ކުރީގެ ރައީސް މައުމޫނާއި ހައުސިން މިނިސްޓަރުކަމުން އިއްޔެ އިސްތިއުފާ ދެއްވި އާތިފާ ސަލާމް ކުރައްވަނީ.---ފޮޓޯ: މިހާރު
11 ޖޫން 2020 - 19:34
ހައުސިން މިނިސްޓަރުގެ މަގާމުން އައިމިނަތު އާތިފާ އިސްތިއުފާ ދެއްވަން ނިންމެވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް، އާތިފާ ނިސްބަތްވާ އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އާތިފާ އިއްޔެ އިސްތިއުފާ ދެއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާތީ އެވެ. ސިއްހީ ހާލުކޮޅު ގޯސްވެ މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަން އޭނާ ރައީސް އޮފީހަށް ވަނީ އަންގަވައިފަ އެވެ. އާތިފާގެ އިސްތިއުފާ އަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ނިންމަވާފައިވަނީ ހައުސިން މިނިސްޓްރީ އުވާލައްވައި ޕްލޭނިން މިނިސްޓްރީގެ ދަށަށް ހައުސިންގެ މަސައްކަތްތައް ބަދަލުކުރުމަށެވެ.
BREAKING: Housing Minister Athifa isthiufa dhevvaifi
The most trusted news source in the Maldives
Mihaaru
އާތިފާ އިސްތިއުފާ ދެއްވުން
އާތިފާގެ އަގުވަޒަން ކުރައްވައި މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާތިފާ އަކީ އިހުލާސްތެރި، ހިދުމަތްތެރިއެއް ކަމަށެވެ.
"މިނިސްޓަރު އާތިފާ ޝަކޫރަކީ ހިތްވަރުގަދަކަމާއި ނަޒާހަތްތެރިކަމުގައި ނަމޫނާއެއް. އޭނާ ރައްޔިތުންނަށް ހިދުމަތްކޮށް ދެއްވީ ތެދުވެރިކަމާއި އިހުލާސްތެރި ކަމާއެކު،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޓެގް ކުރައްވައި މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
Minister Athifa Shakoor is a model of courage and integrity. She has served the people with sincerity and distinction. Her resignation is a deep loss to the country. I wish her good health and success in all her future endeavours. @ibusolih @MRM_Office
— Maumoon Abdul Gayoom (@maumoonagayoom) June 11, 2020
މައުމޫން ކުރެއްވި ޓްވީޓް
މައުމޫންގެ އިތުރުން އެމްއާރުއެމްގެ އިސް އެހެން ބޭފުޅުން ވެސް ގެންދަވަނީ އާތިފާގެ އަގު ވަޒަންކުރައްވަމުންނެވެ. އެގޮތުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އާތިފާ ވަނީ އިހުލާސްތެރިކަމާ އެކު ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރަށް ހިދުމަތް ކުރައްވާފައި ކަމަށެވެ.
"ޚާއްސަކޮށް ހައުސިން ދާއިރާގެ ތަޖުރިބާކާރު ބޭކަނބަލެއްގެ އެ ކަމަނާ އަކީ. އަމަލީގޮތުން ފީލްޑަށް ނުކުންނަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވި، ހިތްހެޔޮ، ހިތްތިރި، އެންމެންނާ ގުޅޭ ވަޒީރެއް،" ޔުމްނާ ވިދާޅުވި އެވެ.
ސަރުކާރުގެ ރަސްމީ ހިދުމަތުން އާތިފާ ވަކިވުމަކީ ސަރުކާރަށާއި ރައްޔިތުންނަށް ލިބިގެންދިޔަ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައި ވެސް އާތިފާގެ ހިދުމަތް ގައުމަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.
މިނިސްޓަރ އާތިފާއަކީ ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ރައްޔިތުންގެ މަސްލަޙަތު އިސްކުރައްވައިގެން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވި ވަރަށް ތަޖުރިބާ ހުރި ޤާބިލު ބޭކަނބަލެއް. އާތިފާއަށް ފުރިހަމަ ސިއްޙަތެއް މިންވަރު ކުރެއްވުން އެދި ދުޢާކުރަން. pic.twitter.com/0fSlvGoaAZ
— Yumna Maumoon (@yumna_maumoon) June 11, 2020
ޔުމްނާ ކުރެއްވި ޓްވީޓް
އާތިފާ މަގާމުން އިސްތިއުފާ ދެއްވީ، ވަރަށް ފަހުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް ޖުލައި މަހުގެ ތެރޭގައި ދެވޭނެ ކަމަށް ވިދާޅުވުމާ އެކު އޭނާ އަށް ފާޑުކިއުން ވެސް އަމާޒުވެފައި ވަނިކޮށެވެ. ފްލެޓް ކޮމިޓީއާ ހަވާލުކޮށްފައިވާ އެ މަސައްކަތުގެ އަވަސް ތާރީޚްތަކެއް މިނިސްޓަރަށް ވިދާޅުވެވުނީ އޮޅިގެން ކަމަށް ފަހުން ހައުސިން މިނިސްޓްރީން ވަނީ ބަޔާނެއް ނެރެ ސާފުކޮށްދީފަ އެވެ.
