ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އޭޑީކޭ ހޮސްޕިޓަލްގައި މިރޭ އެޑްމިޓް ކޮށްފައި.
01 ޖުލައި 2020 - 16:27
ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހު އެއްވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ، އެމްޑީޕީގެ މެމްބަރުންގެ އެހީތެރިކަމާ އެކު، ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް، ގަދަކަމުން ތަޅުމުން ބޭރުކުރި މައްސަލަ ބަލައިގަނެ އެކަން ބަލަން ފަށާފައިވާ ކަމަށް އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) ން މިއަދު ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ގަދަކަމުން މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި އަނިޔާވި މި މައްސަލަ ޝިޔާމް ވަނީ ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކާ ބެހޭ ޖަމިއްޔާ އަށް ހުށަހަޅުއްވައިފަ އެވެ. އެ ސިޓީގައި ޝިޔާމް ވަނީ މަޖިލީހުގެ ތަޅުމުން އޭނާ ބޭރުކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ޝިޔާމް، އައިޕީޔޫ އަށް ފޮނުއްވި ސިޓީގެ ޖަވާބުގައި ވަނީ އެ މައްސަލަ ބަލައިގެންފައިވާ ކަމަށް އަންގައިފަ އެވެ. އަދި އެ މައްސަލަ އައިޕީޔޫގެ ހިއުމަން ރައިޓްސް އޮފް ޕާލިމެންޓޭރިއަންސް ކޮމިޓީން ބަލަން އެދިފައިވާތީ އެކަން ވެސް ބަލައިގަންނަ ކަމަށް ޝިޔާމަށް ފޮނުވި ޖަވާބުގައި ވެ އެވެ.
އައިޕީޔޫގެ ރައީސް ގެބްރިއަލާ ކުއެވަސް ބެރަން ސޮއިކުރައްވައި، ޝިޔާމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، މި މައްސަލަ ބަލައި ދިނުމަށް ހިއުމަން ރައިޓްސް ޕާލިމެންޓޭރިއަންސް ކޮމިޓީގައި އެދިވަޑައިގަންނަވާނެ ކަމަށާއި އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލަށް ވެސް ޝިޔާމްގެ އެދިވަޑައިގަތުން ހުށަހަޅުއްވާނެ ކަމަށެވެ.
އައިޕީޔޫ އިން ބުނިގޮތުގައި، މެމްބަރުންގެ މިނިވަންކަމާއި ފިޒިކަލް އިންޓެގްރިޓީ އަކީ އެ ޖަމާއަތުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ބަލާ ކަންކަމެވެ. ޝިޔާމްގެ މައްސަލަ އަށް ވެސް އެކަށީގެންވާ ސަމާލުކަންދީ، ބަލާނެ ކަމަށް އައިޕީޔޫ އިން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުން އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ބޭއްވި ޖަލްސާ ހޫނުވެ، ޝިޔާމްގެ ނަން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވުމަށް ފަހު، އެމްޑީޕީގެ މެމްބަރުން ގަދަކަމުން ވަނީ ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރެފަ އެވެ.
އައިޕީޔޫގެ ރައީސް ގެބްރިއަލާ ކުއެވަސް ބެރަން ސޮއިކުރައްވައި، ޝިޔާމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، މި މައްސަލަ ބަލައި ދިނުމަށް ހިއުމަން ރައިޓްސް ޕާލިމެންޓޭރިއަންސް ކޮމިޓީގައި އެދިވަޑައިގަންނަވާނެ ކަމަށާއި އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލަށް ވެސް ޝިޔާމްގެ އެދިވަޑައިގަތުން ހުށަހަޅުއްވާނެ ކަމަށެވެ.
މަޖިލީހުގެ ތަޅުމުން ޝިޔާމް ގަދަކަމުން ނެރުމުގެ ތެރޭގައި އޭނާގެ މޭކަށިގަނޑަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނެވެ.
