ރިޕޯޓް / ބިދޭސީން

އާއިލާއަށް ކާއެއްޗެއް ނުލިބޭތާ ހަ މަސް: ހައްގުތައް ކޮބާ؟

އެތައް މަހެއްގެ މުސާރަ ނުދިނަސް ޓްރައިބިއުނަލް އަށް ގޮސްގެން އިންސާފު ހޯދަން ބިދޭސީ މަސައްކަތްތެރިންނަށް ބޮޑެތި ހުރަސްތަކެއް އެބަހުރި.

ބޮޑު ފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތްކުރުވައި މުސާރަ ނުދީ ތިބި، ރިޒް ކުންފުނީގެ ބަންގްލަދޭޝް މުވައްޒަފުން އެ ރަށުގައި މިދިޔަ ހޮނިހިރުދުވަހު ޕީއައިއެލްސީގެ ވަކީލުންނާ ބައްދަލުކުރަނީ. ފޮޓޯ: ޕީއައިއެލްސީ

މުސާރަ ނުލިބި ތިބި 179 ބިދޭސީއަކާ އެކު ބ. ބޮޑުފިނޮޅުގައި ހޭދަކުރި 12 ގަޑިއިރު ތެރޭ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ވަކީލުންނަށް އަޑުއިވުނީ އެތައް މަސް ދުވަހުގެ އުދާސްތަކެވެ. އެ މީހުން، ބޭރު ގައުމެއްގެ އެކަހެރި ރަށެއްގައި ބިކަވެފަ އެވެ؛ ބަންގްލަދޭޝްގައި ތިބި އެ މީހުންގެ އާއިލާތައް ހައިހޫނުކަމުގަ އެވެ.

"ތިމަންނަގެ އަންހެނުންނާއި ދަރިންނާ ހަ މަސް ދުވަސް ވެއްޖެއޭ ކާނެ އެއްޗެއް ނުލިބިގެން އުޅޭތާ، އެހެން ބުނެފައި، ބޮޑެތި ފިރިހެނުން ހަމަ ރުއީ،" ޕީއައިއެލްސީގެ ރައީސް އަދި ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވި އެވެ.

ކުންފުނިތަކުން ބިދޭސީން ލައްވައި މަސައްކަތްކުރުވައި މުސާރަ ނުދީ އަދި އިންސާނީ ހައްގުތަކުން މަހުރޫމްކޮށްގެން ގެންގުޅޭ މައްސަލަ ބޮޑުވެފައި އޮތް މިންވަރު، ބިދޭސީންގެ މުޒާހަރާތަކާއި ހަމަނުޖެހުންތަކުން ހާމަވަމުންދާ މި ދަނޑިވަޅުގައި އެއް ސުވާލަކީ މުސާރަ ނުދިނީމާ ހައްގު ހޯދަން ބިދޭސީން މުއައްސަސާތަކަށް ނުދިޔައީ ކީއްވެގެންތޯ އެވެ.

ގާނޫނީ ގޮތުން ހައްގުތަކެއް ކަށަވަރުވެފައި އެބަ ހުއްޓެވެ. މުއައްސަސާތަކެއް ވެސް އެބަ ހުއްޓެވެ. އެކަމަކު އިންސާފު އެއީ ބިދޭސީންނަށް ހޯދެން ނެތް އެއްޗެކެވެ.

""ޕާސްޕޯޓު ނެތި، މާލެ އާދެވޭނެ ގޮތެއް ނެތި، އޮންލައިން ވެވޭނެ ގޮތެއް ނެތިފައި ތިބޭ ބައެއްގެ ވާހަކަ މި ދައްކަނީ. ކިހިނެއް އެ މީހުން ތަންތަނަށް މައްސަލަ ހުށަހަޅަން ދާނީ؟"

