ޕްލާސްޓިކްގައި ހުންނަ ކެމިކަލުން ސިއްހަތަށް ނުރައްކާވޭ
20 އޮކްޓޯބަރ 2016 - 06:21
ޕްލާސްޓިކް ފުޅި އާއި ކުޑަކުދިން ކުޅެން ގެންގުޅޭ އެއްޗެހި އަދި ކޮސްމެޓިކްސްގައި ހޯމޯންތަކަށް މައްސަލަތައް ދިމާވާ ޒާތުގެ ކެމިކަލްތައް ވަރަށް ކުޑަ މިންވަރަކަށް ނަމަވެސް ހުރެ އެވެ. މިފަދަ ކެމިކަލްތަކުން ކެންސަރާއި އޯޓިޒަމް އަދި ހަކުރު ބައްޔާއި އެޓެންޝަން-ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ.
އެމެރިކާގައި އެކަނިވެސް މި ކެމިކަލްތަކުގެ ސަބަބުން މީހުންގެ ސިއްހަތަށް ލިބޭ ގެއްލުންތަކަށް ފަރުވާ ކުރުމަށް 340 ބިލިއަން ޑޮލަރު އަހަރެއްގެ މައްޗަށް ޚަރަދު ކުރާ ކަމަށް މުޅިން އާ ސައިންޓިފިކް ރިޕޯޓެއްގައި ހާމަކޮށްފައިވެ އެވެ.
އާއްމުކޮށް ކޮންމެ ދުވަހަކުވެސް މީހުން ބޭނުންކޮށް އުޅޭ އެތައް ހާސް އެއްޗެއްގައި ހުންނަ މި ކެމިކަލް އަށް ކިޔަނީ އެންޑޯކްރައިން-ޑިސްރަޕްޓިން ކެމިކަލްސް (އީޑީސީ) އެވެ.
ކާއެއްޗެހި ރައްކާކުރުމަށް އާންމު ގޮތެއްގައި ކޮންމެ ގެއެއްގައި ވެސް ބޭނުންކުރާ ޕްލާސްޓިކް އަދި މެޓަލް ކޮންޓެއިނަރުން ފެށިގެން އެއްޗެހި ދޮންނަން ބޭނުންކުރާ ޑިޓަޖެންޓާއި އަލިފާން ނިއްވަން ބޭނުންކުރާ ތަކެތި އަދި ކުޅޭ އެއްޗިއްސާއި ކޮސްމެޓިކްސްގައި ވެސް މި ކެމިކަލް ހުރެ އެވެ.
ޕްލާސްޓިކް ފުޅީގައި ކެމިކަލް ހުރުމުން އިންސާނުންގެ ހޯމޯންތަކަށް ނޭދެވޭ އަސަރު ކުރޭ
މި ކެމިކަލްތަކުގެ އަސަރު އިންސާނުންނަށް ކުރުމުން ނާރުތަކަށް ގެއްލުންވެ ކުދިންގެ މިޒާޖު ގޯސްވެ ކަންކަމަށް ސަމާލުކަން ދިނުމުގައި މައްސަލަ ދިމާވެ އެވެ. އަދި އޯޓިޒަމްގެ މައްސަލަތައް ވެސް ކުރިމަތިވާ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން އައިކިއު ލެވެލް ދަށްވުމުގެ ސަބަބުން ވިސްނުން ކޮށިވުން ފަދަ މައްސަލަތައް ވެސް މި ކެމިކަލްތަކުގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް މެޑިކަލް ޖާނަލް، ދަ ލާންސެޓް ޑައިބެޓީސް އެންޑް އެންޑޮކްރައިނޮލޮޖީގައި ބުނެފައިވެ އެވެ.
