ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ޖޭއެސްސީގައި އިންނަނީ ސިޔާސީ ގޮތަކުން ނޫން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންނަވަނީ ސިޔާސީ މީހެއްގެ ގޮތުގައި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ވަކިކުރަން މިއަދު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން އިދިކޮޅު މެމްބަރުން އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މިއަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް ފަނޑިޔާރު ނަޖީބް ރޭ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައި ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ނަޝީދު އިންނަވާއިރު ޖޭއެސްސީގެ ރައީސަކީ ރައްޔިތުންގެ މަޖިލީޙުން އައްޔަންކޮށްފައިވާ އެމްޑީޕީ މެންބަރު ތުޅާދޫ ދާއިރާގެ ހިސާން ހުސައިނެވެ. ބަންޑާނަ ނައިބު އިބްރާހިމް ރިފްއަތު ވެސް ޖޭއެސްސީގައި އިންނަވާ އިރު އޭނާ އަކީ ވެސް އެމްޑީޕީގެ ބޭފުޅެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ މިއީ މުޅިން ވެސް ސިޔާސީ ބޭފުޅުން ކަމަށެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް: އޭނާ ވަނީ ޖޭއެސްސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި-- ފޮޓޯ: މަޖިލިސް

ތޯރިގް އެގޮތަށް ވިދާޅުވުމުން ހިތަދޫ ދެކުނު ދާއިރާ މެމްބަރު، އަދި ހިސާންގެ ފިރިކަލުން އިބްރާހިމް ނާޒިލް، ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ މިދިޔަ ފަސް އަހަރުގައި ވެސް ޖޭއެސްސީ އޮތްގޮތް މެމްބަރު ޓޮމް އަށް ވިދާޅުވެ ދެއްވުމަށް އެދޭ ކަމަށެވެ.

އެކަމަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ޖޭއެސްސީގައި އެ މަނިކުފާނު އިންނަވަނީ ސިޔާސީ މީހެއްގެ ގޮތުގައި ނޫން ކަމަށެވެ.

"ޖޭއެސްސީ މިރާއްޖޭގައި އުފެދުނީންސުރެއް އެ ކޮމިޝަންގައި ތިބެނީ ގާނޫނު އަސާސީ ބުނާ ގޮތުން ތިބެން ލާޒިމްކުރާ މީހުން. އޭގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެއްގޮތަކަށް ވެސް ސިޔާސީ ބޭފުޅެއް ނޫން. ކުޑަކޮށް ވެސް،" ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީން ސިޔާސީ ނުފޫޒު ނައްތާލަން އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަޝީދު ވިދާޅުވީ ގާޒީގެ މައްސަލައިގައި ޖޭއެސްސީން ކުރި ތަހުގީގު ހަ މަހަށް ކުރިއަށް ދިޔަ ކަމަށެވެ. އަދި އެ ހިސާބަށް ގޮސްފައި ވަނިކޮށް އޭނާ އިސްތިއުފާ ދެއްވުމުން އެ މައްސަލާގައި ދެން އަމަލުކުރާނެ ގޮތަކާ މެދު ސުވާލު އުފެދިފައިވާ ކަމަށް ވިދާޅުވި އެވެ.

"މިގޮތަށް މިކަން ދިމާވީމާ މި ދިމާވާ އުނދަގުލަކީ ސްލޫކީ މައްސަލައެއްގައި ވަކިކުރުމުގެ ގިނަ އިޖުރާތްތަކެއް ނިމިފައި ވަނިކޮށް ބޭފުޅަކު އިސްތިއުފާ ދެއްވީމާ އެ ބޭފުޅެއްގެ ސުލޫކީ މައްސަލައަށް އެ ހިސާބުން ކިހިނެއްތޯ ވަނީ. އެއީ އަޅުގަނޑަށް ގޮތް ނިންމަން އެނގިފައި ނުވާ ކަމެއް. އެހެންވެ އަޅުގަނޑު ނިންމާ ހުރީ މި އައިޓަމް އެޖެންޑާގައި ހިމެނުމަށް،" ނަޝީދު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގާނޫނާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ ފަނޑިޔާރެއްގެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ނުވަތަ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެ ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދީފިނަމަ މައްސަލަ އެ ހިސާބުން ބާތިލް ވާނެ ކަމަށެވެ.

"ޖޭއެސްސީން ގޮތެއް ނިންމައިފައި އަޅުގަނޑުމެންނަށް މި މައްސަލަ ފޮނުވާފައި މިއޮތީ. އަޅުގަނޑު ހިތުން އިއްޒަތްތެރި މެމްބަރުން މި މާއްދާއާ މެދު ސަމާލުވެ ލައްވާނެ މިކަމުގައި ކުރިއަށް ދާނެ ގޮތަކާ ގުޅޭގޮތުން،" ނަޝީދު ވިދާޅުވި އެވެ.

"ޖޭއެސްސީ މިރާއްޖޭގައި އުފެދުނީންސުރެއް އެ ކޮމިޝަންގައި ތިބެނީ ގާނޫނު އަސާސީ ބުނާ ގޮތުން ތިބެން ލާޒިމް ކުރާ މީހުން. އޭގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެއްގޮތަކަށް ވެސް ސިޔާސީ ބޭފުޅެއް ނޫން. ކުޑަކޮށް ވެސް،"

ޖޭއެސްސީގެ ރައީސް ހިސާން ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނުގެ 27 ވަނަ މާއްދާ ބުނާ ގޮތުން ޖޭއެސްސީއަށް އިސްތިއުފާގެ ސިޓީ ހުށަހަޅާ ހިސާބުން ފެށިގެން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ ކަމަށެވެ. އެހެންވެ ފަނޑިޔާރު ނަޖީބް އިއްޔެ އިސްތިއުފާ ދެއްވުމާއެކުގައި މިހާރު ވާނީ މަގާމުން ވަކިވެފައި ކަމަށް ހިސާން ވިދާޅުވި އެވެ.

"އެ އިޖުރާތުގެ ފަހަތަކަށް އޭނާ މަގާމުން ވަކިކުރުމާ ގުޅޭ އެހެން އިޖުރާތެއް ހިންގޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ނަމަވެސް މި ގާނޫނުގައި ބަޔާންކޮށްފައި އެބައޮވޭ އެގޮތަށް އިސްތިއުފާ ދެއްވުމުގެ ސަބަބުން އޭނާ އުފުލަން ޖެހޭ ޖިނާއީ ނުވަތަ މަދަނީ އިލްތިޒާމެއް އޭނާގެ ކިބައިން ބަރީއަ ވެގެން ނުދާނެކަން. އެހެންކަމުން އޭނާ ކުރި ކުށުގެ ސަބަބުން މީހަކަށް ބަދަލެއް ދޭން ޖެހޭ ކަމަށްވާނަމަ ނުވަތަ ޖިނާއީ ޒިންމާއެއް އުފުލަން ޖެހޭ ކަމެއް ވާނަމަ އެ މައްސަލަތަކަކީ އަދި ވެސް ކުރިއަށް ގެންދެވިދާނެ މައްސަލަތަކެއް،" ހިސާން ވިދާޅުވި އެވެ.

ހިސާން އެގޮތަށް ވިދާޅުވުމުން ނަޝީދު ވިދާޅުވީ އެގޮތަށް ނިންމަން ޖެހޭނީ ކޮމެޓީން ކަމަށެވެ. އަދި އެގޮތަށް ނިންމުމުގެ ބާރު އެމަނިކުފާނަށް ލިބިފައިވާ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް ވިދާޅުވި އެވެ.

Gaazee Najeeb isthiufaa dhevvaifi

Gaazee Najeeb isthiufaa dhevvaifi

The most trusted news source in the Maldives

Mihaaru

ގާޒީ ނަޖީބް އިސްތިއުފާ ދެއްވުން

އެ މައްސަލާގައި ބަހުސް ކުރައްވަމުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީއިން މަޖިލީހަށް ހުށަހަޅައިފައިވަނިކޮށް އިސްތިއުފާ ދެއްވުމުން އެއީ ނަޒާހަތްތެރި ފަނޑިޔާރެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންކަމުން އެހާލަތުގައި އިސްތިއުފާ ދެއްވާ ފަނޑިޔާރުންނަށް އިނާޔަތް ނުލިބޭ ގޮތަށް ގާނޫނީ ނިޒާމު ބައްޓަންކުރަން ހުށަހަޅާ ކަމަށް އީސަ ވިދާޅުވި އެވެ. އަދި އިސްތިއުފާ ދެއްވި ނަމަވެސް ޖޭއެސްސީން މައްސަލަ ބެލުން ހުއްޓާލައިގެން ނުވާނެ ކަމަށް ހިމަނަން ވެސް އީސަ ހުށަހެޅުއްވި އެވެ.