މަޖިލީހުގެ ރައީސްގެ އަމުރަށް މެމްބަރަކު ނުކިޔަމަންތެރިވެއްޖެ ނަމަ، އަމަލު ކުރަންޖެހޭ ގޮތް މަޖިިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވެއެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މެމްބަރަކު މަޖިލީހުގެ ނިޒާމާ ޚިލާފުވާ ނަމަ، އޭނާގެ ނަން އިއްވައި، ތަޅުމުން ބޭރަށް ދާން އަންގަން ޖެހެނީ އޭނާ އަށް ނަސޭހަތްތެރިވެ އަދި އިންޒާރު ދިނުމަށް ފަހު އެވެ. ނަން އިއްވުމުން ވެސް ތަޅުމުން ނުކުތުމަށް އެ މެމްބަރު އިންކާރު ކުރައްވައިފި ނަމަ، އެ މެމްބަރު ޖަލްސާގައި ވަޑައިގެން ނެތް ކަމަށް ބަލައިގެން ޖަލްސާ ކުރިއަށް ގެންދިއުން ނުވަތަ ޖަލްސާ ކުރިއަށް ނުގެންދެވޭ ހާލަތަށް ގޮސްފި ނަމަ، ޖަލްސާ އެހެން ވަގުތަކަށް ފަސްކުރުމުގެ ބާރު މަޖިލީހުގެ ރައީސަށް އޮންނާނެ ކަމަށް ގަވާއިދުގައިވެ އެވެ.
ޝިޔާމްގެ ނަން އިއްވައި، ތަޅުމުން ބޭރަށް ނުކުމެވަޑައިގަތުމަށް ނަޝީދު އެންގެވީ ޝިޔާމް އަޑުގަދަ ކުރައްވަން ފެށްޓެވުމުން ނަސޭހަތްތެރިވުމެއް ނެތި އެވެ. ޝިޔާމް، މަޖިލީހުގެ ތަޅުމުން ގަދަކަމުން ނެރުމަށް ކުރި މަސައްކަތް ނަޝީދު ހުއްޓުވައެއް ނުލެއްވި އެވެ. އޭގެ ބަދަލުގައި މެމްބަރުންގެ އަމަލުތަކަށް އެ މަނިކުފާނު ތާއީދު ކުރައްވާ މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ޝިޔާމާއި އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވެސް އަނިޔާވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަެިޕީ މޭން
02 July 2020
ފުލުހުން ބަލަންޖެހޭ މައްސަލަޔެއް
އަލްޖިބްރާ
01 July 2020
ކޮންމެތަނަކަށް މައްސަލަ ހުށައެޅިއަސް ފުރަތަމަ ކުރާނެ ސުވާލަކީ ތިޔަ ޝިޔާމު މަޖްލީހުން ނުކުންނަން އެންގީ ކީއްވެތޯ ؟ ދެން ނުކުންނަން އެންގީމަ ނުނިކުތީ ކީއްވެތޯ ؟ މިސުވާލުތަކުގެ ޖަވާބު ތިމާ އަމިއްލައަށްދިނަސް ތިމާހުންނާނީ ރަގަޅަށް ބެދިފަ !
އެމްޑިޕީ ކަލޯ
01 July 2020
އެމްޑީޕީ ގުނބޯ ތަކަށް މިފަހަރު ރަނގަޅަށް ރާކަނިމަސް ކެވޭނެ.
ކިޔުންތެރި
01 July 2020
ނަން އިއްވުމުން ނުކިޔަ މަންވެ އުޅުނުގޮތުން ދޯ ލަދުގަންނަނީ
ކައުންސެލަރު
01 July 2020
ކަލޭމެން ވަރަށް ހާސްވޭދޯ ބޭރުމީހުން މިކަންބަލާތީ. ބަލަ ބޭރުމީހަކަށްނޫންތަ އިއްޔެ މެންދުރު މައި އެއާޕޯރޓުގެ ތަޅުދަނޑި ދިނީކީ؟ ބަލަ މީއަހަރެމެންގެވެސް ރާއްޖެ. މިބުނީ ލައްކަވާހަކަ. މަހުންނާނަން މިކަން ނިމޭގޮތުން ޗަކަޗަކ އަޅާފަ ހޭން.?
