ޚަބަރު / ރައްޔިތުންގެ މަޖިލިސް

މޯކޮމް މައްސަލައިގެ ލިޔެކިޔުންތައް އޭސީސީއާ ހަވާލުކުރިން: އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް. އޭނާ ވިދާޅުވީ މޯކޮމް މައްސަލައިގެ ފައިލްތައް އޭސީސީއާ ހަވާލުކުރައްވާފައިވާނެ ކަަމަށް.

ކުރިގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ހުރިހާ ލިޔެކިއުމެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

އުޝާމް ވިދާޅުވީ އެ މައްސަލަ ބަލަން ހަވާލުކުރި ބައިނަލްއަގުވާމީ އޮޑިޓް ފާމް، ގްރާންޓް ތޯންޓަންއާ އެކު ސަރުކާރުން ވެފައި އޮތް އެއްބަސްވުން 2012 ގައި އުވާލި އިރު މައްސަލައިގެ ފައިނަލް ރިޕޯޓެއް އެކުލަވާލާފައި ނެތް ކަމަށެވެ. ނަމަވެސް އެހާ ހިސާބަށް ކޮށްފައިވާ މަސަައްކަތުން ހޯދާފައިވާ ލިޔެކިޔުންތައް، މައްސަލައިގައި ގްރާންޓް ތޯންޓަން އަށް ސަރުކާރުން ދޭން ޖެހޭ ފައިސާގެ މައްސަލަ ހައްލުކުރަން ހެދި ސެޓުލްމެންޓް އެގްރިމެންޓްގެ ދަށުން ސަރުކާރާ ހަވާލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ގްރާންޓް ތޯޓަން އިން ހަވާލުކުރި ލިޔެކިއުންތައް އޭސީސީއާ ހަވާލުކުރީ އޭރު އަދާކުރެއްވި މަގާމުގެ މަސްއޫލިއްޔަތެއްގެ ގޮތުން އޭނާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

"ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން އެ ފަރާތަަށް [ގްރާންޓް ތޯންޓަން އަށް] ދައްކަން ޖެހޭ ފައިސާ ދައްކައި ޚަލާސްކުރީމާ، އެ ސެޓުލްމެންޓް އެގްރިމެންޓްގައި އޮންނާނެ އެފަރާތުން އެހައިތަނަށް ކޮށްފައިވާ މަސައްކަތުގެ ހުރިހާ ފައިލްތައް ސަރުކާރާ ހިއްސާކުރަން ޖެހޭނެ ކަމަށް. އެ ފައިލްތައް އެފަރާތުން އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލުކުރި. އަޅުގަނޑުވެސް އެ ފައިލްތައް ދުށިން. އެ ފައިލްތައް އަޅުގަނޑުގެ ބެލުމުގެ ދަށުން ގެންގޮސް ހަވާލުކުރީ އޭސީސީއަށް، 2013 ވަނަ އަހަރުގެ ތެރޭގައި،" އުޝާމް ވިދާޅުވި އެވެ.

ހިޔާލީ ވާހަކަތަކެއް ލިޔެ ހުށަހެޅުމަކުން އެއީ ހަގީގަތަކަށް ނުއެއް ވާނެ. މި މައްސަލައިގައި ކަންހިގާފައި އޮތް ގޮތް ދައުލަތުގެ ލިޔެކިއުންތަކުން މިހާރު ވެސް ފެންނަން އޮތްކަން އަޅުގަނޑު ފާހަގަކޮށްލަން: އުޝާމް

