02 ޖުލައި 2020 - 07:41
އެމެރިކާގެ ދޮން މީހުންނާއި ކަޅު ނަސްލުގެ މީހުންނާ ދެމެދު މާލީ ގޮތުން ހުރި ފަރަގުތައް ނައްތައިލަން އެހީވުމުގެ ގޮތުން، މަޝްހޫރު ނެޓްފްލިކްސް އިން އިންވެސްޓްކުރަން ނިންމައިފި އެވެ.
އެ ކުންފުނިން އަންގާރަ ދުވަހު ބުނީ އެމެރިކާގެ ނަޅު ނަސްލުގެ މީހުން ހިންގާ ބޭންކްތަކުގެ ހާލަތު ރަނގަޅުކޮށް، އެފަދަ ބޭންކްތަކުން ދޫކުރާ މާލީ ސްކީމްތައް މިހާރަށް ވުރެ ރަނގަޅުކޮށް ދިނުމުގެ ގޮތުން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާ ކަމަށެވެ.
ނެޓްފްލިކްސް އިން ބުނި ގޮތުގައި ކަޅު ނަސްލުގެ މީހުންގެ ހިންގާ އެކި ކަހަލަ އަދި އެކި ފެންވަރުގެ ވިޔަފާރިތައް ތަރައްގީކޮށް، ކުރިއަރުވަން ބޭންކްތަކުން ލިބޭ މާލީ އެހީ މިކަމުގެ ސަބަބުން މިހާރަށް ވުރެ އިތުރުވާނެ އެވެ.
އެމެރިކާގެ ކަޅު ނަސްލުގެ މީހުން ނުވަތަ މައިނޯރިޓީ ހިއްސާވާ ބޭންކްތަކާއި ކްރެޑިޓް ޔުނިއަންތަކަށް ބަލާ އިރު، އެއީ މިހާރު އެމެރިކާ ކޮމާޝަލް ބޭންކް އެސެޓްސް އެންމެ ޕަސެންޓެކެވެ. ނަމަވެސް ކަޅު ނަސްލުގެ މީހުންގެ އޮޕަރޭޓްކުރާ ބޭންކްތައް ފަދަ ފައިނޭންޝަލް އިންސްޓިޓިއުންޝަންތަކަށް މާލީ އެހީ ފޯރުކޮށް ދިނުމަކީ އެ މީހުންގެ ވިޔަފާރި އެތައް ގޮތަކުން ކުރިއަރަން މަގުފަހިވާނެ ކަމަށް ނެޓްފްލިކްސް އިން ބުންޏެވެ.
We’re grateful to @Netflix for working with LISC to catalyze opportunity in underserved communities. Their commitment to Black economic empowerment will help close the racial wealth gap and build paths to prosperity. https://t.co/7tYSEWZoi1
— LISC (@LISC_HQ) June 30, 2020
"މީގެ މައިގަނޑު މަގުދަސަކީ ކަޅު ނަސްލުގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް ދިނުން. އަދި އެމެރިކާގެ ދޮން މީހުންނާއި ކަޅު ނަސްލުގެ މީހުންނާ ދެމެދު އޮތް ތަފާތުކުރުންތައް ނައްތައިލަން އެބަޖެހޭ އިގުތިސާދީ ގޮތުން ވެސް މިހާރަށް ވުރެ ފުދުންތެރި ބަޔަކަށް އެ މީހުން ވާން،" ނެޓްފްލިކްސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
Today we’re partnering with @Netflix to launch the Black Economic Development Initiative, which will invest $25M in Black-owned or Black-led financial institutions and other organizations serving the Black community nationwide. https://t.co/lALPdvKK3R
— LISC (@LISC_HQ) June 30, 2020
އެ ކުންފުނީގެ މި އިނިޝިއޭޓިވްގެ ދަށުން ކަޅު ނަސްލުގެ މީހުންގެ ހާލަތު ރަނގަޅުކުރަން އެހީވުމުގެ ގޮތުން ނެޓްފްލިކްސް އިން ބަނީ ނިއު ޔޯކްގެ ޑިވެލޮޕްމަންޓް ފައިނޭންސް ކުންފުނި ލޯކަލް އިނިޝިއޭޓިވްސް ސަޕޯޓް ކޯޕަރޭޝަން (އެލްއައިއެސްސީ) ގައި ވެސް 25 މިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފަ އެވެ.
އެ ކުންފުންޏަކީ މިހާރު ވެސް އެމެރިކާގެ ކަޅު ނަސްލުގެ މީހުން ކުރާ އެކި ބާވަތުގެ ވިޔަފާރިތަކަށް އެހީތެރިވާ ކުންފުންޏެކެވެ.
We’re very excited by @Netflix’s commitment to the Black Economic Development Initiative and grateful for their partnership in supporting Black-owned financial institutions and organizations that fuel economic opportunity in their communities. https://t.co/gApSaaFfYj
— Maurice A. Jones (@LISCMaurice) June 30, 2020
އެލްއައިއެސްސީގެ ރައީސް އަދި ސީއީއޯ މައިރިސް ޖޯންސް ވިދާޅުވި ގޮތުގައި ކަޅު ނަސްލުގެ މީހުންގެ ގިނަ ވިޔަފާރިތަކަކީ ގާތްގަނޑަކަށް 10 ވަރަކަށް މުވައްޒަފުން ލައިގެން ހިންގާ އަދި އަހަރަކަށް މިލިއަނަކަށް ވުރެ ކުޑަ ފައިދާއެއް ލިބޭ ވިޔަފާރިތަކެވެ. އަދި އެފަދަ ވިޔަފާރިތަކަށް އެމެރިކާގެ ވަރުގަދަ ކޮމާޝަލް ބޭންކްތަކުގެ ތެރޭގައި ހިމެނޭ ޗޭސް (ސީސީއެފް) އާއި ބޭންކް އޮފް އެމެރިކާ (ބީއޭސީ) އަދި ވެލްސް ފާގޯ ފަދަ ތަންތަނުގެ ސަޕޯޓް ލިބުން ވަރަށް ކުޑަ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ އަހަރެމެން ގަބޫލުކުރަނީ ނެޓްފްލިކްސް އިން ކުރާ އިންވެސްޓްމަންޓްކުން ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމަށް. އަދި މިފަދަ ކަމެއް ކޮށްދޭން ނިންމީތީ އެ ކުންފުންޏަށް ޝުކުރު އަދާކުރަން." ޖޯންސް ވިދާޅުވި އެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ ވަކިން ހާއްސަކޮށް ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު ދިރުމެއް އަންނާނެ ކަމެއް."
މިދިޔަ ހަފުތާގައި ފޭސްބުކުން ވެސް ވަނީ ކަޅު ނަސްލުގެ މީހުންގެ ވިޔަފާރިތައް ކުރިއެރުވުމަށް 200 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ.
ކަޅު ނަސްލުގެ މީހުންނަށް ކުރިން ނުދޭ ވަރުގެ ސަމާލުކަމެއް އެމެރިކާ އިން މިހާރު ލިބެން ފަށާފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ފުލުހުންގެ އަނިޔާގައި ޖޯޖް ފްލޯއިޑް ކިޔާ ކަޅު މީހަކު މަރުވުމާ ގުޅިގެން ހޫނުވެފައިވާ މައްސަލަތަކާ އެކީގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy