އެޗުއީއޯސީގެ މިރޭގެ މީޑިއާ ބްރީފިންގައި ޑރ. އަލީ ނަޒީމް އޮންލައިންކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
05 ޖުލައި 2020 - 00:04
އައިޖީއެމްއެޗުން 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ، އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދިން ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، ކޮންޓެކްޓް ޓްރޭސިން ހަދައި ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.
އޭގެ ތެރެއިން މިހާތަނަށް ހޮސްޕިޓަލްގެ ތެރެއިން 11 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ފަސް ޕޭޝަންޓުން، ނިޔާވި އިންޑޮނޭޝިއާ ޕޭޝަންޓު ލައިގެން. އޭގެ އިތުރަށް ހަތަރު ސްޓާފުންނާއި ޕޮޒިޓިވްވި ޕޭޝަންޓުންގެ ދެ ރިލޭޓިވުން،" ތަފްސީލް ދެއްވަމުން ޑރ. އަލީ ނަޒީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 އަށް އައިޖީއެމްއެޗުން ޕޮޒިޓިވްވި ބައެއް މީހުންނަކީ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، ވޯޑަށް ބަދަލު ކޮށްފައިވާ ބައެއް ކަމަށެވެ.
"އެހެންވެ ޝިފްޓު ކޮށްފައި ތިބި ވޯޑުތަކުގެ ޓެސްޓިންތައް އަދިވެސް އެބަ ކުރިއަށްދޭ،" ޑރ. އަލީ ނަޒީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހަކު އިއްޔެ ވެސް ފާހަގަވެފައިވާ ކަމަށެވެ. އެ ދެ މީހުން، ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ހާއްސަ ކޮށްފައިވާ ޑީއެޗް-11 ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިއަދު ހެނދުނު ނަތީޖާ ލިބުނު އަނެއް ދެ ބަލި މީހުން ހުޅުމާލޭގެ މެޑިކަލް ފެސިލިޓީ އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޑރ. އަލީ ނަޒީމް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ފުޅާކޮށް ކުރިއަށް ގެންދާ ކަމަށެވެ. އައިޖީއެމްއެޗުގެ ކޭސްތަކާ ގުޅިގެން މިހާތަނަށް 27 މީހަކު ހޯމް ކަރަންޓީން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. އަލީ ނަޒީމް ވިދާޅުވި ގޮތުގައި، އައިސީޔޫގައި މިހާރު ވެސް އިތުރު ހަ މީހަކަށް އަންނަނީ އެހެން ބަލިތަކަށް ފަރުވާ ދެމުންނެވެ. އެ އެންމެން ވެސް ކޮވިޑް-19 އަށް ޓެސްޓުކޮށް، ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށާއި މިހާރު އަމަލު ކުރަމުން އަންނަނީ އެޗްޕީއޭ އިން އަންގާފައިވާ އުސޫލާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، އައިސީޔޫ ޑިސްއިންފެކްޓް ކޮށްފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
އައިޖީއެމްއެޗުން ކޮވިޑް-19 ފުރަތަމަ ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު މަރުވި އިންޑިނޭޝިއާ މީހެއްގެ ގައިންނެވެ. އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުންދިޔަ މި މީހާ ކޮވިޑަށް ޓެސްޓުކުރީ އެ ބަލީގައި ދެވަނަ ސާޖަރީއަކަށް ތައްޔާރުކޮށްފަ އެވެ. އެކަމަކު، އޭނާގެ ޓެސްޓުގެ ނަތީޖާ ނުލިބެނީސް އޭނާ ވަނީ މަރުވެފަ އެވެ.
