ސްކޫލް ކުދިންތަކެއް ރިޕޯޓު ފޮތް ހޯދުމުގެ އިންތިޒާރުގައި: އަންނަ މަހުގެ 1 ގައި ސްކޫލްތަކުގައި ކިޔެވުން އަލުން ފެށުމަށް އަންނަނީ ތައްޔާރުވަމުން.
23 ޖޫން 2020 - 09:02
ކޮވިޑް-19ގެ ހާލަތުގައި ސްކޫލްތައް އަލުން ހުޅުވަން 543،152 ޑޮލަރު (8.4 މިލިއަން ރުފިޔާ) ބޭނުންވާ ކަމަށާއި އެ ފައިސާ އަދި މުޅިން ހަމަނުޖެހޭ ކަމަށް ޔުނިސެފުން އިއްޔެ ބުނެފި އެވެ.
ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރު ސަފީލްދީން "މިހާރު" އަށް ވިދާޅުވީ، އަންނަ މަހުގެ 1 ގައި ސްކޫލްތައް ހުޅުވުމުގެ ކުރިންނާއި ފުރަތަމަ ދެ މަހު ކުރަންޖެހޭ ހަރަދުތަކަށް ބޭނުންވާ އެ ފައިސާގެ ދެބައިކުޅަ އެއްބައި އެ ޖަމާއަތުން ހަމަޖައްސައިދޭނެ އެވެ. އޭނާ ވިދާޅުވީ ބާކީ ފައިސާގެ ތެރެއިން ފިނޭންސް މިނިސްޓްރީން އެޑިއުކޭޝަން މިނިސްޓްރީ އަށް ދޫކުރާ އަދަދެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޑރ. މުނީރު ވިދާޅުވިގޮތުގައި، ޔުނިސެފްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ތައުލީމީ ދާއިރާގެ އިމަޖެންސީ ރެސްޕޮންސް ޕްލޭން ތަންފީޒުކުރަން 20.9 މިލިއަން ޑޮލަރު (322 މިލިއަން ރުފިޔާ) ބޭނުންވެ އެވެ.
އޭނާ ވިދާޅުވީ އެ ޕްލޭނުގައިވާ ކަންކަން ފުރިހަމަ އަށް ތަންފީޒުކޮށް، ދަރިވަރުންގެ އުނގެނުން މެދުނުކެނޑި ކުރިއަށް ގެންގޮސް ރައްކާތެރި ގޮތުގައި ސްކޫލްތައް ހުޅުވޭނީ ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެހިގެން ކަމަށެވެ.
ޑރ. މުނީރު އެމްއެންޔޫގެ ކޮންފަރެންސްގައި ކުރިން ވާހަކަދައްކަވަނީ: މިއީ އިގްތިސޯދީ ދަތި ހާލަތެއް ނަމަވެސް ކުޑަކުދިންނާއި ކުދިންގެ އުނގެނުން އިސްކުރަން މިއަދު އެދިވަޑައިގެންނެވި.
"މި ފައިސާ އެއްކޮށް ހަމަޖައްސައިދޭން ތިބި ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑުގެ އިލްތިމާސަކީ ތައުލީމަށް އިސްކަންދެއްވާށޭ. މިއީ ކޮންމެ ދަރިވަރެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް. ގައުމުގެ ކުރިމަގާ ގުޅިފައިވާ ކަމެއް،" ޑރ. މުނީރު ވިދާޅުވި އެވެ.
"ސްކޫލަށް ދިޔުމާއި އުނގެނުމަށް ބުރޫ އަރައިގެން މި ގައުމުގެ ކުރިމަގަށާއި މި ގައުމުގެ ކުޑަކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނުވާނެ."
