ފުލުހުން ކްރައިމް ސީނެއްގައި ހަރަކާތްތެރިވަނީ: ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައި -- ފޮޓޯ/މިހާރު
12 ޖުލައި 2020 - 19:51
މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވައި މިއަދު ހަވީރު ފެނިއްޖެ އެވެ.
ފުލުހުން ބުނީ، އިންޑިއާގެ އެ ފިރިހެންމީހާ މަރުވެފައި އޮއްވައި ފެނުނީ ހުއްދަ ނުނަގައި، ގެސްޓް ހައުސްއެއްގެ ގޮތަށް ހިންގާ ތަނަކުން ކަމަށެވެ.
ހެންވޭރުގައި ހުންނަ އެ ގޭގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު ހައެއް ޖަހަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
މި މަރާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަހުމަދު
13 July 2020
އަހަރެމެން މިޤައުމުގެ ރައްޔިތުން ނަކަށް ހުއްދްނުނަގާ އެއްކަމެއްވެސް ނުކުރެވޭ އެކަމަކު ބިދެސީން ހުރިހާކަމެއްވެސް މިކުރަނީ ހުއްދަނުނަގާ ، އަދި އެކަން އެގުނަސް އަޅައިލާނެ ފަރަތެއްވެސް ނެތް މީބާ މިޤައުމުގެ ޤަނޫން އައި ޤަވައިދު އޮންނަގޮތަކީ ، މިކަހަލަޤާނޫނާއި ޤަވާއިދެއް އޮންނަ ޤައުމެއް ހިޔެއްނުވޭ މުޅި މިދުނިޔޭގައިވެސް އޮންނަހެން.
ޝައިޚް.
13 July 2020
ހުއްދަ ނުނަގާ ހިންގި ގެސްޓު ހައުސްގެ މައްސަލަ ނުބަލާތި، އެއީ އެމައްސަލަ ހުށައެއްނާޅައެއްނު ދޯ.؟ އެހެންވީމަ އެކަން އެނގޭކަމަށް ނުހަދާތި، ރާއްޖެ ހިނގާގޮތްދޯ.؟
ލުތުފީ
13 July 2020
ތިޔަ ގޭގެ ވެރިމީހާ ކުއްވެރިނުވޭތަ.
ރަށުބޭބޭ
13 July 2020
ގޭގެ ވެރިމީހާ ކުއްވެރިނުވާނެ، މާލޭ ބިންވެރިން ބޭނުންގޮތަކަށް ހޯދުނު ގޮތަކަށް ފައިސާ ހޯދަން އެއްވެސް ހުރަހެއް ނޯންނާނެ، ނިމިގެން ދާއިރު ކުއްވެރިވާނީ ތިޔަ ތަނުގައި ކުއްޔަށް އުޅުނު ބަޔެއް
ކުއްލި
13 July 2020
ރަށުބޭބޭ އައްކިހިނެތް އެގެނީ ތިގެސްޓް ހައުސް ހުއްދަނުނަގާ ހިންގަނީ މާލޭގެ ގަދަރުވެރި ބޭފުޅެއް ކަމެއް.. ވެދާ މާލޭ ނޫން ރަށެއްގެ މީހަކު ކުޑަ ކުއްޔަކައް ނަގައިގެން ނުގަވާއިދުން ހިންގާ ތަނަކައްވެސް..
އޭނަ މީނަ
12 July 2020
ބިދޭސީންގެ ވާހަކަ މިހާރު ނުދައްކާ ހުއްޓާލައިފިން. ފައްޔާޒަށް އެކަން ހައްލު ވިޔަސް ނުވިޔަސް ޕާޓީ މީހެއް ވީމަ އޭނާ މަގާމުގައި ދެމި ހުންނާނެ. ދެން އިބުރާ ސޯޝަލް މީޑިޔާގައި އެހެން މީހުންގެ ވާހަކަ ދެއްކީމަ ނިމުނީ.
ކޮތަރު
13 July 2020
ބިދޭސީންގެ މައްސަލައަކީ އެއްދުވަހުން އެއްމަސްދުވަހުން އެއް އަހަރު ދުވަހުން ހައްލުކުރެވޭނެ މައްސަލައެއްނޫން. އެއަަށްވުރެން ބިދޭސީންގެ މައްސަލަގޯސް.