އައިޖީއެމްއެޗުގެ ތެރެއިން ކޮވިޑް-19 ފެނުމާ ގުޅިގެން އެ ހޮސްޕިޓަލްގެ އޯޕީޑީގެ ގަޑިތަކަށް އަނެއްކާ ވެސް ބަދަލުތައް ގެނެސް، ދުރާލައި ރޭވިގެން ކުރިއަށް ގެންދާ ރޫޓިން އޮޕަރޭޝަންތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ. އޯޕީޑީގެ ޚިދުމަތް މިހާރު ދޭނީ ހެނދުނު 9 ން މެންދުރު 1 އަށް ކަމަށް ވާއިރު، އައިޖީއެމްއެޗުން އަނެއްކާ ވެސް އިސްކަންދެނީ އޮންލައިން ކޮންސަލްޓޭޝަނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވިޑް ހޮސްޕިޓަލް
05 July 2020
ދާދި އިހަކަށް ދުވަހު ދިވެހިދަރިޔަކަށް ކޮވިޑް ޓެސްޓް ރިޕޯޓް ނުލިބޭތީ އޭ ކިޔާފަ ފަރުވާ ނުދޭތީ އެޒުވާނާގެ ހަށިގަނޑުގެ މުހިއްމު ގުނަވަނެއް ނަގާ އެއްލާލަން ޖެހުނީ މިއަދު އެއްމެ ރިސްކީ ކެޓެގަރީގައި ހިމެނުނު(ކޮވިޑު ޖެހިގެން ނިޔާވެފައި ބަލިމީހާ ޔަށް ފަރުވާ ދިން އިރު ޓެސްޓް ނުހަދާ ރަނގަޅު ފެންވަރެއްގެ މާސްކު ގަޑެއްވެސް ނުލިބުނު އަޅާކަށް.ކިތައް ޑރ/ނަރުހުން ބަލިމީހާޔަށް ފަރުވާދިނުމުގައި އުޅެފަ ގެއަށް ގޮސް އަނބިދަރީންނަށް ބަލި ހަދިޔާ ކުރީ.. ސިސްޓަމް ފެއިލް
އައިޖީއެމްމުވައްޒަފު8
05 July 2020
ސިސްޓަމް ފެއިލް އެއް ނުވޭ. ގިނަ ސްޓާފުން އަދިވެސް ތިބީ ރައްކާތެރިކޮށް. ހޮސްޕިޓަލުން އަދިވެސް ޚިދުމަތް ދެވޭ! އެހެން ވީމާ ފެއިލް އެއް ނުވޭ! ދުނިޔެ އަކީ ޕާރފެކްޓް ތަނެއް ނޫން!
މާކުން
05 July 2020
ތިޔައީ މުޅި މެނޜޖްމަންޓް އިސްތިއުފާ ދޭން ޖެހޭ ވަރުގެ ކަމެއް
ރަނާާ
05 July 2020
އައިޖީއެމްއެޗްގެ މައްސަލަތަށް ވަނީ އެކި ފަހަރު މަތިން ފެންމަތިވެފައި. އެކަމަކު ކޮންމެ ފަހަރަކުވެސް އަލީ ޝިޔާމް ވަނީ ޒިންމާއިން ރެކިފައި. ސުވާލަކީ ކިހާ ދުވަހަކަށްހޭ ރައްޔިތުން ކެތްކުރަންވީ؟ މިވެސް ރޯޔަލް ފެމިލީ ބޭފުޅެއްވީމަ ކަމެއް ނުވިޔަސް ހަމަ ރައްޔިތުން ތިބެންވީ އަޅާނުލާ؟ ސާބަހޭ
ސޯސީ
05 July 2020
ކޮންމެ ދިމާލަކުން އިހުމާލު ނާގާބިލުކަން
ލޯމާފާން
05 July 2020
އައިސީޔޫގަ އެ ޕޭޝަންޓް އޮންނަ ތާ ކިތައްމެ ދުވަހެއް ވީ ފަހުން އޯޓީ އަށް ވައްދަން ވީމަ ޓެސްޓް ކުރީ. އޯޓީ ނޫން ދެން ހުރި ވޯޑް ތަކުގަ ހުންނަނީ ކޮވިޑް އަށް ނުވަދެވޭހެން ހަދާފަތޯ؟
އިޔެ1
05 July 2020
ކޮވިޑުގައި އަމަލުކުރަން ޖެހޭގޮތަކީ ހޮސްޕިޓަލު ދޮރުން ވަންނަ އެންމެނަކީ ޓެސްޓު ކުރުމުގެ ކުރިން ޕޮސިޓިވް ބައެއް ކަމެއް ކަމަށް ބަލައިގެން.
ހަމަވިސްނާ
05 July 2020
ސިސްޓަމް ތިއޮތީ ފެއިލްވެފައި
އައިޖީއެމް8
05 July 2020
ނުވޭ. އަދިވެސް ޚިދުމަތް ދެވޭ އަދި އެބަ ދޭ.
ރާއްޖެ
05 July 2020
މީހަކު ޕޮޒިޓިވް ނުވާނެ ކަމަށް ބަލައިގެން ނުވާނެ. ޢެކަމަކު އެއްފަހަރާ މުޅި ޔުނިޓެއް މިހާވަރަށް ރިސްކަށް ހުށަހެޅިގެން ދިޔައީ މެނޭޖްމަންޓްގެ އިހުމާލުން. އެތެރޭގެ ޕްރޮޓޮކޯލްތަކުގެ މައްސަލައެއް.
ނިއު ނޯމަލް
05 July 2020
ތިކަން ޤަބޫލު ކުރިއްޔާ ތާއެވެ؟އަހަރެމެން ހޮސްޕިޓަލް އަށް ދާންވީ ޤަވާއިދު އެމީހުން ކިޔާ ދެއެވެ. އެކަމަކު އެމީހުން އުޅޭނެ ގޮތަކަށް އުޅެންވީ އެވެ. ހަމަ ނޯމަލް ކޮށެވެ.