Rakkaatherikamuge fiyavalhuthakaa eku School thah anna mahu ge 1 gai hulhuvanee
The most trusted news source in the Maldives
Mihaaru
ސްކޫލްތައް ހުޅުވާލަން ނިންމިކަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކުރީ މިދިޔަ ހަފްތާގައި
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެފައިވާ ގޮތުގައި އިމަޖެންސީ ރެސްޕޮންސް ޕްލޭންގެ ދަށުން ކުރާ ފުރަތަމަ ކަމަކީ ސްކޫލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ސްކޫލްތަކުގައި އަތް ދޮންނަން ސިންކު ބަހައްޓައި ސައިބޯންޏާއި ސާފުކުރަން ބޭނުންވާ ސާމާނު ހަމަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމާއި ވަލްނަރަބްލް ކުދިންނަށް ވާސިލްވުމުގެ އިތުރުން ބަލިން ރައްކާތެރިވުމާއި ރެޒިލިއަންސް ބިލްޑުކުރުމާއި މި ހާލަތުގައި ސްކޫލު ހިންގުމާއި ކޯޑިނޭޓް ކުރުން ވެސް ޕްލޭންގައި ހިމެނެ އެވެ.
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން ޓީޗަރުން ތައްޔާރުކުރުމަށްޓަކައި 11،000 ޓީޗަރުންނަށް ސައިކޯސޯޝަލް ތަމްރީނު ދޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައި ޔުނިސެފުގެ ޚާއްސަ މަންދޫބު ޑރ. މުނީރު ވިދާޅުވީ އެކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމާއި ބަލި ކޮންޓްރޯލްކުރަން ޓޫރިޒަމް ހުއްޓާލަން މަޖުބޫރުވުމުން ސަރުކާރުގެ އާމްދަނީ ދަށަށް ދިޔުމަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ދެ ގޮންޖެހުން ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ބައެއް މިނިސްޓްރީތަކާއި ޑިޕާޓްމެންޓްތަކުގެ ބަޖެޓު ކުޑަކުރީ ރަނގަޅު ސަބަބުތަކަކަށްޓަކައި ކަމަށް ވިޔަސް މި ހާލަތުގައި ވެސް ކުޑަކުދިންނާއި ތައުލީމަށް އަހައްމިއްޔަތުކަން ދިނުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. މުނީރު ވިދާޅުވީ ލޮކްޑައުންއަކަށް ދިޔުމުގެ ކުރިއްސުރެ މިހާތަނަށް ސްކޫލްތައް ބަންދުކޮށްފައި ބަހައްޓަން ޖެހުމުން ކުދިންގެ އުނގެނުމަށާއި ދިރިއުޅުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހިފެހެއްޓުންތަކަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ސްކޫލްތައް އަލުން ހުޅުވައިެލަން ނިންމުމުން އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯ ހަލާކު
23 June 2020
ކޮބައިތަ ނާސްތާ ޕްރޮގްރާމް ހުއްޓާލީމާ ބާކީވާ މިލިއަން މިލިއަން؟ އާދައިގެ މަތިން ޕާޓީ މީހުންނާ ގާތް މީހުންނަށް ބަދަލުދޭން ބަހަށްބަނީ ދޯ؟
އުސްމާނުބެ
23 June 2020
20 މިލިއަން ޑޮލަރުން ކޮންކަމެއް ކުރަނީ....