ހުޅުމާލޭގައި ތިބި އައިލެންޑް އެކްސްޕާޓްސްގެ މުވައްޒަފުން އަދި ބޮޑުފިނޮޅުގައި ރިޒްގެ މުވައްޒަފުން ވެސް، އެ މީހުންނާ ދޭތެރޭ ކަން ކުރަމުންދިޔަ އިހާނެތި ގޮތްތަކާ ހެދި އާއި މުސާރަ ނުދީގެން، ކުރިންސުރެ ޝަކުވާކުރަމުން ދިޔަ ކަމާއި އެކަމަކު އެ އަޑު އަހާނެ ބަޔަކު ނުވިކަން މި މައްސަލަތަކުގައި ކަން ހިނގާފައި ހުރި ގޮތްގޮތުން ދޭހަވެ އެވެ. އަނެއްކޮޅުން، އިންސާފު ހޯދަން އަމިއްލަ އަށް އުޅެވޭނެ ފަދަ ގާބިލްކަމެއް، އެތައް ސަބަބަކާ ހެދި، ބިދޭސީ މަސައްކަތު މީހުންގެ ކިބަޔަކު ނެތެވެ.

ޝުނާނާ ވިދާޅުވި ގޮތުގައި ކުންފުނިން ޕާސްޕޯޓު އަތުލާފައި އޮންނާތީ ޓްރައިބިއުނަލް އަށް ހުށަހަޅާނެ އައިޑީއެއް ނެތުމުން ފެށިގެން ގޮސް އެތައް ހުރަހެއް ބިދޭސީންނަށް އެބަ ހުއްޓެވެ.

"ޕާސްޕޯޓު ނެތި، މާލެ އާދެވޭނެ ގޮތެއް ނެތި، އޮންލައިން ވެވޭނެ ގޮތެއް ނެތިފައި ތިބޭ ބައެއްގެ ވާހަކަ މި ދައްކަނީ. ކިހިނެއް އެ މީހުން ތަންތަނަށް މައްސަލަ ހުށަހަޅަން ދާނީ؟" އޭނާ ސުވާލުކުރެއްވި އެވެ.

"ޓްރައިބިއުނަލް އަށް މައްސަލައެއް ހުށަހަޅާނީ ކިހިނެއް ކަމެއް، ކޮން ފޯމަކުން ކަމެއް، އޭގެ ތަފްސީލްތައް ދިވެހިންނަށް ވެސް އޮޅުންއަރާ. ކިހިނެއް މިފަދަ ހާލަތެއްގައި ހުންނަ ބިދޭސީއަކު އެ ތަފްސީލްތައް ހޯދައިގެން މައްސަލަ ހުށަހަޅާނީ؟"

ޝުނާނާ (ކ2) އާއި އެހެން ބައެއް ވަކީލުން ބޮޑު ފިނޮޅުގައި ބިދޭސީ މީހަކާ ވާހަކަދައްކަވަނީ. ފޮޓޯ: ޕީއައިއެލްސީ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ހައްގުތަކަކީ ކޮބައިކަމެއް އަދި އިންސާފު ހޯދަން ވަކީލަކަށް ގުޅާނެ ގޮތެއް ވެސް ގިނަ ފަހަރަށް ބިދޭސީންނަކަށް ނޭނގެ އެވެ. އޭނާ ވިދާޅުވީ މަސައްކަތްކުރުވަން ގެންނަ މީހުން ރާއްޖެ އެތެރެވާ ހިސާބުން ނުވަތަ އޭގެ ފަހުން ވިޔަސް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން، ހާއްސަކޮށް މައިގަނޑު ޒިންމާ އޮތް ލޭބަ ރިލޭޝަންސް އޮތޯރިޓީން، ބިދޭސީންނަށް އެ މައުލޫމާތު ދީގެން ހޭލުންތެރިކަން އުފައްދަން ޖެހޭނެ ކަމަށެވެ.

"އެ ކަންކަން ނުކުރާ ކަމުގެ ނަތީޖާ މި ނުކުންނަނީ،" ކާކުކަން ހާމަވެއްޖެއްޔާ މަސައްކަތަށް ދަތިތަކެއް ދިމާވެދާނެތީ ނަން ނުޖަހަން ޝަރުތުކުރައްވާ އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑުމެން ލަންކާ އަށް ނުވަތަ އިންޑިއާ އަށް ގޮސް އުޅޭ އިރު އެ ގައުމުތަކުގެ ގާނޫނުތަކާއި ގަވާއިދެއް ނޭނގޭނެ. ދެން މި ދައްކަނީ އަންސްކްލިޑް ލޭބަރާސްގެ ވާހަކަ. ތައުލީމީ މީހުންގެ ވާހަކައެއް ނޫން. އެ މީހުންނަށް، އެ މީހުންނަށް ރާއްޖޭގައި ލިބިގެންވާ އަސާސީ ހައްގުތައް ވެސް އެނގޭނެ ކަމަށް އަޅުގަނޑުމެން ބަލައިގެންވާނީ ކިހިނެއް؟"

ޝުނާނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންސާފު ހޯދުމަކީ އާއްމުކޮށް އެންމެންނަށް ވެސް އުނދަގޫ، ހަރަދު ބޮޑު އަދި ލަސް ކަމަކަށްވާ އިރު އާމްދަނީ ހުއްޓި ނިކަމެތިވެފައި ތިބޭ ބިދޭސީ ބަޔަކަށް އެ ހުރަސްތައް އަމުދުން ބޮޑުވާނެކަން އެނގެ އެވެ.

"ޓްރައިބިއުނަލް އަށް ދާން ވެސް އާއްމުކޮށް ލީގަލް ފީސް އަށް އަރާނެ 10،000 ރުފިޔާ ނުވަތަ 15،000 ރުފިޔާ އަށް ވުރެ މަތިން،" އޭނާ ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކުގައި ހިލޭ ސާބަހަށް އެހީތެރިވެދޭނެ ޖަމްއިއްޔާއަކަށް ރާއްޖޭގައި އޮތީ ވެސް ޕީއައިއެލްސީ އެކަނިކަން ފާހަގަކުރައްވައި ޝުނާނާ ވިދާޅުވީ ވަކީލުންތަކެއް އަމިއްލަ ވަގުތުގައި އެކަން ކޮށްދެނީ ޖަމްއިއްޔާގައި ފައިސާ ހުރެގެން ނޫން ކަމަށެވެ. އެހެންވެ، މި ދަނޑިވަޅުގައި ރެކޯޑް އަދަދަކަށް ޕިއައިއެލްސީ އަށް މައްސަލަތައް ހުށަހެޅިޔަސް ވަސީލަތްތައް ނެތިގެން ހުރިހާ މައްސަލަތައް ބަލައެއް ނުގަނެވެ އެވެ. އެކަމަކު، ދިވެއްސަކު ވެސް ހިމެނޭ ގޮތަށް، ރިޒްގެ 199 މުވައްޒަފެއްގެ މުސާރައިގެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން އެ ޖަމްއިއްޔާ އިން އަންނަނީ ތައްޔާރުވަމުންނެވެ. ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކުރުމާއި ހަމަނުޖެހުން ހިންގުމާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

Ekehge shakuvaa: Musaara nudheythaa 7 mas, gain thaahiru veveyne gotheh ves neiy!

Ekehge shakuvaa: Musaara nudheythaa 7 mas, gain thaahiru veveyne gotheh ves neiy!

The most trusted news source in the Maldives

Mihaaru

ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓްސްގެ މުވައްޒަފުން މުޒާހަރާކުރި އިރު އެކަކުގެ ޝުއޫރު

ކުރާނެ މަސައްކަތާއި ލިބޭނެ މުސާރަ އޮޅުވާލައިގެން ބިދޭސީން ގެނެސް މަސައްކަތްކުރުވުމާއި އިންސާނުންނަށް ވުރެ ދަށު ދަރަޖައިގައި އެ މީހުން ގެންގުޅުމާއި ވަޒީފާ ދޭނެ ކަމަށް ބުނެ މަކަރު ހަދައިގެން މީހުން ގެނެސް މަގުމަތިކުރުމަކީ ރާއްޖޭގައި ހިނގަމުންދާ ކަންކަމެވެ. ބިދޭސީންގެ އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިން) އާއި އިންސާނީ ހައްގުތައް ނިގުޅައިގަތުން ފުޅާވެފައި އޮތް މިންވަރު ބައިނަލްއަގުވާމީ ރިޕޯޓުތަކާއި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކުން ވަނީ އެނގިފަ އެވެ. މުސާރަ ނުދިނުމުގެ އެތައް މައްސަލައެއް ފެންމަތިވެއްޖެ އެވެ. ބިދޭސީ މަސައްކަތު މީހުންނަކީ ދިވެހިންނަށް ވުރެ ދެރަ ބައެއް ކަމަށް ގަބޫލުކޮށްގެން އެ މީހުންނާ ދޭތެރޭ ތަފާތު ގޮތަކަށް ދުށުމާއި އިހާނެތިވުމުގެ ސަގާފަތެއް އާއްމުންގެ ތެރޭގައި ވެސް އެބަ އޮތްކަން ހިނގާ ހާދިސާތަކުންނާއި ދިވެހިން ފާޅުކުރާ ޝުއޫރުތަކުން ސާފެވެ. އިންސާފުގެ މަގު ހޯދައި އެ މަގުން މުއައްސަސާތަކާ ދިމާއަށް ހިނގައިގަތުމުގެ ބާރެއް ނެތް ބިދޭސީންގެ މުޒާހަރާތަކާއި ހަމަނުޖެހުންތަކުން، މި ކަންކަން ކުރިއަށް ވުރެ ބޮޑަށް ދަނީ ތިލަވަމުންނެވެ.

