ޓްރީޓޮޕް ހޮސްޕިޓަލް. ކޮވިޑް ޖެހި ހާލުބޮޑުވެގެން ވެންޓިލޭޓަރަށްލީ ދެމީހުންގެ ތެރެއިން އެކަކު އޮތީ މިހޮސްޕިޓަލްގައި.
21 ޖޫން 2020 - 00:32
ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހާލުބޮޑުވި ދެ މީހަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ވެންޓިލޭޓަރަށް ލާފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އޮތް އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް 43 އަހަރުގެ ނޭޕާލް ފިރިހެނެއް ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދެ ތަނުގައި މިހާރު ޖުމްލަ 11 މީހަކު އެޑްމިޓްކޮށްފައި އެބަ ތިއްބެވެ.
"ޓްރީޓޮޕް ހޮސްޕިޓަލްގައި މިވަގުތު ތިބީ ތިން ކޮވިޑް ޕޭޝަންޓްސް، އޭގެ ތެރެއިން އެކަކު ވަނީ ވެންޓިލޭޓާގައި. ހުޅުމާލޭ މެޑިކަލް ހޮސްޕިޓަލުގައި މިވަގުތު އަށް ޕޭޝަންޓުން އެބަތިބި އޭގެ ތެރެއިން އެކަކު ވަނީ ވެންޓިލޭޓާގައި، އޭނާވިދާޅުވި އެވެ.
ކޮވިޑް ޖެހިގެން ހޮސްޕިޓަަލްގައި އެޑްމިޓްކުރަން ޖެހުނު މީހުން ރާއްޖޭގައި އިތުރުވެފައި މިވަނީ އެ ހާލަތަށް ދިޔަ މީހުންގެ އަދަދު ވަރަށް މަދު ދުވަސްތަކެއް ދިއުމަށް ފަހު އެވެ. ހާލުބޮޑުވެގެން ވެންޓިލޭޓަރަށް ލާން ޖެހުނު މީހުންގެ ތެރެއިން ގިނަ މީހުން މީގެ ކުރިން ވަނީ ރަނގަޅު ވެސް ވެފަ އެވެ.
އެެޑްމިޓް ކުރަން ޖެހުނު މީހުންގެ އަދަދު އިތުރުވިޔަސް، ބަލި ޖެހޭ މީހުންގެ އަދަދު މިދިޔަ ދެހަަފްތާ ތެރޭގައި ވެސް އިތުރުވެފައެއް ނުވެ އެވެ. މިހާރު ދުވާލަކު ގާތްގަނޑަކަށް 1000 ސާމްޕަލް ޓެސްޓްކުރަމުން އަންނަ އިރު ޕޮޒިޓިވް ކޭސްތަކުގެ އަދަދުތައް އާއްމުކޮށް ހުންނަނީ 30 އިން ދަށުގަ އެވެ. އެއާ އެކު ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވެ، އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 389 އެކެވެ.
ރާއްޖެއިން މިހައިތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ 2187 އެވެ. އޭގެ ތެރެއިން އަށް މީހަކު މަރުވި އިރު 1788 މީހުން ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުފެނިފަަ
21 June 2020
ދުވާލަކު 1000 މީހުން ޓެސްޓްކުރެވެނީ ހަމައެކަނި މާލޭ ސަރަހައްދުންބާ؟ މިހާރު އެ ޓެސްޓް ކުރެވެނީ އެހެންވީމަ މާލޭ ސަރަހައްދުގެ ކިތައް ޕަސެންޓް މީހުންބާ؟ އާއިލާގެއާ އެނޫންވެސް ދަންނަ އެކަކުވެސް ޓެސްޓެއް ނުކުރޭ. އެމީހުން ތިބެނީވެސް ގޭގައި.
ދޮގު ނުހަދާ
21 June 2020
ދުވާލަކު 1000 މާލެއިން ބަލަނީ 100000 މީހުންއަށް ވުރެ ގިނައިން މާލޭގަ އެކަނި އުޅޭތީ ނޫންތަ. އެހެން ރަށްރަށުގައި ވެސް ބަލީގެ އަލާމާތް ފެނުމުން ކުރަންޖެހޭ ކަންތައް ކުރޭ. ބަލި ބަޔަކު އުޅޭތޯ ބަލަން ވެސް ކަން ކުރޭ. ބަލި ބަޔަކު ނުފެންނަނީސް މިލިއަނުން ޙަރަދުކޮށް މުޅި ރާާއްޖޭގެ އެންމެން ޓެސްޓު ކުރާކަށް ނޫޅޭނެ ދޯ. ދެން ކިޔާބަލަ ދުނިޔޭގެ ކޮން ގައުމެއްގަތޯ އެންމެން ޓެސްޓު ކުރެވުނީ. ހަންނުފަތުރާ ތިބުމަށް ދަންނަވަން
ކަސަބު
21 June 2020
އަވަސް ޝިފާއަކަށް އެދެން.
ބޮޑުމީހާ
21 June 2020
40 މިލިއަން ޚަރަދުކޮށްފަ ތަނެއް ހަދާފަ ވެންޓިލޭޓަރުކޮޅު ޕްރައިވެޓް ހޮސްޕިޓަލެއްގަ ބަހައްޓާފަ އެތާގެ މުވައްޒަފުންގެ ޚަރަދުފިޔަވައި ހުރިހާ ހަރަދަކާއި ހަވާލުވެގެން ދައުލަތަުން މިތިބީ.
ކުޑަމީހާ
21 June 2020
ކަލޭމެންނަށް ކަމުދާ އެއްވެސް ގޮތެއް ނޯންނާނެ.
ބޮޑުމީހާ
21 June 2020
40 މިލިއަން ޚަރަދުކޮށްފަ ހެދި ތަނެއްގަ ވެންޓިލޭޓަރ ބަހައްޓާނެ ޖާގަ ނެތީތޯ! އެތާގެ ޚަރަދާއި ޓްރީޓޮޕްގެ ޚަރަދު ދައުލަތުން ބަލަހައްޓަން މިޖެހުނީ.
ދެން އެންމެން
21 June 2020
ދެން އެންމެން އެއްތަކަށްލާ އެއް ކޮޓަރިއެއްގަތަ ގެންގުޅެންވީ. އަަޖައިބެއް ދޯ. ކަލޭ ތަނަކާ ހަވާލުވެ ހުރިއްޔާ އެތަނެއް ދައުލަތައް ހިލޭދޭނަމުއޭތަ
ބޮޑުމީހާ
21 June 2020
40 މިލިއަން ޚަރަދު ކޮށްފަ ހެދީ 200-300 އެދުގެ ތަނެއް. ދެން މިތާގަ 4 މީހުން ޓްރީޓޮޕުގަ 3 މީހުން ބައިތިއްބައިގެން ފަރުވާ ދިނުމުގެ ބޭނުމަކީ ކޮބާ!
ރީތި މޫސަ
21 June 2020
އަވަސް ޝިފާއެއްލަށްވާށި އާމީން
ސަދޫ
21 June 2020
ޝަފާކައްﷲ. ބުނެވޭނީ އެންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އުޅޭށޭ. މިއީ ހަމަ އެންމެންގެ ފުރާނައާ ގުޅޭ ކަމެކޭ.