ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަނުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިގުބާލް (ކ) އަދި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަލީލް: އިގުބާލަކީ މިހާރު ފެނަކައިގެ ޗެއާމަން.---ފޮޓޯ: މިހާރު
19 އޮކްޓޯބަރ 2016 - 11:00
ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހަމަޖެއްސި އިގްބާލް އާދަމް، ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގ. ވަށަފަރު، އިގުބާލް، ފެނަކައިގެ ޗެއާމަނަކަށް އައްޔަންކޮށްފައިވާ ކަމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ، ފެނަކައިގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ނަދީމް މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
Today PCB has appointed Iqbal Adam, G.Vashafaru as the chairman of FENAKA.
— Mohamed Nizar (@nixaar) October 19, 2016
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް ނިޒާރު ކުރެއްވި ޓްވީޓް
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް އިސްތިއުފާ ދެއްވީ، އޭނާ އުންމީދުކުރި ގޮތަށް ކުންފުނީގެ ފަރާތުން ހިދުމަތް ފޯރުކޮށްދެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށް އިސްތިއުފާގެ ސިޓީގައި ވެ އެވެ.
އިގުބާލަކީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްގެ ބޭބެ އެވެ. އޭނާ މިދިޔަ އާދިއްތަދުވަހުގެ ރޭ ޕީޕީއެމަށް ސޮއިކުރެއްވުމާ އެކު، ރައީސް ޔާމީންގެ ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި އިގުބާލް ވަނީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަމްކޮށްފަ އެވެ.
ތިލަފުށީ ކޯޕަރޭޝަންގެ ޑައިރެކްޓަރުކަމާއި އެމްޓީސީސީގެ ޗެއާމަންގެ މަގާމު ވެސް އިގުބާލް އަދާކުރައްވާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން އަލީ
19 October 2016
ޢިގްބާލް އަކީ ކަމައް ގާބިލު މޮޅު ބޭފުޅެއް
އުދުހޭ
19 October 2016
އިގުބާލޫ ހަދިޔާ ރަގަޅުތަ؟؟؟؟ މައުމޫނާ އަދިވެސް ބޮޑަށް ދިމާކުރިވަރަކަށް ލިބޭ ހަދިޔާ ގިނަވާނެ! އެކަމަކު ރައްޔިތުންގެ ވޯޓަކާ ނަމަނަމަ ކުރިމަތިނުލާތި!
މ
19 October 2016
މިއަޅެ ދެން ކާކުތަ
ބަކުރު އެންޑް ޒުބޭރް
19 October 2016
ބޭނުންވަނީ ސޮއެއް. ދެން އެހިސާބުން ރައްޔިތުންގެ ހުރިހާ މުދާ އޭނަޔަށް.
ބޮކަރުބެ
19 October 2016
ކޮންމެ މީހަކަށް ދެމަގާމު. އެއް މަގާމަކީ މުއްސަދިވާން ދޭމަގާމެއް.
ބޮޑު އުބު
19 October 2016
ޒައީމު ކުރިމަރި ނުލައްވާތީ ޔާމިންއަށް ރައްޔިތުންގެ ތާޢީދު ނުލިބޭނެކަމަށް ވިދާޅުވެ ކޮައްކޮ ޢަލީ ޢާރިފުގެ ( ކެލާ ދާއިރާގެ މެމްބަރ) ބުއްދި ސިޔާސީ ކައްކަމުގައި ޅަވާނެ ކަމަށްބުނެ ޤާސިމް ފަހަތުން ދުއްވައިގަތީ. ޤާސިމްގެ ކެމްޕޭނުގައި ޢިޤުބާލް ޝިޔާރަކަށްް ބޭނުންކުރީ ރާއްޖެ ތެރެ ތަރައްޤީ ކުރުމަށް ރާއްޖެތެރޭގެ މީހަކު ރާއްޖޭގެ ވެރިކަމަށް މިފަހަރު ޤާސިމް. އަޅުގަނޑުގެ ސުވާލަކީ މިފަހަރު އިޤުބާލުގެ ޝިޔާރަކީ މަގޭ އެދުން މަގޭ ފުރުޝަތު ކިޔުއް ކިހިނެތް ވާނެތޯއެބެ. އެއީ އުބައްޖެހުން ކަމުގައި ބެލެވިދާނެތޯއެވެ.
ޝުމްބާގޮންޖް
19 October 2016
ވަރަށް ތާކުންތާކު ނުޖެހޭ މީހެއް.
މާމުއި
19 October 2016
" ވަފާތެރިކަން ނެތީވިއްޔާ އަމާމްކަން ގެއްލި ނިމިދާނޭ ލަފާދާރުވެ ނުއުޅޭވެންޏާ ޒާމާން ޢުމުރަށް ހިގައިދާނޭ " " ގަޔާވެވިގެން ތިހެން އުޅުމީ ނަފާއިތުރަށް ލިބޭކަމެކޭ ވަޔާއެކުގާ ބުރައިން ދާހެން އަމާންޖާގެއް ނުލިބިދާނޭ "
ސަޅިބެ
19 October 2016
ޚަބަރުތައް ކިޔާފަ ކިޔުންތެރިންގެ ރިއެކްޝަންތަކަށް ބަލާލުމުން އިންތިޚާބުތަކުގެ ނަތީޖާ ވަރަށް ސާފު.
ރަދީފް
19 October 2016
ގޯހެއްނޫން.މިހެންވީމަތާ މިމީހުން ނިއުސް ކޮންފަރެންސްތަކުގަ ކަރުން ނާރުނަގާފަ ވާހަކަދައްކަނީ.