ޚަބަރު / ރިޔާސީ އިންތިޚާބު

ޕާޓީން އެދެފި ނަމަ ރިއާސީ އިންތިހާބުގައި ވާދަކުރަން ވިސްނާނަން: ވަހީދު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު ދީފި ނަމަ އެކަމާ ވިސްނަވާނެ ކަމަށް އެ ކޯލިޝަންގެ އެޑްވައިޒަރަކަށް މިރޭ ހަމަޖެއްސި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވެސް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަކީ މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ކޯލިޝަނުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ޝަރުތު އެމަނިކުފާނގެ ފުރިހަމައެއް ނުވެ އެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ވަހީދު ހަމަޖެއްސިކަން އިއުލާނުކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދަށް ތަކުރާރުކޮށް އަމާޒުވި ސުވާލަކީ ކުރިއަށް އޮތް ރިއާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ވިސްނުން ގެންގުޅުއްވަންތޯ އެވެ. ޖަވާބު ދެއްވަމުން ވަހީދު ވިދާޅުވީ އެކަމާ ވިސްނަން އަދި މާ އަވަސް ކަމަށާއި ނަމަވެސް އެ ފުރުސަތު އެ ޕާޓީން ދީފި ނަމަ ވިސްނަވާނެ ކަމަށެވެ.

"ހުރިހާ އެންމެނަށް ވެސް އެ [ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ] ފުރުސަތު އެބަ އޮތް މި ޕާޓީގައި. އަޅުގަނޑު މިދަންނަވަނީ ތެދަށް އަޅުގަނޑު ސީރިއަސްކަމާއެކު އެކަމަކަށް ނުވިސްނަން. ހަގީގަތުގައި އަޅުގަނޑު ވަރަށް އުފަލުން މިހާރު މިހުރީ. އަޅުގަނޑަށް އިތުރަށް އުފަލެއް ލިބޭކަށް ކޮންމެހެން އެކަން ވާކަށް ނުޖެހޭ. އަނެއްކާ ކޮންމެ ހާލެއްގައި ނަމަވެސް އަޅުގަނޑަށް ރިއާސަތުގައި ވެސް ހުރެއްޖައިން. އެ ތަޖުރިބާ ވެސް ލިބިއްޖެ. އެހެންވީމަ އެއީ އެހާ ބޮޑު ކަމެއް ނޫން އަޅުގަނޑަކަށް. އެހެން ނަމަވެސް ޕާޓީން އެގޮތަށް އެދިވަޑައިގެންފިއްޔާ އަޅުގަނޑު އެކަމާ ދޭތެރޭ ނުވިސްނާނެ ވާހަކައެއް ނުދަންނަވަން،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އެޑްވައިޒަރެއްގެ ފުރުސަތު ލިބިވަޑައިގަތީ ގައުމަށް ހިދުމަތް ކުރައްވަން ބޭނުންވެފައި ހުންނަވަނިކޮށް ކަމަށެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިިގަތީ ގައުމީ މަސައްކަތްތަކެއް ކުރައްވަން ކަމަށާއި އަމިއްލަ އެއްވެސް ބޭނުންފުޅެއް ނެތް ކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު އެޑްވައިޒަރަކަށް ހަމަޖެއްސުމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ހަފްލާ: ވަހީދު ވިދާޅުވީ ޕީޕީއެމަކީ ވަރުގަދަ ސިޔާސީ ޕާޓީއަކަށް ހައްދަވާނެ ކަމަށް-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"ވޭތުވެދިޔަ ހަތް އަހަރު އަޅުގަނޑު އުޅުނު ގޮތަށް ދެން ވެސް އުޅެވޭނެ. އެކަމަކު އަޅުގަނޑު ބޭނުން ވަނީ އަޅުގަނޑުގެ އުމުރުން ވެސް ދުވަސްވާތީއާ އެކު ގައުމަށް ހިދުމަތެއް ކޮށްދޭން. އަޅުގަނޑަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެކި ގޮތްގޮތުން މަސައްކަތްކުރި މީހެއް،" މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ވަހީދު ވިދާޅުވި އެވެ.