"ދިވެހި ރައްޔިތުންގެ މުދަލާއި ފައިސާއިން އަޅުގަނޑުމެން މިފަދަ އިނާޔަތްތައް ކަނޑައަޅާފައިވަނީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހިދުމަތް ކުރާ ފަރާތްތައް ރިޓަޔާ ކުރާ ހާލަތްތަކުގައި އެފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން،" އީސަ ވިދާޅުވި އެވެ.

"އެ އިނާޔަތްތައް ނަޒާހަތްތެރި ކަމެއް، ތެދުވެރިކަމެއް ނެތް ކަން ސާބިތުވެފައިވާ ފަނޑިޔާރަކަށް ނުވަތަ ވަކި ކުރުމުގެ މަރުހަލާގައިވާ ފަނޑިޔާރަކަށް ދޭން ޖެހޭ އެއްޗެއް ކަމަކަށް އަޅުގަނޑު ނުދެކޭތީ އަޅުގަނޑު ހުށަހަޅަން ޖޭއެސްސީއިން މައްސަލަ ބެލުމަށް ފަހުގައި އިސްތިއުފާ ދޭ ފަނޑިޔާރަކަށް އެ މައްސަލަ ބަލައި ނިމޭއިރުގައި އެކަން ސާބިތުވާ ނަމަ އެ ފަނޑިޔާރަކަށް އިނާޔަތް ލިބިގެން ނުވާނެ."

އީސަ އެގޮތަށް ހުށަހެޅުއްވިއިރު އެއީ މިހާރު ވެސް ޖޭއެސްސީއިން އަމަލު ކުރާ އުސޫލެކެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިހާރު ފަނޑިޔާރުކަމުގެ މަގާމު ލިބެނީ ސިޔާސީ ޕާޓީއެއްގެ ކެމްޕެއިންގައި އުޅުމުން ކަމަށެވެ.

"މިއަދު ވެރިކަން ކުރާ ޕާޓީން ހިތާ ނުވާ މީހެއް ހުރެއްޖެއްޔާ އެ މީހެއްގެ ސުލޫކީ މައްސަލަ އެބަ ފެންމަތިވޭ. އެ މީހާގެ ސްލޫކީ މައްސަލައެއް އެބަ އާދޭ. އެ މީހާ އެބަ ޖެހޭ ވަޒީފާއިން ވަކިކުރަން،" ޝިޔާމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ އަޑު އެހުންތައް ހައި ކޯޓްގައި ކުރިއަށް ނުދާ ކަމަށާއި އެހެންކަމުން އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ވެސް ބެލެން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރަން ޖެހޭ. މިދެންނެވި ހައި ކޯޓްގެ ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ނަމަވެސް. އެތަނަށް ފަނޑިޔާރުން ލައިގެން{ނަމަވެސް}" ޝިޔާމް ވިދާޅުވި އެވެ.

ޖޭއެސްސީން ކުރިން ބުނެފައިވަނީ ނަޖީބު ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އޭނާ މަސައްކަތް ކުރެއްވި މައްސަލައަކާއި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި އެއްވެސް ތަހުގީގީ އިދާރާއަކުން ނޭދެނީސް، އުސޫލުތަކާ ޚިލާފަށް ދެ މީހަކު ހައްޔަރު ކުރުމަށް އަމުރު ނެރުނު މައްސަލައެއްގައި ކަމަށެވެ.

ނަޖީބުގެ އިތުރުން އެހެން ބައެއް ފަނޑިޔާރުން ވެސް މީގެ ކުރިން ވަނީ ވަކިކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ފަނޑިޔާރުންގެ މައްސަލަ މިހާރު ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

12 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިއްދޫމީހާ

06 July 2020

މެރަޑޯނާ ކޯޗް ކޮއްދެނީ އެއީ ކުޑަކޮއްވެސް ކުޅިވަރުގެ މީހެއްގެ ގޮތުގާއެ ނޫން...

The name is already taken The name is available. Register?

ަަަަަ

06 July 2020

އިތުރު ރުފިޔާކޮޅެއް ހޯދަންކަން އެނގޭ ތިތާ ގޮސް ތި އިންނަނީ

The name is already taken The name is available. Register?

