ޚަބަރު / ސްކޫލް

ސްކޫލްތައް ހުޅުވަން ތައްޔާރު، ފެންނަނީ ތަފާތު މަންޒަރެއް

ނިއު ނޯމަލްގައި ކިޔަވައިދިނުމަށް އިމާދުއްދީން ސްކޫލުގެ ކްލާސްރޫމެއް ތައްޔާރުވެފައި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ގާތްގަނޑަކަށް ހަތަރު މަހަށް ފަހު މާދަމާ ސްކޫލުތައް ހުޅުވާނެ އެވެ. އެކަމަކު ފެންނާނީ ތަފާތު މަންޒަރެކެވެ. މީގެ ކުރިން ހަލަބޮލިކޮށް ފެނުނަސް، ގައިދުރުކޮށް ތިބުމަށް ހަނދާންކޮށް ސްކޫލުގެ އެކި ހިސާބުތަކުގައި ވަނީ ޕޯސްޓަރުތައް ބަހައްޓައިފަ އެވެ. ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައިދުރުކޮށް ތިބުމަކީ މުހިއްމު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މިދިޔަ މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތް ކަމުގައި ވިއަސް އޮންލައިންކޮށް ކިޔަވައިދިނުމުގެ އިތުރުން ޓެލިކިލާސް ކުރިއަށް ގެންގޮސްފައިވެ އެވެ. އެކަމަކު އެހާ ގިނަ ދުވަހަށް ފަހު ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ސްކޫލުތައް ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވާ ގޮތުން، މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ. އެ ބަލީގެ ނުރައްކަލެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑަކަށް ވެސް ކިޔަވައިދޭނެ އެވެ. އެހެންވެ މާލެ ސަރަހައްދުގައި ފުރަތަމަ ކިޔަވައިދޭން ފަށާނީ ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ.

ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވި ގޮތުގައި ގްރޭޑު 9-10 ގައި 254 ދަރިިވަރުން ކިޔަވަމުން އަންނަ ކަމަށެވެ.

ތާޖުއްދީން ސްކޫލުގެ ގޭޓާ ކައިރީގައި، ގައިދުރުކޮށް ތިބުމަށް ހަނދާންކޮށް ސްޓިކާ ތަތްކޮށްފައި-- ފޮޓޯ: އަހުމަދު އަވްޝަން

މީގެ ކުރިން އެ ގްރޭޑުތަކުގެ ކްލާސްތައް ބަހާލާފައި އޮތީ ފަސް ކްލާހަކަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިނާ އެކު، ކްލާސްތައް ދެ ބަޔަކަށް ބަހާލައި ގްރޭޑު 9 އަދި 10 އަށް ޖުމްލަ 20 ކްލާސް ވަނީ ހަމަޖައްސައިފަ އެވެ. މީގެ ކުރިން ކްލާހެއްގައި ގިނަ ވެގެން 30 ކުދިން ތިބޭނެ އެވެ.

ގްރޭޑު 9 ގެ ދަރިވަރުން ހެނދުނު 8:00 އަށް އަދި ގްރޭޑު 9 ގެ ދަރިވަރުން ސްކޫލަށް ދާންޖެހޭނީ 8:45 އަށެވެ. އެހެންވެ ގޭޓު ދޮށުން ސްކޫލުގެ ތޮއްޖެހުން ކުޑަވެގެންދާނެ އެވެ.

އެއް ގޭޓު، ތިން ކްލާހެއްގެ ދަރިވަރުން ބޭނުންކުރާއިރު ދެން ހުރި ގޭޓް ބޭނުންކުރާނީ ބާކީ ހުރި ދެ ކްލާހުގެ ދަރިވަރުންނެވެ. ދުރުދުރުގައި ތިބެން އެ ހިސާބުން ފެށިގެން ހަނދާންކޮށް މާކުތައް ޖަހާފައިވެ އެވެ. އެ ދުރުމިނުގައި ތިބެ ދަރިވަރުން ދެން ދާންޖެހޭނީ ސްކޫލު ހޯލަށެވެ. ހުން ހުރިވަރު ބެލުމަށް ފަހު ސެނިޓައިޒްކޮށް ދެން ދާނީ ކްލާހަށެވެ. ހުން ބެލުމަށް ފަހު، 38 ޑިގްރީ ސެލްސިއަސް އަށްވުރެ މަތި ނަމަ ކްލާސްރޫމަކަށް ދަރިވަރުން ނުވައްދާނެ އެވެ.

