ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ނަޖީބު އޭޕްރީލް 30، 2018 ގައި ބައިވެރިވެވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
02 ޖުލައި 2020 - 11:40
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަސީބަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލަ ސާވިސް ކޮމިޝަން (ޖޭއެސްސީ) ން އިއްޔެ ނިންމައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންނަށް ދިނުމަށް އިންކާރު ކުރެއްވި ބުނެ އެ މަނިކުފާނަށް ކުރި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާގެ ޝަރީއަތް ހިންގެވި ނަޖީބަށް، ޖޭއެސްސީން ކުރަނީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގއ. އަތޮޅު ކައުންސިލްގައި، ވިލިނގިލީ ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތް ކުރެއްވުމެވެ. އަދި އެ ކެންޑިޑޭޓު ނިސްބަތްވާ ސިޔާސީ ޕާޓީ އަށް މީހަކު ލައްވައި ސޮއިކުރުމުގައި ގާޒީ ނަޖީބު ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.
މީގެ އިތުރުން، އެ އިންތިޚާބުގައި، ބައިވެރިވެވަޑައިގެންނެވި އަނެއް ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލް ކުރުމަށް ވެސް ގާޒީ ނަޖީބު މަސައްކަތް ކުރެއްވި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމަށް ބައްދަލުވުމެއް ބާއްވައި، އެ ބައްދަލުވުމުގައި ގާޒީ ނަޖީބު ވާހަކަ ދެއްކެވި ކަމަށް ޖޭއެެސްސީން މިއަދު ނެރުނު ބަޔާނުގައި ވެ އެވެ.
މި މައްސަލަތަކުގެ އިތުރުން، އަނެއް ކަމަކީ ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގައި ތަހުގީގީ އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމުގައިވާ ގާނޫނީ އަސާސްތަކާ ޚިލާފަށް ދެ މީހަކު ހައްޔަރު ކުރުމަށް ގާޒީ ނަޖީބު އަމިއްލަ ގޮތުން ކޯޓު އަމުރު ނެރުނުކަން ސާބިތުވެފައި ވުން ކަމަށް ޖޭއެެސްސީން ބުންޏެވެ.
އެހެންވެ، އޭނާގެ އެ އަމަލުތަކަކީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަންކަން ކަމަށް ވާތީ، ފަނޑިޔާރުކަމުން ވަކިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ގާޒީ ނަޖީބުގެ މައްސަލަ ފޮނުވަން ނިންމީ ކަމަށް ޖޭއެސްސީން ބުންޏެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ނަޖީބު އައްޔަން ކުރެއްވީ އޭޕްރީލް 30، 2018 ގަ އެވެ.
ގާޒީ ނަޖީބު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމިއިރު، މިދިޔަ އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން އެ ކޮމިޝަނުން ވަނީ އޭނާ ތިން މަހަށް ސަސްޕެންޑުކޮށްފަ އެވެ. އެހެންވެ، އަދިވެސް ގާޒީ ނަޖީބު ހުންނެވީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޝަނުގަ އެވެ.
އޭނާ ސަސްޕެންޑް ކުރީ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުުލޫކީ މިންގަނޑާ ޚިލާފުވި ކަމަށް ސާބިތުވެ، ޖޭއެސްސީ އަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނުގައިި ދޮގު މައުލޫމާތު ދީފައިވާތީ ކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައި ވެ އެވެ. އެހެންވެ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ވެސް ޖޭއެސްސީން މިދިޔަ އޭޕްރީމް މަހު އޮތީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ދީނާ
02 July 2020
ގާޒީ ނަޖީބު ވެސް ހައިކޯޓު ޝުޖާ އުސްމާނު ވެސް ފައިސަލުވެސް ބުރުވާލާ، އެ އީ ކޮރަޕްޓު ޑީޑީ އާ ޔާމީނު ގުޅިގެން ކޯޓަށް ލާފަ ތިބި ކޮރަޕްޓީން.
