ޚަބަރު / ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް

އުފަންދުވަހުގެ ސެޓްފިކެޓާއި އައިޑީކާޑު ހެއްދުމަށް ބޮޑު ލުޔެއް

ގެމެން މޮޑިއުލް ރަސްމީކޮށް ތައާރަފު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަލީހާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގައި އުފަންވާ އަދި މަރުވާ މީހުންގެ ހުރިހާ މައުލޫމާތެއް ކަމާގުޅޭ އިދާރާތަކަށް އޮޓަމެޓިކުން ލިބޭ ގޮތަށް، ރެކޯޑުތައް ބެލެހެއްޓުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ ގޮތުން މާލެ އަށް މިއަދު އެޚިދުމަތް ތައާރަފުކޮށްފި އެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މާލޭ ސިޓީކައުންސިލް ގުޅިގެން ގާއިމްކުރި "ގެމެން މޮޑިއުލް" ތައާރަފު ކޮށްދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮމިއުނިކޭޝަންް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަަލީހު ޖަމާލެވެ.

އެ ނިޒާމުގެ ބޭނުންކޮށްގެން، ބައެއް ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހަދައި، އެ ސެޓްފިކެޓުތައް މިއަދުގެ ރަސްމިއްޔާތުގައި ހަވާލުކުރި އެވެ.

ގެމެން މޮޑިއުލް އިން ކޮށްދޭ އެއް ކަމަކީ ކުއްޖަކު އުފަންވުމުން ހޮސްޕިޓަލުން ނުވަތަ ސިއްހީ މަރުކަޒަކުން ވިޔަސް ކުއްޖާއާ ބެހޭ މައުލޫމާތު އެ ނިޒާމަށް އެންޓާ ކުރުމާއެކު، ކަމާ ބެހޭ ހުރިހާ ތަނަކަށް އެ މައުލޫމާތު ބެލޭނެ މަގުފަހި ކޮށްދިނުމެވެ. އެހެންވެ، އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމަށް މާލޭގައި މިހާރު ކުރަން ޖެހޭނެ ކަމަކީ ކުއްޖާގެ ނަން ފާސްކޮށް ސިޓީ ކައުންސިލަށް ހުށަހެޅުން އެކަންޏެވެ.

މިއީ ޑިޕާޓްމަންޓް އޮފް ރެޖިސްޓްރޭޝަން (ޑީއެންއާރް) ވެސް ބައިވެެރިވާ ނިޒާމަކަށް ވާތީ އައިޑީކާޑު ހަދަން ވެސް މާލޭގައި ދެން ހުށަަހަޅަން ޖެހޭނީ ކުއްޖާގެ ފޮޓޯ އެކަންޏެވެ.

މަރުވާ މީހުންގެ މައުލޫމާތު ވެސް އެ ނިޒާމަށް އެންޓާ ކުރާ ހިސާބުން ޕެންޝަން ސްކީމާއި އާސަންދަ ފަދަ ހިދުމަތްތަކުގެ ދަފްތަރުން މީހާގެ މައުލޫމާތު އުނިވާނެ އެވެ. އެހެންވީމާ އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުންދޭ އިނާޔަތް، މަރުވެފައިވާ މީހަކަށް ލިބުމުގެ ފުރުސަތެއް ދެން ނޯންނާނެ އެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ ގެމެން މޮޑިއުލް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް ވެސް ލިބޭ ގޮތް ހަދައި، އެ ނިޒާމު އިތުރަށް ފުރިހަމަ ކުރަން މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. އެގޮތުން، ވަރިކައިވެންޏާއި ކުދިންނަށް ދޭ ވެކްސިންތަކުގެ މައުލޫމާތު ވެސް އެގޮތުން ހިމަނަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގެމެން މޮޑިއުލް ރަސްމީކޮށް ތައާރަފު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަލީހާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މަލީހު ވިދާޅުވީ، "ގެމެން" މޮޑިއުލް އަކީ ސަރުކާރުގެ މަސައްކަތްތައް އޮޓޮމޭޓްކުރަން ކުރަމުން އަންނަ މަސައްކަތަށް އެޅުނު ބާރެއް ކަަމަށެވެ.

