ޚަބަރު

އެކްސްޓްރެކްޝަން މެޝިނެއް މައްސަލަ ޖެހިއްޖެ

އައިޛީއެމްއެޗް ލެބޯޓްރީގައި ޓެސްޓުތަކެއް ހަދަނީ ކޮވިޑް-19 އަށް ޓެސްޓްކުރަން ބޭނުންކުރާ އެކްސްޓްރެކްޝަން މެޝިނެއް ވަނީ ހަލާކުވެފައި ފޮޓޯ: ނީޝަން އަލީ/މިހާރު

ކޮވިޑް-19 އަށް ޓެސްޓްކުރަން އައިޖީއެމްއެޗްގައި ބޭނުންކުރާ އެކްސްޓްރެކްޝަން މެޝިނެއް މައްސަލަ ޖެހިފައިވާ ކަމަށާއި އެހެން ނަމަވެސް ޓެސްޓްކުރެވޭ އަދަދަށް އެހާ ބޮޑު ބަދަލެއް ނާންނަ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް "މިހާރު"އަށް މިއަދު ވިދާޅުވީ އައިޖީއެމްއެޗްގައި ބޭނުންކުރަމުން އައީ ދެ އެކްސްޓެރެކްޝަން މެޝިން ކަމަށެވެ. އޭގެ ތެރެއިން އެއް މެޝިން މައްސަލަ ޖެހުމުން، މަރާމާތަށް ބޭނުންވާ ސްޕެއާ ޕާޓް ގެންނަން މަސައްކަތް ކުރަމުން އަަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އައިޖީއެމްއެޗްގައި މިހާރު ބޭނުން ކުރަމުން އަންނަނީ އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހުން ގެނައި މެޝިނެވެ.

"އެކަމަކު ޓެސްޓް ކުރެވޭ މިންވަރަކަށް މާބޮޑު ބަދަލެއް ނާދޭ. މިހާރު ވެސް ދުވާލަކު 500 ސާމްޕަލް ޕްރޮސެސް ކުރަމުން އަންނަނީ. ކުރިއަށް ވުރެ މަދުވާނީ ގާތްގަނޑަކަށް 150،" އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ މެޝިނަކަށް ދިމާވި މައްސަލަ އާއި ޓެސްޓިން ކެޕޭސިޓީ އަށް އައި ބަދަލާ ބެހޭ ތަފްސީލް މިރޭ އެންއީއޯސީން ބާއްވާ މީޑިއާ ބްރީފިންގައި މަބްރޫކް ދެއްވާނެ އެވެ.

އައިޖީއެމްއެޗްގެ އިތުރުން ކޮވިޑް ސާމްޕަލްތައް ޓެސްޓްކުރަމުން އަންނަނީ ފުލުހުންގެ ލެބޯޓްރީ އާއި އޭޑީކޭއިންނެވެ.

މަބްރޫކް މިހެން ވިދާޅުވި ނަމަވެސް ނަގާފައިވާ ގިނަ ސާމްޕަލްތަކެއްގެ ނަތީޖާ ނުލިބި ހުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކަ އެވެ. ރިޕީޓްކޮށް ނަގާފައިވާ ބައެއް ސާމްޕަލްތަކާ އެކު ރާއްޖޭން ކޮވިޑަށް ޓެސްޓްކުރި ސާމްޕަލްތަކުގެ އަދަދަކީ މިހައިތަނަށް 28،440 އެވެ.

ރާއްޖޭން މިހައިތަނަށް އެބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 1884 އެވެ. އޭގެ ތެރެއިން އަށް މީހަކު މަރުވި އިރު 717 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

50 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 22%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރު

07 June 2020

ދަންޖެހި މަރުވާ މީހާ ވެސް ކޮވިޑް މަރު... ބިލިއަނެއްހާ މީހުން ވާނެ އެގޮތައް ކައުންޓް ކުރަންޔާ.

The name is already taken The name is available. Register?