ބޮޑާ އަންނި

06 July 2020

މީނައަކީ މަޤާމު ލިބުމާއެކު ބޮޑާ ވާމިހެއް.

The name is already taken The name is available. Register?

އުދުހޭ

06 July 2020

މީގެ ކުރިން އެއްވެސް މައްސަލައެއްގައި ހުކުމެއް ކުރެވި ޖަލަށް ލާފައިވާ މީހަކު ޖޭއެސްސީގައި އިނުމަކީ އަޅުގަނޑަށް ވިސްނޭގޮތުގައި ވަރަށްބޮޑު ޖޯކެއް.

The name is already taken The name is available. Register?

ކުޑަމީހާ

06 July 2020

އާނ އަންނި ހަމަ އެއީ ސިދުރަތުލް މުންތަހާ މަތީ ކައިރިން ފައިބައި ވަޑައިގަންނަވާފައިވާ ބޭފުޅެއް. އެއްގޮތަކަށްވެސް އެބޭޅާ ސިޔާސީ ނުފޫޒެއް ނުފޯރުވާނެ. އެއަށްވުރެ މާތްވާނެ. ސިޔާސީ ނުފޫޒުގެ ސްޕެލިން ވެސް ނޭނގޭނެ އަންނިއަށް. ޖުޑީޝަލް ސާވިސް ކޮމިޝަންއަށް ސިޔާސީ ނުފޫޒު ފޯރުވަނީއޭ ކިޔައިގެން ތިކަހަލަ ބޮޑެތި ތުހުމަތުތައް އަންނި ބޮލުގަ އަޅުވަން ހެޔޮވެސް ނުވާނެ. އޯމައި ގޯޑް ހާދަ ގޯހޭދޯ....

The name is already taken The name is available. Register?

އުދުރުތައްޙާނުގެއަލިމަނިކުފާނު

06 July 2020

މަޖުލީހުގެ ގޮނޑިގައިވެސް ތިޔަ އިންނަނީ ބޮޑުވަޒީރުގެ ހައިސިއްޔަތަކުންނެއްނޫން. އެކަމަކު ހުންނަނީ ބޮޑުވަޒީރުހެދިފާ ވަރަށް ބޮޑޭވެފާ.

The name is already taken The name is available. Register?

ދަވާލި19

06 July 2020

އެއީ ތެދެއް މިސޮރު އެތާ އިންނާނީ ސިޔާސަ ކުއްޖެއްގެ ގޮތުން ބޯބުރާންތި

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

06 July 2020

އެމްޑީޕީ އޮޕޮޒިޝަންގަ އޮންނަ އިރު:(ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުވާންޖެހޭ).އެމްޑީޕީއަށް ވެރިކަން ލިބުނީމަ:(ނޫނޭ، އެއީ އެހެން ބުނި އެއްޗެއް ނޫން.ކޮމްޕޮޒިޝަން އޮތީ ވަރަށް ރަނގަޅަށް). ހެހެހެހެހެ.#ތާޑްއައިބްލައިންޑް

The name is already taken The name is available. Register?

ބޮޑުމީހާ

06 July 2020

ޖޭއެސްސީގައި ތިބި ހުރިހާ ސިޔާސީ މީހުން އެއްފަރާތްކޮށް އެ ކޮމްޕޮސިޝަން ބަދަލުކުރަންޖެހޭ. މީ އެމްޑީޕީން ނަގައިދިން ފިލާވަޅު. ރައްޔިތުން ވޯޓް ދިނީ މިކަން ފުރިހަމަކުރަން. ބާރުތައް ޕީޕީއެމްއިން ނަގާ އެމްޑީޕީއަށް ދޭކަށްނޫން

The name is already taken The name is available. Register?

ކިޔު5

06 July 2020

ކޮންމެ ބަޔަކުވެސް ބެރުގައި ތިބޭއިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ކަމަކުނުދޭ. ވ. ސިޔާސީ މީހުން ތިބޭ، ސިޔާސީ ނުފޫޒު އޮންނަ ތަނަކަށްވާކަމަށްވަނީ! އެކަމަކު، އެތެރެވެ އެ ގޮޏޑިތައް ލިބުމުން އެކަން އިސްލާހުކުރާކަށް ނޫޅޭ. ބަލަނީ، އެހެންތިބެވޭތޯ! މިއީ، ވިސްނާލަންޖެހޭ ކަމެއް ނޫންތޯ!؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454