ލޮލަށް ނުފެނުނު ނަމަވެސް އިންތިހާއަށް ގެއްލުން ލިބޭ މި ކެމިކަލްގެ ސަބަބުން ފަލަބަލި ޖެހޭ މީހުން އިތުރުވެ، ހަކުރު ބައްޔާއި ބައެއް ބާވަތުގެ ކެންސަރު އަދި ފިރިހެނުންނަށް ދަރިން ނުލިބޭ މައްސަލަ އާއި އަންހެނުންގެ ކުރިމަތިފަރާތަށް ޖެހޭ ވަރަށް ވޭން ހުރި ބައްޔެއް ކަމަށްވާ އެންޑޯމެޓްރިއޯސިސް ފަދަ ބަލިތައް ޖެހެ އެވެ.
އިންސާނުންގެ ހަށިގަނޑުގައިވާ އެންޑޮކްރައިން ޓިޝޫތަކުން ވަރަށް މުހިއްމު ހޯމޯންސްތަކެއް އުފައްދަ އެވެ. މިއީ ހަކަތަ ހުންނަ މިންވަރާއި ދަރިމައިވުމުގެ ނިޒާމާއި ހެދިބޮޑުވެ ތަރައްގީވުން އަދި ސްޓްރެސް ރެގިއުލޭޓްކުރުމަށް އެހީތެރިވެދޭ ހޯމޯންސްތަކެކެވެ. އަދި ސްޓްރެސް އާއި އަނިޔާއެއް ހަށިގަނޑަށް ލިބުމުން ވެސް މި ހޯމޯންސް ވަގުތުން ފިޔަވަޅު އަޅާނެ އެވެ.
ގުދުރަތީ ގޮތުން ހަށިގަނޑުގައި އުފެދޭ އެސްޓްރޯޖަން އާއި އެންޑްރޯޖަން ފަދަ ހޯމޯން އެއްގެ ސިފަ ޖެހިގެން ހަށިގަނޑުގެ ސެލްތައް ބްލޮކްކޮށް ހޯމޯންސްތަކުގެ މަސައްކަތަށް ހުރަސް އަޅާ އެއްޗަކަށް އީޑީސީ ނުވަތަ ބޭރުން ހަށިގަނޑަށް އެތެރެވާ ހަށިގަނޑަށް ގެއްލުންދޭ ކެމިކަލް މަސައްކަތްކުރެ އެވެ.
ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާ ހަލާކުވިޔަ ނުދިނުމަށް އެ ދަޅުގެ އެތެރޭގައި ލާފައިވާ ކެމިކަލްގެ ފަށަލަ ނުވަތަ ބިސްޕެނޯލް އޭ އާއި ޕްލާސްޓިކް ފުޑް ކޮންޓެއިނަރުގައި ހުންނަ ފެލޭޓް އަދި ބައެއް ކޮސްމެޓިކްސްގައި އެކުލެވޭ ކެމިކަލްތަކަކީ ހަށިގަނޑަށް ނުރައްކާ މާއްދާތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞB.ބޮޑޭ
20 October 2016
.މިލިޔުން މިގޮތައް ގެނެސްދިންއިރު މީގެ ހައްލުގެނެސް ދިންނަމަ ވަރަށް ރަނގަޅުވޭސް.
ގެދާނޯމޮސް
20 October 2016
ކޮންމެ ދުވަހަކު ދަރިން ގެ ދަބަހަށް ލާ ޕްލާސްޓިކް ފެން ފުޅީގެ ބަދަލުގައި އިންޓޯލު ފުޅިޔަކަށް ފެން އަޅާފައި ދިނުމަށް ބެލެނިވެރިން ސަމާލުވެ ލާއްވާށެ ވެ. އަދި ޕެކެޓް ގައި ހުންނަ ކިރު ޖޫސް ފަދަ ބުއިންތައް ހޮޅިން ދިނުން ރައްކަލެއް ނޫނެވެ. ބަދަލުގައި ތައްޓަކަށް އަޅާފައި ދެވޭތޯ އާދަކުރަން ޖެހިއްޖެއެވެ.
ާނައީމާ
20 October 2016
ތަށިން ބޯނެ ކަމެއް ނެތް. ފުޅީގަ އަގަ ޖަހަައިގެން ބުއީމަ ތަހުޒީބު މީހަކަށް ވާނީ