ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓުތަކެއް މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
25 ޖޫން 2020 - 14:45
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލުގެ މަސައްކަތް އެންމެ ލަސްވެގެން މި އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ވިދާޅުވީ، ސްކޫލު އަޅަން މި އަހަރުގެ ބަޖެޓުން 54 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެ އިމާރާތުގެ ކުރެހުން ފައިނަލްކޮށްފައިވާއިރު އެކަން ކޮށްދޭނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ސްކޫލު ނިންމުމަށްފަހު 2022 ވަނަ އަހަރު ކިޔެވުން ފެށޭއިރަށް އެ ތަން ބޭނުންކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން، ހަ ސްކޫލެއް އެޅުމުގެ ހުއްދައަކަށް ވެސް ރައީސް އޮފީހުގައި ވަނީ އެދިފަ އެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި މިހާރު އަޅަމުން އަންނަ 25 ބުރީގެ 7،000 ފްލެޓުތައް ނިމޭނެ ސީދާ ތާރީހެއް އަދިވެސް ނޭނގެ އެވެ. ނަމަވެސް ހައުސިން ޑިވެލޮޕްމަންޓް އޮތޯރިޓީ (އެޗްޑީސީ) އިން ކުރިން ލަފާކޮށްފައިވާ ގޮތުގައި މީހުން ދިރިއުޅެވޭ ވަރަށް ފްލެޓުތައް ނިންމާލެވޭނީ މި އަހަރުގެ ފަހުކޮޅަށެވެ.
އެ ކޮންމެ ފްލޯއެއްގައި 20 ފްލެޓު ހުރެ އެވެ. ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ.
ފްލެޓުތަކަށް މީހުން ބަދަލުވާއިރު، އެ ސަރަހައްދުގައި ސްކޫލެއް ހުރުން މުހިއްމު ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅާނެ ބިން އެޗްޑީސިން ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
211111
15 September 2020
މާލެ ރެންޓު ރެގިޔުލޭސަން...... 2025 1 ރޫ މް އެޕާޓް މަންޓް 6000 ރ 2 ރޫ މް އެޕާޓް މަންޓް 12000 ރ 3 ރޫ މް އެޕާޓް މަންޓް 15000 ރ 3+1 ރޫ މް އެޕާޓް މަންޓް 18000 ރ .
ާއުނިމާ
26 June 2020
ތިޔަހާ ސުލޯވެގެން ކުރާނީ ކީއް؟ ވެރިކަމަށް 18 މަސްވެއްޖެ
ރަންނަ
26 June 2020
ޔާމީން އަށް 5 އަހަރު ލިބުނު ކީއްވެ ނިންމާފަ ހަވާލުކޮއްފަ ނުދިޔައީ?
ހަސީނާ ހުސައިން
27 June 2020
ކަލެއަކަށް ނުފެނޭތަ ޔާމީނު އެތަން ހިއްކީ ވެސް . ޔާމިންއާއި ހާދަ ހިތާވެއޭ ދޭ
ވިސްނުން
26 June 2020
އަދިވެސް މިއޮތީ ލާމަރުކަޒީކޮށް ގައުމު ހިންގުމުގެ ވިސްނުމެއް ނޫން. މާލޭ ސަރަހައްދަށް މީހުން ޖަމާކުރާ ވިސްނުން މިއޮތީ. އަތޮޅުތަކުގެ މީހުން މިކަމާމެދު އެބަ އަޑުއުފުލަންޖެހޭ. ޕްލޭންތައް ކުރެވެމުންދަނީ އަދިވެސް މާލެ ސަރަހައްދަށް އެންމެން ޖަމާކުރަން. ލާމާރުކަޒީ ބޯޑު ހިފައިގެން އައި ބަޔަކު މިކުރަނީ ކީއްތޯ ސުވާލު އުފައްދާނެ ބަޔަކު ނެތީތަ؟ ވިސްނުންހުރީ އަދިވެސް މާލެ ސަރަހައްދަށް މީހުން ގެނައުމަށާއި މީހުން އެތަނުން މަދުނުކުރުމަށް.
ޝޮކްތެރަޕީ
26 June 2020
ރައިސް ޔާމިން ހުރިނަމަ ސްކޫލުވެސް ނިމިފަ ފްލެޓުތަކުގަވެސް މީހުން ދިރިއުޅޭނެ
މުހުތާރު1
26 June 2020
އެކަމަކު ދެން ނެތްތާ ދޯ. ހުރިނަމަ ވާނެ ވަރަށް ގިނަ ކަންކަން ހުރެދާނެ. އެކަންކަމަކީ އަޞްލު އިންސާނުންނަށް އެނގޭނެ ކަންކަމެއް ނޫން. އެއީ ޣައިބުގެ ކަމެއް.