އެމްޑީޕީގެ އިސް މެމްބަރަކު މި ފަހުން ވަނީ އާތިފާ މަގާމުން ވަކިކޮށް ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ. ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކަމުގެ ވައުދުވި ކަމަށާއި ނަމަވެސް ވެރިކަމަށް ދޮޅު އަހަރު ވެގެން ދިޔައިރު ވެސް އެކަމާ ގުޅޭ އެއްވެސް މަސައްކަތެއް އަދި ގޯތި ދޭނެ ޕްލޭނެއް ވެސް ހަދާފައިނުވާ ކަމުގެ ކަންބޮޑުވުން އެ ސިޓީގައި ފާޅުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މައުމޫނިޒަމް
12 June 2020
މާވެޔޮށް ވެއްޓުނު ގެރި ނަގާނެ ގޮތަކާމެދު ސައްލާ ކުރަންތިއްބާ ގެރި މަރުވުން ކަހަލަ ކަމެއް ތީ. މައުމޫން ދެކޭގޮތުގައި ޤައުމަކީ އޭނާ އާއި އޭނާގެ އައުވާނުން.
ފަރުދު
12 June 2020
އާޠިފާއަށް މާތްﷲ އަވަސް ޝިފާއެއް ދެއްވާށި ! އާމީން !
ާއުނިމާ
12 June 2020
މުޅި ހުރިހާ މިނިސްޓްރީތަކެއް އޯވަހޯލް ކުރަންޖެހޭ! އެޖެންޑާ 19 މިއީ ވަރަށް ބޮޑު ކޮންސްޕިރަސީ ތިޔަރީއެއް!
ކޮސްގޮވާ
12 June 2020
މިހާރު އެއްމެ ހިންގުންތެރި މިނިސްްްޓަރަކީ ހެލްތް މިނސްޓަރ އަމީން. ޝެއިހް އިމްރާން
ރަނގަޅު ގޮވުން
12 June 2020
ޝޭހު އިމްޜާނަކަށް ނަތީޖާއެއް ދެއްކިފައެއް ނެތް، ޢަމީނުގެ ނަތީޖާ ލޮލުން ފެނި އަތުން އެބަ ހިފޭ
ފިތުނަ ގްރޫޕު
12 June 2020
ދެ ނޭވާ ދޭތެރެއަށްވެސް އަމީނު ތި ވައްދަނީ ކޯއްޗެއް ހާސިލުކުރަން؟
ސަރަނގު
12 June 2020
ހެރިޓޭޖުމިނިސްޓްރީ ވެސް އުވާލާ ޑިޕާރޓްމަންޓަކަށް ބަދަލުކުރުންވެސް ރަނގަޅު.މައުމޫންގެ ވެރިކަމުގައިވެސް އެއީ މިނިސްޓްރީއެއްނޫން. ހަރަދު ކުޑަކޮށްކަންތައްކުެަންޖެހޭވަގުތު މީ.
ރަދުން.
12 June 2020
ބޭކާރު މިނިސްޓްރީއެއް އުވާލުމަކީ ޤައުމަށް ލިބުނު ފައިދާއެއް. މަނިކުފާނުގެ އަމިއްލަ އެދުން އިސްކުރުމަކީ ޤައުމަށްލިބޭނިކަމެތިކަމެއް.
ސްޓާފުން
12 June 2020
އަޅުގަނޑު ހީކޮއްގެން މިހުރީ އައި ޖީ އެ މް އެޗް ގަ އުޅޭ އާތިފާ ސާކިރު ކަ މައް
ޗިންޗިން
12 June 2020
އިސްތިއުފާއަކީ ގައުމަށް ލިބުނު ގެއްލުމަކަށްވިއަސް އާތިފާމެޑަމްގެ ސިއްހަތަށް ލިބުނު ފައިދާއެއްނޫންތޯ؟ ގައުމަށްވުރެ ސިއްހަތު މުހިއްމުވާނެ. އެހާ ސިއްހީހާލަތު ދެރަ ބޭބޭފުޅުން އިސް މަގާމުތަކަށް ލުމަކީ ގައުމަށް ލިބޭ މާބޮޑު ގެއްލުމެއް. ކަންކަން ނުވެގެން އުޅޭތާ 2 އަހަރު ފަހުން އެނގެނީ އާލާސްކަންފުޅާ އުޅުއްވާތީކަން އަސްލު ކަންކަންނުވީ. ތިޔަ ޕާޓީގެ މީހަކަށް ކަމެއްނުވުމުން ތިޔަ ޕާޓީއަށް ލިބުނު ނަން މިހާރު މާ ހުތުރު.
ލަބޮވެތިވި ގައުމު
12 June 2020
މިނިސްޓްރީ އުވާލީމާ ދެން ކަންކަން ވަމުން ދާނީ. ހަހަހަ
އިމްރާނު
12 June 2020
ކޮބާ ގައުމަށް ލިބުނު ގެއްލުމަކީ. ނެތް. އެކަމަކު އެއީ މައުމޫނަށްލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑުގެއްލުމެއް.
އަލްޖިބްރާ
12 June 2020
މީނަ އިސްތިއުފާދިނީމަ މިޤައުމަށްވީ ގެއްލުމެއް ، ތިހެން ބުނި މީހާ ބުނެދީބަލަ ؟