ހުޅުމާލެ: ޖުލައި 13، 2020: އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މަސައްކަތްތެރިން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ:ނިޝާން އަލީ/މިހާރު
13 ޖުލައި 2020 - 15:27
ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތުގައި އުޅޭ ބިދޭސީން މިއަދު ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިނީ މުސާރަ ނުދީގެން ކަމަށް ގަބޫލުނުކުރާ އައިލެންޑް އެކްސްޕާޓުން މިއަދު ބުނެފި އެވެ.
ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރާ ތައިލެންޑް ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަނޮން ސޮންގްޕަންޔާ "މިހާރު"އަށް ވިދާޅުވީ މުވައްޒަފުންނަށް އެެތައްް މަހެއްގެ މުސާރަ ނުދެވި އޮތް މައްސަލަ، ވާހަކަ ދައްކައިގެން ހައްލުކޮށް، އެއް މަހުގެ މުސާރަ ހަމައަށް ދީފައިވާ ކަމަށެވެ. ބާކީ އޮތް ބައި ދޭނެ ގޮތާ މެދު ވާހަކަ ދައްކައި ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަނޮން ވިދާޅުވި ގޮތުގައި ވަޒީފާ ދޫކޮށް އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ފޮނުވާލުމުގެ އިންތިޒާމް ވެސް މިހާރު އަންނަނީ ހަމަޖައްސަމުންނެވެ.
"ޖޫން މަހުގެ ފުރިހަމަ މުސާރަ މިހާރު ވާނީ ހަމައަށް ދީފައި. ދެން އެމީހުން ކުރި ޝަކުވާ އަކީ ޑޮލަރުގެ އަގުބޮޑުވުމުގެ ޝަކުވާ. އަޅުގަނޑު އެމީހުންނަށް ޔަގީންކަން ދިނިން 16،ރ އަށް ވުރެ މަތި ނުވާ ރޭޓަކުން ޑޮލަރު ހޯދައިދޭނެ ކަމުގެ. މި ހުރިހާ މަޝްވަރާތަކެއް ކޮށް، އެމީހުން ތިބީ ދެން ހަމަނުޖެހުމެއް ނުހިންގާނެ ކަމުގެ ޔަގީންކަން ދީގެން،" އަނޮން ވިދާޅުވި އެވެ.
މުސާރައިގެ މައްސަލާގައި މުވައްޒަފުން ދެން މުޒާހަރާއަށް ނުނިކުންނާނެ ކަމަށް، "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެއީ މަޝްވަރާތަކަށް ފަހު މަސައްކަތްތެރިން ދިން ޔަގީންކަމެއް ކަމަށް، އަނޮން ވިދާޅުވި އެވެ. އެހެންވެ މިއަދު ނުކުމެ ފުލުހުންނަށް ހަމަލާދީ ތަކެއްޗަށް ގެއްލުން ދިން މީހުން އެ ހިންގީ ޖަރީމާއެއް ކަމަށާއި ކުންފުނިން އެކަމަށް ޒިންމާވާން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޒާހަރާގެ ބައިވެރިން ތިބީ، މަސައްކަތުގައި އުޅޭ އިރު ބޭނުންކުރާ އައިލެންޑް އެކްސްޕާޓް ލޯގޯ ޖެހި ޖެކެޓް ވެސް ލައިގެންނެވެ.
"އެމީހުން ހިންގީ ވަރަށް ބޮޑު ޖަރީމާއެއް. އެކަން ހިންގީ އޭގެ ތެރެއިން މަދު ބަޔަކު ދެން ތިބި މީހުންނަށް ދޮގު މައުލޫމާތު ތަކެއްދީ ރުޅިއަރުވައިގެން،" އަނޮން ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ރުޅިވެރިކަން އުފެއްދި މީހުން ދެއްކި އެއް ވާހަކައަކީ ފުލުހުން ވެސް އެމީހުންނަށް އަނިޔާވެރިވަނީއޭ، އެމީހުންނާ ދެކޮޅު ރޭވުންތަކެއް އެބަ އޮތޭ މިކަލަ ވާހަކަތަކެއް."
އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންންގެ ތެރޭގައި އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް އުޅޭ އިރު ހަމަނުޖެހުމުގައި މުޅިން ވެސް ބައިވެރިވީ ބަންގްލަދޭޝް މީހުންނެވެ. އެކަމަކު މުސާރަ އާއި އިނާޔަތްތަކުގެ ތެރެއިން މިހާތަނަށް ދިން އެއްޗެއް ދިނީ އެންމެނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އެމީހުން ބޭނުންވީ ހަމަނުޖެހުން ހިންގަން، ރާވައިގެން ހަމަނުޖެހުން ހިންގީ. އެކަން ބަލައި އެމީހުންނަށް ފިޔަވަޅު އަޅާނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކަމަށް އަޅުގަނޑު ދެކެނީ،" އަނޮން ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އަޅާ ފްްލެޓްތަކުގެ މަޝްރޫއު، އަށް އަހަރު ދުވަހަށް ވުރެ ދިގުލައިގެން ގޮސްފައި ވާއިރު، ސީދާ ކޮންޓްރެކްޓަރުގެ ގޮތުގައި އައިލެންޑް އެކްސްޕާޓުން އެ މަސަައްކަތާ ހަވާލުވިތާ ވެސް ހަތަރު އަހަރު ވެއްޖެ އެވެ. އޭގެ ކުރިން ހަތަރު އަހަރު ދުވަހު އެންފުނިން މަސައްކަތް ކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރުގެ ގޮތުގަ އެވެ. އަނޮން އަކީ އޭރު ނޫމަޑީގެ ވެސް ހިއްސާދާރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިން5
15 July 2020
ބަރާބަރަށް މުސާރަ ދިންނަމަ ހަމަނުޖެހުން ހިންގާނެ ބާ؟ ބޭނުން އެއްޗެއްކީދާނެ. އެކަމަކު މުސާރަދީފައެއް ނެއް. މުސާރަނުދޭ ކުންފުނިތަކާމެދު ފިޔަވަޅު އަޅާކަށް ނުވޭބާ؟
ގޯތިސޮރު
14 July 2020
ކޮބާ ހީވޭތަ. ކޮންމެވެސް ބައެއްގެ ބޮލަށް ކަނޑާލަނީ. މިކުޅިގަނޑުވެސް ދެންވާނީ ސިޔާސީ ކުޅިގަނޑަކަށް.
ޚިޔާލު
14 July 2020
އައިލެންޑް އެކްސްޕާޓް ކުންފުނީގެ އަނޮންއަށް ނޫމަޑީގެ 25% ހިއްސާދާރެއްގެ ގޮތުން ވަރަށް ގިނަ ފައިސާ ލިބިފައި ހުންނާނެކަމަށް ބެލެވޭ ނޫމަޑިއަށް ދައުލަތުން ބިލިއަނެއްހާ ރުފިޔާގެ ބަދަލު ދިނީމާ.
ެއެއްކަލަރަށުމީހާ
14 July 2020
މީގެ އަޑީގައި ތިބީ ދެވެހިވަންތަ ޖޯޝާ ލޭ ހިނގާކަމަށްބުނާ ދިވެހިން. ވެރިކަމެއް ބަދަލުވުމުން ޓީވީ ތަކުގައި މަގުމައްޗައް ނިކުންނާނެ ބޭރުމީހުންވެސް ތިބިކަމަށް ގޮވާލުމާއި އެކު ކުއްލިއަކަށް ދިމަދިމާލުން އެމީހުން ނިކުމެ ހަމަނުޖެހުން އުފައްދަން ފެށުމާ، އެތައްހާސް ދިވެހިންނެއް ނިކުމެ ކުރި މުޒާހަރާތަކެއް ހުއްޓުވި ފުލުހުންނަށް ދެތިންސަތޭކައެއްހާ މީހުންގެ އެއްވުމެއް ކޮންޓްރޯލްނުވުމަވީ ހުސް އިއްތިފާޤްކަމަށް ގަބޫލުކުރާނީ މޮޔައިން. ވާގޮތަކީ ފެބްރުއަރީ7 ފެންނަނީ!
