ޓެކްނޮލޮޖީ / ގޫގްލް

އިންކަގްނީޓޯ މޯޑުން ފަރުދީ ރައްކާތެރިކަން ނެތް ކަމަށް ބުނެ ގޫގުލް އަށް ދައުވާކުރަނީ

ގޫގުލް ކްރޯމްގެ އިންކަގްނީޓޯ މޯޑުން ބްރައުޒްކުރުމުން ފަރުދުން ރައްކާތެރިނުވާ ކަމަށް ބުނެ ދައުވާކުރަނީ

ކްރޯމް ބްރައުޒާގެ "އިންކަގްނީޓޯ މޯޑް"އާ މެދު އަހަރެމެން ކުރިން ލިޔުނީ މިހެންނެވެ. އަދި މާނަކޮށް، ހީކޮށްގެން ވެސް މި ތިބީ މިހެންނެވެ.

"އިންކަގްނީޓޯ މޯޑް" ނުވަތަ "ޕްރައިވެޓް ބްރައުޒިން" އަކީ ފަރުދީ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގޫގުލް ކްރޯމް، ޔޫޓިއުބް އަދި މެޕްސް ގައި ހިމަނާފައިވާ ފީޗާއެކެވެ. މި ފީޗާ ކްރޯމް ބްރައުޒާގައި "އޮން" ކުރުމުން، އެ މީހަކު އިންޓަނެޓްގައި އުޅޭ ގޮތް، "ބްރައުޒިން ހިސްޓްރީ" ގައި ރެކޯޑެއް ނުކުރާނެ އެވެ. އަދި ބޭނުންކުރާ ޑިވައިސްގައި ވެސް އެ ފަދަ މައުލޫމާތު ރައްކައެއް ނުކުރާނެ އެވެ.

އެކަމަކު، ކަމަކުދާކަށް ނެތެވެ. ގޫގުލް އަދި ގޫގުލްގެ ބެލެނިވެރި ކުންފުނި، އަލްފަބެޓް ގޮވައިގެން ބަޔަކު ކޯޓަށް ހިނގައްޖެ އެވެ. ދައުވާކުރަން ވެސް ވަނީ ހުށަހަޅައިފަ އެވެ. ދައުވާކުރި ތިން މީހުންގެ މަސްލަހަތަށް މައްސަލަ ނިމިއްޖެ ނަމަ، 5 ބިލިއަން ޑޮލަރުން ގޫގުލް ޖޫރިމަނާކުރާނެ އެވެ. އެ މީހުން ދައުވާގައި ކަނޑައަޅާފައި ވާ އަދަދަކީ މިއީ އެވެ.

އިންކަގްނީޓޯ މޯޑާ ބެހޭ ގޮތުން އަހަރެމެންނަށް އެނގިފައި އޮތީ، އެއީ ސެކިއުރިޓީ ފީޗާއެއްގެ ގޮތުގައި، ގޫގުލްގެ އެޕްލިކޭޝަންތަކުގައި ހިމަނާފައި ވާ ފަށަލައެއް ކަމަށެވެ. އެހެންކަމުން، މި ފަށަލަ ގާއިމުކޮށްފައި ހުރި އެޕްލިކޭޝަންތައް ބޭނުންކުރާ މީހުންނަށް، އިންކަގްނީޓޯ މޯޑަކީ ހިމާޔަތްވުމަށް ފަރުދާއެއް ކަމަށެވެ. އިންކަގްނީޓޯ މޯޑުން ބްރައުޒްކުރުމަށް "ނިއު ވިންޑޯ"އެއް ހުޅުވާލުމުން ދޭ އިރުޝާދުން ވެސް ނެގެނީ މި ކަހަލަ މާނައެކެވެ. ރަނގަޅަށް ކިޔައި ކަނުލައިއެހުމުން އަރަނީ އޮޅުމެވެ.