ޝިޔާމް

07 June 2020

އަމިއްލައަށް ދަން ދަންޖެހުމަކީވެސް އެޗްޕީއޭގެ އިހްމާލު؟ އެ މީހާ ކޮވިޑަށް ޕޮޒިޓިވް އެެއްވެސް ނުވޭ. ދޮގުހެދިޔަސް އެކަމަކު މިއީ ދެން ފުކެއް ބޮޑުވަރު.

The name is already taken The name is available. Register?

ޑރ. ސާރިއު

07 June 2020

މެޝިނެއްގެ ޓެކްނިކަލް މައްސަލަ ޖެހުނަސް އެކަން ސިޔާސީ ކުރެވޭތޯ. ބަލި މީހާގެ ރައްކާތެރިކަން ކަށަވަރުކުރަންވެސް ރާއްޖޭގައި އެތަށް ހާސް ޓެސްޓެއް ތަކުރާރުވެސް ކޮށްފި. 28،440 ސާމްޕަލް ނަގައި ޓެސްޓުކޮށްފައި. މިއީ ބޮޑު އަދަދެއް. މިވަރަށް ޓެސްޓުކުރާއިރު މައްސަލައެއް ދިމާވެދާނެ. އެކަމަކު މަބްރޫކު އެބުނީ ތަފާތު އަންނާނީ ވަރަށް ކުޑަކޮށޭ. 150 އޭ މަދުވާނީ. ސިޔާސީ ވާދަވެރިން ގޮވި 600 ނެހެދެޔޭވެސް. ހުސް ބުހުތާން ދޮގު.

The name is already taken The name is available. Register?

އާސަންދަ

07 June 2020

އަބަދުވެސް ރައްޔިތުން އޮޅުވާލަން ބައެއް މީހުން މަސައްކަތް ކުރަނީ. އޭޑީކޭ މެޝިންގެ ކެޕޭސިޓީއަކީ 400 ކަމުގައިވާނަމަ، އެހެން މެޝިނެއް ހަލާކުވިއޭ ކިޔާ އޭޑީކޭ މެޝިންގެ ކެޕޭސިޓީ އިތުރުވަނީތޯ؟ ވައްކަންކޮށް ދައުލަތުގެ ހަޒާނާ ހުސްކޮށްލާފައި ދިޔަ ބަޔަކަށް ހީވާނީ ދެންވެސް ތިބެނީ ވަގުންނޭ. ފާއިތުވި ފަސް އަހަރު ޕްރައިވެޓް ކްލިނިކްތަށް ހިންގަންށޭ ކިޔާ ކްލިނިކަށް ވަން ކޮންމެ މީހެއްގެ ބޮލުގައި އެތަށް ހާސް ޓެސްޓު އެއްފަހަރާ އަޅުވާ އާސަންދަ އޮތީ އެއްކޮށް ދޮވެފައި.

The name is already taken The name is available. Register?

ފަރުދީ

07 June 2020

އޭޑީކޭ އަކީ ރައްޔިތުން ފެލަން ހުރިހާ ސަރުކާރަކުންވެސް ޖައްސާ ޖަރީ މާއެއް، އެޔޮއްބޮޑުބިން ކުޑައަގަކަށް ހަރާންވާނެ އެތަނުގެ އެއްޗެއްގެ އަގުހެޔޮނަ މަ، ތިތަން ސަރުކާރުން ބިޑަށް ދޫކުރަންވީ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

07 June 2020

ސަހަރޯއޭ ހިތައްއަރާ! ކޮމެންޓެއް ކުރާނީ ކީކޭބާއޭ ހިތައް އަރާ! ހަމަ ކޮސްވެ އަންތަރީސް ވެފާ މިހިރީ މިވެރިންގެ ފިކުރު އާއި ބުއްދި އާއި ވިސްނުމާއި ހަކުރާއި ހުރިހާ އެއްޗެއް ހުރި ގޮތުން.

The name is already taken The name is available. Register?