ތިން ފޫޓެއްހާ ދުރުމިނެއް ބަހައްޓައި މޭޒުތަކުގައި ވަނީ ކުދިންގެ ނަން ޖަހައިފަ އެވެ. ކިޔެވުން ފެށުމުގެ ކުރިންނާއި އޭގެ ފަހުން ތަން ޑިސްއިންފެކްޓް ކުރާނެ އެވެ.

ގައިދުރުކަން ބެހެއްޓުމާއި ސާފުތާހިރުކަމަށް ސަމާލުވުމަށް ހަނދާންކޮށް، ހިރިޔާ ސްކޫލުގައި ކުރަހާފައިވާ މަންޒަރެއް.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ރިންޒީ ވިދާޅުވީ ދަރިވަރުން ސްކޫލަށް ހާޒިރުނުވުމަކީ ސްކޫލަކުން އެންމެ ދެރަވާނެ އެއް ކަމެވެ. އެހާ ގިނަ ދުވަހަށް ފަހު ދަރިވަރުންނާ ބައްދަލުވެވޭތީ ވަރަށް އުފާވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ރެޑީގައި މި ތިބީ. އަޅުގަނޑުމެންގެ އުއްމީދަކީ ހުރިހާ ކުދިން ވެސް، ބެލެނިވެރިން ފޮނުވާނެ ކަމަށް. ސްކޫލު މި އޮތީ މި ހާލަތަށް ރެޑީވެފައި. އައިސޮލޭޝަން ރޫމެއް ވެސް ހުންނާނެ ވަކިން ތައްޔާރުކޮށްފައި،" ރިންޒީ ވިދާޅުވި އެވެ.

ނިއު ނޯމަލްގައި ވެސް އެންމެ ގިނަ ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނެ އެއް ސްކޫލަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ގްރޭޑު 9-12 ގައި 600 ދަރިވަރުން ކިޔަވާ ކަމަށެވެ. އެކަމަކު ބައެއް ކުދިން، މާލޭގައި ނެތުމުން، ސީދާ ސްކޫލަށް ހާޒިރުވާ ދަރިވަރުންގެ އަދަދު އެއަށްވުރެ މަދުވާނެ އެވެ.

ރަޝީދު ވިދާޅުވީ އަހުމަދިއްޔާގައި، ދަރިވަރުން ސްކޫލަށް ހާޒިރުވާންޖެހޭނީ ދެ ދުވަހު ކަމަށެވެ. ބާކީ ދެ ދުވަހު ކިޔަވައިދޭނީ ވާޗުއަލް ކޮށެވެ.

މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކޮށް ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިއު ނޯމަލްގައި ކިޔަވައިދިނުމަށް އަހުމަދިއްޔާ ސްކޫލުގެ ކްލާސްރޫމެއް ތައްޔާރުވެފައި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް ރައްކާތެރިކަމަށް ސްކޫލުތަކުން ފިޔަވަޅު އަޅާނެ. ތިން މަހަށް ވުރެ ގިނަ ދުވަސް ވަންދެން ދަރިވަރުން އެ ތިބީ ބަންދުވެގެން. އެހެންވީމަ ސްކޫލު މާހައުުލަށް ހާނުވަން އެބަޖެހޭ،" ރަޝީދު ވިދާޅުވި އެވެ.

"ބަލި ނޫނިއްޔާ، ދަރިވަރުން ސްކޫލަށް ފޮނުވަން ބާރު އަޅަނީ،"

އެ ސްކޫލުގައި ދަރިވަރުންގެ މޭޒުތައް ދުރުގައި ބެހެއްޓުމަށްފަހު، އެ ކޮންމެ މޭޒެއް ވެސް ވަކިކުރަން މުށިތަކުގައި ޓޭޕް ދަމާފައިވެ އެވެ. ސްކޫލުގެ ގޯތިތެރޭގައި އަތްދޮންނަ ތަށިތައް ބަހައްޓައި ގައިދުކުރުކަން ބެހެއްޓުމަށް ހަނދާންކޮށް ސްޓިކާތައް ހަރުކޮށްފައިވެ އެވެ.