ގޫގުލް ގޮވައިގެން ކޯޓަށް ދިޔަ މީހުން ބުނަނީ، އިންކަގްނީޓޯ މޯޑަކީ އޮޅުވާލުމެއް ކަމަށެވެ. މިއީ ވަރަށް ހީލަތްތެރިކަމާ އެކު ގޫގުލުން ބޭނުންކުރާ ފީޗާއެއް ކަމަށް ވެސް އެ މީހުން ބުނެ އެވެ. މި ފީޗާ ބޭނުންކުރުމަކުން، ބްރައުޒްކުރާ މީހުންނަށް ރައްކާތެރިކަމެއް ނުލިބޭ ކަމަށް ވެސް ދައުވާގައި ބުނެފައި ވެ އެވެ.

ގޫގުލްގެ އަސާސީ ވިޔަފާރި އަކީ އިސްތިހާރުކުރުމެވެ. އޮންލައިން ޕޯޓަލްތަކުގައި އިސްތިހާރުކޮށްދިނުމެވެ. ފަރުދީ މައުލޫމަތަކީ ގޫގުލް އަށް ރަނެވެ. އެހާ ވެސް އަގުހުރި އެއްޗެކެވެ. އެހެންކަމުން، ކޮންމެ މޯޑެއްގައި ބްރަޒްކުރި ނަމަވެސް، އެއީ ގޫގުލް އަށް ދޫކޮށްލެން ނެތް އެއްޗެއްކަން މި އޮތީ ގާތްގަނޑަކަށް ސާބިތުވެފަ އެވެ. ގޫގުލް އަށް ފާއިތުވި އަހަރު، 2019 ގައި އިސްތިހާރު ވިޔަފާރިން 98 ބިލިއަން ޑޮލަރު ލިބިފައި ވެ އެވެ.

ގޫގުލުން ފަރުދީ މައުލޫމާތު ބޭނުންވަނީ، ވަކި ވަކި ފަރުދުންނަށް އިސްތިހާރުތައް އަމާޒުކުރުމަށެވެ. އޮންލައިން ވެބްސައިޓްތަކަށް ވަދެ މީހުން ކުރާ ކަންކަން ބަލައި، އަދި މީހުން ހޯދާ ތަކެތި ދެނެގަނެ އެ ފަދަ ވިޔަފާރިތަކާ ގުޅުން ހުރި އިސްތިހާރުތައް އެ މީހަކަށް ދެއްކުމަށެވެ. އަދި ގޫގުލުން ދައްކާ ސައިޓްތަކުން ވިޔަފާރިކުރުވުމަށެވެ.

ގޫގުލްއާ ގުޅުން ހުރި އެހެން ބްރައުޒާތަކުން ވެސް ކުރާނީ އެއް ކަމެއްކަން މި އޮތީ ސާފުވެފަ އެވެ. މައިކްރޮސޮފްޓް އެޖް ބްރައުޒާއިން ސިއްރިއްޔާތުގައި އިންޓަނެޓަށް ވަނުމަށް "އިންޕްރައިވެޓް ބްރައުޒިން" ޓެބެއް ހުޅުވާލުމުން ވެސް ފަރުދީ ރައްކާތެރިކަން ކަށަވަރުކޮށްދޭ ކަމަށް ބުނެ އެވެ. މޮޒިއްލާގެ ފަޔާފޮކްސްގެ "ޔޫއާ އިން އަ ޕްރައިވެޓް ވިންޑޯ"ގެ އަޚުލާގީ ވައުދަކީ ވެސް ފަރުދުން ހިމާޔަތްކުރުމެވެ.

ގޫގުލް އަށް މިހާރު އޮތީ ވާނުވާ އޮޅުންފިލުވައިދީ، ދައުވާއިން ސަލާމަތްވުމެވެ. އެކަމަކު، ގޫގުލުން އޮތީ މި މައްސަލާގައި ފުކެއް ދޫކުރާ ގޮތަކަށް ނޫނެވެ. ބުންޏެވެ. ގަދަޔަށް ހިފާނަމެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައިސްކަލްު

07 June 2020

ނުވާނެ އެހެނެއް، ހުވާއޭއިން މައުލޫމާތު އެއްކުރާނީ، އެ މެރިކާ މައިކްރޯސޮފްޓް، ގޫގްލް، އެޕަލް ފޭސްބުކް ޓުވިޓާއިން ދަންނަކަ މެއްވެސްނޫން ތިއީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454