ދެރަ

07 June 2020

މިމީހުންގެ ބޮލެއް ހުރޭބާއޭ އަހަރެން ހިތަށްއަރާ. އެހެންޏާފަހެ ކޮވިޑް ރާއްޖެއައުމާއެކު އޮޅުލައިގަތީ ބިދޭސީންގެ ގައިގައި. އާޅެ ބިދޭސީން ތޮއްޖެހިގެން އުޅޭތާ ކިތައްއަހަރު ކުއްލިއަކަށް 50 ހާހެއްހާ ބިދޭސީން ގައުދުރުކޮށް ނިންދަވާނެހާ ވަސީލަތަކީ ކުޑަހަރަދެއްތަ. ދެން އުޅުނީ ބަލި ދިގުދަންމައިލައިގެން ފެސިލިޓީތައް ބިނާކުރަން. އޭގެ ބަދަލުގައި ޓެސްޓްކުރާނެ މެޝިންތަކާއި ކިޓްތައް ހޯދައިގެން އެކިހިސާބުތަކުން ގިނަ ސާމްޕަލްތައް ނަގައި ދުވާލަކު އެތައްހާސް ޓެސްޓެއްހަދައިގެން ކުރުމުއްދަތެއްގައި މިކަމުން އަރައި ގަންނަން ވިސްނީކީ ނޫން. ދެރަ

The name is already taken The name is available. Register?

ހާމަ333

07 June 2020

އެމްޑީޕީ ސަރުކާރަށް ތިއޮތީ ރާކަނިމަސް ކެވިފައި..

The name is already taken The name is available. Register?

ޜަހު މަތުބެ

06 June 2020

ޥާވަރައް ޖީބުފުރުނީ ، ދެން ލަލަލާ ، މަބުނިގޮތައްތިއޮތޯ ވެފަ

The name is already taken The name is available. Register?

ހުސޭނުބެގެ އާދަން

06 June 2020

އެހެންވީމަ އޭޑީކޭ އަށް ޓެސްޓްކުރުމުގެ ކަންތައް ހަވާލު ކުރަންވީ. އޭރުންތާ އާސަންދަގެ ފައިދާ އެކޮޅަށްވެސް ލިބޭނީ. ތިޔައީ އަނެއްކާ ޑީލެއްބާ. މާދަމާ އަނެއް މެޝިންވެސް ހަލާކުނުވާނެބާ

The name is already taken The name is available. Register?

ނޫ ގާނޫނު

06 June 2020

އިތުރު މެޝިނެއް ހަލާކުވިޔަސް ނުވިޔަސް މިހާރު އޭޑީކޭ މެޝިނުން ކުރެވޭ ވަރަށް ވުރެ އިތުރަށް އެންމެ ޓެސްޓެއް ނުކުރެވޭނެ. މިހާރު ލިބޭ އެއްޗެއް ދެންވެސް ލިބޭނީ. ކޮންމެ ކަމެއްގައި ރައްޔިތުން ގުބޯ ހައްދަން ނޫޅެބަލަ.

The name is already taken The name is available. Register?

މަންނަ

06 June 2020

މިފަދަ ކޮންމެ ކަމެއް ކާރިސާއެއް ދިމާވިޔަސް ބައެއް ސިޔާސީ ވެރިން ބަލަނީ ރައްޔިތުން އޮޅުވާލެވޭތޯ. އޭޑީކޭއިން މިހާރުވެސް ދުވާލަކު 400 ޓެސްޓު ކުރެވޭނަމަ، އެހެން ތަނެއްގައި ހުރި މެޝިން ހަލާކުވިއޭ ކިޔާ އެމީހުންނަށް އިތުރު ޓެސްޓެއް ނުކުރެވޭނެ. މެޝިންގެ ފުލް ކެޕޭސިޓީއަށް ޓެސްޓު ކުރެވޭނީ. މާނައަކީ މިހާރު 400 ޓެސްޓަށް ލިބޭ ލާރިއޭ ދެންވެސް ލިބޭނީ. ވަކި އިތުރެއް ނުވާނެއޭ. މީހުންނަށް އޮޅުވާލިޔަަސް މި ދެން އެކަމަކު ބޮޑުވަރު ނޫންތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454