19 ޖޫން 2020 - 22:20
އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި އެވެ.
އާ ގިނަ ހިދުމަތްތަކާ އެކު މި އަހަރުގެ ޖެނުއަރީ މަހުގެ 15 ގައި ހިދުމަތް ފެށި އޭއީއެޗްގައި ބުދަ ދުވަހު އުފަންވި ކުއްޖާ އަކީ ކުރިން ސިޒޭރިއަން ހަދާފައިވާ މީހަކަށް ލިބުނު ކުއްޖެއް ކަމަށާއި ކުރިން ސިޒޭރިއަން ހަދާފައި ވިޔަސް މިފަހަރު ވިއްސީ ކަމަށް އޭއީއެޗްގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އޭއީއެޗުން ބުނިގޮތުގައި ވިހޭ ހިތަދޫ އަންހެން މީހާ އަކީ ކުރިން ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން ޖެހުނު މީހެއް ނަމަވެސް މި ފަހަރުގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި ފޫޅުމައިންގެ އެހީގައި މާ ބޮޑު ކޮމްޕްލިކޭޝަނާ ނުލައި ވަނީ ވިއްސައިފަ އެވެ. އަދި ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށް ބުންޏެވެ.
"މިގޮތަށް ވިއްސުމުން ހޮސްޕިޓަލްގައި އޮންނަން ޖެހޭ މުއްދަތާއި ރިކަވާވާން ނަގާ މުއްދަތު ވެސް ކުރުވާނެ. އަދި [ސިރިއޭރަން ހެދުމަށް ވުރެ] ދިމާވާ ކޮމްޕްލިކޭޝަންތައް ވެސް ވަރަށް ކުޑަވާނެ،" މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އަތޮޅެއްގައި ހުޅުވި ފުރަތަމަ ޓާޝަރީ ހޮސްޕިޓަލުން ބުނެފައިވެ އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފު ސާދާތު ވިދާޅުވި ގޮތުގައި، ސިޒޭރިއަން ހަދާފައިވާ މީހަކު އާދައިގެ ގޮތަށް ވިއްސުން ނުވަތަ ވީބީއޭސީ އަކީ އައްޑޫގައި ކުރިން ވެސް ދޭ ހިދުމަތެއް ކަމަށެވެ. އަދި މިފަދަ ހިދުމަތްތައް އައްޑޫގައި ފުޅާވެގެން ދިއުމަކީ އައްޑޫގެ ސިއްހީ ދާއިރާ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
"މި ކޭހުގެ ވާހަކަ އަހަރެމެން ސޯޝަލް މީޑިއާގައި ހިއްސާކުރި ސަބަބަކީ އާ ހޮސްޕިޓަލްގެ މިފަދަ ފުރަތަމަ ކޭހަށްވުމާއި އަދި މި ފުރުސަތު އޮތްކަން ވެސް ގިނަ ބަޔަކަށް ހާމަކޮށްދީ، އެ އޮޕްޝަން ބޭނުންވާ ހާލަތެއްގައި އޭގެ ބޭނުން ހިފަން ހިތްވަރު ދޭން."
އޭއީއެޗްގައި ހެދި ވީބީއޭސީ ޕްރޮސީޖާގައި މަސައްކަތްކުރި ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތް ފާހަގަކޮށް، ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އޭއީއެޗަކީ އައްޑޫގައި ކުރިން ހެދި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްގެން ހިންގާ ހިންގާ ހޮސްޕިޓަލެވެ. ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާއާރްއެޗް) އުވާލައި އެތަނުގެ ހިދުމަތްތައް ވަނީ އޭއީއެޗަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ހުސޭން
21 June 2020
ބަޔަކު ރުހުނަސް ނުރުހުނަސް، މިކޮމެންޓަށް ކިތަންމެ ޑިސްލައިކު ކުރިޔަސް، ރައީސް ނަޝީދު އަޅާފަ ހުރި ކޮންވެންޝަން ސެންޓަރ ގަ ސާކް ސަމިތްފިޔަވާ އެހެން ކޮނެވެންޝަނެއް ނުބޭއްވި، ފުރާޅުން ފެންފައިބާ، ތަނުގެ ތެރޭގަ ކަތުރުފަނި އަޅާ ވީރާނަވަމުން ދަނިކޮށް އެތަނަކީ ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ހަދާފަ ހުރި ތަނަކަށްވެފަ، އެތަން ހަލާކުވެގެން ދިޔަނުދީ، ރައްޔިތުންނަށް ބެންުން ހިފޭނެ ތަނަކަށް ހެދީ ރައީސް ޔާމީނުގެ ސަރުކާރުން
ހަޑިގިއްލާ
21 June 2020
މަދުބަޔަކު ނުރުހުނަސް ރައީސް ނަޝީދު ހެދި ތަނަކަށްވީތީ ގާތްނުވަންތިބެފަ އެވަރު ތަނެއް ދެން ނުހެދޭނެކަށް އެނގި ގެން އުނބަށް ޖެހީވެސް ހަމަ ތިމީހުން.
