އެންއީއޯސީގައި މިރޭ ބޭެއްވި މީޑިއާ ބްރީފިން އެއްގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހުމަދު ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ތިން ރަށަކަށް ޕީސީއާރު މެޝިން ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް.
08 ޖޫން 2020 - 01:26
ކޮވިޑް-19 ޖެހިފައި ހުރިތޯ ބަަލަން ޕީސީއާރު ޓެސްޓްކުރާ މެޝިންތައް އައްޑު އާއި ހދ. ކުޅުދުއްފުއްޓާއި ބ. އޭދަފުއްޓަށް ހޯދަމުން އަންނަ ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހުމަދު ވިދާޅުވީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހަައްދުތައް ކޮވިޑް-ރެސްޕޮންސް އަށް ތައްޔާރު ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެ ތިން ރަށަށް ޕީސީއާރު މެޝިން ހޯދުމުގެ މަަަަސަައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ މެޝިންތައް ގެންނާނެ ވަކި ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.
ނަޔާޒް ވިދާޅުވި ގޮތުގައި ޕީސީއާރު މެޝިން ބަހައްޓަންް ހަމަޖެހިފައިވާ ތިން ހޮސްޕިޓަލުގެ ތެރެއިން ކޮންމެ ހޮސްޕިޓަލަކުން ވެސް ދެ ލެބް ޓެކްނީޝަނުން، އެ މެޝިން އޮޕަރޭޓްކުރަން ތަމްރީނުކޮށް މިހާރު ވަނީ ނިމިފަ އެވެ.
"އިއްޔެ އެ ނިންމެވީ. ނިންމަވާފައި އެ ބޭފުޅުން މިހާރު [ރަށް ރަށަށް] އެ ވަޑައިގަންނަވަނީ،" އޭނާ ވިދާޅުވި އެވެ.
އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓްކުރަން މީގެ ކުރިން ހަމަޖައްސަން އުޅުނު އިންތިޒާމަކީ ޓީބީ ފަދަ ބަލިތަކަށް ޓެސްޓްކުރަން ބޭނުންކުރާ ޖީންއެކްސްޕާޓް މެޝިންތަކުގައި ބޭނުންކުރާ ކާޓްރިޖްތަކެއް ގެނެސް ގެން ކޮވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ހެދުމެވެ. އެއީ ޑަބްލިއެޗްއޯއިންް އުފައްދަން މަސައްކަތް ކުރާ ކާޓްރިޖްތަކެކެވެ. އެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބެއް ނޭނގެ އެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑަށް ހާއްސަކޮށްގެން ގާއިމްކުރާ ފެސިލިޓީތަކުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށާއި އެ ތަންތަނަށް ބޭނުންވާ އިކުއިޕްމެންޓް ވެސް މިހާރު ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ތަންތަނުގައި ފަރުވާދޭނެ އުސޫލުތައް ކަނޑައަޅައި، އިތުރު ތަމްރީނު ދޭން ޖެހޭ ޑޮކްޓަރުން ތަމްރީނު ޕްރޮގްރާމް އަންނަ ހަފްތާގައި ނިމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑޫ- ހިތަދޫ ރީޖަނަލް ހޮސްޕިޓަލް: އައިސީޔޫ 23 އެނދާއި އައިސޮލޭޘަނަށް 22 އެނދު
ބ. އަތޮޅު ހޮސްޕިޓަލް: އައިސީޔޫ 20 އެނދާއި 37 އައިސޮލޭޝަން އެނދު
ށ. އަތޮޅު ހޮސްޕިޓަލް: އައިސީޔޫ 20 އެނދާއި 37 އައިސޮލޭޝަން އެނދު
ގއ. އަތޮޅު ހޮސްޕިޓަލް: އައިސީޔޫ 23 އެނދާއި 12 އައިސޮލޭޝަން އެނދު
ލ. ގަން ރީޖަނަލް ހޮސްޕިޓަލް: އައިސީޔޫ 20 އެނދާއި އައިސޮލޭޝަން 37 އެނދު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
08 June 2020
ހާދަ އަވަހަކަށް؟!! އަވަސް އަރުވާލާފައި ރަށްރަށަށް ތިވަރުން މެށިން ހޯދާނެ ކަމެއްނެތް. އަންނަ އަހަރުގެ ބަޖޭޓްގައި ޖަހާލައިގެން ތިކަން ކުރާނަމޭ ބުނޭ. އެއްރަށް ދައުލަތް ސިޔާސަތު އެއްގޮތަކަށްވެސް ދޫކޮށްލައިގެން ނުވާނެ.
