ޚަބަރު / އައްޑޫ

އައްޑޫގެ ދަތުރުތައް ސްރީލަންކަން އިން ހުއްޓާލަނީ ގެއްލުންވާތީ: ފިރާގު

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަންއިން ކުރަމުން އައި ޝެޑިއުލް ދަތުރުތައް ހުއްޓާލަނީ، ހަމައެކަނި އައްޑުއަށް ދަތުރުކޮށްގެން ގެއްލުންވާތީ ކަމަށް، އެ އެއާލައިންގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އޭނާ އެހެން ވިދާޅުވީ، އައްޑޫ ދަތުރުތައް ހުއްޓާލާތީ އެ ސިޓީގެ އާންމުންގެ މެދުގައި އޮތް ކަންބޮޑުވުމާ ގުޅިގެން މަޖިލިހުގެ ފަސް މެމްބަރަކު، ފިރާގުގެ އިތުރުން ސްރީލަންކަން އެއާލައިންސްގެ ކަންޓްރީ މެނޭޖަރު ފަރްޒާން ފަރީދުއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ހިތަދޫ މެދު ދާއިރާގެ އަހުމަދު ރަޝީދު (ޗެކްމާކް) އާއި ހުޅުދޫ ދާއިރާގެ އިލްޔާސް ލަބީބާއި ހިތަދޫ ދެކުނު ދާއިރާގެ އިބްރާހިމް ނާޒިލާއި ފޭދޫ ދާއިރާގެ މުހައްމަދު ނިހާދު އަދި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމެވެ.

ބައްދަލު ކުރެއްވުމާ ގުޅޭގޮތުން ފިރާގު ކުރެއްވި ޓްވީޓް

ފިރާގު ވިދާޅުވީ ސްރީލަންކަންއިން ގަމަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް އަލުން ފެށޭނެ ކަމުގެ ޔަގީންކަން ނެތީ އެ ދަތުރުތަކުގެ ޑިމާންޑް ދަށްވުމުން ގެއްލުންވަމުން ދާތީ ކަމަށް މެމްބަރުންނަށް ދެންނެވި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑު އަށް އެކަނި އަމާޒުކޮށްގެން އެ ދަތުރުތައް ކުރެވޭކަށް ނެތެވެ. އެކަމަކު އައްޑު އާއި ހުވަދު އަތޮޅާ ދެމެދު ޑޮމެސްޓިކް ފްލައިޓްތަކުން ގުޅުވައިލެވިއްޖެ ނަމަ ދަތުރުތައް ފެށިދާނެ ކަމަށް މެމްބަރުންނަށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ކުރިން ވެސް ފިރާގު ދައްކަވަމުން ގެންދެވި ވާހަކައެކެވެ. ގިނަ ރިސޯޓްތަކެއް ހިންގަމުން އަންނަ ހުވަދު އަތޮޅަށް ދަތުރުތައް ފެށިއްޖެ ނަމަ، ޑޮމެސްޓިކް ފްލައިޓްތަކުން އައްޑު އާއި ހުވަދު އަތޮޅާ ގުޅި، ދެ ތަނަށް އަމާޒުކޮށްގެން މާކެޓް ބޮޑުކުރެވިދާނެ ކަމަށް، އޭނާ ގަބޫލުކުރައްވަ އެވެ.

"ހުވަދު އަތޮޅުގައި އެބަ އޮތް 13 ރިސޯޓު. އެހާ ބޮޑު އާބާދީއެއް އެބަ އޮތް. ހުވަދު އާއި އައްޑުއާ ގުޅާލެވިއްޖެ ނަމަ މިކަން ކުރެވޭނެ. ހަމައެކަނި އައްޑު އަކީ ޓޫރިޒަމް ޑެސްޓިނޭޝަނަކަށް ބަލައިގެން ނުކުރެވޭނެ،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުވަދު އަތޮޅާއި އައްޑުއާ ދެމެދު މޯލްޑިވިއަންގެ ޑޮމެސްޓިކް ޝެޑިއުލް ދަތުރުތައް ބޭއްވޭތޯ އެކި ގޮތްގޮތުން މަސައްކަތްކުރެއްވި އެވެ. އެކަމަކު މިހާތަނަށް އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.