އަމާޒަކީ ޕީޕީއެމް ވަރުގަދަ ކުރުން

ވަހީދު ވިދާޅުވީ ސިޔާސީ ގޮތުން ލިބިވަޑައިގެންފައިވާ ތަޖުރިބާ އާއި ތައުލީމްގެ ބޭނުން ކުރައްވައިގެން މަސައްކަތް ކުރައްވާނީ ޕީޕީއެމަކީ ވަރުގަދަ ސިޔާސީ ޕާޓީއަކަށް ހެދުން ކަމަށެވެ. އިދިކޮޅު ޕާޓީގެ ގޮތުގައި ވަރުގަދަޔަށް މަސައްކަތް ކޮށް ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

މިއީ ސިޔާސީ ލީޑަރުންގެ އަމިއްލަ މަސްލަހަތު އިސް ކުރުމުގެ ބަދަލުގައި އެންމެން ގުޅިގެން މަސައްކަތްކުރަންވީ ވަގުތު ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

"ވެރިން ހަމައެކަނި މަސައްކަތްކުރަން ޖެހޭނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން. ސުލްހަ އާއި ޑިމޮކްރަސީ އިސްކޮށްގެން. ނަމުގެ ކުރިއަށް ޑިމޮކުރަސީ އައުމަކުން އަދި ނުވާނެ. އަމަލުން އެކަން ދައްކަން ޖެހޭ،" އެމްޑީޕީ އަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ވަހީދު ވިދާޅުވި އެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ޖަލަށް ލައިފައިވާ ކުރީގެ ރައީސް ޔާމީނާ ދޭތެރޭ ކަންތައްތައް ކޮށްފައިވަނީ އިންސާފުން ބޭރުން، ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. ޔާމީނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ވެސް މަސައްކަތް ކުރައްވާނެ ކަމަށާއި އދ. ގައި 12 އަހަރު މަސައްކަތް ކުރެއްވުމުން ދަންނަ މީހުން ގިނަ ކަމަށް ވަހީދު ވިދާޅުވި އެވެ.

"މިހާ ދަތި ހާލެއްގައި އެވަރުގެ ހިދުމަތްތެރިއަކު އެ ހުންނެވީ ބަންދުގައި. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އިންސާފެއް ނެތް. އެހެންވީމާ އިންސާފު ހޯދަން މަސައްކަތް ކުރަން ޖެހޭ،" ވަހީދު ވިދާޅުވި އެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ރާއްޖެ ތަޖުރިބާކުރާ އެންމެ އުނދަގޫ ދުވަސްތަކަކީ ކޮވިޑް-19 ފެތުރިފައިވާ މިދުވަސްތައް ކަމަށާއި އެތައް ބައެއްގެ ވަޒީފާ ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ގެއްލުންތަކާ ކުރިމަތިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން ވަހީދު ވިދާޅުވީ ދައުލަތުގެ މާލިއްޔަތުން ބޮޑު ބައެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. ބަދަލު ދިނުމުގެ ނަމުގައި އެކި ފަރާތްތަކަށް ބައި އަޅަމުން ދާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

56 ކޮމެންޓް, 135 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 0%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުދުގުދާ

24 June 2020

މީނާ މިޤައުމުގައި ދުވަހަކުވެސް މިޖީލުގައި ގެނައި އެންމެ ހުތުރު ކަންތައްތައް ގެނައިމީހެއް ތިޔައީ! ދެން ކާކުތަ ކަލެއަށް މިގައުމުގެ ވެރިކަން ދޭން އުޅެނީ!

The name is already taken The name is available. Register?

ބަލާތި

23 June 2020

7 ފެބްރުއަރީ ހިންގި ހުރިހާމީހުން އެއްވާނެ.

The name is already taken The name is available. Register?

ހަޑިގިއްލާ

23 June 2020

ތީ އެމްޑީއަށް ތަބަކަށް ލާފަ ވެރިކަން ދިނުންފަދަ ކަމެއް....

The name is already taken The name is available. Register?