ރަންނަ
26 June 2020
ހުއްޓެއްނޫންތަ 5 އަހަރު? ކީއްވެ ނުވީ?
ނަދީގް
26 June 2020
އަނެއްކާ ފިނިޝިންގ ނިންމާފައިބާ ސްކޫލުގައި ކިޔަވައިދޭން ފަށާނީ ?
އަޒީީ
26 June 2020
ސޯސަލް ހައުސިން ގެ ބޮޑު ޕްރޮޖެކްޓެއް ހިނގާ ނިމުނު އިރު ސްކޫލާ މިސްކިތް ޕެރަލަލް މަސައްކަތެއް ގޮތުގަ ކުރެވިފާ ހުންނަން ވާނީ. ތިކަންތަކާ ކަރަންޓް މައި ކޭބަލާ ފެނާ މިކަންކަން ވެފަ ނެތްކަން ރޭކާލީ މަތާ ކޮތަރޭ ލިފްޓޭ ޓައިލްސް އޭ މިކިޔެނީ.
ާއުނިމާ
25 June 2020
އެންމެ ސްކޫލެއް އަޅާގެން ކަމަކު ނުދާނެ، ވަށާޖެހޭ ތަޢުލީމު ފޯރުކޮށްދެވޭނީ 14 ސްކޫލު އަޅައިގެން
ޟާޖިދް
25 June 2020
ޢަހަރެން ހަދާން އެބަހުރި މާރިޔާ ބުނި ހަދާން އަލުން މި ފްލެޓްތަކަށް ފޯމްލާން ހުޅުވާލާނަމޭ؟ އަހަރެން އެހެން ބުނީމަ ހުރިން ނުލާ. ތި މީހުން އަލުން ހުޅުވާ ނުލި ތާގަ އިތުރު ފްލެޓް ވެސް ނޭޅުން
އުދުހޭ
25 June 2020
ބިލްޑިންގތަށް ތަންކޮޅެއް ގާތްގާތުގަ ހުރިކަން ފާހަގަކޮށްލެވޭ. އެހާ ގިނަ މީހުން ދިރިއުޅޭއިރު ކޮންމެ ބިލްޑިންގ އަކުންވެސް ވަށައިގެން 200 ފޫޓު ދުރަށް ހުސް ސަރަހައްދެއް ޕާކިންގ އަށާ ގަސްއިންދުމަށް އޮތްނަމަ ބޮޑަށް ރަގަޅުވީސް. އޭރުން ކުޑަކުދިން ކުޅެހަދާލަންވެސް ޖާގަ އޮންނާނެ.
ބޮޑުމީހާ
25 June 2020
ދިވެހިން އެބަޖެހޭ ކުލީގެ ދަންތުރައިން ނެއްޓި މިކަމަށް ހައްލު ހޯދަން. ރާއްޖޭގަ ބިން ބޮޑެތި ރަށްތައް ހުއްޓާ މާލެ ސަރަހައްދަށް ފައިސާ އޮއްސާ މީހުން ދަތި ހާލުގަ ގެންގުޅެނީ އަޅުވެތިކުރަން. މުޒާހަރާ ކޮންގެން މިކަންތައްތައް ހުއްޓުވޭނީ
ކުޑަމީހާ
26 June 2020
ރަށްރަށުގެ މީހުން އެމީހުންގެ ހައްގުތައް ހޯދަން ތެދުވެގެން ކަމެއްވާނީ. ކަންކަމުގަ އަޑުއުފުލާ ދުރުރާސްތާގެ ޕްލޭނަކާ ދިމާއަށް ނުގޮސް ކޮންމެ މީހަކު މާލެ ބަދަލުވެ ވަޒަންވެރިވުމުން ހައްލެއް ނުލިބޭނެ. ދެން ކޮވިޑްކަހަލަ ބައްޔެއް އައިސްގެން ރަށަށް ދިިރިއުޅުން އަނބުރާ ބަދަލުކުރާއިރު ރަށުގަ އެއްކަމެއްވެސް ނުވެފަ ހުރި ވާހަކަ ދައްކާނީ. އަޑުގަދަނުކުރާނަމަ އެއްވެސް މީހަކަށް މިހާތަނަށް ރުކެއް ލިބުނު ކަމަކަށް ތާރީހުން ނުދައްކާ.