މަލީހު ވިދާޅުވީ، މިހާރު ތަރައްގީ ކުރަމުން އަންނަ އީ-ކައުންސިލްގެ ނިޒާމަކީ އޭގެ ތެރޭގައި ވަރަށް ގިނަ ބައިތައް ހިމެނޭ ނިޒާމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވިހާ މަރުވާ މީހުންގެ މައުލޫމާތު ބެލެހެއްޓުމާއި އުފަންދުވަހުގެ ސެޓްފިކެޓު ހެދުން ފަދަ ކަންތައްތައް އޮންލައިންކޮށް ކުރެވޭ ގޮތަށް ތަރައްގީކުރި "ގެެމެން" މޮޑިއުލްއަކީ އޭގެ އެއް ބައެވެ. މުޅި އެ ނިޒާމު ފުރިހަމަ ކުރުމުން ވާނެ ފައިދާއަކީ ދައުލަތުގެ އެއް އިދާރާ އިން އަނެއް އިދާރާ އަަށް ލިބެން ޖެހޭ މައުލޫމާތު ލިބުން އޮޓޮމޭޓް ވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުގައި މަލީހު ދެއްކެވީ ހެލްތު އިންޝުއަރެންސާއި އިޖުތިމާއީ ރައްކާތެރިކަމުގެ އެކި އެކި ސްކީމްތަކަށް ފައިސާ ދޫކުރާ އިދާރާތަކަށް މީހަކު މަރުވިކަން އެނގި، ފައިސާ ހަރަދުކުރުން ވަގުތުން ހުއްޓައިލެވޭނެ އިންތިޒާމު ހަމަޖެހުމެވެ. މީހަކު މަރުވިކަން ނޭނގި، އޭނާގެ ނަމުގައި ދައުލަތުން ފައިސާ ހަރަދުވަމުން ދިއުމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ދައުލަތަށް ލިބޭ ގެއްލުމެކެވެ.

ގެމެން މޮޑިއުލް މެދުވެރިކޮށް ހެއްދި އުފަންދުވަހުގެ ސެޓްފިކެޓެއް، މާލޭގެ މޭޔަރު ޝިފާ މިއަދުގެ ރަސްމިއްޔާތުގަިއ ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"މިހާ ފުރިހަމަ މޮޑިއުލްއެއް ތައާރަފުކޮށް، ރައްޔިތުންނަަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއް މައުލޫމާތެއް އެކި އެކި ބޭނުންތަކަށް އެކި އިދާރާތަކަށް ތަކުރާރުކޮށް ގެންދަން ޖެހުމަކީ އާންމުން ތަހައްމަލު ކުރަން ޖެހޭ ވަރަށް ބޮޑު ހިތްދަތި ކަމެއް ކަަމަށެވެ. އެއީ ސަރުކާރަކުން ރައްޔިތުންނަށް ކުރިމަތިކުރަން ޖެހޭ ތަކުލީފެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮވިޑުން ލިބުނު ފިލާވަޅަކީ ޓެކްނޮލޮޖީ ބޭނުންކުރަން ޖެހޭކަން"

މަލީހު ވިދާޅުވީ އޮފީސްތަކުގައި ކިއު ޖެހިގެން ވަރަށް އުނދަގުލުން ކުރަމުން އައި ކަންތައްތައް ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، އޮންލައިންކޮށް ކުރެވޭކަން މިހާރު ފެތުރިފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އެނގިއްޖެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އެޅުމުގެ ކުރީގައި ވަރަށް ގިނަ އިދާރާތަކުގެ ވިސްނުމަކީ މީހުން އެ ތަންތަނަށް ގޮސް ކިއޫގައި ޖެހިގެން ނޫނީ ހިދުމަތް ނުދެވޭނެ ކަމުގެ ވިސްނުމެވެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ އެކު އެނގުނީ އެކަން އޮތީ އެހެން ނޫންކަން ކަމަށް ވިދާޅުވި އެވެ.

