މުނިފޫހިފިލުވުން / އިންޑިއާ

ސުޝާންތު މަރުވީ އަމިއްލަ އަށް، މަރާލީއެއް ނޫން: ޕޯސްޓްމޯޓަމް

ސުޝާންތު.

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މަރުވި އެކްޓަރު ސުޝާންތު ރާޖްޕޫތު މަރުވީ އަމިއްލަ އަށް ކަމަށާއި ބަޔަކު އޭނާ މަރާލީ ނޫން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓްގައި ބުނެފި އެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިނގި ހާދިސާގެ މައްސަލަ ތަހުގީގުކުރާ މުމްބާއީގެ ފުލުހުންގެ ޓީމަށް ސުޝާންތުގެ ޕޯސްޓްމޯޓަން ހެދި މުމްބާއީގެ ކޫޕާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުން ހުށަހެޅި ރިޕޯޓްގައި ބުނީ 34 އަހަރުގެ އެކްޓަރު މަރުވީ ސީދާ އަމިއްލަ އަށް، ދަންޖެހިގެން ކަމަށެވެ. އެހެންވެ މަރުގެ ސަބަބެއް ކަމަށް ބުނެފައިވަނީ ދަންޖެހުމުން ނޭވާ ހާސްވުމެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ސުޝާންތުގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ކަހަލަ ނިޝާނެއް އަލާމާތެއް ވެސް ފެނިފައެއްނެތެވެ. އެހެންވެ އެ މަރާ، އިތުރު ބަޔަކާ ގުޅުވޭނެ އެއްވެސް ހެއްކެތް ނެތް ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓްތަކުގައިވެ އެވެ.

ސުޝާންތު ދަންޖެހިފައި ހުއްޓައި ފެނުނީ މުމްބާއީގައި އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓްގެ ކޮޓަރިތެރޭގައި މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އެ މަރާ ގުޅިގެން އެކި ކަހަލަ ވާހަކަތައް ދެކެވެމުން ދިޔަ އެވެ. އެގޮތުން ސުޝާންތު ޑިޕްރެޝަނަށް ފަރުވާ ހޯދަމުން ދިޔަ ވާހަކަ އާއި އޭނާ މަރުވީ އެކަމަށް ބޭނުންކުރަމުން ދިޔަ ބޭސް ވެސް ބޭނުންކުރުން ހުއްޓާލާފައި ވަނިކޮށް ކަމަށްވެ އެވެ.

މީގެ އިތުރުން ސުޝާންތުގެ މަރަކީ ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ތުހުމަތުކޮށް، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށްވާ ބުނާ ބަތަލާ ރިއާ ޗަކްރަބަތީގެ މައްސަލައެއް، ސުޝާންތު ނިސްބަތްވާ ބިހާރުގެ ކޯޓަކަށް ވެސް ހުށަހަޅާފައިވެ އެވެ. އަދި ސުޝާންތު މަރުވުމުގެ ކުރިން ރިއާ ދޫކޮށްލުމަށާއި އެހެން ނޫން ނަމަ މަރައިލާނެ ކަމަށް ބުނާ މެސެޖްތަކެއް ލިބުނު ވާހަކަތަކެއް ވެސް މީޑިއާތަކުގައި ދައުރުވެފައިވެ އެވެ.

ނަމަވެސް އެ ހާދިސާ ތަހުގީގުކުރާ ފުލުހުން އެފަދަ އެއްވެސް ކަމަކާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ސުޝާންތު، 34، މަރުވުމާ ގުޅިގެން އެކަމުގެ ޒިންމާ ބޮލީވުޑްގެ ބައެއް މީހުންގެ ބޮލުގައި އަޅުވާފައިވެ އެވެ. އަދި މިއީ ބޮލީވުޑްގައި ވަކި ހިއްޕާލާފައި އޮތް ނެޕޮޓިޒަމާއި މެންޓަލް ހެލްތުގެ ސަބަބުން ހިނގި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ.

ސުޝާންތު މަރާ ގުޅިގެން އޭނާ އުފަން ސްޓޭޓް ބިހާރާއި އަމިއްލަ ވަޒަން ކަމަށްވާ ޕަޓްނާގައި ދަނީ ބޮލީވުޑްގެ ނުފޫޒު ގަދަ ބައެއް މީހުންނާ ދެކޮޅަށް މުޒާހަރާ ވެސް ކުރަމުންނެވެ. އެގޮތުން ސަލްމާން ޚާނާއި ކަރަން ޖޯހަރާއި ސަންޖޭ ލީލާ ބަންސާލީ ފަދަ މީސްމީހުންގެ ފިލްމުތައް އެ ސްޓޭޓްގައި ބޮއިކޮޓްކުރާނެ ކަމަށް ސުޝާންތުގެ ފޭނުން ދަނީ ބުނަމުންނެވެ. އަދި އެ މީހުންގެ ފިލްމުތައް އެ ސްޓޭޓްގައި ކުރިއަށް އޮތް ތަނުގައި ރިލީޒްވިޔަ ނުދޭނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