ތާޖުއްދީން ސްކޫލުގެ ޑެޕިއުޓި ޕްރިންސިޕަލް ފާތިމަތު މުހައްމަދު ވިދާޅުވީ، އެ ސްކޫލަށް ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާގައި 225 ދަރިވަރުން ކިޔަވަން ދާނެ ކަމަށެވެ.

ގައިދުރުކަން ބެހެއްޓުމަށް އިސްކަންދަރު ސްކޫލުގައި މާކުކޮށްފައި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އޭނާ ވިދާޅުވީ ގޭޓު ކައިރިން ދަރިވަރުންގެ ހުން ބެލުމާއި ސްކޫލު ތެރެއިން އަތް ދޮވުން ފަދަ ކަންކަމަށް 30 މިނެޓު ހޭދަކުރާނެ ކަމަށެވެ. ރަސްމީކޮށް މަސައްކަތް ނުކުންނަން ނުޖެހޭ ޓީޗަރުންގެ އެހީތެރިކަން އެކަމަށް ލިބޭނެ އެވެ.

"އެސްއޯޕީ ބެލެނިވެރިންނާ ހިއްސާކޮށްފިން. އެކަމާ ގުޅޭގޮތުން ފުރިހަމަ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިން. އެކަމަކު މީޓިން ނިންމާލަން ޖެހުނީ ސުވާލެއް ނެތި. އެހެންވީމަ ބެލެނިވެރިންނަށް ރަނގަޅަށް މައުލޫމާތު ސާފުކޮށްދެވުނު ކަމަށް ގަބޫލުކުރަނީ،" ފާތުން ވިދާޅުވި އެވެ.

ދަރިވަރުން ބަލައި ސްކޫލު ތެރެއަށް ވެސް އެއްފަހަރާ ވަދެވޭނީ 10 ބެލެނިވެރިންނަށެވެ. އޭރަށް ދަރިވަރުން ތިބޭނީ، ސްކޫލުގެ ކޮމްޕައުންޑަށް ނުކުމެފަ އެވެ.

ސްކޫލުގެ އެކި ހިސާބުތަކުގައި އަތް ދޮވެވޭނެ އިންތިޒާމްތައް ހަމަޖައްސައި ސްކޫލުތަކުން ތިބީ ދަރިވަރުންނަށް މަރުހަބާ ކިޔަން ފުރިހަމައަށް ތައްޔާރުވެގެންނެވެ.

6 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 50%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީހެއް123

01 July 2020

އަހަރުމެން ކުދިންނަށް ދަސްކޮށްދޭންވީ ޒިންމާދާރުވާން. ގްރޭޑް 9 އަކަުން މަތިއެއީ ތަންދޮރު ފިލާފައިވާ އުމުރު. ސާފްތާހިރު ކަމަކީ ކޮބައިކަން އެނގިފައިވާ އުމުރެއް. ތުއްތު ބަބާއިން ހެން ކުދިން ނުގެންގުޅެ މި ބައްޔާއެކީ އުޅެން ކުދިންނަށް ދަސްކޮށްދޭންވީ. ނުވަތަ ކުދިންވެސް ދަސްކުރަންވީ. ދިވެހިރާއްޖެ ޕޭރެންޓޫންނަކީ ކުދިން ޅަކުރާ ބައެއް ހުވާ. ހުރިހާ ކަމެއްގަ ޕޭރެންޓުން މާ ބޮޑަށް އެބަ އިނގޭ.

The name is already taken The name is available. Register?

އަހުމަދު2223

01 July 2020

ތަރައްގީގެގޮތުން ކުރިއަރައިފައިވާ ޒަމާނެއްގަ ހަމަ ޑިޖިޓަލްކޮށް ކިޔަވާދޭން ނޭންގެނީތަ؟ ހިތައްއަރަނީ ގައިދުރުކޮއްގެން ބަލި ނާރާގޮތައް ކުދިންނަނައް އުޅެވޭނެބާއޭ.. ކުދިން ނުރައްކަލުގެ ތެރެއަށް ވެކްސިނެއްނުހޯދެނިސް ލުމުގެ ބޭނުމަކީ ކޮބާ؟ ދެން އަހަރުމެންބުނާނެ މިގޮތަކައް އަބަދަކު ނުތިބެވޭނޭ.. އެކަމް ޑިޖިޓައިޒްކުރީމާ ކޮންމެހެން ކުލާހައްނުގޮސްވެސް ކިޔެވޭނެންނު. މިބަލި ކޮންޓްރޯލްވިކަމައް އަހަރުމެން ނިންމީތަ؟

The name is already taken The name is available. Register?