Srilankan in Gamah alun dhathuruthah fesheyne kamuge yageen kameh neiy

Srilankan in Gamah alun dhathuruthah fesheyne kamuge yageen kameh neiy

The most trusted news source in the Maldives

Mihaaru

ސްރީ ލަންކަން އިން ގަމަށް ކުރާ ދަތުރުތައް ފެށޭނެ ކަމުގެ ޔަގީން ކަމެއް ނެތުން

ފިރާގު ވިދާޅުވީ 180 މީހުންގެ ޖާގައިގެ ބޯޓެއް ގަމާއި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ބާއްވާ އިރު ބައެއް ދަތުރުތައް އެންމެ ހަތް ފަސިންޖަރުންނާ އެކު ވެސް ކުރަން ޖެހުނު ކަމަށެވެ. އެހާ ޑިމާންޑް ދަށްވުމުން އެއާލައިންއަށް ގެއްލުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިން އަހަރު މިވީ މިގޮތަށް ކުރާތާ. ވިޔަފާރީގެ ޕްރެޝަރަށް ބަލާއިރު މިއީ ވާވަރުގެ ކަމެއް ނޫން. އެކަމަކު ވަރަށް އެބަ މަސައްކަތް ކުރަން ނުހިއްޓި ކުރިއަށް ގެންދެވޭތޯ،" ފިރާގު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މިވަގުތު އައްޑޫ ތަމްސީލް ކުރައްވަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން ކަމަށް ވާތީ މަޖިލީހުގެ ތެރެއިންނާއި އެހެން ގޮތްގޮތުން ވެސް މަސައްކަތް ކުރައްވާނެ ކަމަށް، ބައްދަލުވުމުގައި އެ މެމްބަރުން ވިދާޅުވި އެވެ.

އެކަމަކު އެއިން މެމްބަރަކާ ގުޅޭ ގޮތް ނުވުމުން، އެ ބޭފުޅުންގެ ފަރާތުން ބައްދަލުވުމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.

ފިރާގު ވިދާޅުވި ގޮތުގައި ގެއްލުން ނުވާނެ ގޮތަކަށް ދަތުރުތައް ބޭއްވޭނެ އިންތިޒާމު ހަމަޖައްސައި ވީހާވެސް އަވަހަކަށް އެ އެއާލައިނަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ. އެކަމަކު މިހާރު ޕްރޮޕޯސަލް ހުށަހަޅައިގެން ވެސް އަންނަ ސެޕްޓެމްބަރުގެ ކުރިން އެ ދަތުރުތައް ފެށޭނެ ކަމަކަށް އޭނާ ލަފައެއް ނުކުރައްވަ އެވެ.

"އެއާލައިންސްގެ ވެރިންނާ ކޮންފަރެންސް ކޯލެއް ވެސް އަޅުގަނޑުމެން ހެދިން މިއަދު. އެކަމަކު އަދި ވަކި ގޮތެއް ނުނިންމޭ ހަމަ،" ފިރާގު ވިދާޅުވި އެވެ.

ގަމާއި ކޮލޮމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށީ ޑިސެމްބަރު 1، 2016 ގަ އެވެ. އެ ދަތުރުތަކުގެ ސަބަބުން އައްޑޫން މާލެ ނައިސް، ބޭސް ފަރުވާއަށާއި ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދެވެ އެވެ.

35 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 28%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަންދެލި

22 June 2020

ގެއްލުމުމުގަ މަތިންދާބޯތެއް އޮޕްރޭތް ކުރުމަކުން ތަނެއް ަތަރއްގީ ވެ ކުރިއަރާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. މަގޭ ސަރުކާރެއްގަ ނަމަ، ކުރިއަށް އޮތް 18 މަސްދުވަސް ތެރޭ އައްޑޫ އަތޮޅަށް އެކަނި 250 މިލިއަން ޑޮލަރު 'އޮއްސާ" ލާނަމެވެ. އޭރުން ސްރީލަންކަން އިން ދުވާލަކު 2 ނުވަތަ 3 ފްލައިޓު ބާއްވާ ވަރަށް މީހުން ދަތުރުކުރަން ފަށާ ަރު އިގަްތިސާދީ ދުވެލި ފެށޭނެއެވެ...

The name is already taken The name is available. Register?

