ދަރުމަވަންތަ ހޮސްޕިޓަލް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
29 ޖޫން 2020 - 18:25
ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ތިން މީހެއްގެ ހާލު ބޮޑުވެ އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް މިއަދު ބަދަލުކޮށްފި އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި އެ ތިން މީހުންގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރު ގުޅައިފަ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮޒިޓިވްވީ 2.324 މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުން ރަނގަޅުވެފައި ވާއިރު އަށް މީހަކު ވަނީ މަރުވެފަ އެވެ. މަރުވި އަށް މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގްލަދޭޝްގެ ފަސް މީހެކެވެ.
ރާއްޖޭގައި މިހާރު ތިބި ޕޮޒިޓިވް މީހުންގެ އަދަދަކީ 400 އެވެ.
މާލޭގައި އާންމުންގެ ތެރޭ ކޮވިޑް-19 ފެތުރޭކަން އެނގުނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކޮށް އަންނަ މަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ވެސް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
ލޮކްޑައުން އަށް ލުއިދޭން ފެށީ ބަލި ޖެހޭ މިންވަރު ކޮންޓްރޯލްކުރެވި ބަލި މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ވެސް ހަމަޖެހި ފުރިހަމަ އަށް އެކަމަށް ތައްޔާރު ވެވުމުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯރަބޭ
30 June 2020
ބަގުލާދޭސްއިން ވެސް ކޮވިޑަށް ވެކުސިނެއް ހަދަނި. އަހަރަމެން ރާއްޖެއިން މިއުޅެނި ދަތްކޮށްޓާ އިލޮސިކޮޅެއް ވެސް ނުހެދިގެން. ގައުމް ގެ ހާލަތު. ޓޫރިޒަމް ހުއްޓްނީ ގައުމް ހުންޓްނީ.
ައަހުމަދު
29 June 2020
އެތިން މިހުންގެ މައުލޫމާތު ތަފްސިލުކޮށް ގެނެސްދިންނަމަ ރަނގަޅު މިހާރު ނޭގެ ދިވެއްސެއްކަމެއް ބިދޭސިއެއްކަމެއް އެނގެނީ 3މީހުންކަމެއް.
1234
29 June 2020
ބަދަލު ކުރި އަސްލު ސަބަބު ލިޔެލުން ރަނގަޅުހެން ހީވަނީ..
ހުސެން
30 June 2020
ބަދަލުކުރީ ޓްރީޓޮޕް އަލުން ޢާއްމުންނަން ހުޅުވަން. ކީއްވެ އޮޅޭ ގޮތަށް ލިޔަނީ
ޮއޮބްސާވަރ
29 June 2020
ރާއްޖޭގައި ކޮވިޑް ކަންތަށް ވަރަށް ރަނގަޅަށް މެނޭޖްކޮށްފި. ހައްގު ޝުކުރު ހިވާގި ހިންގުންތެރި ހެލްތު މިނިސްޓަރު އަދި ޓީމަށް. ދެން ވެކްސިނެއް ލިބެންދެން މިހެން މަދު މަދުން ވިޔަސް މިފަދަ ކޭސްތަށް އަންނާނެ. މިކަމަށް ފާރަވެރިވެގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކުރިއަށް ދިޔައިމަ ރަނގަޅުވާނެ. ބަލި ބޮޑުވި 3 ބޭފުޅުންނަށްވެސް އަވަސް ޝިފާ މިންވަރު ކުރެެއްވުން އެދި ﷲ އަށް ދުއާ ކުރަން.
ޓަކިބެ
29 June 2020
ރާއްޖޭން ކޮވިޑް މެނޭޖް ކުރީ ޗައިނާ އާ ޑަބްލިޔޫއެޗްއޯ ގެ އިނގިލީގެ އިޝާާާާރާތަށް ބަލައިގެން. އެހެން ގައުމުތަކަށް އެއުޅެނީ އެގޮތަށް ކުރަން ނޭނގިގެން. އެހެންވީމަ ޝުކުރު އަދާކުރަންވީ އެ ދެބައިމީހުންނަށް.
އިޔެ1
30 June 2020
3 ލައްކާ މީހުންގެ ގައުމެއްގައި ކޮވިޑު ޖެހުނު މިހުންގެ އަދަދު ބެލީމާ އެބަ އިނގޭ ރަނގަޅަށް ދިޔަ ވަރު. ކުރެއްދޫން ކޮވިޑު ޖެހުނު އިޓަލީ މީހާއަށްފަހު އެއްވެސް މީހަކަށް ޖެހިގެން ނުވާނެ ކަމަށް އަހަރެން ޤަބޫލު ކުރަނީ.
ފާއިޒު
29 June 2020
شفاك الله