ޙަބީބު
01 July 2020
ކޮބާނަޝީދޫ އަ މިއްލަޔައް ފައިން ތިޔައެރުނީ ދެންވެސް މާބޮޑު މެޖޯރިޓީއެއް އޮތެކޭ ހިތާ ހިތައްއެރި ކަ މެއް ނުކުރާތި
ބޮޑުމީހާ
01 July 2020
ރީދޫ ކުދިން ވެރިކަން ހޯދަން އުޅޭއިރު އުޅޭނެ ވަރަށް ޑިމޮކްރެޓިކްވެ ހުޅަނގުގެ ގާނޫނު ހިންގަން. ވެރިކަން ލިބުނީމަ އަަރަބި ކަރައިގެ ޝާހީ އާއިލާތަކަށްވުރެ ހާލުގޯސް
CPU---
01 July 2020
މިތަނުން ހަމަ އެކަނި ބަލަނީ ރަން ރީނދޫ ބޭކަލުންގެ .
ސަންޕަދަރި
01 July 2020
ހާސް އަށް ދަންނަވާލަން ވަހީދުގެ ވެރިކަމުގަ އަދި ޔާމީން ގެ ވެރިކަމުގަ ތިޔަ އައިޕީޔޫ މިތަނަށް ގެނެސް ވެއްދީ އެމްޑިޕީ އިން, އޭގެ ކުރިން ތިޔަ އައިޕީޔޫ އަކީ ދިވެހިންވެސް އަދި ދިވެހި ސަރުކާރުވެސް ދިވެހި ރާއްޖޭގެ ޕާރލިމަންޓްވެސް ދަންނަ ތަނެއްނޫން, ތިޔަ އޮތީ އިލޮށީގެ ތުނޑުކޮޅު ހެރިފަ މިފަހަރު, ދެން އަތްޖަހާ ފޫދާވަރަށް,
ހާސް
01 July 2020
ބަލަ ދާހިލީ ކަންކަ މުގެ ތެރެއަށް ކީއްވެ ފަރަންޖީންތިޔަ ވައްދަނީ. އަހަރެމެންގެ އަމިއްލަކަންތަށް އަހަރެމެން އަމިއްލައަށް ހައްލުކުރެވޭނޭ ބުނި މީހުން ތިއުޅޭގޮތުން ގައުމުގެ މިނިވަންކަމާ އިސްތިގްލާލު ނުގެއްލޭނެބާ؟؟؟؟
ވަހީދު
01 July 2020
މަނިކުފާނު ދާޚިލީ ކަންކަންމާއި ޚާރިޖީ ކަންކަން ދެނެގަންނަން ޖެހޭކަން ޤަބޫލު ކުރަންތަ؟ މިސާލަކަށް މަނިކުފާނުގެ ގޭގެ ކަންކަމަކީ އެގޭގައި އުޅޭ މީހުންގެ ދާޚިލީ ކަންކަން. ކާކޮޓަރީގައި ލާނީ ކޮންކުލައެއް، މެންދުރުކާނީ ބަތްތޯ ބަނބުކެޔޮތޯ މިނޫނަސް ގޭގެ ދާޚިލީ ކަންކަން ހުންނާނެ އެހެން މީހުންނާއި ނުބެހޭ. އެކަމަކު ގޭތެރޭގައި ހިނގި ކަމެއް އެކަމަކީ ދާޚިލީ ކަމެއް ކަމަށް ހީވިޔަސް، ޖިޔާތުގެ ކަންކަމަކީ ޚާރިޖީ ކަންކަން. މިސާލަކަށް އަނބިމީހާގެ ގައިގަ ޖެހުން.
އެމްޑިޕީ މޮހޮނު
01 July 2020
ދިވެހިންނަށް ތިޔަ އައިޕީޔޫ އާއި ދެންއޮތް ބަޔަކާވެސް ދަސްކޮށްދިން ބަޔަކީ އެމްޑީޕީ. ރ ވަޙީދު ވެރިކަމުގައި އާއި ރ ޔާމީން ވެރިކަމުގައި، މާ ޑިމޮކްރަޓިކް ބަޔަކަށް ވެގެން ދެއިރު ދެދަޅައަށް ފަރަންޖީން ގެނެސްގެން އުޅުނު ހަނދާން މިހާރު ނުވަނީދޯ.