އޭނާ ވިދާޅުވި ގޮތުގައި ފައިލްތައް އޭސީސީއާ ހަވާލުކުރެއްވީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ މެންޑޭޓް އޮންނަނީ އެ ކޮމިޝަނަށް ކަމަށް ވާތީ އެވެ. ފައިލްތައް އޭސީސީއާ ހަވާލުކުރީ ގްރާންޓް ތޯންޓަން އިން ދިން އިރު ހުރިގޮތަށް، ކަނޑައިވެސް ނުލައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަވާލުކުރިކަން ވެސް ލިޔެކިއުމުން ހުންނާނެ ފެންނަން. އޭސީސީގައި ވެސް ހުންނާނެ ފެންނަން،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭސީސީގައި އެ ފައިލްތައް ނެތް ކަމަށް ވަންޏާ އެއީ އޭސީސީގެ މައްސަލައެއް ކަަމަށާއި އެހެން ނަަމަވެސް އެ މައްސަލަ ބަލަން ތާއީދު ކުރައްވާ ކަަމަށެވެ. އެއީ އެ މައްސަލަ އަކީ ވެސް ނިމުމެއް އަންނަން ޖެހޭ ކަމަކަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނީ، ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ވަހީދު "ބައްލަވައިގެންނެވީ" ދައުލަތުގެ ފައިސާ އިން ކަމަށެވެ. އެއަށް ފަހު އެ ރިޕޯޓް ފޮރުއްވަވާފައިވާ ކަމަށް ތުހުމަތުކުރައްވައި، މައްސަލައިގައި ގޮވާލާފައި ވަނީ ރިޕޯޓް މަޖިލީހަށް ހޯދުމަށެވެ.

އުޝާމް ވިދާޅުވީ އެއީ ހިޔާލީ ވާހަކައެއް ކަމަށެވެ.

"ހިޔާލީ ވާހަކަތަކެއް ލިޔެ ހުށަހެޅުމަކުން އެއީ ހަގީގަތަކަށް ނުއެއް ވާނެ. މި މައްސަލައިގައި ކަންހިގާފައި އޮތް ގޮތް ދައުލަތުގެ ލިޔެކިއުންތަކުން މިހާރު ވެސް ފެންނަން އޮތްކަން އަޅުގަނޑު ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނާއި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި މަނީލޯންޑަރިންގެ ކުށް ސާބިތުވެ މިދިޔަ ނޮވެމްބަރު މަހު ކޮޅުން ފެށިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިކުރި ކަމަށް ބުނެ ތަހުގީގުކުރުމަށް ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ ނަޝީދުގެ ވެރިކަމުގަ އެވެ.

34 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަކުނިބޯ

24 June 2020

އުޝާމް އަޅެ ގަދަ ގޮލައެއްމީ ފައިލްތަކުގައި އޮތްއެއްޗެއްބަލާނުލާ އެނުވެސްކަނޑާ އެންޓިކޮރަޕްޝަނާ ހަވާލުކުރީ އެކަމު މީނައަށް އެބައެގޭ އޭގައޮތީ ދޮންހިޔަލަ އާއި އަލިފުޅު ވާހަކަކަންވެސް

The name is already taken The name is available. Register?

ލުތުފީ

24 June 2020

ގްރާންޓް ތޯންޓަން އިން އެމައްސަލަ ބަލައި ނުނިމެނީސް 4.6މިލިޔަން ޕައުންޑް ދީފަ އެމައްސަލަ އެ އެގްރިމެންޓް ކެންސަލް ކުރީ ކޮންސަބަބަކާ ހެދިތޯ ވެސް ބަލަންޖެހޭ. ގްރާންޓް ތޯންޓަން އާއެކު ވެފައިވާ އެއްބަސްވުމުގަ އޮތީ ދަތުރުގެ އަގާއި އެކޮމޮޑޭޝަން ދީފަ، ހޯދާ ފައިސާގެ ފަސެންޓެއް ދޭގޮތަށް ކަމަށް އިވެނީ. އެކަން ކުރީ ކޮންމަގުޞަދެއްގަތޯ، ނޫނީ ދައުލަތަށް ކިހާވަރެއްގެ ގެއްލުމެއް ވެދާނެތީތޯ ބަލަންޖެހޭ.

The name is already taken The name is available. Register?

ހެހެހޭ

24 June 2020

ތިވާހަކަބުނަން ހާދަދުވަހެއް ނަގާފިއޭދޯ ހަމަ މިހާރުތަ ހަދާންވީ

The name is already taken The name is available. Register?