ދާދިފަހުން
20 June 2020
ތިޗެސް ދެން ދައްކަންޖެހޭ ވާކައެއްތޭ ބަލަ އެތަން ހަދާފަ ހުރީ ވިހާކޮޓަރިއާއެކު ނޫންތަ؟
ދެކުނު ތަރި
20 June 2020
ޔާމީނުގެ ދުރުވިސްނޭ ސިޔާސަތަށް ޝުކުރިއްޔާ! ލިއުންތެރިޔޢަށް ޔާމީނުގެ ނަން ގެންނާކަށް ވެސް ނޭނގުނު.
ވަޓަލައްޕަން
20 June 2020
އަދި ފުރަތަމަ ކުއްޖާ ވިހައިގެން ތި ހަސްފަތާލު ތާރީޚު ގެތެރެއަށް ތިވަނީ , މާދަމާ ޒުވާން ޖީލެއް ނެތިގެން ހެލްތުން އަނެއް ކޮންސެޕްޓެއް ފަށަން ޖެހިދާނެ
@ވަޓަވަށްރެހާ
20 June 2020
ބަލަ ގައިދީ ޔާމީނަކީ ކޮވެލި ހާލި ހެދީމަ ފީ ބިހެތް ވައްޓާލި މީހެތް އައްޑޫ ކޮންވެންޝަން ސެންޓަރު ކޮންފަދަ ރީތި ތަނެއްތޯ ކޮންފަދަ ރީތި ގޮނޑިތައްތޯ އެތާހުރީ އެހުރިހާ ގޮނޑި މާލެގެނެސް ގެންދިޔަތަން ތަން އެނގޭތަ؟ އައްޑޫ ކޮންވެންޝަން ސެންޓަރު ނަމުގަ އެތަން ހަދާ ބޭނުންކުރަމުން ދަނިކޮށް އެތަން ހަސްފަތާލަކަށް ބަދަލްކުރަން ފަށާއިގެންފަ ތަން ގަލާކޮށްފަ ހުރީ މި ކޮއިލިޝަން ސަރުލާރުން ހަސްފަތާލަކަށްވެސް ހަދަން ޖެހުނީ
ށ.އަތޮޅު މީހާ
20 June 2020
އަހަރު މެން ރަށު އެތެރެގެތަކުގައި ތިކަހަލަ ކިތަން މެ ކުއްޖަކު ވިއްސައިފި!
ޗައިނާގެ ރައީސް
20 June 2020
ޝުކުރިއްޔާ ރައީސް ނަޝީދު (މިކޮމެންޓު ޖަހާ ނުދެވޭނެ ސަބަބެއް ބުނެދޭންވީނު)
ބޮޑުތަކުރުފާނުު
20 June 2020
ނަޝީދު ނުރުހޭނެ. އެކަމަކު ރަނގަޅު ގޮތަކީ، ޝުކުރިއްޔާ ހެލްތު މިނިސްޓަރު އަމީން
ދޮން މަނިކު
20 June 2020
ސުކުރު ހަމަ އައްޤުވަނީ ރައީސް ޔާމީނަށް.... ސުކުރިއްޔާ ރައީސް ޔާމީން..... އެއްބަޔަކު އެޅީ ހަރުގެއެއް އަނެއްބަޔަކު އެޅީ ޓާސަރީ ހޮސްޕިޓަލެއް ....ލުކް އެޓް ވިސަނަރީ.......
