ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓުގައި.-- ފައިލް ފޮޓޯ: މިހާރު
04 ޖުލައި 2020 - 16:59
ކޮވިޑް-19 އާ ގުޅިގެން، އިނގިރޭސި ވިލާތުން ލުއި ދިން ގައުމުތަލުގެ ތެރޭގައި ރާއްޖެ ނުހިމެނުނީ އެ ގައުމުން ކަނޑައަޅާފައިވާ މިންގަޑަށް ނުފެތޭތީ ކަމަށް އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ކާރޮލް ރޮސްލާ މިއަދު ވިދާޅުވެއްޖެ އެވެ.
ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އިން ކޮވިޑް-19އާ ދެކޮޅަށް ކުރަމުން އަންނަނީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ. އެހެންވެ، އިނގިރޭސި ވިލާތުން ކަނޑައަޅާފައިވާ މިންގަނޑަށް ރާއްޖެ ވެސް މާ ގިނަ ދުވަސްތަކެއް ނުވެ ފެތޭނެ ކަމަށް ހައި ކޮމިޝަނަރު އުންމީދު ކުރައްވަ އެވެ.
ނަމަވެސް އެ މިންގަޑުތައް ހައި ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.
އިނގިރޭސި ވިލާތުން ލުއިދިން ގައުމުތަކުގެ ތެރޭގައި އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ދާއިރާގެ މަގުބޫލު ބައެއް ގައުމުތަކާ އެކު 59 ގައުމެއް ހިމެނެ އެވެ. އެހެންކަމުން މި ގައުމުތަކުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިނގިރޭސި ވިލާތަށް ދާ މީހުން ކަރަންޓީނުގައި ތިބޭކަށް ނުޖެހޭނެ އެވެ.
އިނގިރޭސި ހައި ކޮމިޝަނަރު ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ޓޫރިޒަމްގެ ދާއިރާ އިން އިނގިރޭސި ވިލާތަށް ވަރަށް މުހިންމު ގައުމެކެވެ. ރާއްޖެއިން ކޮވިޑް-19 އަށް މިހާރު ޕޮޒިޓިވ ވާ މީހުންގެ އަދަދު ދަށްވެފައިވާއިރު، މި މަހުގެ 15 ގައި އަލުން ބޯޑަރު ހުޅުވާލި ނަމަވެސް އެ އަދަދު އިތުރު ނުވާނެ ކަމަށް އުއްްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ދުވަސްވަރު ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް އަޅުގަނޑަށް ވަރަށް ގާތުން ވަނީ ފެނިފައި. ޕޮޒިޓިވްވި ޓޫރިސްޓުންގެ ޓެސްޓު ހެދުމާއި އެ މީހުން ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދަނީ ވަރަށް ފުރިހަމައަށް،" ހައި ކޮމިޝަނަރު ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުން ލުއި ދިން ގައުމުތަލުގެ ތެރޭގައި ރާއްޖެ ނުހިމެނުމުން އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވާނެ ކަމަށް ލަފާކުރެވެ އެވެ. އެއީ އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން އެނބުރި ގައުމަށް ގޮސް 14 ދުވަސް ކަރަންޓީނުގައި ހޭދަކުރަން ޖެހޭނެތީ އެވެ. ނަމަވެސް އެ ގައުމުގެ ޓްރެވެލް އޭޖެންޓުން ބުނާ ގޮތުގައި މި އަހަރު އެ ގައުމުގެ އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަ ކުރަން ބޭނުން ވަނީ ރާއްޖޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
06 July 2020
ލާރިކޮޅެއް ނުވަތަ ބަދަލްގަ ކޮންމެވެސް އެދުމެއް ހާސިލްކޮށްދެޏް ބުނީމަ އޯކޭވާން. ތީ އިނގިރޭސިން
ސަރުކާނު
06 July 2020
ކާއްޓެއް ހިފައިގެން އިޝްތިހާރުކުޅުމަކުން ނުފުދޭ. އިގިރޭސީންވެސް ބަލައިނުގަތް. ކަޑައޭ ބުރޯ.
