ޕީޖީ ޝަމީމް "މިހާރު" އަށް މީގެ ކުރިން އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 ޖޫން 2020 - 14:47
ލޮކްޑައުންގެ ތެރޭގައި އެންމެ ގިނައިން ދައުވާކުރީ ކެނަބިސް ބޭނުންކުރުމުގެ މައްސަލަތަކުގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމީމް "މިހާރު" އަށް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރި މުއްދަތުގެ ތެރޭގައި ކުށުގެ 72 ބާވަތެއްގެ މައްސަލައިގައި ދައުވާކުރަން ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކެނަބިސް ބޭނުންކުރުމެވެ. އެފަދަ 25 މައްސަލައެއްގައި ދައުވާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއެކު މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރީ އޭޕްރީލް 15 ގަ އެވެ. އެ މަހު 15 މައްސަލައެއްގައި، މިިދިޔަ މަހު 28 މައްސަލަ އަދި މި މަހު މިހާތަނަށް ތިން މައްސަލައެއް ކޯޓުތަކަށް ފޮނުވާފައި ވެ އެވެ.
Some lockdown stats filtered to Sexual Offenses. Average age of accused is at 35. @PoliceMv takes 88 days on avg to send case to @PGO_MV. we take 2.6 days to send to court. We do get involved in inv stage so we already have access to documents. Still a remarkable achievement! pic.twitter.com/2fPjSlrvxg
— Hussain Shameem (@HuShameem) June 16, 2020
ޖިންސީ ކުށުގެ ތެރެއިން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމާ ގުޅޭ ހަތް މައްސަލައެއް އަދި އިތުބާރު ކުރެވޭ މަގާމެއްގައިި ހުރެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ހަތަރު މައްސަލައެއްގައި ވެސް ދައުވާކޮށްފައި ވެ އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި މައްސަލަ ތަހުގީގުކުރަން ފުލުހުން އާއްމު ގޮތެއްގައި 87 ދުވަސް ނަގާ ކަމަށެވެ. އެ މައްސަލައިގައި ދައުވާކޮށްދިނުމަށް ޕީޖީއަށް ހުށަހަޅާތާ ގާތްގަނޑަކަށް ތިން ދުވަސްތެރޭގައި ދައުވާކުރަން ފޮނުވާ ކަމަށް ވިދާޅުވި އެވެ.
ދައުވާކުރާ މީހުން، ކުށް ކުރިއިރު އެވްރެޖް އުމުރަކީ 34 އެވެ.
ދައުވާ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްދުރަހީމް
17 June 2020
މީ ސަރުކާރުގެ ޕަޕެތެއްކަން ނުވަތަ ނޫންކަން އަހަރެން ކަނޑައަޅާނީ މުއިއްޒުއާމެދު އަމަލުކުރާ ގޮތަކުން
ކަނޑުކޮސް
17 June 2020
ދައުވާކޮށް ހުކުމޮ އިއްވާ ނިމޭއިރު ތިޔަ ވިއްކާ ބޮއެހަދާ މީހުން ނަމުގަ ގޭބަންދުގަ ޓެކްސްފުރީ ބޮޑުވިޔަފާރީގަ ކަޅުކަޅިގެއްލެންދެން ބޯލަބޯލަ. ރޮކެޓް ސްޕީޑް
ނަޝީދު.
16 June 2020
އެހެންވިއްޔާ ތިއޮތީ ރާއްޖޭގަ ކެނަބިސް ބޭނުންކުރުން ހުއްދަކުރަން ޖެހިފައެއްނު!
ޢަލީ45678
16 June 2020
ތަހުޤީޤަށް 87 ދުވަސް ވަނީ ކިހިނެއް ވެގެންތޯ ބުނެދީބަލަ؟
ކަނބިލި
16 June 2020
މީނާއަކީވެސް ނޫސް ކޮންފަރެންސްތައް ބާއްވާ މަޝްހޫރު ވާން އުޅޭ މީހެއް ދޯ. ވަކި މީހަކު ބުނާ ގޮތައް އޮޕަރޭކުރާ މީހެއް.