ދިވެސް ނަރުސް ކުއްޖާ
20 June 2020
ޔާމިނު ވިއްޔަ އޭނަ ވިއްސަން އެތާ ހުރީ...ކޮންމެހެންވެސް ޝުކުރު އަދާކުރަން ވާނެ
ކަންނާޑި
20 June 2020
އައިޖީއެމްއެޗަކީ އިންޑިޔާ ދަސްކުރާ ޑޮކްޓަރުން ތަމްރީނު ހަދާތަނެއް ފަޅަން ނުޖެހުނަސް ފަޅާނެ 12 މީހުން ފެޅީމަ ތަޖުރިބާކާރު ޑޮކްޓަރެއް ގެ ބޮޑުމުސާރަ ވަޒީފާ އެހެން ގައުމަކުން ލިބޭނެ
ހާލަތު
19 June 2020
އެތަން ހެދީ ރައީސް ނަޝީދު ވެރިކަމުގައި ޔާމީން އެއްނޫން
ޕޫބެއަރ
19 June 2020
މިއޮށް ކަމެއް.. އެތަން ހެދީ ޓެކްސް ފައިސާއިން
ރާއްޖެ
19 June 2020
ނަށީދު ވެރިކަމުގައި އެތާ ހެދީ އީސީސީ ކިޔާ ހޮހަޅަ އެއް.
އާލަތު
20 June 2020
ތިމާވެށި ހިމާޔަތްކުރާ މީހަކަށް ހެދިގެން އުޅެފަ އެތަނުގަ އޮތް ޗަސްބިން ނައްތާލީމަ އެކަން ޕާޓީކުދިންނަށް އޯކޭ. އެތަނުގަ ފިއުޗަރގަ ބޭނުންނުކުރެވޭފަދަ ބޮޑު ތަނެއް ހަދައި ބޭކާރު ހަރަދުތަކެއްކޮށް ވީރާނާވާން ދޫކޮށްލުންވެސް އެޕާޓީ ކުދިންނަށް އޯކޭ. ފަހުން މީހަކު އެތަން ބޭނުންތެރި ތަނަކަށް ހެދީމަ އެކަމުގެ ޝުކުރުވެސް މިދަނީ އެއްކަލަ ޕާޓީގެ ބޮޑުމީހާއަށް. ވަރެއްވެފަތާ ތިބެނީ.
ރާއްޖެތެރޭ މީހާާ
19 June 2020
އަލްހަމްދުލިއްﷲ. ރައީސް ޔާމީން ފެއްޓެވި މަސައްކަތް މަޑު ޖެއްސުމެއްނެތި ކުރިއަށް ގެންގޮސް ފާއިތުވު ދޮޅު އަހަރުތެރޭ ހުރިހާ ކަމެއް ނިންމާ މިފަދަ އޮޕަރޭޝަންތަށް ކުރެވޭ މިންވަރަށް ހޮސްޕިޓަލުގެ ހިދުމަތްތަށް ހަމަޖައްސާލަ ދިނިތީ ހެލްތު މިނިސްޓަރު އަމީން އާއި ޓީމަށް ސާބަސް. ދުއާ އަކީ އެތަށް ޒަމާނެއް ވަންދެން ވަޅުޖެހިފައި އޮތް ރާއްޖެތެރޭ ސިއްހީ ނިޒާމަށް އާރޯކަމެއް އައިސް މި ފަސް އަހަރު ނިމޭއިރު އިންގިލާބީ ބަދަލެއް އައުން.
އެކަމުވެސް
20 June 2020
އެތަނުގަ ފްލޯރ އޭރިއާގަ މޮޕްލާންޖެހޭ ސަރަހައްދު ބޮޑުވެގެން ކަންބޮޑުވެގެންވެސް އުޅުނީ ހަމަ ތިޔަ ބުނާ މިނިސްޓަރު.
ކޮށި ވިސްނުން
20 June 2020
ކޮބާ ގުޅުމަކީ؟ މިވަރު ބޮޑު ކަމެއް ނިންމައިދިނީމަވެސް މޮޕޭ ފަޅޮލޭ އެހެން އެއްޗެކޭ.. ވިސްނުމުގެ ހަނިކަން ފެންނަނީ މޮޕުގެ ދަނޑިއާ އެއްވަރަށް..