ގައްދޫ ފާތިންދިޔެ.
08 June 2020
ތިބުނީ ހަމަ ރަނގަޅަށް. މާލެ ނޫން އެއްވެސް ރަށަކަށް ކަމެއްކޮށްދޭނެ ބައެއްނޫން އެއީ.
ވަގުޕައިލެޓް
08 June 2020
ކަލޭނޭ ބަޔަކު މުއްސަނދިވާނެ.މިފަހަރު!
ހާމަ333
08 June 2020
ދެން ތިދުވަހެއް އަންނާނެތޯ މި ފަސް އަހަރު ނިމޭއިރު...މާލެ ވެއްޖިއްޔާ އިސާހިތަކު ހޯދާނެ ލިބޭނެ...އަތޮޅުތެރެ އޮންނާނީ އަބަދުވެސް ވާނުވާގަ..
ސަޅީ
08 June 2020
ޕީސީއާރު ޓެސްޓަކީ ހޯދަން ފަސޭހަ އެއްޗެއް ނޫން. އެ މިހާރު ރަނާ ރިއްސަށްވުރެވެސް ބާޒާރުގައި އަގު ބޮޑު އެއްޗެއް. އަގު ބޮޑުވަނީ ތަދު އެއްޗަކަށްވީމަ. ރާއްޖޭ ކުދިން ވެންޓިލޭޓަރު އުފެއްދި ގޮތަށް މީގެ މެޝިނެއްވެސް ތައްޔާރު ކުރަންވީ ނޫންތޯ. ހަމަ ސަޅިވާނެ.
ހުސްމޮޅުމީހުން
08 June 2020
ކާކު ކަލެއަށް ދޭ މައުލޫމާތަކަށް ކޮމެންޓް ލިޔަނީ؟ މީކީ ތިބުނާހާ އަގުބޮޑު މެޝިނެއްނޫން. އަދި ނުގެނެވިގެން އުޅެންޖެހޭ ވަރުގެ އެއްޗެއްވެސް ނޫން. 5 ލައްކަ އެއްހާ ރުފިޔާއަށް ލިބޭ. އެކަމަކު ޕީސީއާރު ޓެސްޓް ހަދަން ބޭނުންކުރާ އެކި ކިޓްތަކާއި އެކްސްޓްރެކްޓް ކުރަން ބޭނުންވާ ކޮންސިއުމަބަލްސް އަގުބޮޑު.
ފަރުުދު
08 June 2020
ޕީސީއާރު ޓެސްޓަކީ ޑަބްލިއު އެޗްއޯއިން ކޮވިޑަށް ކަނޑައަޅާފައިވާ ސްޓޭންޑާޑް ޓެސްޓަކީ. އެންޓިބޮޑީ ޓެސްޓެއް ހެދިޔަސް ކަށަވަރުކުރަން ހަދަން ޖެހެނީ ޕީސީއާރު ޓެސްޓެއް. އެކަމަކު ޕީސީއާރު ޓެސްޓު ހެދޭ މެޝިނަކީ ބާޒާރުގައި ތަދު، ހޯދަން ވަރަށް އުނދަގޫ އެއްޗެއް. އަދި މެޝިނެއް ލިބުނަސް އެއީ ޑަބްލިއުއެޗްއޯ އިން ވެރިފައި ކޮށްފައިވާ މެޝިނަކަށްވާން ޖެހޭ. ތިޔައީ ފަސޭހަކަމެއް ނޫންކަން އެނގޭ. އުއްމީދަކީ އަވަސް ފުރުސަތެއްގައި ލިބުން.