އަފުން

24 June 2020

މިކަހަލަ ގޭސްގަނޑު އެނބުރީމަ އެމްޑީޕީ ކުދިން ވަރަށް އުފާވާނެއެވެ. އެކުދިންނަކީ އަމިއްލަ ސިކުންޑިން ވިސްނާ ބައެއް ނޫނެވެ. ނަޝީދުބޭ ބުނުއްވީމާ ގުނބޯ ހެދިފާ އަތްޖަހަން ތިބޭނެ އެވެ. ރޯމާދުވާލު އެތައް ދޮގެއްހަދާކަން ބޭޒާރުވާއިރުވެސް ހަމަ ހޭވެރިކަން ނުވެ ހަމަ އަތް ޖަހަނީއެވެ. ތަންކޮޅެއް ފަތިހާ ޕާޓީ ކުދިންނަށް ހޭލެވެންފަށާ ދުވަހަކުން ހަމަހޭވެރިކަން ވެދާނެ ތޯއްޗެކެވެ. އޭރުން އޮންނާނީ ވަގުތު ފާއިތުވެފައެވެ.

The name is already taken The name is available. Register?

ތިލަފަޅު މޫސަ

24 June 2020

ސަރުއީކޯޓެއްގައި ހިންގަމުންދިޔަ ޖިނާއީ މައްސަލަ އެއްގެ ރިޕޯޓުތައްގަނެ ފައިސާދީގެން ފޮރުވުން ފަދަ ކަމެއް

The name is already taken The name is available. Register?

މުދިމު ކަތީބު

24 June 2020

800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރި ހިންގި އެސްޓީއޯ ސިންގަޕޫރު މޯކޮމް މައްސަލައިގެ އޭސީސީއާ ހަވާލުކުރި ލިޔެކިޔުންތައް ރައްޔިތުންނަށް ހާމަކުރަން ޖެހޭނެ

The name is already taken The name is available. Register?

ޖު މުހޫރީ މައިދާނުން

24 June 2020

ކަމެއް ނުފެނިގެން ހުއްޓަލިކަމަށްވެސް ވެދާނެ

The name is already taken The name is available. Register?

ލުތުފީ

24 June 2020

އެ މައްސަލަބެލި ގްރާންޓް ތޯންޓަން އަށް 4.6މިލިޔަން ފައުންޑް ދީފައި ހުއްޓުވާލީ. މިވަރުގެ ބޮޑު ލާރިގަނޑެއް ދީފަ ހުއްޓުވާލަންޖެހޭ ކޮންމެވެސް ސަބަބެއް އޮަންނާނެ. ގްރާންޓް ތޯންޓަން އަކީ މުޅިދުނިޔެއަށް މަޝްހޫރު ރެޕިޓެޑް ކުންފުންޏެއް.

The name is already taken The name is available. Register?

މާކުން

24 June 2020

ތަންކޮޅެއް އަޚްލާޤު ހުރި މީހަކު ސިޔާސީ ޖައްވަށް ނޭވާލާކަށް އެމްޑީޕީ އަކަށް ހަޖަމެއް ނުކުރެވޭނެ ކަން މިޤައުމުގެ ލޮބުވެތި ރައްޔިތުންނަށް ރަނގަޅަށް އެބަ އެނގޭ ނޫންތޯ؟

The name is already taken The name is available. Register?

މުލޭ

24 June 2020

މަޖުލިހުގައި ޢިއްޒަތްތެެރި ބޭފުޅަކު ވިދާޅުވިޔޯ ރިޕޯޓް ނެރެންއޮތް ދުވަކީ އިސްތިޢުފާ ދެއްވި ދުވަހޯ. އެކަމަކު ނުނިމޭ ރިޕޯޓެއް ކިހިނެއް ނެރޭނީ.

The name is already taken The name is available. Register?

ނެޕީކަޅޭ

24 June 2020

ބަލަ ތިޔަ ފައިލްތައް ވަހީދު ވެރިކަމުގައި ވީ ގެއްލިފައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454