"ވަަރަށް ގިނަ އިދާރާތަކުން ބުނަމުން ދިޔައީ ރައްޔިތުންނޭ، ތިޔަބޭފުޅުން އައިސްފައި ކިއުގައި ޖެހިގެން ވަރަށް ގިނަ ވަގުތު މި އޮފީހުގެ ބޭރުގައި މަޑުކޮށްގެން ތިބެގެންނޭ ސަރުކާރުގެ ހިދުމަތެއް ފޯރުކޮށްދެވޭނީ. އެހެން ނަމަވެސް މި ބަލިމަޑުކަން އަޅުގަނޑުމެންނަށް ދައްކުވައި ދިނީ އެހެންނެއް ނޫނޭ،" ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމުން އޮންލައިންކޮށް ދެމުން އައި ޚިދުމަތްތަކުގެ ފުރިހަމަކަން ފާހަގަކުރައްވަމުން މަލީހު ވިދާޅުވި އެވެ.

ގެމެން މޮޑިއުލް ރަސްމީކޮށް ތައާރަފު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަލީހު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އޮންލައިންކޮށް ވަރަށް ގިނަ ކަންތަތައް ކުރެވެއޭ. ޓިކެޓު ވެސް އެބަ ގަނެވެއޭ. ،ޓިކެޓު ފޮނުވަން ވެސް އެބަ ފޮނުވެއޭ، ސަރުކާރުގެ އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތު އޮންލައިންކޮށް، ގޭގައި ތިއްބަވައިގެން ފަސޭހަކަމާއެކު ހޯދެއޭ. އެއީ އެހާ އުނދަގޫކަމެއް ނޫނޭ."

މިއަދު ތައާރަފްކުރި "ގެމެން"މޮޑިއުލް އާ އެކު އުފަން ދުވަހުގެ ސެޓްފިކެޓް ހައްދަން ކައުންސިލަށް އަމިއްލަ އަށް ހުށަހަޅަން ޖެހުން ވެސް ވަނީ ނިމުމަކަށް އައިސްފަ އެވެ. މަަރުވާ މީހުންގެ މައުލުމާތު ވެސް ވަގުތުން މި މޮޑިއުލް މެދުވެރިކޮށް، އެ ލިބެންޖެހޭ އިދާރާތަކަށް ލިބޭނެ އެވެ.

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އުފައްދާފައިވާ މި މޮޑިއުލްގެ ބޭނުން ކައުންސިލްތަކާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އާއި ހުރިހާ ހޮސްޕިޓަލްތަކާއި ހެލްތު މިނިސްޓްރީ ފަދަ މީހުންގެ މައުލޫމާތުތައް އެނގެން ޖެހޭ ހުރިހާ ތަނަކުން ބޭނުންކުރާނެ އެވެ

24 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަނުގެ ދަރި

02 July 2020

މުނިސިޕަލްޓީގެ ޚިދުމަތަށް އެދި ފުރާ ފޯމްތައްވެސް އޮންލައިންކޮށް ފުރޭ ގޮތަށް ހަދާދިމުމަށް ޝިފާ އަށް ދަންނަވަން އަދި ގޯތީގެ ރަޖިސްޓަރީ ހަދާފައިވާ ގެއެއްގެ ރައްވެހިންގެ ރަޖިސްޓަރީ ހަދަން އެދުނީމަ ވެރިފަރާތާ ހަވާލުކޮށްފައިވާ ރަޖިސްޓަރީގެ އަސްލާ އަދި ރަޖިސްޓަރީ ވާން ބޭނުންވާ މީހުންގެ އައިޑީކާޑު ތަކުގެ ކޮޕީތައް ވެސް ގެންދަން ނުޖެހޭ ގޮތަށް ހަމަޖައްސައި ދިނުންވެސް ބޭނުންވޭ ކާޑު ތަކުގެ ނަމްބަރ ޖަހާލީމަ ޗެކް ކުރެވޭގޮތަށް ހުންނަތާ 15 އަހަރު ވެއްޖެ ކަމަށް

The name is already taken The name is available. Register?

އުމަރުބެ

02 July 2020

ބޭނުންވަނީ ސަރުކާރުން ތައްޔާރުކުރާ ހުރިހައި ލިއުމެއް ސަރުކާރުގެ ޑޭޓާ ބޭސްއިން ސަރުކާރުގެ ކޮންމެ އިދާރާއަކަށް ބޭނުންވާ ބައި އެމީހުންނަށް އެކްސަސްވެވޭގޮތައް ހަމަޖެހިގެން ދިއުން، ގޭގެ ކުރަހާފަ، ހުއްދަދެނީ ސިޓީ ކައުންސިލުން، ދެން ހަމަ އަނެއްކާވެސް ކަމަކަށް ހުއްދައަކަށް އެދޭއިރު ހަމަ އެކުރެހުން އަންކާވެސް ފޯމާއެކުގައި ލާންޖެހޭ، މިއީ ހައްލުކުރަންޖެހޭ ކަންކަމަކީ

The name is already taken The name is available. Register?

ސަންޕާޅޯ

02 July 2020

އުފަންދުވަހުގެ ސެތީފިކެޓަކީ މަހަކު ދެފަހަރަށް ހަދަން ޖެހޭ އެއްޗެއްތަ؟

The name is already taken The name is available. Register?

ީ4 މީ

02 July 2020

މިިއިީ ޔަަާމިިީންގެ ސަރުކަަާރުން ލޯންޗްކުރަން ހުރިހަާކަމެއް ރެޑިިީކޮށފައޮތކަމެެއް.

The name is already taken The name is available. Register?

ހަސަނުގެދަރި

02 July 2020

ތިޔައީ މާކުރިންވެސް ކުރެވެމުން އަންނަ ކަމެއް މިހާރު އެފުރުހަމަ ކުރެވުނީ މިކަމުގެ ކްރެޑިޓް މަލީހަކަށް ނުލިބޭނެ އަދި ޝިފާއަކަށްވެސް ޓެކްނޮލޮޖީގެ ވާހަކަ ދައްކާއިރު މުނިސިޕަލްޓީގެ ކަންކަމަށް އެދޭފޯމް އޮންލައިންކޮށް ފުރާލަެވޭނެ ގޮތެއް ހެދިފަ ނެތް ވަރަށް ގިނަ ތަންތަނުގަ ހުންނަނީ ފޯމް ފުރޭގޮތަށް

The name is already taken The name is available. Register?

ސަރުވަރު

02 July 2020

މިހޜުވެސް އާއްްމުކޮށް ނަންކިޔުމުގަ ބައްޕަ އޮންނަނީ މައިމީހާ އަށް ހުރިހާ އިޚްތިޔާރެއްދީފަ އެކަމުވެސް ބައްޕަގެ ލަފަޔާ އެއްގޮތަށް އެކަން ކުރަމުން ގެންދަނީ

The name is already taken The name is available. Register?

ދާގީނާ

02 July 2020

ރަނގަޅުކަމެއް. އެކަމަކު ހިތަށްއަރަނީ ކިހާ ރައްކާތެރި ނިޒާމެއްބާވައޭމީ؟ސައިބަ އެޓޭކެއް އައިސްފިނަމަ މުޅި ސަރުކާރު ހުއްޓުވާލާފާނެ މިފަދަ ނިޒާމެއް ގެންގުޅޭއިރު. ދެން އަނެއްކާ ޒާތީ މައުލޫމާތު ލީކުނުވާނެބާ؟ ސައިބަ އެޓޭކަކުންވެސް ލީކުކޮށްލަފާނެ!

The name is already taken The name is available. Register?

ހާޖަރާ

02 July 2020

ތިކަން މިއަދު އިގުނު ކަމާމެގު އުފާކުރަން

The name is already taken The name is available. Register?

އަފިފު3

02 July 2020

'އެހެންވީމާ އުމުރުން ދުވަސްވީ މީހުންނަށް ދޭ ފައިސާ، މަރުވެފައިވާ މީހަކަށް ލިބުމުގެ ފުރުސަތު ދެނެއް ނޯންނާނެ'؛ ނާހަމަ ތެދެއް. ... ސިސްޓަމަށް ޑޭޓާ އެންޓަރ ކުރަނީ؟؟؟

The name is already taken The name is available. Register?

ބޮޑުމީހާ

02 July 2020

ޑިޖިޓަލްކޮށް 5 ލައްކަ މީހުން ބެލެހެެއްޓެންޖެހޭ. ޝަރުއީ ދާއިރާވެސް ތީގަ ހިމަނާ އައިޑީ ކާޑު ނަމްބަރ ބުނީމަ ހުރިހާ ފޯމެއް ފުރޭ ގޮތަށް އޮތީމަ ނިމުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454