އޭކު ސަވާލް
05 July 2020
މިނގަނޑަކީ ކޮބައިކަން ނޭނގި މިންއަޅާނީ ކޮން ފީތާއަކުންތޯ؟
Hassan Ali
05 July 2020
ކަންކަން ދަނީ ވަރަށް ފުރިހަމައަށް އެކަމަކު މިންގަނޑަކަށް ނުފެތޭ؟
ރައްޔިތު ސޮރު
05 July 2020
މިވަގުތު ވިޔަފާރިވެރިން އަދި ގަޢުމުގެހަރުމީހުން ރައީސަށް ލަފާއަރުވަންވާނެ މިހާލަތުގަ ގޯސްކޮށްހުރިކަންކަން ރަނގަޅުކޮށް ނާގާބިލު މީހުން ޑެޝިޝަން މޭކިންގ ލެވެލްއިންވަކިކޮށް ޙަރުދަނާ ތަޖުރިބާހުރި މީހުން އިސްކޮށް ދުނިޏެބަލައިގަންނަފަދަ ގޮތަކަށް އިޤްތިސާދު ހުޅުވުން އަވަސްކުރުމަށް. މިވަގުތަކީ ސިޔާސީ ވިސްނުން އެއްފަރާކޮށް ޤަޢުމު އާރާސްތުކުރަން ފަށަން ވ.މުހިއްމުވަގުތެއް! ލަސްވެއްޖެނަމަ އިތުރައްގޯސްވެ މުޅިއިޤްތިސާދު ރިކަވަރނުކުރެވޭ ހާލަތަކަށްހިނގައިދާނެ!
ސަރީފު
05 July 2020
ސީސެލް ކަހަލަ ގައުމުތަކަށް ލުއި ލިބުނު..އެއީ ރާއްޖެއަށް ވުރެ ވަސީލަތް މަދު ގައުމެއް...އެހެން ކަމުން މިގެންވެސް އެގިގެން ހިގައްޖެ ބަޔަކުގެ ނާގާބިލް ކަން..ގަބޫލް ކުަން ބޭނުން ނުވިޔަސް ހަގީގަތް މިފެންނަނީ.
ސަރުކާނު
06 July 2020
އިނގިރޭސިންނާ އީޔޫ އިން ބުނާގޮތްހެދީމަ އެކަންކަންވާނީ. އެންމެފަހުން އެގޮތްގޮތްވެސް ހަދާނެ. އެގޮތްގޮތް ނުހަދާ ކުރިޔަށް ދެވޭހާ ޤާބިލެއްނޫން މިސަރުކާރު،
ކޯޑިނޭޓަރ
05 July 2020
ޢަލީ ވަަހީދު ކެނޑިހާ ފޮނިތައް ކޮބާ..
ފަޤީރުކޮއެ
05 July 2020
އަމީނަށް ހެލްތު ނުހިންގޭކަމާ އަލީވަހީދަށް ޓޫރިޒަމް ނުހިންގޭކަން އަދިވެސް ރައީސް ޤަބޫލުކުރާކަށް ނުވޭތޯ؟
ރައްޔިތު ސޮރު
05 July 2020
މިވަގުތު ޤާބިލުނޫން ވަޒީރުން ދުރުކޮށްފަ ހިންގޭނެވަރުގެ ބޭފުޅުންނަށް ހަވާލުކޮށް ނަތީޖާނެރެދިނުން މުހިއްމު، ސަރުކާރަށް ފަސްއަހަރު ހަމަވުމުން އޮންނަ އިންތިޚާބެއްގަ ރައްޔިތުން މިނެކިރާފަ ގޮތްނިންމާނީ ރައީސް ރައްޔިތުންނަށް ކިހާވެރެއް ޑެލިވަރ ކޮށްދެއްވުނުތޯ، އެއިރަކުން ނާހާނެ މިވެނި އެވެނި މިނިސްޓަރެއް ހުރެގެންނޭ ކަންކަން ހާސިލުނުވީ!
ރައްޔިތު ސަރ
05 July 2020
ޝިދާތާ ނާޤާބިލްއޭ ކިޔައިގެން އެކަމަނާ ބޭރުކުރަން އެންމެ ބޮޑަށް އަޑުއެރުވި އެކަކީ އިއްޒަތްތެރި މެންބަރު ޖީހާން ދެފައި އެއްތާނާޅަ.. ޕިސްޕިސް އެންމެ ފަހުން ކަމާގެ ފިރިކަލުން ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް އެ ބުނަނީ
ކުއްލި ކަރާޓީ
05 July 2020
މިހާރުވެސް އެއްޖިންސުން ގުޅުން ހިންގުމާއި އެހެންދީން ތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށް އެއްބަސްވީމަ ހުއްދަ ދޭނެ... އަޑީގައި ހިނގަނީ އެކަން
Ahmd
05 July 2020
ހަމަތިނޭވާގަ ޗައިނާއިން މުސްލިމުން ދީނުންބޭރުކުރާ ވާހަކަވެސް ދައްކާނަމަ! ޔޫކޭގަ މުސްލިމެއްގޮތުގަ އުޅއވޭތާ! ޗައިނާގަ ނުވޭ
ތަރައްގީ
05 July 2020
ތއޮތީ ސަރުކާރުގެ ނާޤާބިލުކަން ދައްކަން މީހަކު އިނގިރޭސިން ގާތު ފޭކު ވާހަކަ ދައްކާފަ.