މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އުރްވަޝީ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 11 ގައި ގެނެސްދޭން ނިންމާފައި އޮތް އަޖޭ ދޭވްގަންގެ ފިލްމު "މައިދާން" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ދެހާސް އަށާރައިގައި "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ ފުޓްބޯޅައިގެ ބައްޕަ ސައީދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާއެކެވެ.

ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 13 އަށެވެ. "މައިދާން" ގެ ކާސްޓުންގެ ތެރޭގައި ޕްރިޔަމަނީ އާއި ގަޖްރާޖް ރާއޯ އަދި ރުދްރަނިލް ގޯޝް ހިމެނެ އެވެ.

މި ފިލްމު އަންނަ އަހަރަށް ފަސްކޮށްފައިވާ އިރު އަޖޭގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އަކީ މި އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އެކަމަކު އަދި ތާރީހެއް އިއުލާނެއްނުކުރެ އެވެ.

މި އަހަރު ރިލީޒްވި އަޖޭގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ގެނެސްދިން "ތާނަޖީ: ދި އަންސަންގް ވޮރިއާ" އެވެ.

އުރްވަޝީގެ ފިލްމު ޒީ5 އަށް

ކުރިން ސިނަމާތަކަށް ގެންނަން އޮތް ބަތަލާ އުރްވަޝީ ރޮޓޭލާގެ އާ ފިލްމު "ވާޖިން ބާނޫޕްރިޔާ" މި މަހުގެ 16 ގައި ޒީ5 އިން ޕްރިމިއާކުރަން ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

އަޖޭ ލޯހަން ޑައިރެކްޓްކޮށްފައިވާ މި ކޮމެޑީ-ޑްރާމާގެ ކާސްޓުންގެ ތެރޭގައި ގޯތަމް ގުލާޓީ އާއި އަރްޗަނާ ޕުރާން ސިންގް އާއި ޑެލްނާޒް އިރާނީ ހިމެނެ އެވެ.

އުރްވަޝީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އިންނެވެ.

"ޓެނެޓް" ގެ ހިންދީ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ ވެސް މުހިއްމު ރޯލެއް ކުޅެފައިވާ ހޮލީވުޑްގެ ފިލްމު "ޓެނެޓް" ގެ ހިންދީ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމު އިންޑިއާގައި ރިލީޒްކުރާނެ ދުވަހެއް އަދި އިއުލާންކޮށްފައި ނުވާ އިރު، ކްރިސްޓޯފާ ނޯލަން ގެނެސްދޭ ފިލްމު އެމެރިކާ އާއި އިނގިރޭސިވިލާތުގައި ރިލީޒްކުރާނީ އަންނަ މަހުގެ 12 ގަ އެވެ.

"ޓެނެޓް" ގެ ކާސްޓުންގެ ތެރޭގައި ރޮބަޓް ޕެޓިންސަން، ޖޯން ޑޭވިޑް ވޮޝިންޓަން، އެލިޒަބަތު ޑެބީކީ، މައިކަލް ކެއިން، ކެނެތު ބްރަނާ، އާރޮން ޓޭލާ-ޖޯންސަން އަދި ޑެންޒިލް ސުމިތު ފަދަ ތަރިން ހިމެނެ އެވެ.

ވިވެކް އިތުރު ފިލްމެއް އިއުލާންކޮށްފި

"އިޓީ" ކިޔާ ފިލްމަކާ އެކު އަމިއްލަ އަށް ފިލްމު ޕްރޮޑިއުސްކުރަން ނިންމި އެކްޓަރު ވިވެވް އޮބެރޯއި އަނެއްކާ ވެސް އިތުރު ފިލްމެއް އިއުލާންކޮށްފި އެވެ.

އޭނާގެ ފިލްމު ކުންފުނި އޮބެރޯއީ މެގަ އެންޓަޓައިންމަންޓިން އިއުލާންކުރި ދެވަނަ ފިލްމަކީ "ރޯޒީ: ދަ ސެފްރޯން ޗެޕްޓާ" އެވެ. "އިޓީ" ވެސް ލިޔެ، ޑައިރެކްޓްކުރާ ވިޝާލް މިޝްރާ ޑައިރެކްޓްކުރާ މި ފިލްމުގެ ޓައިޓްލް ރޯލް ކުޅޭ މީހަކު މި މަހުގެ 31 ގައި އިއުލާންކުރާނެ އެވެ.

ހޮރޯ-ތުރިލާ ފްރެންޗައިޒެއްގެ ގޮތުގައި ހަދާ "ރޯޒީ" ގެ ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454