ހައި ކޯޓުން ނިކުމެވަޑައިގެން އިދިކޮޅު ކޯލިޝަނުން ނޫސްވެރިންނާ ބައްދަލު ކުރަނީ: ޔާމީންގެ މައްސަލާގައި ހައި ކޯޓާ ބައްދަލު ނުކުރެވުނު ކަމަށް އެ ކޯލިޝަނުން ބުނޭ
01 ޖުލައި 2020 - 13:23
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ މައްސަލާގައި އިދިކޮޅު ކޯލިޝަނާ ބައްދަލުކުރަން ހައި ކޯޓުން ދެކޮޅު ހަދާފައިވާ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ލަސްވާތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު ކޯލިޝަނުން ވަނީ ފާޅުކޮށްފަ އެވެ. އަދި އެ މައްސަލާގައި ހައި ކޯޓުގެ އިސް ބޭފުޅުންނާ މަޝްވަރާކުރަން އެ ކޯލިޝަންގެ އިސް ބޭފުޅުން ހައި ކޯޓަށް ވަޑައިގަތެވެ.
ހައި ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހައި ކޯޓުގެ އިސް ބޭފުޅުންނާ ބައްދަލުކުރަން މަސައްކަތް ކުރުމުން އެ ފުރުސަތު އޮންނަނީ މައްސަލާގައި ހިމެނޭ ފަރާތްތަކަށާއި ވަކީލުންނަށް އެކަނި ކަމަށް ބުނެ، އެ ފުރުސަތު ނުދިން ކަމަށެވެ. އަދި ސިޓީއަކުން އެކަމަށް އެދުމުން ވެސް އެ ފުރުސަތު ނުދެވޭނެ ކަމަށް ޖަވާބު ދީފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ދެއްވި ޖަވާބަކީ އަޅުގަނޑުމެންނަކީ މި މައްސަލާގެ ޚަސްމުން ކަމަށް ނުވާތީ ބައްދަލުކޮށް، މައުލޫމާތު ހިއްސާކުރެވޭކަށް ނެތޭ. އަޅުގަނޑުމެން ދެންނެވި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް މި ހައްގު އޮންނަން ވާނެއޭ. އެއީ ބަންދުކޮށްގެން މި އުޅެނީ އިދިކޮޅު ލީޑަރޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޔާމީން ކަފާލާތުގެ ދަށުން ދޫނުކުރަން ހައި ކޯޓުން ނިންމިއިރު، އެ މައްސަލަ ދިގުލައިގެން ނުދާނެ ކަމަށް ބުނެފައިވާ ކަމަށެވެ. ފަހުން ބައެއް އަޑުއެހުންތައް ބޭއްވުމަށް ފަހު އޭގެ ފަހުން އެ މައްސަލަ ކުރިއަށް ނުދާ ކަމަށާއި އެކަމަކު އެހެން މައްސަލަތައް ހައި ކޯޓުގައި މިހާރު ވެސް ކުރިއަށް ދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މިއަދު މި އޮތީ ހަގީގީ ބޮޑު ކެކުރި އާއި ކުޑަ ކެކުރީގެ ނިޒާމު މި ރާއްޖެއަށް ތައާރަފް ވެފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީން ޖަލަށްލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ މުހައްމަދު ނަޝީދުގެ ނުފޫޒުންނެވެ. އަދި ކޯޓުތަކާއި ފަނޑިޔާރުންގެ ބާރެއް މިހާރު ނެތް ކަމަށާއި އެއްވެސް މީހަކަށް މިއަދު ރައްކާތެރިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަނީ ލޯންޑްރިންގެ މައްސަލާގައި ޔާމީނަށް ކުރި ހުކުމް އިސްތިއުނާފް މަރުހަލާގައި އޮތްއިރު އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއްކޮށް، ކްރިމިނަލް ކޯޓަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
01 July 2020
ޔާމީނު ޖަލަށްލާފަ އެހެރީ ކުށްކުރީމަ ! ދެން އެމައްސަލައިގަ އޭނާގެ ފަސްބައިގާ ހިފައިގެން އެބުރޭމީހުން ބައްދަލުކުރަން ޖެހޭ މީހެއް ނުހުންނާނެ ! އަދަބުގެ މުއްދަތު ހަމަކުރީމަ ޖަލުން ސަލާމަތް ވާނެ ! އޭގެކުރިން އަދުރޭމެން ކިތަންމެވަރަކަށް ތެޅުނަސް ވާނެކަމެއް ނެތް ! ތެޅުނުވަރަކަށް ދާނީ ހުޅުބު !