ބައިރޯ
02 July 2020
ޖުޑިޝަރީ ސާފް ކުރުމަކީ އެމް.ޑީ.ޕީގެ ވައުދެއް، އެކަން ކުރަން ސްޕާރ މެޖޯރިޓީ ދިނީ ކުރާނެނޫން
ރާޖާ
02 July 2020
ދެން ހައިކޯޓުގައި ތިބި ޝުޖާ ، ޝަހީދު، ފައިސަލް.. މިއީ ޔާމިން އެތަން ވައްދާފައި ތިބި ޕަޕެޓުން
ޙަލީމާ
02 July 2020
ރައީސް ނަޝީދާއި އެކު މުޒާހަރާ ކުރަން އުޅުނު އެންމެނަށް ޤާޒީކަންދީނީމަ ޕަޕެޓުންނަށް ނުވޭތަ؟
ބަސް
02 July 2020
މަޖިލީހަށް ފޮނުވުމުގެ މާނައަކީ ނަޖީބު ވަކިވީއޭ. ޖޭއެސްސީއޭ ކިޔާތަނެއް އުފެދުމާއެކު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން އިތުރުވީއެވެ. އެހެންކަމެއް ނުވެއެވެ. މިބުނީ ނަޖީބުއަކީ ހުދު ފޮށަލެކޭނޫނެވެ.
ފަހުދު
02 July 2020
އެމްއެމް ޕީއާރްސީ ގެ ޚިޔާނާތުގެ މައްސަލަ ނިންމަން ރެޑީވަނީ. މެމްބަރުންގެ އަންބި ދަރިންގެ އެކައުންޓް ތައް ނުބެލޭގޮތައް އަވަސްއަރުވާލައިގެން ފާސްކޮއްފި. މެމްބަރުންގެ ގޭގެއައް ރެއިޑް ނުކުރެވޭގޮތައް ހަދައިފި. މިހާރު ކޯޓުތަކުން ޣާޒީން ތައް އަރިއަރި މައްޗަައް ޖައްސަނީ. ކަރަޕްޝަން ނައްތާލެވޭނީ މިހާކަން ހާވަރައް.
މަ ހީގީ ޝަހާދެތް
02 July 2020
ހުސްނު ސުއޫދަށް ފަނޑިޔާރު ކަން ހިސާނު ހުސޭނު އަށް ޖޭއެސްސީގެ ރައީސްކަން ލިބޭނީ ލިބޭ ހިސާބަށް ޤައުމު ދާނީ ޖުޑީސަރީ މިނިވަން ވީމައެވެ. ބަލަ ލިބުނަސް ޤައުމަށް ޓަކައި ހަވާލު ވެގެން ނުވާނެ މަޤާމު ތަށް ހުންނާނެ އެވެ.
1234321
02 July 2020
ރީދޫ އެކްޓިވިސްޓުން ހުރިހާ ދިމާލަކައް ލާންވެގެން ހިންގާ ހަރަކާތް ތަކެއް،
ހިލާލީގޭ ޑިގު ކުޅޭ ގްރޫޕް
02 July 2020
މަހީކުރީ އެމްއެމްޕީއާރުސީ ގެ ހިއްސާދާރެއް ކަމަށެވެ.ނަމަވެސް މިވީ ފިކުރު ތަފާތު ބޭފުޅެއް ކަމަށެވެ. އެލަމަކި މިއީ ވަކިކުރަން ޖެހޭ މީހެވެ. އަބުދުﷲ ދީދީ އާއި މި ނަޖީބު އާއި ޝިޖާއު އިސްމާނު އާއި ފައިސަލް އާއި ހަސަނު އަލީ ވެސް މެއެވެ.
ވަހީދުއްދީން
02 July 2020
އަޖައިބެއް. ސިޔާސީ ޕާޓީއަކަށް ޖާނާއި މާލުން ޤުރުބާންވެ، މުޒާހަރާތަކާއި ތަޅާފޮޅުންތަކުގައި އުޅުނު ބައެއް ހުސްނުއްސުޢޫދު މެންނަނީ. އެތިބީ ޤާޒީކަމުގައި. އެމީހުން ވަކިއަތަކަށް ނުޖެހޭނެ ކަމަަށް ޤަބޫލު ކުރާނީ ކޮން ސިކުނޑިއަކުން. ދައްކަވާފައި އޮތް ތަނެއް ދައްކަވާފައި ގެންދަވާނީ.
މޮޔަވެދާނެ ޝަހާދެތް
02 July 2020
އުއްތަމަ ޔޯ؟
މިވަރެއްނެތް
02 July 2020
ތިކަން ކުރަން މާބޮޑަށްވެސް ލަސްވެއްޖެ. ތީނަގެ ޕާޓްނަރުންތައްވެސް ކޯޓުތަކުގަ އުޅޭ.
ސަންޕާޅޯ
02 July 2020
މުޅި ކޯޓުގައި ރީދޫ ދަވާދު ލާންވީނުން.