ތިލަފުށީގެ ސެކިއުއާ ބޭގް ކުންފުނީގެ ގުދަނުގައި މިއަދު ހެނދުނު އަނެއްކާ ރޯވުމުން އަލިފާން ނިއްވަން ފެންޖަހަނީ.---ފޮޓޯ: އެމްއެންޑީއެފް
08 ޖުލައި 2020 - 14:10
ސެކިއޯ ބޭގް ކުންފުނީގެ ގުދަންތަކުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި 11 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު، ރޭގެ ހާދިސާއާ އެކު ވެސް އެ ގުދަނުގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ގެއްލުންވެއްޖެ އެވެ.
ރޭ 8:30 ވާން އުޅެނިކޮށް ރޯވި އަލިފާންގަނޑު އެއްކޮށް ކޮޓްރޯލް ކުރެވުނީ ދަންވަރު 12 ޖަހާކަންހާއިރު ކަމަށް ވިޔަސް ދޭތެރެދޭތެއިން ހުޅު ހިފާތީ މިއަދު މެންދުރާ ހަމައަށް ވެސް ސިފައިންގެ ފަޔާ ޓީމުން އަންނަނީ ފެން ޖަހަމުންނެވެ. އަނދާފައިވާ ބައެއް ތަކެތީގެ އަޑީގައި އަދިވެސް ހުޅު ހިފާތީ ފަޔާމަނުން އެ ތަން ދޫކޮށްފައެއް ނުދެ އެވެ.
މި އަލިފާނުގައި ލިބުނު ގެއްލުންތަކުގެ ސީދާ އަދަދެއް އަދި ނޭނގުނު ނަމަވެސް ފެންނަން ހުރި ފޮޓޯތަކަށް ބަލާއިރު ގެއްލުން ކުޑަވާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ. އެ ތަނުގައި ހުރި އެއްވެސް އެއްޗެއް ބޭނުން ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.
ސެކިއޯ ބޭގް އަކީ ދަގަނޑުގެ ބާވަތްތައް ގަނެ، އެކްސްޕޯޓުކުރާ ބައެކެވެ.
ސެކިއޯ ބޭގްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ، އަލިފާންގަނޑު އެއްކޮށް އަދިވެސް ނިއްވައި ނުލެވޭތީ، އިތުރު ކަންކަން ސާފުނުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގުދަން ކައިރީގައި އަދިވެސް ހަރަކާތްތެރިވަނީ ސިފައިންނެވެ. އަލިފާން އެއްކޮށް ނިއްވައި ނުލެވޭތީ ގުދަނާ ކައިރިވުމުގެ ހުއްދަ އަދި ނެތް ކަމަށް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ 21،000 އަކަފޫޓުގެ ގުދަނުގައި ހުންނާނީ މައިގަނޑު ގޮތެއްގައި ބާ ދަގަނޑާއި ދަގަނޑު ހޮޅި އާއި ބާ ޓަޔަރާއި ކަރުދާހާއި ލަކުޑި އެވެ.
އޭނާ ބޮޑަށް ލަފާކުރައްވަނީ ގުދަނުގައި ރޯވީ ޓަޔަރުތައް ބަހައްޓާފައި ހުރި ތަނާ ކައިރިން ކަމަށެވެ
ސެކިއުއާ ބޭގްގެ ސައިޓުން މިއަދު ހެނދުނު ދުން އަރަނީ.---ފޮޓޯ: އެމްއެންޑީއެފް
ޝަރީފު ވިދާޅުވީ، ސެކިއޯ ބޭގްގެ ގުދަނެއްގައި ފުރަތަމަ ރޯވީ 2008 ވަނަ އަހަރު މާލޭގެ ކުނި ގޮނޑުގައި ހިނގި އަލިފާނުގެ ހާދިސާގައި ކަމަށާއި އެ ފަހަރު ހަތް މިލިއަން ރުފިޔާގެ ގެއްލުންވ ވެއެވެ.
އޭގެ ފަހުން، ތިލަފުއްޓަށް ގުދަން ބަދަލުކޮށްފައި ވަނިކޮށް 2010 ގެ ފަހުކޮޅު ހިނގި ހާދިސާއެއްގައި ހަތަރު މިލިއަންގެ ގެއްލުން ވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 8:24 ހާއިރު އެވެ. އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ފުލުހުންނާ އެކު ފަޔާ އެންޑް ރެސްކިއުގެ ބެކަޕްޓީމެއް ވަނީ ހަރަކާތްތެރިވެފަ އެވެ.
އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ ރެއިން ފެށިގެން ފަޔާ އެންޑް ރެސްކިއު ޓީމުން އަދިވެސް ފެންޖަހަމުން އަންނަ ކަމަށެވެ. ފަހުން ފެން ޖަހަނީ ހޫނުގެ ސަބަބުން އަދިވެސް ހުޅުގެ އަސަރު ކޮންމެސް ވަރަކަށް ހުރުމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލާމްސާހިބް
09 July 2020
މިލިޔުމުގައި އެއްތަންކޮޅު މަދުކަމަށް ފާހަގަކުރެވޭ، މި ތިން ހާދިސާ ހިނގިއިރު މިގުދަންތައް އަންޝޫރަންސް ކޮށް ފައި ނުވާކަން...):
ފެންތަށި
09 July 2020
މިވަރުންވެސް ތި ސެއިކޯ ބޭގަށް ނުވިސްނޭ ދޯ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ތި ގުދަންތަކުގަ އަޅާކަށް. ބަޔަކު މަރުވީމަ އޮތަ؟
ވޮޗްޑޯގް
08 July 2020
ދައުލަތަށް ލިބުނީ ކިހާ ބޮޑު ގެއްލުމެއްތޯ؟ އަލިފާން ނިއްވަން ކުރި ހަރާދާއި ވަގުތު ކޮބާތޯ؟ މިކަހަލަ ކަންތައް ކުރާއިރު އަމިއްލަ ޒިންމާ ވަރަށް ބޮޑު ވާންވާނެ. އަލިފާން ނިއްވާނެ ބޮޑު ސިސްޓަމެއް މުޅި ސައިޓުގައި ހުންނަންވާނެ.
މހުގތ3
08 July 2020
އެއްވެސް ކަމެއް ތަރުތީބެއް ނޫން.. ރަނގަޅު އިބްރަތަކަށް ނުވޭ އެއްފަހަރުވެސް.. ކިތައް ފަހަރު މިހެން ހަމައެއް ލަމައެއްނެތި ހުރި ގުދަން ތަކުގަ ރޯވީ.. އޭގެ ސަބަބުން ތަރުތީބުން ހުންނަ މީހާއަށްވެސް އަސަރުކުރާތީ މައްސަލައަކީ..ގްރޭޓާ މާލެ އަލުން ތަރުތީބުކޮށް، ވެރިން ބަދަލުކޮށް، ތިލަފުއްޓަށް ރަނގަޅު ބަދަލެއް ގެނަސްފިނަމަ ، އެތައް ބަޔަކަށް ވިޔަފާރީގެ ފުރުޞަތު ހުޅުވިގެން ދާނެ..
ކަސަބު
08 July 2020
މިއިން ދޭހަވަނީ ދެކަމުން އެއްކަން. މިއީ ފަރުވާ ކުދަބައެއް ނޫނިއްޔާ މިއީ ގަސްތުގައި ބަޔަކު ކުރާކަމެއް.
ރަދީފްއޮފިޝިއަލް
08 July 2020
ހާދަ ދެރައޭ.ވަރަށް ބޮޑު ގެއްލުމެއް.ސެކިއޯ ބޭގްގެ ފަރާތުން ތަން (ގުދަންތައް) ސެކިއޯ ކުރުމަށް ފާއިތުވި ތަޖްރިބާއަށް ބަލައިގެން އެއްވެސް ފިޔަވަޅެއް އަޅާފަވޭތަ؟ ތަނުގަ ނަން ވަރަށް ރީތި.ނަމުގެ މާނައިގަ އަސްލު ބުނާ ގޮތަށް ތަން ވެސް ސެކިއޯ ކުރުމަށް މަސައްކަތްކުރުން އެއީ ބޭނުންތެރިކަމެއް.ކިތަންމެ ބަލައިގެން އުޅުނަސް ޓެކްނިކަލް މައްސަލައެއް މެދުވެރިވެ އަލިފާނުގެ ހާދިސާއެއް ހިނގާފާނެ.ލިބުނު ހިތާމައިގަ ބައިވެރިވަން.ވ.ވެދުން
މަކީޓާ
08 July 2020
ސެކިޔޯބޭގް ގެ ގުދަންތަކަކީ ފަށޭހައިން އަލިފާން ރޯވާ ގުދަންތަކެއްކަން 3 ވަނަ ހާދިސާއިން ވެސް ދެނެގަނެ، އެ ގުދަންތައް މާލޭން ބޭރުކުރުމުގެ އަވަސް ފިޔަވަޅުތަކެއް އަޅާނެކަމަށް އުއްމީދުކުރަން. އަދި މާލޭގެ އެ ސަރަހައްދުގައި ހުންނަ ނީލަމުން ނަގާޢެއްޗެއްސާ، ޕިކަޕުތަކުން އުކާލަންގެންދާ ތަކެތި ޖަމާކޮއްފަ އެހެރަ ގޮޅިތަކަކީވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ވަރަށް ނުރައްކާ ވެދާނެފަދަ ގުދަންތަކެއް. އެ ގުދަންތައްވެސް ތިލަފުއްޓަށް ބަދަލްކުރަންޖެހޭ.ބަންދު.
ގުރަހަ
08 July 2020
"އޭގެ ފަހުން، ތިލަފުއްޓަށް ގުދަން ބަދަލުކޮށްފައި ވަނިކޮށް 2010 ގެ ފަހުކޮޅު ހިނގި ހާދިސާއެއްގައި ހަތަރު މިލިއަންގެ ގެއްލުން ވެފައިވާ ކަމަށް ވިދާޅުވި އެވެ." މަކީޓާގަ އެބައުޅޭ ޓެކްނިކަލް މައްސަލައެއް
ކޮރަލް
08 July 2020
އާޓިކަލް ކިޔާފަ ކޮމެންޓް ކޮށްބަލާށެވެ. އަލިފާން ރޯވީ ތިލަފުށީގަ ހުރި ގުދަނެއްގަ އެވެ.