ބަޑީ
01 July 2020
ރައްކާތެރިކަން ނެތްނަމަ ތިބޭފުޅުން ބޭނުންހާ މިނިވަންކޮށް ބޭނުންހާ އެއްޗެއްކިޔަމުން ދެވޭނެބާ؟ 2އަހަރު ވާން އުޅެނީ، ސިޔާސީ އެންމެން މިނިވަންކަންމަތީ އުޅެމުންދާތަން ފެންނަނީ.
ވަގު ކަދުރު
01 July 2020
އަލްޙަމްދު ލިއްލާހި.
މައިހާ
01 July 2020
ކޯޠާ ބައްދަލް ނުކުރާކަށް ނުޖެހޭނެ ޝަރީޢަތުގެ މަޖިލީހުގަ ބައްދަލް ވާނެ ފައިޞަލާ ކުރާނީ އެތަނުގަ
IBRAHIM SHAREEF
01 July 2020
އަދުރޭ ކޮންމެ ރައީސަކީވެސް ޖަލަށްދާންޖެހޭ މީހެކޭ. ވައްކަން ކޮށްފިއްޔާ އަދަބުވެސް ލިބެން ޖެހޭނެ. އަދިވެސް ފަހުމު ނުވަނީތޯ.
ޖާހިލުބެ
01 July 2020
އިއްޔެ ތިމާމެންގެ އާރާއި ބާރުގަ މީހުންނަށް އަނިޔާކޮށް, ވައްކަންކޮށް, ފޭރި, އިސްރާފުކޮށް އަދި މުޅި ނިޒާމު ފުނޑާލަމުން ދިޔަ މީހުން މިއަދު އިންސާފޭ ކިޔައިގެން އުޅޭތަން ފެނުމުން އަޅުގަނޑުގެ ދީނީ އަޤީދާ ވަރުގަދަވެއެވެ. ދުނިޔެމަތީ އެހެން މީހުންގެ ހައްޤަށް އަރަމުން އައިބައެއްގެ ނިކަމެތިކަން ލޯމަތިން ފެންނަމުންދަނީ ކުޅަދުންވަންތަ ކަމުގެ ދަލީލު ދައްކަވަމުންނެވެ.
ސާދާސީދާ
01 July 2020
އެެއްވެސް މައްސަލައެއްގެ މަޢުލޫމާތު ޚަސްމުންނަށް ނޫނީ ނުދެވޭނެ. ކޮބާތޯ ޕާރޓީގައި އުޅުއްވާހާ ލޯޔަރުން؟ ބުނެނުދެނީތަ؟
ސާބަސް
01 July 2020
ޔާމީނު ކުށްވެރިވެ ޖަލަށްލީ ހިސާބުން ސިޔާސީ ޕާޓީގެ ލީޑަރުކަމުގެ ހައިސިއްޔަތެއްނޯންނާނެ. ދުނިޔެވީ ހުރިހާ ހައިސިއްޔަތެއް އުވުނީ ނުވަތަ ވަގުތީގޮތުން ސަސްޕެންޑް ވާނެ. ހަމައެކަނި ދެމިގެންދާނީ އާއިލީ ހައިސިއްޔަތާއި އަދި އިސްލާމްދީނުން ލިބިދީފައިވާ ފަރުދީ ހައިސިއްޔަތު. މިވަރުވެސް އަދުރޭމެނަށް ނޭންގޭތޯއެވެ.
އަޝްރަފް
01 July 2020
އިދިކޮޅު ލީޑަރޭ ފަޅޮލޭ ނުކިޔާ. މިއަދު ތިއޮތީ އަ މިއްލައަށް ފޭއްސި އިލޮށި އަ މިއްލަ ލޮލަށް ހެރިފަ. ޔާ މީނު ޖަލަށް ލީ ހިސާބުން އިދިކޮޅު ލީޑަރުކަން އެވަނީ ގެއްލިފަ. ދެން ތެޅުނު ވަރަކަށް ފައިބާނީ ހުޅުނބު.
ައަފުރާސިޔާބު
01 July 2020
އޭނާގެ ނަން ސިޔާސީޕާޓީގެ ދަފްތަރުން އޮޓޮމެޓިކުން އުނިވެފަޔޭ ވާނީ. އުސޫލެއްގެ ގޮތުން ޖިނާޢީ ކުށެއްގައި ބިދޭހިސާބުން ގައުމުގެ ރައީސްގެ ލޮބުވެތި ލަގަބު ގެއްލި އަދި އެގޮތުން ދެވޭ އިނާޔަތްވެސް ކެނޑެންޖެހޭނެ.
މުހަންމާ
01 July 2020
އިއްޔެ އެއްނޫން މިއީ. މިއީ މިއަދު. ކެތްކޮއްލާދެން. އިއްޔެ ހަދާން ނެތުނީ ހާދަ އަވަހަށޭދޯ؟ Ok