ބޮޑުފިނޮޅުގައި ތިބި މަސައްކަތު މީހުންގެ ތެރޭގައި ވެސް ގިނައީ، ޕީއައިއެލްސީން ބުނިގޮތުގައި، މުސާރަ ނުލިބި ހަ މަސް ދުވަސް ތަހައްމަލްކޮށްފައި ތިބި މީހުންނެވެ؛ ރިސޯޓެއް ހަދަމުން އަންނަ އެ ރަށުގައި ތާށިވެ ގޮތްހުސްވެފަ އެވެ.

"އެފަދަ ބަޔަކު ތިބޭނީ ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައި. އެ ހާލަތަށް ދިޔައިމަ، އެހެން މީހަކަށް ވިސްނޭނީ، ކިހާ ވަރެއްގެ ޓްރޯމާއެއްގަކަން އެ މީހުން އެ ތިބެނީ،" ޝުނާނާ ވިދާޅުވި އެވެ.

17 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 84%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަގީގަތަކީ ހަގީގަތް

10 July 2020

ހަގީގަތްވާނީ ހަގީގަތަށް. ގިނަ ދިވެހިންނަކީ ނަސްލީ ތަފާތުކުރުން ވަރަށް ބޮޑަށް ގެންގުޅޭ ބައެއް. އެންމެ އިހުގެ މާޒީން ފެށިގެން މިއަދާ ހަމައަށްވެސް ކަންއޮތީ މިހެން. މާލެ-ރާއްޖެތެރެ، ބަންގާޅީ ފަދަ ދަރަޖަކުރުން ތަކަކީ ހަގީގަތް. ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތަކަށް ޒިންމާންޖެހޭނީ އެމީހުން ގެނެސް އެމީހުނާ ދޭތެރޭ އިހާނެތިވި ދިވެހިން. ބިދޭސީންނަކީވެސް އަބުރުވެރިކަން ލިބިގެންވާ އިންސާނުން. ދިވެހިންމީ މަތިން ފޭބި ބައެއް ނޫން މާ ބޮޑާ ވާކަށް.

The name is already taken The name is available. Register?

އައިޝަ

09 July 2020

މީކީ މި ވިޔަފާރިވެރިންގެ އަތުގައި ފައިސާ ނެތިގެން ކުރާކަމެއްނޫން. އެމީހުންޚަރަދުކޮށްފަ ފައިސާ ބަކީ ވެއްޖިއްޔާ މުސާރަ ދެނީ. ފައިސާއަކީ އިންސާނާއަށް ގިނަވާއެއްޗެއްނޫން. ދެންކިހިނެއްވާނި. މަވެސް މީގެ ޒަމާންތަކެއްކުރިން އުޅުނިން 25 ހަކަށް ބަނގުލަދޭޝް މީހުން އުޅުނު ތަނެއްގަ. ފަހާތަން ހިންގާމީހާ މާލެއިން ގޯއްޗެއް ހޯދައިގެން އެތާގަ ގެއަޅަމުންދިޔަ ދުވަސްވަރު 9 މަސްދުވަސް ވާންދެން ވެސް މުސާރަ ނުދި ބަހައްޓާ އެމީހުންނަށް. ރޯދަމަސް އައިމަވެސް ރޯނެ އެމީހުން.

The name is already taken The name is available. Register?

