ޚަބަރު / ފުލުހުން

ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީންގެ ބަންދަށް 15 ދުވަސް

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް، 13 ދިވެއްސަކު ރަހީނުކޮށް ހިންހި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން އޭދަފުށީ މެޖިސްޓްރޭޓު ކޯޓުން 15 ދުވަސް ދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ހައްޔަރު ކުރި އެ ބިދޭސީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އޭދަފުށީ ކޯޓަށް ގެންދިއުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން 15 ދުވަސް ދީފައިވާ ކަމަށެވެ.

ސީލް މޯލްޑިވްސް އިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގެ ކޮންޓްރެކްޓަރަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކޮމްޕެނީ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ރިޒް ކުންފުނީގެ 203 މުވައްޒަފަކު އެ ރަށުގެ ދިވެހި މުވައްޒަފުން ރަށުން ފޭބިޔަ ނުދީ ހުރަސް އެޅުމުން ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ކަމަށް ފުލުހުން ބުންޏެވެ. މި ރިޕޯޓާ ގުޅިގެން އެންމެ ފުރަތަމަ އެ ރަށަށް ދިޔައީ ބޮޑުފިނޮޅާ އެއް ފަޅެއްގައި އޮންނަ ބ .ތުޅާދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ކަމަށާއި ފުލުހުން ދިއުމުން އެ މީހުންނާ ދިމާލަށް އޮށްގަލާއި ދަގަނޑު އުކައި ހަމަލާ ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން ބުނި ގޮތުގައި މި ހަމަލާތަކުގައި އެއް ފުލުހެއްގެ ބޯ ފަޅައިގެން ގޮސް، އެހެން ފުލުހެއްގެ އިނގިއްޔެއް ބިންދައިގެން ދިއުމުގެ އިތުރުން އެތައް ފުލުހުންނަކަށް އެކި ވަރުގެ އަނިޔާވެފައިވެ އެވެ.

ބޮޑުފިނޮޅުގެ ބަނދަރު ކައިރީގައި ހުރެ ނަގާފައިވާ ކަމަށް ބެލެވޭ ވީޑިއޯއަކުން ފެންނަ ގޮތުގައި ކުޑަވަރެއްގެ ލޯންޗެއްގައި ފުލުހުން ތޮށިގަނޑާ ގާތްކުރަން އައި އިރު ގިނަ އަދަދެއްގެ ބިދޭސީން ތިބީ ލަޓިބުރިބުރި އާއި ގަލާއި ދަގަނޑުބުރި ފަދަ ތަކެތި ހިފައިގެން ރުޅިވެރިކަމުގަ އެވެ. އެ މީހުން ތިބީ ބޮޑު ކުރިމަތިލުމަކަށް ތައްޔާރުވެގެން ކަން އެ މީހުންގެ ހަރަކާތްތަކުން އެނގެ އެވެ.

ހުކުރު ދުވަހުގެ ރޭ ފަތިހު ފުލުހުން ވަނީ ބޮޑުފިނޮޅަށް އަރައި ރަށުން ފޭބިޔަ ނުދީ ހިފަހައްޓާގައި ތިބި 13 ދިވެހީން ސަލާމަތް ކޮށްފަ އެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅެވެ.

RIX ah ah vanee ithurah ves faisaa dheefai: Seal Maldives

RIX ah ah vanee ithurah ves faisaa dheefai: Seal Maldives

The most trusted news source in the Maldives

Mihaaru

ރިޒް ކުންފުންޏަށް ފައިސާ ދީފައިވާނެ ކަމަށް ސީލް ކުންފުނިން ބުނުން

ހަަމަނުޖެހުން ހިންގި ބިދޭސީން ވަނީ ރަށުގެ ބައެއް އިމާރާތްތަކާއި ވެހިކަލްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

ހަމަނުޖެހުން ހިނގަން ފެށީ ބަންގްލަދޭޝް މަސައްކަތު މީހުންނަށް އެތައް މަހެއްގެ މުސާރަ ނުދީ އޮތް މައްސަލައާ ގުޅިގެންނެވެ.