މީހެއް123

01 July 2020

ބަލާލަބަ ނިކަން ޓެލިކިލާސްތަކާ، ގޫގުލް ކްލާސް ރޫމްގަ ތިބޭ ކުދިންގެ ޢަދަދު. ގިނަ ކުދިން އެ ކްލާސްތަކުން ކިޔަވާ އެއްޗެއް ގޭގަ ތިބެގެން ކިޔަވަނީކީ ނޫން. އަނެއްކާ ދިވެހިރާއްޖޭގެ އިންޓަރނެޓް ސްލޯކަމުން ހީވަނީ ކަންޒުކަހަބެއްހެން. ކުދިންނަށް ދަސްކޮށްދޭންވީ މި ބައްޔާއެކީ އުޅެން. ދިވެހިން މީ އަބަދުވެސް ވަރަށް ގޮތުގަ ތިބެން ބޭނުންވާ ބައެއް. ކުދިންނަށް ކިޔަވައެއް ނުދެވޭނެ، ކްލާސްރޫމްއަކަށް ނުގޮސް، އެހާ ތަރައްޤީއެއްނޫން ދިވެހި ކުދިންނެއް. ޑިސްޓްރެކްޝަންއާ ހެދިވެސް

The name is already taken The name is available. Register?

ނީރާ

30 June 2020

ސްކޫލްތައް ހުޅުވަން ތަޔާރުވެ މިސްކިތްތަކުގަ ޖަމާޢަތުގަ ނަމާދު ކުރަންފަށާއިރު ސަރުކާރުން ކީއްތަވާނީ މގުމަތީގައި ސިގިރޭޓް ބޯ މީހުނާ މަގުމައްޗަށް ކުޅުޖަހާ މީހުންނާމެދު ހަރުކށި ފިޔަވަޅުތަކެއް އަޅާގޮރަށް ނިންމިނަމަ. މިސާލަަކަށް ފުރަތަމަ ފަހުވެސް ނަސޭޙަތް ދިނުމެއްނެތި ޖޫރިމަނާކުރަން ހެދިނަަމަ.

The name is already taken The name is available. Register?

އަލީ ޝަމީމް

30 June 2020

މިގޮތަށް ސްކޫލުހުޅުވައިގެން ކުދިންގެ ނަފްސައް ކުރާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ވިސްނާލުން ބުއްދިވެރި.މިނިސްޓަރު ވިދާޅުވި ހުޅުވަނީ ކިޔަވައިދިނުމަށްވުރެ ބޮޑަށް ކުދިން އެކަކު އަނެކަކާ ދިމާވެ އުފާކޮއްލާށޭ.އެކަމު މިފެންނަ މަންޒަރަކީ އެކަކު އެނެކަކު ދެކޭ ބިރުން ދުރުގަ އުޅެން ބައްޓަން ކޮއްފައިވާ ސްކޫލެއްނޫން،މެންޓަލް އިންސްޓިޓިއުޝަނެއްހެން ހީވަނީ.މަގުމަށްޗަށް ނިކުތުމާއެއްކޮށް ތިޔަގަވައިދުތަކެއް ނުހިފާއްޓާނެ.މިއުމުރުގެ ކުދިންނެއް ނުތިބޭނެ 3 ފޫޓު ދުރަކު

The name is already taken The name is available. Register?

ރާނިޔާ

30 June 2020

އަދި ޗައިނާގެ ބައެއްސްކޫލުތަކުގާ ހުރޭ ކުދިންބޮލަށް ނޭންބުރޭ ބުރަފައްޗެއްފަދަ އެއްޗެއް ފައްތާފައި. މިކަހަލައެއްޗެއް ކުދިން ބޮލުގާ އެޅުވުންވެސް ރަނގަޅުކަމަށް ފެނޭ. ނޫނީ ވާގޮތަކީ ގޮނޑިންތެދުވެވުނީމާ ބައެއްފަހަރު ގަދުރުކުރާން ހަނދާންނުހުންނަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454