މާފަރު އެއާޕޯޓް: ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް އެ އެއާޕޯޓަށް ވަނީ ގެނެސްފައި
19 ޖޫން 2020 - 20:18
ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސްފި އެވެ.
މާފަރު އެއާޕޯޓުގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ލެބޯޓްރީއެއް ގާއިމް ކުރަން ނިންމައި، އެ މަސައްކަތް ކުރަމުންދާ އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން އޮތީ ކުރިން ބުނެފަ އެވެ. އެ ލެބޯޓްރީ ގާއިމްކޮށް، ވަސީލަތްތައް ގެންނަނީ ރާއްޖޭގައި ރިސޯޓް ހިންގާ ސޮނެވާ ގްރޫޕުންނެވެ.
މާފަރު އެއާޕޯޓުގައި ގާއިމްކުރާ ލެބޯޓްރީއަށް ބޭނުންވާ ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިން މިއަދު ރާއްޖެ ގެނައީ މެޑިކަލް ސާމާނު ރާއްޖެ އެތެރެކުރާ އޭޑީކޭ ޓްރޭޑިން މެދުވެރިކޮށެވެ.
We are pleased to announce yet another Covid19 response project nearing completion.
— ADK Trade and Shipping (@ADKTrades) June 19, 2020
Today we have received & are about to commission a 2nd PCR #LightCycler96 system & full range of PCR lab equipment in Maafaru Airport, Maldives. pic.twitter.com/3rDzX8P2ms
އޭޑީކޭގެ ޓްވީޓް
އައިލެންޑް އޭވިއޭޝަނުން ކުރިން ބުނެފައިވާ ގޮތުގައި މާފަރު އެއާޕޯޓުގައި އެ ލެބޯޓްރީ ގާއިމް ކުރުމާއި އެތަނަށް ބޭނުންވާ ހުއްދަތައް ވެސް ހޯދާނީ ސޮނެވާ ގްރޫޕުންނެވެ. އަދި އެތަނުގެ މަސައްކަތްތައް މިމަހުގެ ފަހުކޮޅަށް ނިމޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމަށް ފަހު އަލުން ޓޫރިސްޓުންނަށް ހުޅުވާލާއިރު، މާފަރު އެއާޕޯޓުު ވެސް އިންޓަނޭޝަނަލް ދަތުރުތަކަށް ހުޅުވާލަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެކަމަށްޓަކައި އެއާޕޯޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.
މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވެނީ މާލެ އާއި އައްޑޫ ސިޓީގަ އެވެ. މާލޭގައި އޭޑީކޭ ހޮސްޕިޓަލުން ވެސް އެ ބައްޔަށް ޓެސްޓް ކުރެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީބު
20 June 2020
އަދިކައިރިނުވޭ ހުޅުވަން މޮޔަނުވޭ ކުރިޔައް މިއޮތް ދޮޅުއަހަރު އުޅެންޖެހޭނީ މިހާލުގަ މިކަމުން އަރައިގަނެވޭނީ 2022 ގެ ކުރީކޮޅު
ހަޑިގިއްލާ
20 June 2020
ރައްރަށުގަ ހުރި ހެލްތް ސެންޓަރުތައް ހުއްޓާ އެއަރޕޯރޓު ތަކުގަ ލެބޯޓަރީއާއި ލޭބަރ ރޫމާއި އައިސީޔޫ ހަދަން ހުއްދަ ދެވިގެން ނުވާނެ. ތިޔަ ޕީސީއާރު ލެބު އެއަތޮޅު ހޮސްޕިޓަލް ނުވަތަ ރަށެއްގެ ސިިއްހީމަރުކަޒުގައި ގާއިމު ކުރުމުން ކޮބާ މައްސަލައަކީ.. އެއަރޕޯޓުން ސާމްޕަލް ނަގާނެ އިންތިޒާމު ހަމަޖެއްސިދާނެ ނޫންތޯ؟ ޕީސީއާރު މެޝިނުން ކޯވިޑު ޓެސްޓުގެ އިތުރުން މުހިންމު އެތައް ޓެސްޓެއް ހެދޭނެ.