މިވަރެއްނެތް
16 June 2020
70 ހައިގެ އަހަރު ތަކުން ފެށިގެން މަސްތުވާ ތަކެތި ހުއްޓުވުމުގެ ނަމުގައި ސިޔަރަތު ވަރުގެ ބޮޑެތި ގާނޫނު ތައް ހަދައިފި. ފާޑުފާޑުގެ މުއައްސަސާތައް ހަދައިފި. ނަތީޖާ ސުމެއް. މިސްރާބު އަދިވެސް ބަދަލުކުރަން ނުވޭތޯ؟
ޢަހުމަދު676
16 June 2020
ކެނެޑާ އަދި ޔޫރަޕްގެ ބައެއްގައުމުތަކުގަ ކެނަބިސް ނޫނީ މަރުވާނާ ބޭނުންކުރަން ހުއްދަދެމުންދަނީ.. ކެނަބިހަކީ ތަދުކަނޑުވާބޭސް ތަކުގަ ހިމެނޭ ގުދުރަތީ އެއްޗެއް. ސަރުކާރުން ވިސްނަންވެއްޖެ ބާރުގަދަ ޑްރަގު މަނާކޮއްފަ މިހާރު އޮތްއޮތުން ބާވާފަ ގުދުރަތީ ބާރުކުޑަ ކެނަބިސް ނުވަތަ މަރުވާނާއާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރަން.. މިސާލަކްް ކެންސަރުފަދަ ބަލި ތަކައް ކެނަބިހަކީ ތަދުކަނޑުވަން ބޭނުންކުރާ އެއްޗެއް.
އިބުރޭ.
17 June 2020
އާން!! ފެނެޔޭ ފާރުބުޑުގަ ދެކަޅި ވިދިފަ ތަދުކަނޑުވަން ތިބޭތަން.
ވަރަށް ނައިސް
17 June 2020
މީގަ އަސްލު މައްސަލައަކީ މަސްތުވުމެވެ. ކެނަބިހަކަސް، ޑަންލޮޕަކަސް ނޫނީ އާފަލުން ވިޔަސް ހަދާއެއްޗެއް ހަދައިގެން މަސްތުވުމެވެ. އިންސާނުން ތިބެންޖެހޭނީ ހަމަހޭގައެވެ. ކުރެވޭ ނުކުރޭކަންކަން އެނގޭ ހާލުގައެވެ. ބިއްޖެހިފަ އެެހެންނޫނީ، ނައިސްވެފައެެއްނޫނެވެ.
އަރާއރާ
16 June 2020
މަގުމަތީ މި ހަރުކާރާ ކެމެރާތައް ބަލާ ފިޔަވަޅު އަޅާ ނަޒާހަތްތެރި ބަޔަކު ކޮންޓްރޯލް ރޫމުގަ އެބަތިބޭތަ؟ހުރަވީ ބިލްޑިންގްގަވެސް ނޭޝަނަލް އިންޓރަގްރިޓީ ތިރީގަ މަތީގަ އެންޓި ކޮރަޕްޝަން ކޮމިޝަން މިކަހަލަ ބައިވަރުތަންތަން ހަދާފަ އިމާރަތްތައް ފުރިފަ ވާގިނެތިފަ ހުންނަނީ
އެމްޑީޕީއަށް ސަލާމް
16 June 2020
އެހެންތާވާނީ، ތިޔައީ 2 ސޮފްހާގެ ދައުވާ ވިއްޔާ. ތީގެ ދައުވާ ކޮޅެއް ކޮށްލާފައި ޝަމީމު ދައްކަން ބޭނުންވާ މަންޒަރަކީ ވަރަށް ގިނަ މަސައްކަތް ކުރިކަން. އެކަމަކު ހަގީގަތަކީ އަދިވެސް އިންސާފެއް ހޯދައި ދޭނަމޭ ބުނި މައްސަލަތަކުގެ ފައިލުތަށް ހުރީ ހިރަފުސް ފޮޅަން ޖެހިފައިކަން. ކޮބާ އަފްރާޝީމުގެ މައްސަލަ؟ ކޮބާ ރިލްވާނުގެ މައްސަލަ؟ ކޮބާ ޔާމީނުގެ މައްސަލަ؟ ކަމެއް ނުކުރެވުނަސް އަނެއްކާ އަނެއް އިންތިހާބަށް މި ލަވަ ކިޔަން ފަށާތި. ލަދު ކޮބާ؟
ސާމިރު
17 June 2020
ޤާނޫނު އޮންނަ ގޮތުން ހަކުރު ބޯހު މީހުންގެ މައްޗަކަށް ދައުވާއެއް ނުކުރެވޭ، ކެނެބިސް ބޭނުންކުރުމުގެ ދައުވާ ކޮށްކޮށް ތިއްބާ ދެން އެންމެން ފަށާނީ ހަކުރު ބޯން. މިކަން ހައްލު ކުރާކަށް އަޅެ ނުވޭތަ. މަގުމަތީ ހަކުރު ބޮއެގެން ޖެހިފަ ތިބޭމީހުން ހައްޔަރުކޮށްފަ ޓެސްޓުކުރާއިރު އޯޕިއޭޓްސް އަށް މި ޕޮޒިޓިވް ވަނީ، އެހެންވީމަ ދައުވާ ނުކުރެވޭތީ ފުލުސް އޮފީހަށް ވައްދާލާފަ ނެރެލަނީ.ކެނަބިސް ބޮއެގެން މަގުމައްޗަށް ޖެހިފައެއް ނުތިބޭ. އެކަމު ދައުވާ މިކުރަނީ އެމީހުންނަށް.