ވާހަކަ
08 June 2020
ޕީ.ސީއާރު ޓެސްޓަކީ ކޮންފަމޭޝަން ޓެސްޓު. ރަނގަޅުވެފައި ހުއްޓަސް ޕީ.ސީއާރުން ނޭންގޭނެ. މިބުނީ ރަނގަޅުވެފައި ހުއްޓަސް ވައިރަހުގެ ފުރެގްމަންޓްސް، އެތިކޮޅުކޮޅު ހަށިގަނޑުގެ ތެރޭގައި ހުންނާތީ ޕީ.ސީ.އާރު ދައްކަނީ ޕޮސިޓިވްކޮށް. އެހެންވީމާ ރަނގަޅުވިކަން އެންމެ އަވަހަށް އެނގޭނީ އެންޓިބޮޑީ ޓެސްޓުން . މިވަގުތު ރާއްޖެއަށް އެންޓިބޮޑީ ޓެސްޓު ވަރަށް މުހިއްމު
އަސްލު ހަގީގަތް
08 June 2020
ޕީސީއާރ ޓެސްޓުގެ ހަމައެކަނި މައްސަލަޔަކީ ވައިރަހުގެ ޑެޑް ޕާރޓިކަލްސް ނުވަތަ މަރުވެފައި ހުންނަ އެތިކޮޅުތައް ދެނެނުގަނެވޭތީ. ރާއްޖޭގައި ރިކަވަރީ ރޭޓް ކުރިން ދަށްކޮށްހުރީ މިހެންވެގެން. އަސްލު ބަލިން ރަނގަޅުވިޔަސް ވައިރަސްހުރިކަމަށް ޕީސީއާރ ޓެސްޓުން ދައްކާފާނެ. އެކަމަކު އެންޓިބޮޑީ ޓެސްޓުން ކުރިން ބަލި ޖެހުނުކަންވެސް ދެނެގަނެވޭނެ. އަދި ސެންސިވިޓީވެސް ވަރަށް ހައިވާނެ ރަނގަޅު ކިޓްތަކެއްނަމަ.
ނިއު
08 June 2020
ތިޔަ ބެޑްތަކުގެ އޮކިއުޕެންސީ ރޭޓް ވަރަށް ދަށްވާނެ ކަމަށް ފެންނަނީ. މާލޭގެ އަދި ހުޅުމާލޭގެ ފެސިލިޓީތަށް ވެސް ހިންގަނީ ވަރަށް ދަށް އޮކިއުޕެންސީގަ. ބޭކާރު އިންވެސްޓްމެންޓެއް ނޫންތޯ؟ މާކެޓް ސްޓަޑީގެ ފޯކާސްޓްތައް ދިމަލެއްނުވި ނޫންތޯ؟ މިވަރުގެ ބޮޑު ލޮކްޑައުންއަކަށް ދިޔައިރު ކޮސްޓް ބެނެފިޓް އެނާލިސިސްއެއް ހެދިތޯ؟
ނިދާ
08 June 2020
އެހެން ކިހިނެއްތޯ އެނގެނީ؟ މި ބަލި ޖެހެނޭ އަދަދެއް އެއްވެސް މީހަކަށް ނޭނގެ. އެހެން އޮތް ހާލަތެއްގައި ހުރިހާ ކަން ކޮޅެއްގައި ވަގުތުން ފަރުވާ ދެވޭ ގޮތަށް ހަމަޖެހިފައި ހުރުމަކީ އެންމެ ރަނގަޅު ގޮތް.
ޑީސެންޓްރަލައިޒް
08 June 2020
މި އައިސީޔޫ ބެޑްތައް ކުރިއަށް އޮތްތާ ވެސް ބޭނުން ކުރެވޭނެ. މައްސަލައަކަށް ވެގެން ތިއުޅެނީ މާލެ ސަރަހައްދުން ބޭރުގަ ހެދޭ ތަންތަނަށްވީމަތަ