ދޫނި

23 June 2020

އެދުންމެއް ނެތި ވެދުމެއް ނުކުރާނެ

The name is already taken The name is available. Register?

ގިއޮލޮޖި

23 June 2020

އަންނި ނޫންމީހަކު މިރާއްޖޭގެ ވެރިކަމަކަށް ނާންނާނެ! ހެޔޮވެރިކަމެއް ކުރަން އެގޭނީ މުހައްމަދު ނަސީދުއަށް

The name is already taken The name is available. Register?

1828

23 June 2020

ނަޝީދު ހެޔޮވެރިކަން ކުރީ ދިވެހިރައްޔިތުންނަކަށް ނޫން. ހަމައެކަނި އެމްޑީޕީމީހުންނަށް. ނަޝީދުދެން ރާއްޖޭގެ ވެރިކަމަކަށް އިރާދަކުރެއްވިއްޔަ ނާންނާނެ.

The name is already taken The name is available. Register?

ޝޭކްސްޕިއަރ

23 June 2020

މިއަދު ވަހީދަށް 5 ޕަސަންޓްކިޔާ ދިމާކުރިއަސް ޕޕމ ގާސިމާ (ފައިސާއާއި) އަދާލަތު (ދީނާ) އެކު ނުކުތިއްޔާ ދިވެހިންވާނީ ދިވެހިންނަށް :ޕ ހިސާބުޖަހަން ރެޑީވޭ

The name is already taken The name is available. Register?

ދޮންނަމެށިނު

23 June 2020

12 އަހަރު އަލިފުދާލުގައި އުޅުމުން ދަންނަ މީހުން ކިތަންމެ ގިނަޔަސް އޭން މީހަކު ބޭނުމެއް ނުވާނެ ދޯ މަނީ ލޯންޑްރިންގެ ދިފައުގާ ނުކުންނާކަށް!؟ އަލިފުދާލުން ދަންނަ މީހުން ބޭނުން ކޮއްގެން އިޖުތިމާއީ ހިދުމަތެއް ކޮށްދިނިއްޔާ ގާއިމު މާ ރަނގަޅުވާނެ ވަހީދުގެ ނަމަށްވެސް އަދި ގައުމަށްވެސް.

The name is already taken The name is available. Register?

ނިހާންހަސަން

23 June 2020

މީނާއަކީ ޜާއްޖޭގެ ރައީސްކަންކުރިމީހެއްކަމަކަށް އަހަރެން ދެކޭމީހެއްނޫން.

The name is already taken The name is available. Register?

1828

23 June 2020

އަހަރެން ދެކެން.

The name is already taken The name is available. Register?

ބާޒު

23 June 2020

5% ވެސް ނުލިބޭނެ

The name is already taken The name is available. Register?

1828

23 June 2020

އަނެއްކާވެސް ވޯޓް ލީމައި އެނގޭނީ

The name is already taken The name is available. Register?

ދުވެލި20

23 June 2020

ރައީސް ވަހީދަކީވެސް އަދި ރައީސް ޔާމީނަކީވެސް ރައްޔިތުންގެ މާބޮޑު ތާއީދެއް އޮތް ދެ ބޭފުޅުންނެތް ނޫނެވެ. ރައީސް ނަޝީދު އަދި ރައީސްމައޫމޫނަކީ ރައްޔިތުންގެ ދާއީދު ހޯއްދަވާފައިވާ ދެ ބޭފުޅުންނެވެ. ނަމަވެސް އަނބުރާ ރާއްޖޭގެ ރައީސް ކަމަށް އަންނާކަށް ތާއީދެއް ނެތެވެ. ރާއްޖޭގައި އަދިވެސް އެންމެ ތާއީދު ބޮޑު ސިޔާސީ ލީޑަރަކީ ރައީސް ނަޝީދެވެ. އެއަކު ސައްކެއް ނެތެވެ. ނަޝީދަށްވެސް ރާއްޖޭގެ ރައީސް ކަމަށް އައުމަށް ބޭނުންވާ މެޖޯރިޓީ ތާއީދެއް ނުލިބޭނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454