އުމަރުބެ
23 June 2020
ސްކޫލުތައް ބަންދުކޮށްގެން މިހާރު 3 މަސްވެއްޖެ، ދެން ކޮބައިތޯ ސޭވްވި އަދަދު؟
ޢެހެންތަ ހީވަނީ
23 June 2020
ނުވާވަރަކުން ކަންކަމާނުއުޅެ ވާވަރުގެ ބަޔަކާގައުމު ހަވާލު ކޮއްފަ ގެއަށް ދޭބަލަ. ފައިސާފައިސާއޭ ނުކިޔާ ގައުމުގެރައްޔިތުންދެކެ ލޯބިވާޅަދަރިންދެކެ ލޯބިވާރައިސެއް ކަމަށް ދައުވާކުރި . ރައިސް އިބްރާހީމްސޯލިހުގަ އެކައުންޓްގަޔާ ކެނެރީއަންނި އެކައުންޓްގަ ފައިސާހުންނާނެ . މިވަގުތަށް ފައިސާދީފަ ވެރިކަމުގަ އާރާބާރުގަ ތިބޭ އިރު ޅަދަރިންގެ މުސްތަގްބަލް ގެއްލުވާނުލާ. ތިމާމެންގެ ސަރުކާރު ތިމާމެންވީވައުދު ތިމާމެންގެ އެޖެންޑާ ފައިސާ ދީފަތިބެބަލަ
ކަނބިލި
23 June 2020
ލާރިގަނޑު އެގޮތް މިގޮތައް ތަޅާ ބުރުއްސީ މާ ރައްޔިތުންނަށް ޚަރަދުކުރާކަށް ނުހުންނާނެތާ ފައިސާއެއް
ޖަޒީރާ އަހަންމައިދީ
23 June 2020
ރާއްޖޭގެ ސްކޫލުތައް ހުޅުވަން 8 މިލިޔަން ރުފިޔާ ނުލިބިގެން ޔުނިސެފްގައި ސަލާންޖެހުމަކީ ވަރަށް ލަދުވެތިކަމެއް، އަދި ސްކޫލުތަކުގައި އަތްދޮންނަން ދަނޑި ސައިބޯނި ހޯދަންވެސް ސަލާންޖަހާކަށް ނުޖެހޭ. އަހަރެމެން ދައްކާ ޓެކްސްލާރިން ބޭނުންވާ ތަކެތި ގަނޭ.
ގާކޮށި ހުސޭނުނު
23 June 2020
ސްކޫލްތަށް ހުޅުވަންއެންމެ ރުފިޔާއެއްވެސް ބޭނުމެއް ނުވާނެ ހުރިހާކަމަކުން ވަށްކަން
ބަބުރަންޖީ ހާޖީީ
23 June 2020
ވެންޓިލޭޓަރުކޮޅެއް ވިއްކާލައިގެންނަމަވެސް ތިޔަލާރިކޮޅު ޖެހޭނީ ހޯދާންް.
ޕްރިންސިޕަލް
23 June 2020
މީ ހަމަ ބޮޑުދޮގެއް. މިހާރު ސަރުކާރު ބަޖެޓުގަ ތަމޯމީޓަރާ ސާފުކުރާ ސާމާނު ގަނެފަ އަހަރުމެން ސްކޫލަށް ފޮނުވައިފި. ޔުނިސެފުން ދިނީ ސައިބޯނި އެކަނި.
ޝަބަލަލަލަކިއޯ
23 June 2020
ނުކިޔަވާދީ ބައިތިއްބާ.. ބެލެނިވެރިން ނޫޅޭ ކިޔަވައިދޭކަށް. ވެކްސިނެއް ލިބުނު ދުވަހަކުންނޯ ކިޔަވަން ފޮނުވާނީ. ބަލި ނުފިލަންޏާ ދިރިއުޅޭކަށް ނުފަށާނަމޯލަ. ތެޅޭނެހާ ތަނަކު ތެޅެން ބޭރަށް ދިޔަސް އޯކޭ އެކަމްް. ތިފައިސާ އިން ރާއްޖޭގެ ކުޅިވަރަށް ޙަރަދު ކޮށްލާ. ނުކިޔަވާ ތިބެފާނެނު.
ޢެހެންތަ ހީވަނީ
23 June 2020
ނުކިޔަވައިދޭށޭ ނުކިޔާ !! ކިޔަވައި ނުދެވިގެނެއް ނުއުޅޭ !. ސަރުކާރަކުން ރައްޔިތުންނަށްވީވައުދު ފުއްދާކަށް ވެސް ނުއުޅޭ ! ފުރަތަމަ އަހަރުވެސް ދިއައީޓީޗަރުން ހަމަނުވެ. ވީހާ ވައުދުތައް ބޮނޑު ކަންތައް ގަޑަކަށް ވެގެން. ބަޖެޓޭ ،ފައިސާއޭ ހިލޭއެހީގެ ދަށުން ދެވޭތައުލީމޭ، ނާސްތާއޭ، ނުވާނެޔޭ ބުރައޭ ކިޔާއަޑެއް ނީވޭތަ ؟. ނުވާވަރުގެ ކަންކަމާ ހަވާލު ވެގެން އުޅޭކަމެއް ނޭގޭތަ ؟