ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ޝިޔާމް ކުއްލި މައްސަލަ ހުށަހަޅުއްވަނީ.---ފޮޓޯ: މަޖިލިސް
06 ޖުލައި 2020 - 10:38
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ފަށާފައިވާ ހިޔާ ފްލެޓްތައް އޭގެ ހައްގުވެރިންނާ ވީހާ ވެސް އަވަހަކަށް ހަވާލު ކުރުމަށް ގޮވާލައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ ތަޅުމުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ލިބުނު އަނިޔާތަކާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރެއްވިތާ ފަސް ހަފުތާ ފަހުން މަޖިލީހަށް ވަޑައިގެން ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ ވޯޓާ އެކުގަ އެވެ.
މައްސަލަ ހުށަހަޅުއްވަމުން، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު މީހުންނަށް ވީ އެންމެ އަވަހަކަށް އެ ތަންތަން ހަވާލުކޮށް، ސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް ގޮވައިލައްވާ ކަމަށެވެ.
"ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅާފައިވާ ފްލެޓުތައް ހަވާލު ކުރުން މި ސަރުކާރުން ލަސް ކުރަމުންދާތީ އާއި ފްލެޓުތަކަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ހާސް ރައްޔިތުންނެއް ތިބިއިރު އަދި ވެސް އެ ތަނަށް ވަދެވޭނެ ވަކި ދުވަހެއް މި ސަރުކާރުން ބުނެ ނުދެވޭ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19ގެ ސަބަބުން އެތައް ބައެއްގެ އާމްދަނީ ދަށްވެ، ކުއްޔާއި ބިލްތައް ދެއްކުމަށް ވަނީ ހުރަސް އެޅިފަ އެވެ. އެހެން ކަމުން ވީ އެންމެ އަވަހަކަށް ހިޔާ މަޝްރޫގެ ފްލެޓުތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އޭނާ ގޮވާލެއްވި އެވެ.
"އެ ފަރާތްތަކަށް ފްލެޓުތަކުގައި ވީހާ ވެސް އަވަހަކަށް ދިރިއުޅެން ފެށޭނެ މަގު ފަހިކޮށް ދިނުމަށާއި މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް އިތުރު ފްލެޓުތައް އަޅައި ރައްޔިތުންނަށް ބޯހިޔާ ވަހިކަން ކަށަވަރު ކޮށްދިނުމުގެ ވައުދު ފުއްދައި ދިނުން އަވަސް ކުރުމަށް ގޮވާލަން،" ޝިޔާމް ވިދާޅުވި އެވެ.
"ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅާފައިވާ ފްލެޓުތައް ހަވާލު ކުރުން މި ސަރުކާރުން ލަސް ކުރަމުންދާތީ އާއި ފްލެޓުތަކަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ހާސް ރައްޔިތުންނެއް ތިބިއިރު އަދި ވެސް އެ ތަނަށް ވަދެވޭނެ ވަކި ދުވަހެއް މި ސަރުކާރުން ބުނެ ނުދެވޭ،"--- ޝިޔާމް
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓު ހަވާލު ނުކުރެވި އެތައް ދުވަހެއް ވެ، މި ސަރުކާރަށް ނުރުހުން އަމާޒުވެފައި ވަނިކޮށް، ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު މި ފަހުން ވަނީ އެ ތަންތަނުގެ ޖާގަ ކުޑަ ކަމަށާއި އެއީ ގިނަ ބަޔަކަށް އުޅެވޭނެ ތަނެއް ނޫން ކަމަށް ވިދާޅުވެ، އެ މަޝްރޫއަށް ފާޑު ވިދާޅުވެފަ އެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތައް އަދިވެސް ހަވާލު ނުކުރެވި އޮތީ ޔާމީންގެ ސަރުކާރުން އެ ތަންތަން ދޭން ނިންމީ އިންސާފުވެރިކޮށްތޯ ބެލުމަށް ކަމަށް މި ސަރުކާރުން ބުނެފައިވެ އެވެ. އެ މަސައްކަތް އަންނަ މަހު ނިންމައި، މި އަހަރު ނިމުމުގެ ކުރިން ހަވާލު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ޔާމީންގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މި މަޝްރޫގައި އަޅާފައި ވަނީ 25 ބުރީގެ 16 ޓަވަރެކެވެ. ކޮންމެ ޓަވަރެއްގައި ތިން ލިފްޓު ބަހައްޓާފައި ހުރެ އެވެ. ހަނިކޮށް، ދިގުކޮށް ޑިޒައިން ކޮށްފައިވާ މި ފްލެޓުތަކުގައި ހުންނަނީ ދެ ކޮޓަރި އެވެ. ކޮންމެ ކޮޓަރިއެއްގައި 99 އަކަފޫޓު، ސިޓިން ރޫމްގައި 217 އަކަފޫޓު ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން މަނިކު
06 July 2020
2021 އޮކްޓޫބަރ ގައި މާލޭ އެޕާޓްމަންޓު ތަކުގެ ކުލި 1 ރޫ މް އެޕާޓްމ މަންޓް 6000 ރުފިޔާ 2 " " " 12000 " 3 " " " 15000 ރުފިޔާ 3+1 " " " 18000 " ހުރިހާ ބޭފުޅުންނަށް ވެސް ޤައު މާގެން ކުރިއައް
1234
06 July 2020
ޔާންޓޭ/ މުއިއްޒު ގެއިންތަ 1 ކޮޓަރި ފުލެޓް ލިބޭނެކަމަށް ލިޔުންދިން މީހުންނަށް ފުލެޓްދެނީ
ތެދު
06 July 2020
ބަލަ ޕީީޕީ މީހުންނަށް ހިޔާ ފްލެޓް ބިންގާ އެޅުނީ ދައުރުނިމެން އަހަރަކަށްވުރެ މާކުޑަވެފަ އޮށްވާ. ދެން ތިޔަކަން ނިމެނީ ލަހުންކަމަށް ތިޔަ ދައްކަނީ ކީއްވެ. ބިންގާ އެޅިއަސް ފްލެޓް އެއަޅަނީ މި ސަރުކާރުން.
ވަހީދުއްދީން
06 July 2020
ތިހެން ވިސްނަންޏާ ބުނެވޭނީ އެފްލެޓްތައް އަޅަނީ ބިދޭސީންނޭ.
ފައިބް
06 July 2020
ތިތަނަށް ވަދެ މި ހޮރުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގަ ހުރީމެވެ
އަދުރޭގެ
06 July 2020
ޔާމީނު ސަރުކާރުގަ މަޖުލިހުން ރައްޔަތުންނަށް ކޮށްދިންކަމަކީ ޤަނޫނެއް ހަދާފައި ތަންފީޒުކުރާ ތާރީްހ ކުރިއަށް ޖައްސާ މެމްބަރުން ބޭރުކުރީ. އެހެން އަދުރޭމެން ސިޔާމުމެން ވެސް ހަދަންވީގޮތަކީ ޔާމީނު ނޫޅޭމީހެއް ކަމަށް ނިންމަންވީ.
ޙަލީމާ
06 July 2020
12 މެމްބަރުން އުޅުނީ ރައީސް ޔާމީން މަޤާމުން ބޭރުކުރަން، ޔާމީން އެމީހުންގެ ގޮނޑި ގެއްލުވާލީ. އެހެންވެ ބުނަނީ އެކަކަށް އަނިޔާއެއް ދީފައި އަނެކަކަށް ނުހުރެވޭނެޔޭ. މިހާރު ބަލާ އެ 12 މެމްބަރުންނާއި ޔާމީނު ހުރި ހިސާބު.
އަޖާއިބުއަންތަރީސް1
06 July 2020
ތިޔަ ފްލެޓްތައް ދޭންވެއްޖެއެއްނު. ފިނިހަކައަކަށްވުރެ ސްލޯ މިސަރުކާރު. މީދިވެހިން ގެނައި ސޯލިހު ސަރުކާރު. މަހަމަ އަޖައިބުވެއްޖެ. ރުޅިވެސް އައިސްފި. މަމިފަހަރު ވޯޓުދޭނީ އަންނިއަށް. އަދި ފަސްއަހަރު ދިވެހިން ރަގަޅަށް ރޯނާއަރުވާލަން ބޭނުން. ހިތިރަހަ ރަގަޅަށްލީމަ އެއްޗެއްވިސްނޭނީ.
ވަހީދުއްދީން
06 July 2020
އިބްރާހިމް މުހައްމަދު ޞާލިހު ވަރަށް ލަސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް. އަންނަ ދައުރުގައި ކުރިމަތި ލިޔަސް ވޯޓެއް ނުދޭނަން. ރައީސް ނަޝީދަކަށް ވެސް ނުދޭނަން.