ފޫހި
14 July 2020
މީގެ އަޑީގައި ތިބީ ހޭޖެހޭ އިންޑިޔާ މީހުން ބޭނުމަކީ މުޅި މަސައްކަތު މާހައުލު އިންޑިއާގެ މުށުތެރެއަށްލާން ބަންގާޅީން ފޮނުވާލުން. މިހާރުވެސް އިންޑިޔާ މީހުންކައިރީގައި ބަންގާޅީން މަސައްކަތްކުރަނީ އަޅުންގެ ގޮތުގައި. އާޅެ ކޮންގައުމެއްގަތަ މިހެން އުޅެވޭނީ. ސަބް ކޮންޓްރެކްޓޭ ކިޔައިގެން ކުދި މަސައްކަތަ ބިދޭސީން ނަގައިގެން އަނެއްކާ ބިދޭސީން އެތެރެކޮށްގެން މަސައްކަތް ކުރެވޭނެ ގައުމެއް ދައްކަބަލަ. އަހަރެމެން ޓެކްސްދައްކައިގެން އިންގާ ސަރުކާރުތައް އޮވޭ. ފެއިލް
ނޭގޭނެ123
14 July 2020
ކަލޭމެންނަށް ދޯ އެގޭނީ އަހަރެމެން ގަބޫލުކުރަންޖެހޭ އެއްޗެހިވެސް. އެމީހުން މުޒާހަރާކުރި ސަބަބު އަހަރެމެންނަށް ވަރަށް ރަގަޅަށް އެގޭ. ޢެއީ މިއޮތް ޒަމާނުގައި އެމީހުންލައްވާ މުސާރަނުދީ ގަދަކަމުން އަޅުންގެގޮތުގައި މަސައްކަތްކުރުވާތީ. އެމީހުންގެ މުސާރަ އަމިއްލަ އެކައުންޓަށް ކަހާލާތީ. އެގިއްޖެ؟!؟ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
ޓެރޭ
14 July 2020
ވެރިން އިހްތިޔާރު ކުރުމިގައި ރައްޔަތުން ވ ވ ވިސްނަންޖެހޭ ސަބަބަކީ އެމްޑީޕީ ވެރިކަމުގައި މުޅިންވެސް ރައްޔަތުންނަށް ބލ.
ކުޅިވަރު ގައުމު
13 July 2020
ނޫމަޑި ކޮންޓެކޓަރު ވިހޭ ދަރި އައިލެންޑް އެކްސްޕާޓް ކޮންޓެކްޓަރު ދެން ވިހާދަރި އަށް ކިޔަނީ އާރު ސީސީ. ތިކުޅިވަރު ކުޅޭވަރު ބަލާލަން ތިބިން. އަދި ކިތައްމެ ކުދިކުޅިވަރުވެސް ކުޅޭ.
މުރާޖާ
13 July 2020
ބަންގްލަދޭޝް ސަރުކާރުން އޮންނާނެ ބަލަހައްޓައިގެން. ލަދެއްވެސް ގަންނަނަމަ އަނބުރާ ގެންދަން އަޢީސް. ބެހެއްނުބުނާތަނުގަ އަޅާވެސްނުލާ.ދިވެހިންގެ ގިނަބަޔަކު އެހެން ގައުމަކު މިވައްތަރަށްތެޅޭނަމަ ސަރުކާރުން އެ ގައުމަކާ ވާހަކަ ދައްކާ ހައްލު ކުރެވޭނެ ގޮތް ގޮތް ބަލާނެ. މާފަށްވެސް އެދޭނެ. އަދި ހައްގެއް ހޯދާށޭ ކިޔާފަ ވިޔަސް އެގައުމެއްގެ ބަޔަކު އެހެން ތަނެއްގަ މިހެން ތެޅެންޏާ ބަލަހައްޓައިގެން ނުއޮންނާނެ އެއްވެސް ގައުމަކުން. އެމްބަސީއެއް ވެސްހުރޭ ގައިމު.
މަޒް
14 July 2020
ބަލަ ބަންގަލަދޭސްގެ އިގްތިސާދީ ލޭނާރަކީ އެގައުމުގެ މަސައްކަތްތެރިން އެހެން ގައުމުތަކަށް ބޭރުކުރުން.. ނުވިތާކާ ހޯދުނު ގޮތަކަށް ހޯދައިގެން ރަށަށް ޑޮލަރު ފޮނުވުން. މިއީ ހަގީގަތް.. އެހެންވީމާ އޮންނާނީ ބަލަހައްޓައިގެނެއްުނުން
ކޮމާން
13 July 2020
މިހާރުން މިހާރަށް ރާްއްޖެމީހުންނާ ބަންގާޅުން ކައިވެނި ކުރުން މަނާކުރަންފެނޭ
މަޒް
14 July 2020
އޭތީ މަވެސް ވިސްނާކަމެއް.. އެމީހުންގެ ދަރިފަސްކޮޅު މިތާންގާ ބޮޑުކުރާތަން އަހަރުމެންގެ ލޮލަށް ފެންނައިރު ސިޔާސީ މީހުންގެ ލޮލަށް މިރުސްފެން އެޅިފައި ހުރެގެންތަ ނުފެންނަނީ.. ދިވެހި ވަންތަ ދިވެހިރާއްޖޭ ސަލާމަތް ކުރަންޖެހޭ.. ރަށްފުށޭ އަލިފަތިހޭ ރަށުމީހާއޭ ރިހާކުރޭ މަސްފަތަފޮޅިއޭ ކިޔައިގެން މީހުން ވާވައްދައިގެން މުޅި ގައުމު ވިއްކާ ހުސްކޮއްފި.. މި ވަރަށް ނުރައްކާ ކަމެއް