ވޯލްޑް ކަޕް ކޮލިފައިންގައި ބޫޓާން ކޮޅަށް ލަނޑު ޖެހުމަށް ފަހު އަސަދުﷲ އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
01 ޖޫން 2016 - 11:49
މާދަމާރެ އަކީ އަނެއްކާ ވެސް ދިވެހި ފުޓްބޯޅައިގެ ބޮޑު ރެއެކެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފް ފުރަތަމަ ބުރުގައި ރާއްޖެ އާއި ޔަމަނާ ކުޅޭއިރު މި މެޗަކީ ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގައެއް ހޯދަން މޮޅުވުން މުހިއްމު މެޗެކެވެ.
އޭޝިއަން ކަޕް ކޮލިފައިން މި ފަހަރު ކުރިއަށްގެންދަނީ 2018 ވަނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕް ކޮލިފައިންއާ އެއްކޮށެވެ.
ޕްލޭއޮފް ބުރުގައި ވާދަކުރަނީ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރި ގްރޫޕްތަކުން ތިން ވަނަ އާއި ހަތަރު ވަނަ އަދި ފަސް ވަނަ އަށް ދިޔަ ޓީމުތަކެވެ. ރާއްޖެ ދިޔައީ ގްރޫޕް ސީގެ ހަތަރު ވަނަ އަށެވެ. ޔަމަން ދިޔައީ ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމު ވާދަކުރި ގްރޫޕްގެ ފަސް ވަނަ އެވެ.
ޔަމަނާއި ރާއްޖެ ކުޅޭ ފުރަތަމަ ލެގުގެ މާދަމާރޭ މާލޭގައި އޮންނައިރު، ޔަމަނުގެ ހޯމް މެޗު އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު ގަތަރުގެ ދޯހާގަ އެވެ. ޔަމަނު ހޯމް މެޗު އެ ގައުމުގައި ނުކުޅެން ނިންމީ ސަލާމަތީ ސަބަބުތަކާ ހެދި އެވެ.
ދެ ލެގުން ކުރި ހޯދާ ޓީމަކަށް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގައެއް ލިބޭނެ އެވެ. ބަލިވާ ޓީމަކަށް ޖެހޭނީ ޕްލޭއޮފް ދެ ވަނަ ބުރުގައި ކުޅޭށޭވެ. ދެ ވަނަ ބުރުން މޮޅުވާ ޓީމަކަށް ވެސް ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެ އެވެ. ދެ ވަނަ ބުރުން ބަލިވެއްޖެ ނަމަ އިތުރު ފުރުސަތެއް ނޯންނާނެ އެވެ.
ޔަމަން އަތުން ދެ ލެގުން ރާއްޖެ އަށް ކުރިނުލިބިއްޖެ ނަމަ ޕްލޭ އޮފް ދެ ވަނަ ބުރުގައި ކުޅެން ޖެހޭނީ ޕްލޭއޮފް ރައުންޑުގެ ފުރަތަމަ ބުރުގައި އިންޑިއާ އާއި ލާއޯސް ކުޅޭ މެޗުން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އެހެންކަމުން ފަސޭހަ މަގުން، ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ޔަމަން އަތުން ރާއްޖެ މޮޅުވުން މުހިއްމެވެ.
ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަކީ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 24 ޓީމު ވާދަކުރާ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މއ
02 June 2016
ދެން ފަހަރަކުން މިކަހަލަ ހަބަރު ލިޔުއްވާއިރު މެޗު އޮންނަ ތާރީހް ޖައްސަވައި ދެއްވުން އެދެން، ޝުކުރިއްޔާ
ބެއްޔާ8
01 June 2016
ބަލި ވީމަ ކޯޗު ބުނާނެ ޒުވާން ކުޅުންތެރިންނޭ ފަހުން ރަނގަޅުވާނެއޭ އަދި އިތުރު ތަޖުރިބާ ބޭނުން ވެޔޭ. ހިހޫ ތަކުން ކާލައިނގެން އުޅެން ދަސްކޮފަ ހުރި ކޯންޗެއް؟ މިއީ. ރަނގަޅު، ދިވެހިންގެ ތެރޭ އުޅޭވޭނީ ދިވެހި ވެގެން.
އައިލޭންޑްސް
01 June 2016
މިޓީމާމެދު މިޙާރު މާބޮޑު އުއްމީދެއް ނުކުރެވޭ، ހާއްސަކޮށް "ވޯލްޑުކަޕް" ފެންވަރު ކޯޗެއް ގެނައިފަހުން ޓީމުގެ ފެންވަރު ދަށަށް ދާހެން ހީވަނީ. އޭނަގެ ޓެކްޓިކްސް އާމެދު ސުވާލުއުފެދޭ. އަހަރުމެންނަށް ވުރެ މޮޅު ޓީމުތަކާއެކު ކުޅޭއިރުވެސް ބޭނުން ކުރަނީ އެންމެ ޑިފެންސިވް މިޑިފިލްޑަރެއް، އެވެސް ކޮންމެވެސް އެޓޭކިން މިޑިފިލްޑަރެެއް. މިކަހަލަ ގޮތަށް ކަންތައް ހުރީ. ތިންމުބާރާތް ފުލުފުލުގަ ކުޅުނު އިރުވެސް ޑިފެންސިވް އޮަގަނައިޒޭޝަނެއް ރަގަޅެއްނުވޭ، ހުސް އަނގަތަޅަނީ ޒުވާން ކުޅުންތެރިންނޭ ކިއައިގެން. ބޫޓާނުއަތުން ބަލިނުވާކަން އެކަނި.
ބީއެސްބީވެންގާ
01 June 2016
ހަމަ ޗޮކުންދާނީ . އޯކޭ ބާއީ . ތޭންކްސް އިހިއިއިހިއިހިއިއިހިއިހިއިއިހި
ވިސްނާލީމާ
01 June 2016
އެއްބުރުން ނިންމާލެވޭތީ! ފަސޭހަ މަގުން، ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ޔަމަން އަތުން ރާއްޖެ މޮޅުވުން ވަރަށް ވަރަށް މުހިންމު! އިރާދަކުރެއްވިއްޔާ ރާއްޖޭގެ ޒުވާނުންނަށް އެކަންވާނެ! އިންޝާﷲ! -އިބްރާހީމް-