ޔާމީންގެ ވަކީލުންގެ ޓީމުން ނޫސްވެރިންނާ ބައްދަލު ކުރަނީ: އެމްއެމްޕީއާރުސީގެ މައްސަލާގައި ޕީޖީ އިންސާފުވެރި ނުވާނެ ކަމަށް ވިދާޅުވި -- މިހާރު ފޮޓޯ/އަހުމަދު އަވްޝަން
08 ޖުލައި 2020 - 17:49
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިންސާވެރިވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިސް މިހާރު އޮތްގޮތުން، އެމްއެމްޕީއާރުސީގެ މައްސަލައިގައި އިންސާފުވެރިކަމާ އެކު ޕްރޮސެކިއުޓާ ޖެނެރަލް ދައުވާއެއް އުފުލައްވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވަކީލަކަށް ކުރިން އުޅުއްވި ބޭފުޅަކަށް ވާތީ، އިންސާފުވެރިކޮށް ޝަމީމަށް އަމަލު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: ޔާމީންގެ ވަކީލުންގެ އިތުބާރެއް އޭނާގެ މައްޗަކަށް ނެތް.---ފޮޓޯ: މިހާރު
"އިއްޔެ އެ މީހުންގެ ވަކީލަކަށް ހުންނަވާފައި، މިއަދު އެ މީހުން ބޭނުން ކުރައްވައިގެން އިދިކޮޅު ލީޑަރުގެ މައްޗަށް ދައުވާ އުފުލާތަން މި ފެންނަނީ. އަޅުގަނޑަށް ފެންނަނީ ވަރަށް ދެރަވަރު، ވަރަށް ލަދުވެތި، ހުތުރު އަމަލެއް އެ ހިންގަވަނީ،" ޔާމީންގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސް އަދި ފަހުން އުފެދުނު ކޯޅުމުގައި އެ މަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރެއްވި ޖަމީލް ވިދާޅުވި އެވެ.
އަދީބާއި ޒިޔަތަށް އިޝާރާތް ކުރައްވައި، ޖަމީލް ވިދާޅުވީ ކުށުގެ އަސްލު ބައިވެރިން ދައުލަތުގެ ހެކިވެރިންގެ ގޮތުގައި ބަލައިގަންނާނެ އެއްވެސް ނިޒާމެއް ދުނިޔޭގައި ނޯންނާނެ ކަމަށާއި އެކަމަކު އެމްއެމްޕީއާރުސީގެ މައްސަލައިގައި އެގޮތަށް ދައުލަތުން އަމަލު ކުރަމުންދާ ކަމަށެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން ޑރ. ޖަމީލް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ޔާމީންގެ ޕީޕީއެމާ މިދިޔަ މަހު އަލުން ގުޅިވަޑައިގެން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ހުންނެވި ޖަމީލް ވިދާޅުވި ގޮތުގައި، އެފަދަ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި އޮވެ އެވެ. އެކަމަކު އަދީބާއި ޒިޔަތު ހެކިވެރިންގެ ގޮތުގައި ބަލައިގަނެ، އެ މީހުން ތިބީ ގޭގައި ކޮން އުސޫލުންތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ.
"އަސްލު މުއްތަހަމުންނަށް ޕްލީ ބާގެއިންކޮށް، އެ މީހުންނަކީ ކުށް ސާބިތުވެފައި ވެސް ތިބި މީހުން. އަލަށް އަޅުގަނޑުމެން އަޑު މި އެހީ ދުނިޔޭގެ އެހެން ތަންތަނުގައި އަސްލު މުއްތަހަމުން ހޯދަން މަސައްކަތް ކުރަނީ،" ޖަމީލް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ މިހާރު ވީ ތަނެއް ނޭނގެ އެވެ. އެ މައްސަލަ ބެލުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅު ލީޑަރާއި އިދިކޮޅު ފަރާތްތަކުގެ މައްސަލަތައް ބަލަން ކަމަށާއި މަޖިިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އިސް ފަރާތްތަކުގެ މައްސަލަ ބެލުމުގެ ވިސްނުމެއް ނެތް ކަމަށާއި ފުލުހުންގެ އިދާރާ ވެސް އޮތީ ސިޔާސީ ވެފައި ކަމަށް ވިދާޅުވި އެވެ.
"ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅާ އަށް އެކަނި މި މައްސަލާގެ ތުހުމަތު ރައްދުވަނީ. ކޮބައިތޯ ދެން ތިބި މީހުން؟. ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން؟. ކެރޭނެތޯ އެންމެން އެކު އެކީގައި ފުލުހުންގެ މުއައްސަސާއަށް ހާޒިރުކޮށްގެން އެކު އެކީގައި ސުވާލު ކުރަން؟. އެ މަންޒަރު ފެނިގެނެއް ނުދޭ،" ޖަމީލް ވިދާޅުވި އެވެ.
ހައި ކޯޓުގައި މިއަދު އޮތް ޝަރީއަތަކަށް ފަހު، ޔާމީން އަނބުރާ ދޫނިދު އަށް ގެންދަނީ.---ފޮޓޯ: އަހުމަދު އައުޝަން/މިހާރު
ޖަމީލް ވިދާޅުވީ ކުންފުންޏަކުން މީހެއްގެ އެކައުންޓަށް ފައިސާ ޖަމާ ކުރުމުން ފައިސާ ލިބުނު މީހާ އެކަނި ކުށްވެރިވުމަކީ ހެއްވާ ކަމެއް ކަމަށާއި ޔާމީން ޖަލަށްލީ އެގޮތަށް ކަމަށެވެ. ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން މިހާތަނަށް ވެސް ކަނޑައަޅާފައި ނުވާ ކަމަށާއި އެގޮތަށް މީހުން ޖަލަށް ލެވޭ ނަމަ ރާއްޖެ އެ ދަނީ އެތައް އަހަރެއް ފަހަތަށް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"ކޮންމެ އެއްޗެއް އުޑުހިޔާ ދަށުގައިވާ. އެ މީހުންނަށް ނުވިސްނޭ ކޮންމެ އެއްޗަކަށް ހުކުމް ޖަހަން ވެއްޖިއްޔާ 88 ގެ ހ. ގެ ދަށުން ދައުވާ ކޮށްފައި ޖަހަނީ. ހަމަ އެ ނިޒާމު މިއަދު މި ގެންނަނީ،" ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާކުރި ދުވަސްވަރަށް އިޝާރާތް ކުރައްވައި، އެ މަނިކުފާނު ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމަށް އިންސާފުވެރިކޮށް އަމަލު ނުކުރެއްވޭނެ ކަމަށް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވިއިރު، އިއްޔެ އިދިކޮޅުން ޝަމީމާ ބައްދަލުކުރުމަށް ފަހު އޭނާއަށް ވަނީ ތައުރީފުކޮށްފަ އެވެ. އަދި ނުފޫޒެއް އަންނަ ނަމަ މަގާމުގައި ނުހުންނަވާނެ ކަމުގެ ޔަގީން ކަން ޝަމީމް ދެއްވި ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން އިއްޔެ ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރިމަތީ
09 July 2020
ޔާމީނަށް ވެރިކަން ކުރަން ލިބުނީމަ ތެދުވރިއރއް ނުވެވުނު ވީ ޚިޔާނާތް ދިނީ އަނިޔާ ޚޫދް ޖަމީލަކީވެސް ޔާމީނުގެ ފުށުން އަނިޔާ ލިބުނު މީހެއް އެގެންވެ 2 ވަނަ ދައުރަކަށް ނުހޮވުނީ ދެން ނުހޮވޭނެ ޔާމީނު އަދިއަދަށްވެސް ކޯޓުގެ ޙުކުމާއި އެއްގޮތަށް އަދި އަދަށްވެސް ފައިސާ ނުދައްކާ
އާންސީ
09 July 2020
ޑރ ލަގަބު ހިފައިގެން ދެފުށަށް ކެނޑުން ނޫން ކަ މެއްވާ މމމ މީހެއް ނޫން ޖަ މީލަކީ.