އަލީ ރިޒާ ވިދާޅުވެފައި ވަނީ މުސާރަ ނުދެވި އޮތީ، ރަށުގެ ވެރިފަރާތް ކަމަށްވާ ސީލް މޯލްޑިވްސް އިން ފައިސާ ލިބުން ލަސްވެގެން ކަމަށެވެ. ނަމަވެސް ސީލް ކުންފުނުން ބުނީ އެ ކުންފުނިން ރިޒް ކުންފުންޏަށް ދޭން ޖެހޭ ފައިސާ ދީފައިވާ ކަމަށެވެ.

21 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 0%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަށިއެތެރެމީހާ

05 July 2020

މުސާރަ ނުދިނުމަކީ ވަރަށް ބޮޑު މައްސަލައެެއް. މަސައްކަތުގެ އުޖޫރަ ނުދިނުމަކީ އެތައް އާއިލާއަކަށް އޭގެ ދތިކަމާއި ވޭން ތަހައްމަލް ކުރަން ޖެހޭ ކަމެއް. ޢެހެން ނަމަވެސް ، އެކަމާއި ގުޅިގެން ރައްޔިތުން ހިސޯރުކޮށް ތަންތަނަށާއި ތަކެއްޗަށް ގެއްލުންދީ ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަކީ އަދި މާ ބޮޑު ޖަރީމާއެއް. މަސައްކަތުގެ އުޖޫރަ ނުދޭ ފަރާތްތަކާއި އަދި އެކަމާއި ގުޅިގެން ހަމަނުޖެހުން ހިންގާ ފަރާތްތަކަށްވެސް ހަރުކަށި އަދަބުދޭންވާނެ

The name is already taken The name is available. Register?

ރީދޫ އިންސާފު

05 July 2020

އެ މީހުނާއެކު ރިޒް ކޮމްޕަނީ އާއީ ސީލް ކޮމްޕަނީ ގެ ވެރިން ވެސް ބަންދު ކުރަން ޖެހެއެވެ. ސަބަބު މެދުވެރި ކުރިވި ފަރާތެވެ.

The name is already taken The name is available. Register?

ދޮން ހަސަނު

05 July 2020

ތި ރަށް ނަގައިގެން ރިޒޯޓް ހަދަން ތިއުޅޭ ދެމީހުންނަކީ ވަރަށް ހީލަތްތެރި ދެމީހުން. ފުރަތަމަ އަދީބު އަތުއަޅުވާލައިގެން ރަށް ހޯދީ އެއަށްފަހު ޔާމީނުގެ ގަނޑުވަރުގެ އިސްމީހާ އަތުއަޅުވާލައިގެން ދެން ހުރިކަންތަކަށް މަގުފަހި ކޮށްފައިވަނީ. އެތަކެއް ބަޔަކަށް ތި ދެމީހުންވަނީ ދޯކާ ދީފައި. އާޚިރުގައި ނިމިގެންދާއިރު އެމްޕީ ރިޒާ އަށް ހީނުކުރާވަރުގެ ދޯކާއެއް ދޭނެ.

The name is already taken The name is available. Register?

ރަށިއެތެރެމީހާ

05 July 2020

ގައުމުގެ ސިޔާދަތައް ނުރައްކާކޮށް ، ދިވެހި ރައްޔިތުންތަކެއް ރަހީނު ކުރުމަކީ ޓެރެރިޒަމްގެ އަމަލެއް. މިމައްސަލަ ކުރިއަށް ގެންދިއުމުގައި، ގައުމީ ދިފާއީ ބާރުގެ އިރުޝާދާއި ލަފާ ހޯދައި މިފަދަ ކަންކަން ތަކުރާރު ނުވާނެހެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ވަރަށް މުހިއްމުކަމެއް. މަޖްލީހުން ކުރަންޖެހޭ ކަމަކީ މަސައްކަތްތެރިންނާއި މަސައްކަތް ކުރުވާ ފަރާތްތަކުގެ ހައްގުތަކާއި އިޚްތިޔާރުތައް ވަށައިޖެހޭ ގާނޫނީ އޮނިގަނޑެއް ހެދުން.

The name is already taken The name is available. Register?