އެޑްމުންޑޯ

22 June 2020

އައްޑޫގެ މުސްތަގްބަލެއްނެތް ، ވީމާ ހުވަދު އަތޮޅުގެ ހަދާ މާވާރާލު އެއަރޕޯޓް އިންޓަރނޭޝަނަލް ކޮއްފަ ދެން ، ބަލަން ތިބޭ ، ދުނިޔޭގެ އެކިގައުމުތަކުން ފްލައިޓްތައް ޖައްސާ ތަންފެންނާނެ ، އޭރުން ހުވަދު އަތޮޅުގެ 150 އެއްހާ ރިސޯޓް ތަރައްގީކުރެވިގެންދާނެ . އެތެއްގެސްޓް ހައުސްއެއް އުފެދިގެންދާނެ ، ޓޫރިޒަމް ފުޅާވެ ގްރޭޓަރ މާލެސަރަހައްދުފަދަ ދެވަނަ ޓޫރިޒަމް ޒޯނަކަށް ބަދަލުވެގެންދާނެ

The name is already taken The name is available. Register?

ޙުސެނ

22 June 2020

އައްޑޫއަކީ އެއްވެސް ދިރުމެއްވާތަނެއްނަމަ އެތަނައް ނިސްބަތްވާ އެންމެން މާލޭގައި ނޫޅުނީސް އެތަނަކީ މުސްތަގުބަލެއްނެއް ބޮޑު ބި މެއް ދެއްތޯ މީހުންވެސް ނުބައިވީ މަ ކަމއް އެހެންވަނީ ގިނަބަޔަކުބުނަނީ..

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

22 June 2020

އިކޮނޮމިކް އެކްޓިވިޓީސްއެއް ނެތްތަނެއްގަ މިޒަމާނުގަ އެއްވެސް ބަޔަކު ނުތިބޭނެ.މުސްތަގްބަލް އެބައޮތް ، ނަމަވެސް ކާމިޔާބީގެ އައްސޭރިއަށް ދެވޭނީ ސަރުކާރުގެ އިހްލާސްތެރިކަން ރަނގަޅަށް ދައްކައިގެން.ކޮންމެ ފަހަރަކުވެސް ވޯޓްނަގަންވީމަ އެ ރައްޔަތުން ފެންނަނަމަ ތިބުނިހެން ދުވަހަކުވެސް އައްޑޫ ތަރައްގީއެއް ނުވާނެ.(ނޯޓް:އައްޑޫ މީހުން އެއީ ނުބައި ބައެއް ނޫން.މަދުބަޔަކު ގޯސްކޮށް ކަންކުރީމަ އެންމެންގެ ބޮލުގަ އެ ތާކިހާ އެޅުން އެހާ ރަނގަޅެއް ނޫން)ވ.ވެދުން

The name is already taken The name is available. Register?

ހަސަނުގެ ފުތާ

22 June 2020

އައްޑޫ-މާލެ ދަތުރުކުރުމަށް ސްރީލަންކަން އަށް ހުއްދަ ދީފިނަމަ، މިކަން ކުރެވިދާނެ. މައްސަލައަކީ ޖަޒީރާ ސަރުކާރަށް މިކަހަލަ ކަމެއް ކުރަން ނުކެރޭނެތީ.

The name is already taken The name is available. Register?

78އައި

21 June 2020

އައްޑޫ މިފަހަރު ބާކީ ކޮށްލުމަކީ އެންޑީޕީ އަށް އައްޑޫ ރައްޔިތުންގެ އައްވަދާއު ކިޔުން.

The name is already taken The name is available. Register?

އަލިފުތާ

21 June 2020

މައްސަލައަކީ އައްޑޫއަށް ދަތުރު ކުރަން އުޅޭތީ. ބެޑް ކެޕޭސިޓީ ގިނައީ އަދި ގިނަވާންވެސް އޮތީ ހުވަދުއަތޮޅުގައި، އައްޑޫގައި ތިބި އާބާދީއާއި، ތިން ހަތަރު ރިސޯޓްގެ ބެޑް ކެޕޭސިޓީއަށްޓަކައި ގަމަށް ފްލައިޓް ޖައްސާފައި ހުވަދޫ އިން އެޔޮށް ބައިވަރު ގެސްޓުންނާއި ދެއަތޮޅުގެ ބޮޑުއާބާދީ ޑޮމެސްޓިކް ކޮށް ގެންދިއުމުގެ ބަދަލުގައި،ކާޑެއްދޫ ވަރުގަދަ ކޮށް އިންޓަރނޭޝަނަލް އެއަރޕޯޓެއް ހަދާފައި އައްޑޫ ކޮޅުން ގެސްޓުންނާއި މީހުން ޑޮމެސްޓިކް ކޮށް ގެންދަންވީ.

