަރު އަމީން މަގާމުގައި ނެތް ދުވަހެއްގައިވެސް މިކަމުގެ ފާއިދާ ކުރާނެ ދެން ކުރިއަށް އޮތް ޖީލުތަކުގައިވެސް މަގާމަށް އަންނަ ބަޔަކަށްވެސް. ރަނގަޅު ސިސްޓަމެއް ގާއިމު ކޮށްދިނުމުން އޭގެ މަންފާ އޮތީ މިއަދު ތިބި ބަޔަކަށް އެކަންޏެއްނޫން، ދެން އަންނަން އޮތް ޖީލުތަކަށްވެސް. ދުރުވިސްނޭ ހިކުމަތްތެރިން ކަންކަން ކުރުމުގައި ގެންގުޅޭ ފަލްސަފާއެއް މިއީ. ޝުކުރިއްޔާ ހެލްތު މިނިސްޓަރ. ތިޔައީ ރައްޔިތުންގެ ވެރިއެއް. ނަޝީދު ދެން ހިފާ މަސްވެރިކަމާ.
މިވަރެއްނެތް
04 June 2020
އާބާދީގެ ނިސްބަތުން އެންމެ ބޮޑު ހޭދައެއްކޮށް އެދެވޭ ނަތީޖާ ނުނެރެވި ކޮވިޑު މިސްމެނޭޖްކުރުމުގެ ގައުމީ ޝަރަފު ފޮޓޯއިން ފެންނަ ދެބޭފުޅުންނަށް ހައްގު.
FACTS
04 June 2020
ތިބޭފުޅާގެ ފުރާނައަށް ގެއްލުންނުވެ މިއަދު ކޮމެންޓުކުރަން ތި ހުރެވެނީވެސް އެބޭފުޅުން ރެއާ ދުވާލު ކުރެއްވި މަސައްކަތުން ކަމަށްވެސް ވެދާނެ. މިއަދު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެ ހަދާނެ ނަހަދާނެ އެއްޗެއް ނޭނގި ހުރިހާ ކަމެއް ބޮއްސުންލައިގެން ގޮސްފައި އޮތްއިރުވެސް ރާއްޖޭގައި މިކަން ކޮންޓްރޯލު ވެފައި އޮތުމަށް ބުނާނީ މެނޭޖް ކުރެވިފައި އޮތުމޭ. އެންމެ ފުރަތަމަ 3 މަހުގައިވެސް ކޮމިއުނިޓީ ސްޕްރެޑަކަށް ނުގޮސް އޮތީވެސް މެނޭޖްކުރެވުނީތީ.
މަޒް
04 June 2020
ތީ ހަމަ އަރާ ރުޅިއެއް.. ހުރިހާ ކަމެއް ރަނގަޅެއް ނޫން. އެކަމަކުވެސް އޭ ރިޕޯޓު ދޭވަރުވޭ
ގިޔާސް
04 June 2020
އަލްހަމްދުލިއްﷲ. އިރާދަކުރެއްވިއްޔާ ދެން މިފަދަ ކާރިސާއަކާ ކުރިމަތިލާން ޖެހުނަސް ކަންކަން ކުރަންޖެހޭ ގޮތް ނޭނގިގެން އުޅޭކަށް ނުޖެހޭނެ. މިއޮތީ މިކަންވެސް ނިމިފައި.
އެމްޑީޕީމީހާ
04 June 2020
އަމިންމެންކަހަލަ މީހަކު ރާއްޖެ ދެކެ ލޯބި ނުވާ ބައެއްގެ ފަހަތުގަ މަސައްކައް ކުރުމަކީ ގޯހެ؟. އަމިން ދިވެހިންގެ ލޯބި ހޯދަން ބޭނުން ވެއްޖިޔާ އަވަހަ އިސްތިއުފާދީ.
ހާލު ލޯބީގެ ކިޔައިދެމޭ
04 June 2020
އޭރުން ރައްޔިތުންނޯ؟! މިހާރުވެސް ކޮވިޑް ކަންތަށް މެނޭޖް މި ކުރެވެނީ މިނިސްޓަރު އަމީން އެ މަގާމުގައި ހުރީމަ. މިއަދު އަމީން ނެތްނަމަ އަހަރުމެންގެ ހާލަކީ ކޮބައިކަންވެސް ބުނެދޭންވެސް ނޭނގޭނެ..
ވަންޗޫ
04 June 2020
ތިހިރީ ބޮަލަށް ކާއްޓެއް ވެއްޓިފައިތަ؟