ނަޝީ

05 July 2020

މުސާރަ ނުދޭ ކުންފުނިތަކުގެ ވިޔަފާރި ހުއްދަތައް ބާތިލްކުރޭ..މުސާރަ ނުދޭ ކުންފުނިތަކުގެ ވިޔަފާރި ހުއްދަތައް ބާތިލްކުރޭ..މުސާރަ ނުދޭ ކުންފުނިތަކުގެ ވިޔަފާރި ހުއްދަތައް ބާތިލްކުރޭ..މުސާރަ ނުދޭ ކުންފުނިތަކުގެ ވިޔަފާރި ހުއްދަތައް ބާތިލްކުރޭ..މުސާރަ ނުދޭ ކުންފުނިތަކުގެ ވިޔަފާރި ހުއްދަތައް ބާތިލްކުރޭ..މުސާރަ ނުދޭ ކުންފުނިތަކުގެ ވިޔަފާރި ހުއްދަތައް ބާތިލްކުރޭ..

The name is already taken The name is available. Register?

ގާކޮށި ހުސޭނުނު

05 July 2020

ނުބައިތިވީ ބިދޭސީ ނިކަމެތިން އެމްޑީޕީ މީހުންނަކީ ޚިޔާނާތްތެރި ބައެއް 203 މީހުން 6 މަސްވަންދެން މުސާރަނުދީ ބޭތިއްބުމަކީ ރަހީނުކުރުން ކަހަލަކަމެއް

The name is already taken The name is available. Register?

ނީރާ

05 July 2020

ބޮޑުފިނޮޅަކީ ތުޅާދޫ ރައްޔިތުންގެ ޒަމާންވީ ތަރކައެއް. އެފަދަ މުހިންމު ތަރިކައެއް ތުޅާދޫ ރައްޔިތުންގެ ނުރުހުމުގައި ރިސޯޓް ތަރައްޤީ ކުރަން ދީފައިވަނީ ކޮންކަހަލަ ނުފޫޒެއްގެތެރއިންތޯ މިވަގު ބެލުން މުހިންމު. އަދި އެފަދަ ތަނަކުން ސިޔާސީ ޙަރަާތް ހިންގާ ތަނެއްގެ ސިފަ ފާޅުވުމަކީ ވިސްނަން ޖެހޭ ކަމެއް . މުޅިރަށގައި ވަކި ޕާޓީއެއްގެ ދިދަ. ؟؟؟؟

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

05 July 2020

ތި ރަށް ނަގައިގެން ރިޒޯޓް ހަދަން ތިއުޅޭ މީހަކީ މިވީތަނަށް އެތަކެއް ބަޔަކަށް ހީލަތާއި މަކަރު ހަދައިގެން މާބޮޑު މުއްސަންޖަކަށް ވެގެން އުޅޭ މީހެއް.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

05 July 2020

އިންޑިއާ ބަޔަކު ތިގޮތަށް ހަޅުތާލު ކުރިނަމަ ނުކެރޭނެ ޖަލަށް ލާކަށް ވެސް އަދި ތިގޮތަށް މުއްދަތު ޖަހާކަށް ވެސް. ބަނގުގަލެޝްގެ ނިކަމެތި މަސައްކަތު މީހުނަށް އެތަކެއް މަހެއް ވަންދެން މުސާރަ ނުދީ ގެންގުޅެ އަދި މުސާރަ ހޯދަން ވާހަކަ ދެއްކުމުން މަރާލާނެ ކަމަށް ބިރުދެއްކުމަކީ ކުށަކަށް ނުވި އެކަމަކު އެމީހުން އެމީހުންގެ ހައްގު ހޯދަން މަސައްކަތް ކުރުމަކީ ކުށަކަށް މިވީ. އަތުގަ ލޯލާރިއެއް ނެތަސް ރިޒޯޓްހަދަން އުޅުމަކީ ވަރަށް ގިނަމީހުން ކުރާ ކަމެއް.

The name is already taken The name is available. Register?

ތަމެންދޯ

04 July 2020

ފުލުހުންގެ އިދާރާ ފެއިލްވެފަެި ވުމުން ތި ދަރަޖައަށް ތިކަން ދާން ޖެހުނީ...

The name is already taken The name is available. Register?

1828

04 July 2020

ފުލުހުންތަ ޕްރައިވެޓް ކޮމްޕެނީ ތަކުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަދެނީ؟ މިކަންތައް ގަނޑު ފެށުނީ މުސާރަ ނުދޭން ފެށިހިސާބުން. މުސާރަ ދޭނަމަ ބަންގާޅު މީހުން މަސައްކަތްކުރާނެ. މިހެން ބުންޏަސް މަދުންނަމަވެސް ފަރުވާ ކުޑަމީހުން އުޅޭ އެމީހުންގެ ތެރޭގައިވެސް،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454