Ali Gasim

09 July 2020

މިގޮތަށް އުޅުމަށް ވުރެ މިމީހުނަށް ވެސް ރަނގަޅުވާނީ ރަށަށް ފޮނުވާލުން ޕާސްޕޯޓު ނެތި މިގައުމަށް އައީ ކަނޑުމަގުން ވަގަށްތަ؟

The name is already taken The name is available. Register?

ގާސިމް ބޭބެ

09 July 2020

ބަލަގަ މިހިރަ ގަމާރާ، އެމީހުން ގެންނައިއްސަ ޕާސްޕޯޓު އަތުލީޔޭ. ގެނައި ބައެއްގެ އަތުގަ ވާނެ ޕާސްޕޯޓު

The name is already taken The name is available. Register?

ބު

09 July 2020

ވަގަށް ރާއްޖެ އެތެރެވެ ދައްކަންޖެހޭ ވިސާފީއެއް ނެތި އުޅޭތާ އުނަ ބައްތިރީސް އަހަރު ދައުލަތައް ލިބެންވާ އެއްވެސް ފައިސާއެއް ނުލިބޭ. އެމީހުން ދައުލަތަށް އަދާކުރަންޖެހޭ ހައްގުތައް ކޮބާ. އެސުވާލު ފުރަތަމަ އިސްކޮށްލަން ނުޖެހޭތަ?

The name is already taken The name is available. Register?

ހޮޓްކިންގ

09 July 2020

ތި ލޯފާފަށް އަހަރެން ސެލިއުޓް ކުރަން. ބިދޭސީން ލައްވައި ގުލާނު ކުރުވައިގެން ދިވެހިން އެމީހުންގެ މަސައްކަތްތައް ކުރުވާ އެމީހުންގެ އަނބިދަރިންނަށް ކާންބޯންދީ ހަދާއިރު ބިދޭސީންގެ ހައްގު އަދާނުކުރާތާ އެ ބިދޭސީންނަށް މަލާމާތްކޮށް އެއްޗެހިކިޔަން ލަދު ކޮބާބާއޭ ހިތަށް އަރާ. ބިދޭސީންނެއް ކަމަކު އެއީ ހަމަ އަހަރެމެންފަދަ އިންސާނުން. ކާކުތޯ އެމީހުންގެ ހައްގުގައި ބަހެއް ބުނަނީ ތި ލޯޔަރުން ފިޔަވައި؟

The name is already taken The name is available. Register?

ފިޔަވަޅު

09 July 2020

ދިވެހިންވެސް އެބައުޅެ ވަޒީފާ ގެއްލި ވަރަށް ނިކަމެތިވެފައިވާ މުއަހޒަފުން . އެމީހުންގެ އަނބިދަރިން ނުކާތާ 4 މަސް ވީ މިކަން ދެނެހުރީ ކާކުބާ.!

The name is already taken The name is available. Register?

އެމީހުން

09 July 2020

އެދިވެހިން އުޅެން ޖެހޭތަ ޕާސްޕޯޓު އަތުލާ މާލެތެރެއަށް އުކާލީމަ ޕާސްޕޯޓު ނުލިބިގެން ގެއަށް ނުދެވިފަ. ރުފިޔާނެތިގެން އަގުބޮޑު ކޯލު ކުރަން ޖެހޭތީ އާއިލާގެ ހާލު ބަލަން ނޭނގިފަ. އަޅުން ގޮތަށް ދިވެހިން އެމީހުން ގެންގުޅެނީ.

The name is already taken The name is available. Register?

ކައުންސެލަރު

09 July 2020

ސާބަހޭ ޝުނާނާ! ތިޔައީ ޤައުމު ބޭނުންވާ ދަރިންނަކީ! ބައްޕަގެ ބޭނުން ބަޔަކު ނަހަމަ ގޮތުގައި ހިފާހިފުން ކަނބުލޯ ބައްޕައަށް ނަސޭހަތްދީގެން ހުއްޓުވާ. ކަނބުލޯއަށް ސާބަސް ދަންނަވަން. އަދި އުންމީދު ކުރަން މިކަހަލަ ކަންކަން އިތުރަށްހޯދާ އެކަންކަން ހައްލުކުރަން މަސައްކަތް ކުރައްވާނެކަމަށް. ބިދޭސީންނަކީވެސް އަހަރެމެންގެ އަޚުން. މީމުސްލިމް ޤައުމެއް. އެހެންވީމާ ބިދޭސީންނާމެދު ބައެއްމީހުން ޢަމަލުކުރާގޮތުން އަހަރެމެންގެ އަގު ވެއްޓިގެންނުވާނެ ދުނިޔޭގައި.