The name is already taken The name is available. Register?

ކަންނެލި ރާޖާ

22 June 2020

ހުވަދޫ މީހުނަށް ވެސް ރަނގަޅުވާނީ މާލެއިން ކާޑެއްދޫއަށް ގެސްޓުން އުފުލުމަށްވުރެން ގަމުން ކާޑެއްދޫއަށް ގެސްޓުން އުފުލުން. އަހަރުމެން ހުވަދޫ މުލައް އައްޑޫ މީހުން އެކައްޗެއް ކިޔައިގެން ނޫން ގޮތަކަށް އަހަރުމެނަށް ތައްރޤީ ހާސިލެއް ނުކުރެވޭނެ. އައްޑޫގައި އެއަރޕޯޓް ހުވަދޫގައި ރިސޯޓް ތައް ހުރުމުން އިޤްތިސޯދީ ގިނަ ހަރަކާތް ހިންގައިގެން ސަރަހައްދަށް ފައިދާ ވެސް ވާނެ. ލާނޗް ތަކާއި ސީޕްލޭން އުފެދި ވަޒީފާ ލިބޭނެ.

The name is already taken The name is available. Register?

މުމްތާޒު2

21 June 2020

އައްޑޫ ކިތަންމެ ބޮޑުވެފަ އާބާދީ ބޮޑުކަމަށް ލިޔެކިޔުމުން ދެއްކިޔަސް އެތަނަށް ނިސްބަތްވާ މީހުންތައް އުޅެނީ މާލެއާއި މެދު ރާއްޖެ ތެރޭގައި، ދެން ތިތަނަށް ފްލައިޓް ނާޅައިގެން އެމީހުން ޕްރެޝަރުކޮށްގެން ސަރުކާރުން ދައުލަތަށްވެސް ގެއްލުންވާގޮތަށް ފްލައިޓް އަޅަންފެށީ ތިކަމަކީ ފީސިބަލް ކަމަކަށް ނުވާނެ، ކޮންމެ ކަމެއްވެސް މާލެއިން ދެކުނަށް ދާނަމަ އައްޑޫ އައްޑޫ، ދެކުނުގެ އަތޮޅުތަކުން ސެންޓްރަލް ހިސާބެއް ހުވަދު ނުވަތަ ލ އަތޮޅު އެއާޕޯރޓަކަށް ތިޔަ ދަތުރުތައް އަޅަންވީ

The name is already taken The name is available. Register?

އެމްޑީޕީމީހާ

21 June 2020

އޮނަރަބަލް އަފީފް ދީދީ އިންޑިޔާގެ އަސްކަރީ މަރުކޮޒުގެ ވޭޓަރަކައް ލާންވީ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

21 June 2020

ލަންކާގެ މައި އައާޕޯޓް ފިޔަވާ ދެންތިބި އައާޕޯޓުތައް ހިންގަނީ ގެއްލުމުގަ. ލަންކާއަކީ 21މިލަޔަން އާބާދީއެއް އޮންނަ ޤައުމެ. ރާއްޖެއަކީ 4 ލައްކަ އާބާދީއެއް އޮންނަ ޤައުމެ. އެއްވެސް ބަޔަކު ނުވަތަ ކުންފުންޏެއް ފައިދާއެއް ނެތި ދަތުރެއް ނުކުރާނެ.

The name is already taken The name is available. Register?

ބެއްޔަގެ ބެއްޔާ

21 June 2020

އައްޑޫއަށް ކަމެއް ކުރަން އުޅޭ ކޮންމެ މީހަކަށްވެސް ވާނީ ހުސް ގެއްލުން. މީ ވަރަށް ވާހަކަ. ވިސްނާ ފިކުރު ކުރާ މީހަކަށް ހުރި އިބުރަތެއް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454