3 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 78%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢައިމިނަ

26 June 2020

މަރުވުމުގެ އެއްރޭ ކުރިން އެގޭގަ އިތުރު ބަޔަކު އުޅުނު ޕާޓީ ބާއްވާ އުޅުނު އަދި ޑަބަލް ކީ ގެއްލުނު. ސުޝާންތ ލައްވާ ސޮއި ކުރުވާފައިވާ އެގްރީމެންޓް ގަޢިވާ ގޮތާއި ހިލާފުވެ ސުޝާންތް ލައްވާ ކުޅެން ނިންމާފަެއިވާ ފިލްމް ތަކެއް ވަނި ރަންވީރު ލައްވާ ކުޅުވާފަ. މިކަމުގެ ސަބަބުން އެއާ ހިލާފުވެ ސުޝާންތ އެހެން ޕްރޮޑަކްޝަން ހައުސް އެއްގެ ފިލްމު ކުޅުނު. ޢަދި ގިނަ ފިލްމު ތަކެއް ކުޅެން ލިބުނު. ޢަދި ކުރިން އެގްރިމެންޓް ކުރެވިފައުވާ ފަރާތް ނުފޫޒު ފޯރުވާ ބައެއް ފިލްމް ތައް ރިލީޒް ކުރުނއ ވެސް ލަސްވި. ޜިއާ ސުޝާންތް އާއި އެކު އުޅެމުން މަހޭޝްބަޓ އާއި ދިޔައީ ވެސް ގުޅުން ބާއްވަމުން. ސުޝާންތ އަމިލއްލައަށް މަރުވާނެކަން މަހޭޝްބަޓް ކުރިން ބުނެފައިވޭ. ޢޭނައަކީ ކުރިޔަށް ވާން އޮތް ކަންތައް އެނގޭ މީހެއްނަމަ އޭނަގެ ދަެރިފުޅު އިންޑިޔާގެ ބޮން ގޮއްވުމުގައި ބައިވެެރިވާނޭކަން އެނގި ހުއްޓުވަން ވެސް އުޅޭޭނެ. ސުޝާންތް މަރުވި ދުވަހު ވެސް ނޯމަލް ރޫޓް ގަ މޯރނިނގ އެކްސަސައިޒ ވެސް ކުރި. މަރުވާން ބޭނުންކޮށްފަ ވަނީ ފެހި ކުލައިގެ ދޯ ޕައްޓާއެއް. ނިއްކުރީގަ އަނިޔާގެ ނިޝާން ހުރި ދަންޖެއްސުމަ ހަދާފައިވާ ގޮށް ލެފްޓް ހޭންޑް ސުޝާންތް އަކީ ކަނާއަތް ތެެރިއެއް. ސުޝާންތ ވެސް ގެންދެވިފައިވަި ދިވްޔާ ވެސް ގެންދެވުނު ހޮސްޕިޓަލަ

The name is already taken The name is available. Register?

އަދިވެސް ހީވަނީ....

25 June 2020

މަށަށް އަދި ވެސް ހީވަނީ ބަޔަކު އޭނަ މަރާލީ ހެންނެވެ. ކަރުގައި ހުރި މާރކް ހުރީ ވަރަށް ސީދާކޮށެވެ. ދަންޖެހިގެން އެލިފައި ހުންނައިރު ވާގަނޑު ވެސް ހުންނާނީ ވީ އެއްގެ ބައްޓަ މަށެވެ. އެހެންކަ މުން ކަރުގައި މާރކްވެސް ހުންނަން ޖެހޭނީ ވީ ކޮށެވެ. ނަ މަވެސް ސުޝާންތުގެ ކަރުގައި މާރކް ހުރީ އެހެނެއް ނޫނެވެ. ޑިޕްރެޝަން ހުންނަ ކޮން މެ މީހަކީ އަ މިއްލައަށް މަރުވާނެ ބައެއް ނޫނެވެ.

The name is already taken The name is available. Register?

ގެދާނޯމޮސް

25 June 2020

ބޭސްހުއްޓާ ލުމުން އެކަމުގެ ޒިންމާ ނަގަންޖެހޭނީ މިފަދަ ހާލަތު ބަލަންޖެހޭފަރާތުންނެވެ. އަމިއްލަ ހާލަތަށް މީހާ ރޫޖޫއު ނުވެވޭ ނަމަ ބޭސްދިނުމަށް އެނާ ގެ އާއިލާއިން އެކަމުގަ އުޅެން ޖެހެއެވެ. އަދި އެކަނި ހާލަތުގަ ދޫކޮށްފަ ހުރުން އެއީ އާއިލާގެ ކުށެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454