The name is already taken The name is available. Register?

ޝައްފާން

09 July 2020

ރާއްޖޭގެ ގިނަ މީހުންނަށް ފެންނަ މުސްލިމު އަހުންނަކީ ދޮންކޮށް ތިބޭ އަރަބިން އެކަނި. ސޫރިޔާ، ފަލަސްތީނު އަދި ކުވޭތުގެ މީހުންނަށް އެހީވި ފަދައިން މި ގައުމަށް އަހަރެމެން ގެނައި މުސްލިމް ބަންގްލަދޭޝް އަހުންނަށް ވެސް އޯގާތެރިވެ އެހީތެރިވެ ދެއްވާ!

The name is already taken The name is available. Register?

ގަޓް ބްރޯ

09 July 2020

ޝުނާނާ މެންގެ ޓީމުން ފުރަތަމަ ދޭބަލަ ލޭބަރ ރިލޭޝަންސް އޮތޯރިޓީ ކިޔާތަނަށް. އެމީހުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި މަހުން މަހަށް މުސާރަނެގުން އެކަންޏެއްނޫން. އެމީހުންނަށް ޖެހޭނެ މަދުވެގެން ކޮންމެ ހަ މަހަކުން އެއްފަހަރު ވަޒީފާދީގެން މީހުން ގެންގުޅޭ ތަނަތަނަށްގޮސް އެތަންތާގެ ވަޒީފާގެ ކަންކަމާ މުސާރައިގެ ކަންކަން ހުންނަނީ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތަށްތޯ ބަލާ ޗެކްކޮށް ގޯހެއްއުޅެންޏާ ރަނގަޅުުކުރުވަން.

The name is already taken The name is available. Register?

ޝައްފާން

09 July 2020

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ތިމަސައްކަތް ކުރަން ދިނީ ކިތައް މުވައްޒަފުންތޯ ބަލާލަބަ. ވަޒީފާ އަދާ ކުރާ ތަންތަން ހުރީ ރާއްޖޭގެ އެކި ކަންކޮޅުގަ. އެތަން ތަނަށް ދާން ޙަރަދު ކުރަން ބަޖެޓް ދިން ތޯ ސަރުކާރާ ސުވާލު ކޮށްބަލަ. ހަމައެކަނި ކޮންމެ ރަށެއްގަ މީރާ އޮފީހެއް ހުޅުވައިގެން ޓެކްސް ނެގިޔަކަސް ނުވާނެ.

The name is already taken The name is available. Register?

އުސްތާޒެެއް

09 July 2020

ސުނާނާ އަށް އައްސަރި ބަސް އަދި ސާބަސް. ވަރަށް އުފާވޭ ތިކަހަލަ ކުދިން ތިބޭތީ.

The name is already taken The name is available. Register?

ވިސްނު

09 July 2020

މިއޮތީ މިނަށްވުރެ ކަންތައް ބޮޑު ސުރުހީއެއް. މުސާރަ ނުދިނުމަކީ ކުށެއް. ވިސާނެތި މަސައްކަތް ކުރުމާއި ކުރުވުމަކީވެސް ކުށްތައް. ބައެއްގެ މުދާތަކައް ގެއްލުން ދިނުމަކީވެސް ކުށެއް. މިހުރިހާ ކުށްތަކުގެ ސަބަބުން ދިވެހިންނަށް ލިބޭ ގެއްލުމުގެ ޒިއްމާނަގާނީ ކާކު؟ އެހެން ނޫނަސް ފައިސާގެ އަގުހުރި ގޮތުން 2-3 މަހެއްގެ މުސާރައިން ތިއިން ކޮންމެ މީހެއްގެ އާއިލާގެ އަހަރު ދުވަހުގެ ޚަރަދު ހަމަޖެއްސޭނެ. މުސާރަ ނުލިބި ބިކަވެފައިވާ ދިވެހިންގެ ހައްގުތައް ހޯދައިދޭނީ ކާކުތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454