ދޮން މަނިކު
06 July 2020
މިސަރުކާރަށް ނުވާނެ އެއްކަމެއްވެސް. ވޯޓު ދެވުނީތީ ދެރަވަން. ސަރުކާރާއި މަޖިލިސްގެ ފުލް ކޮންޓްރޯލް ލިބުނުއިރު ސަރުކާރަށް ކުރެވުނީ ކޮންކަމެއްތޯ ވިސްނާލެވުނުބާ؟ ރައްޔިތުން ގެ ޙައްގުގައި މަޖިލީހުން ކުރެވުނީ ކޮންކަމެއްތޯ ވިސްނާލެވުނުބާ؟ ހަމަ ސުމެއް.
ބައިރޯ
06 July 2020
ޔާމީނު ސަރުކާރުގަ މަޖުލިހުން ރައްޔަތުންނަށް ކޮށްދިންކަމަކީ ރަންޔަތުންގެ މެންބަރުން މަޖުލިސް ފާރުމަތިން މަގަށްއުކާލީ، ކޮށްދިންކަން ކުޑައެއް ނޫނެއްނޫން!
ޙާލަތު
06 July 2020
ޔާމީން ސަރުކާރުން ފުލެޓްތަށް ދިނީ ނާއިންސާފުން މެޑަމް އޮފީހުން ގުޅާފަ ޔާމީނު ވަރުވެރިޔަކު ނެތޭބުނި މީހުންނަށް. އަޅުގަނޑުގެ ޅިޔަނަށް 100 ޕޮއިންޓުން މަތިން މާކްސް ލިބުނު ޔާމީނާށް ތާއީދު ނުކުރަމޭ ބުނީމަ ނުލިބުނު. އޭނަ އަންހެނުންނަށް ފުލެޓްލިބުނީ ޔާމީނުވަރު ވެރިޔަކު މިގައުމަށް ނާދޭބުނެގެން. ޅިޔަނަށްވުރެން އަންހެނުންނަށް ލިބުނު މާކްސް މަދު
މުއައްޒަފެއް
06 July 2020
ތިއީ ވަރަށް ޒިންމާދާރު ކުޑަކޮށް ކޮށްފައިވާ ކޮމެންޓެއް. އަދި ތިއީ ޙަޤީޤަތެއް ވެސް ނޫން.
ޔެލޯ ކަލްޓް
06 July 2020
ދޮންކަލޯ ތިމައްސަލަ ބަލަން ބޮޑު މުސާރަދީފަ ވަކި ރިޔާސީ ކޮމިޝަނެއް ހަދައިގެން 2 އަހަރު މިވީ. ކޮންކަމެއްވީ؟
ޙަލަތު
06 July 2020
ނައިފަރު ދާއިރާގެ މެންބަރު މޮޔަފުޅުވެގެން އުޅުއްވާހެން ހީވަނީ. ފުލެޓް ނުނިންމާ ޙަވާލު ކުރީމަ ކޮންބަޔަކަށްތޯ ގޮސްވަދެވޭނީ. ތިބޭފުޅާ އަތުގަ ފައިސާ ހުއްޓަސް ނިކަމެތި ރައްޔިތުން އަތުގައި ފައިސާއެއް ނުހުރޭ.
ރާއްޖެ
06 July 2020
މި ސަރުކާރަށް އެތާ ދޮރާއި މުށި ޖަހާލާނެ ފައިސާއެއް ނެތް.
ވަހީދުބެ
06 July 2020
ނިންމާފަ ނުދެވެންޏާ ނުނިންމާ ވެސް ދޭން ވެއްޖެއެއްނު.
ފްލެޓުކުޑަބެ
06 July 2020
ގައުމު ތިޖޫރިއަކުވެސް ނެތް ފައިސާއެއް. ޗާޕު ކޮއްގެންވެސް ނުވެގެން އެއުޅެނީ. މުށި ނުޖަހާހުއްޓަސް، ދޮރުފަތްނެތަސް، ޖާގަ ކުޑަޔަސް، އެތަނަށް ވަންނަން ބޭނުންވާ ބަޔަކަށް ވަދެވެންޖެހޭނެ. އުޅެން ބޭނުންނޫނިއްޔާ ނުކުންނާނެ. ހަޖަމުނުވަނިއްޔޭ ބުނެލީމަ ނިމުނީ.