ބޭބެ1
08 July 2020
އިންގޭ އިންސާފުގެ ދަތުރު ފެށީ ހޯރައިއްބެ އާއި ހިސާބުން.
ކާޖާ
08 July 2020
ހުދު ޖަމީލުވެސް ވަނީ ތިޔަ މައްސަލައިގައި ޔާމީނަށް ވަގަށް ގޮވާ ނުގޮވާކަ އެއްޗެއްނެތް. މިއަދު ކިހިނެތް ޔާމީނު ދިފާއު ކޮށްދޭނީ!
ކޮސް ގޮވުން
08 July 2020
އިއްޔެ ޔާމީނަށް ހެއްދެވި ނެހެއްދެވިއަށް ގޮވާފަ މިއަދު ޔާމީނުގެ ވަކީލަކަށް މަސައްކަތް ކުރުމަކީވެސް ވަރަށް ދެރަވަރު ވަރަށް ލަދުވެތި ކަމެކެވެ. އިންސާފުވެރި ކަމާއި ހަމަހަމަ ކަމާއެކު ޔާމީނު ދިފާއުކޮށްދޭނެތޯއެވެ.
1234
08 July 2020
ކޮބާ އަދުރޭ އަދި މިއުޅެނީ 1 ދުވަސް ނުވެގެން
ައަފުރާސިޔާބު
08 July 2020
ހުކުމް ކުރާނީ ކޯޓްތަކުން. ޝަމީމަށް އޮތީ ސާބިތުކޮށްދިނުމުގެ ބުރަ. ބުރަ ލުއިފަރާތުގައި ޔާމީނުގެ ސިޔާސީ ހަތުރު ޔާމީނުގެ ކުރީގެ ނާއިބް ޖަމީލް. ދެން އިންސާފު ލިބޭނޭ މިންވަރު ވަޒަންކޮށްލައްވާ. ތިމާއަށް މައުސޫމުކަން ނުދެއްކެވުމަކީ ޝަމީމް ކުރާނޭ ކަމެއް އެކަމުގައި އޮތްކަމެއްނޫން. އޭނާ ވާހަކަ ދައްކަނީ އޭނާއަށް ލިބިފައިވާ ހެކީގެ މައްޗަށް. އެހެކި ނަފީކުރުމަކީ ޑރ.ޖަމީލުގެ ކަމެއް.
ކިޔުންތެރި
08 July 2020
އެއްވާހަކައެއް ދެފަހަރު އެއްގޮތަށްނުބުނެވޭ ދެފުށްދެގޮތް މީހުން ވަކީލުންނަށް ލައިގެން ކިހިނެތް ރަގަޅުވާނީ ސިޔާސީގޮތުން ބޮލާފޮށާ އެލިފަވާ މީހެއްތީ
އާރީ
08 July 2020
އަދުރޭ ބުނި ފީޖީ ސަމީމަކީ އަލިފެކޭ.
އިބްރާހީމް
08 July 2020
ޔާމީނަށް ވަގަށް ގޮވަން އަންނި މެނާއެކު އުޅެފައި އައިސް ޔާމީނުގެ ލީގަލް ބޮޑަކަށް ހެދިގެން އުޅޭތީ ދެރަވެ ލަދުގަނޭ އެހެން މީހުންގެ ވާހަކަ ދައްކާ އިރު ތިމާމީހާ އަށް އެހެން މީހުނާދިމާލަށް މި ކިޔޭ އެތި އެބައެގޭ ބާ؟ ވެރިކަމަށް ބޫތް ކާފަ ހުރި ވަރު މިފެންނަނީ