ސާދިޔާ
21 June 2020
ކޮވިޑު ކަންތައް ނިމުނީމަ ތި ލެބް މަނަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރާނެ ކަމަށް ސޮނެވާއިން ބުނެފައިވޭ
ބެއްޔާ އައްޑޫ
20 June 2020
މެމްބަރު ރޮޒެއިނާ މެން އައްޑޫ އިން ކޮވިޑް ޓެސްޓް ހެދޭނޭ އިންތިޒާމް ހަމަޖެހެނީ އޭ ހަމަޖެހެނީއޭ ކިޔާލަ ކިޔާލަ ތިއްބާ އިހަކަށް ދުހު ހެދި ތަނަކަށް މިއޮތީ މެސިނު ގެނެސް ތައްޔާރު ވެފަ. ރައްޔިތުންނަށް އޮޅުވާލަން ކިތަންމެ މޮޅެތި ވާހަކަތަކެއް ދެއްކިޔަސް މިއަދު ލޮލަށް ފެންނަ ކަންކަމާއި ދޭތެރޭ މީހުން ވިސްނާނެ. ކޮއްދޭން ބުނި ކަންކަން ކޮށްދީފަ ސޯސަލްމީޑިއާގައި ހަންފަތުރަބަލަ
ގައުމުތައ
20 June 2020
ހަނިމާދޫ އެއަރޕޯރޓުން ހާތައް ދުވަހު ލިބުނުހައި އެއްޗެތި އެޅި ތަނެއް ނޭނގޭ މިހާރުވެސް އެތަން އިންޓަރނޭޝަނަލް ކުރީ ޑޮމެސްޓިކް އެއަރޕޯރޓެއްގެ ގޮތުގަ އޮއްވަ ހަމައެކަނި ނަންބޯޑު ބަދަލްކުރީ އަނެއްކޮޅުން އިންޑިޔޢަށް އެކަނި ދަތިރުކުރަނީ އެދަތުރުވެސް ކިރަނީ އެތެރޭގެ ދަތުރުތަކަށް އޮންނަ ކިޑަ ފްލްއިޓްގަ އެންމެ އަކައިންޗިއެއްހާ ވަރުވެސް އިތުރުނުކޮށް އިންޓަރނޭޝަނަލް ކުރީ ބޯޑުން އެކަނި ލަދު ގަނޭތޯ
ސޮނޭވާ މުވައްޒަފު
20 June 2020
މުވައްޒަފުންނަށް މުސާރަނުދެވުނަސް މެޝިން ގެނެސްގެން މަޝްހޫރުވެވޭތޯ ބަލާތި.
ހަސަނު1
20 June 2020
ހުރިހާ ރިސޯޓްތަކުން ފަންޑުކޮށްގެން ހުޅުލޭގަޔާއި، އެހެން އެއަރޕޯޓްތަކުގަޔާއި، ރިސޯޓްތަށްހުރި ކޮންމެ އަތޮޅެެއްގައި ޓެސްޓް މެޝިނެއް ބަހައްޓައި ދިނުން ކިހިނެެތްވާނެބާ؟ ރާއްޖޭގައި ދުވާލަކު 10،000 ޓެސްޓު ހެދޭވަރަށް އިތުރުކޮށްފިނަމަ މިކަމުން އަރައިގަަތުމަތީ އުނދަގޫ ކަމެއް ނޫން.
ގިރި
20 June 2020
ރާއްޖޭ ގައި ދަތުރު ޚަރަދަކީވެސް އާއްމު ރައްޔިތު މީހާގެ ޖީބަށް ނުތަކާ ވަރުގެ އެއްޗެކެވެ. އެކަމަކުވެސް ވައިގެ ދަތުރު ތަރައްޤީވެ ބޯކޮޅު އޮބާއިރު ވެސް ކަނޑު ދަތުރުގެ ޕްރޮޖެކްޓެއް ގެ އާ ކޮންސެޕްޓެއް ނުފެނެެއެވެ. މިހާރު ޕްރައިވެޓް ފަރާތްތަކުގެ ނާލު ބޯޓުތަކަކީ ދަތުރު ތަކަށް އެހާ ފަހި އެއްޗެއް ނޫނެވެ. އަދި ކޮރޯނާ ގެ ސަބަބުން އަޅާ ގައިދުރު ކަމުގެ ފިޔަވަޅުން ވެސް ( 3 ގޮޑިން 1ގޮނޑި ނުވިއްކާ )އޮތުމުން ވެސް އަގު ބޮޑުވުމަށް އިތުރު ދޮރެއް ހުޅުވޭނެ އެވެ .
މޯޑް
20 June 2020
ތި މެސިނު ބަހަށްޓާނި މާފަރު ސިންހީމަރުކަޒްގަތަ?
ނަޝްވާ
20 June 2020
އަމިއްލަ ވިޔަފާރި ކުންފުނިތަކަށް މިކަން ކުރެވޭއިރު ކޮވިޑް-19 ފެނުނުތާ 6 މަސްދުވަސް ވީއިރުވެސް ދިވެހި ސަރުކާރަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭ ގޮތް ނުހެދިގެން މި އުޅެނީ ކީއްވެބާ؟ މިއީ ހަމައެކަނި ހެލްތު މިނިސްޓަރުގެ ނާގާބިލްކަމޭ ބުނެ ފަރުޖައްސާލައިގެން ތިބެވޭކަަށް ނެތް. މުޅި ދައުލަތް ރައީސް އާ ރައްޔިތުންގެ މަޖްލިސް ހިމެނޭ ގޮތަށް ވަނީ ފެއިލްވެފައި.
މޯޑްް
20 June 2020
އެތަކެތި ގެނެސްގެން އެސެމްބަލް ކުރަނީ މިހާރު.. އައްޑޫ ކައުންސިލުންވެސް އެބައޮތް ޓުވީޓު ކޮށްފައި ޓެސްޓުކުރާ ސާމާނު ލިބި ޕީސީއާރު ޓެސްޓު ކުރަން ފަށާ ވާހަކަ. ދެންވެސް ވާނުވާ ހޯދާ ބަލާބަލަ.
ޖަޒީރާ އަހަންމައިދީ
20 June 2020
ޝުކުރިއްޔާ ސޯނޫ.