ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އެޅުމުގެ މަސައްކަތްކުރާ އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުން އިއްޔެ މުޒާހަރާ ކުރަނީ. ކުންފުނީ ބުނިން މުދާ ވިއްކާފައި މުސާރަ ދޭނެ ކަމަށް.
07 ޖުލައި 2020 - 13:44
ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް މުސާރަ ނުދެވި އޮތުމަކީ ގޯހެއް ކަމަށް ގަބޫލުކުރާ ކަަމަށާއި އެ މުސާރަތައް ދޭން ސައިޓުގައި ހުރި މުދާތައް ވިއްކާލަން ނިންމާފައިވާ ކަމަށް، އައިލެންޑް އެކްސްޕާޓުން މިއަދު ބުނެފި އެވެ.
ތައިލެންޑްގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކޮވިޑް-19 އާ ހެދި މިދިޔަ އޭޕްރީލް 15 ން ފެށިގެން ތިން މަސް ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުންކޮށް މަސައްކަތް ހުއްޓުމަކަށް އައި އިރު ވެސް ބައެއް މުވައްޒަފުންނަށް އޮތީ މުސާރަ ނުދެވި ކަމަށެވެ. ލޮކްޑައުން ކުރި ފަހުން އެއްވެސް މުވައްޒަފަކަށް މުސާރަ ނުދެވޭ ކަމަށާއި އެއީ ގޯހެއް ކަން ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ހެދިފައި އޮތް ގޯހެއްކަން އަަޅުގަނޑު ގަބޫލުކުރަން. އެކަން [މުސާރަ] ހަމަޖައްސަން މިއަންނަނީ މަސައްކަތް ކުރަމުން. އެހެންވެ، ސައިޓްގައި ހުރި އިކްއިޕްމެންޓްތައް ވިއްކާލަން މިހާރު ވާނީ ހުޅުވާލާފައި،" އަނޮން ވިދާޅުވި އެވެ.
ލޮކްޑައުން ތެރޭގައި މުސާރަ ދިނުން ހުއްޓުނު ސަބަބާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއީ މަސައްކަތް މުޅިން ހުއްޓި، އަދި ހަރަދުތައް ބޮޑުވެ، ދެން ވާނެ ގޮތެއް ވެސް ނޭނގޭ ހާލަތެއް ކަމަށެވެ.
"އެއްކޮޅުން މަސައްކަތް އޮޮތީ މުޅިންހެން ހުއްޓިފައި. އަނެއްކޮޅުން ރައްކާތެރިކަމަށްޓަކައި އަޅަން ޖެހުނު ފިޔަވަޅުތަކާ އެކު ހަރަދުތައް ވަރަށް ބޮޑުވި. ވާނެ ގޮތެއް އެކަކަށް ވެސް ނޭނގޭ. އެހެންވެ އަޅުގަނޑު ހުރިހާ ސަމާލުކަމެއް ދިނީ ސަވައިވަލް އަށް. މުވައްޒަފުންނަށް ކާންބޯން ދިނުން ފަދަ ކަންތަައްތަކަށް. އެކަންތައްތައް ރަނގަޅަށް ހަމަޖެއްސިން،" އޭނާ ވިދާޅުވި އެވެ.
އަނޮން ވިދާޅުވީ ސައިޓްތަކުގައި ހުރި ސާމާނާއި ވެހިކަލް ފަދަ މުދާތައް ވިއްކަން މަސައްކަތް ކުރަމުން އައި ނަމަވެސް އިގުތިސާދީ ގޮތުން މިހާރު އޮތް ހާލަތުގައި އެއީ ވެސް ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރުން މިހާރަށް ފެންނަން އޮތް އެންމެ ރަނގަޅު ހައްލަކީ އެ އެވެ.
"އެމީހުންގެ ޓިކެޓް ވެސް ނަގާފައި އޮއްވައި އެ ފްލައިޓް ކެންސަލްވީ. ބޯޑަރުތައް ބަންދުކޮށްފައި އޮއްވައި ވެސް އެމީހުން ޑިމާންޑް ކުރަމުން ދަނީ ގައުމަށް އެނބުރި ދާން. އެކަމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނެތް،"
ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގައި 2012 ގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގެ މަސައްކަތްކުރާ މީހުން އިއްޔެ ކުރި މުޒާހަރާގައި ބައެއް އިމާރާތްތަކަށް ގެއްލުން ވެސް ދިނެވެ. މުސާރައިގެ މައްސަލައިގައި ކުރިން ވެސް އެމީހުން މުޒާހަރާކުރި އެވެ.
މުޒާހަރާ ކުރި މީހުންގެ ތެރޭގައި ވަޒީފާއިން ވަކިކޮށް ގައުމަށް އަނބުރާ ފޮނުވައިނުލެވި ތިބި ބަޔަކު ވެސް ހިމެނޭ ކަމަށް އަނޮން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ހެދި ބޯޑަރުތައް ބަންދުކޮށް، އެއާލައިންތަކުގެ ދަތުރުތައް ހުއްޓައިލި އިރު އެ މުވައްޒަފުން ފޮނުވަން ސްރީ ލަންކަން އެއާލައިންސުން އޮތީ ޓިކެޓް ވެސް ނަގައިފަ އެވެ.
"އެމީހުންގެ ޓިކެޓް ވެސް ނަގާފައި އޮއްވައި އެ ފްލައިޓް ކެންސަލްވީ. ބޯޑަރުތައް ބަންދުކޮށްފައި އޮއްވައި ވެސް އެމީހުން ޑިމާންޑް ކުރަމުން ދަނީ ގައުމަށް އެނބުރި ދާން. އެކަމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނެތް،" އަނޮން ވިދާޅުވި އެވެ.
ނުދެވި ތިބި މުވައްޒަފުން ފޮނުވާލަން މިހާރު އޮތް ޕްލޭނަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަކަށް ދަތުރެއް ކުރަން އެދިފައިވާ ކަަމަށެވެ. ނަމަވެސް އެ ދަތުރަށް އަދި ހުއްދަ ނުލިބޭތީ އެމީހުން ފޮނުވައިލެވޭނެ ދުވަހެއް ނޭނގެ އެވެ.
މުދާތައް ވިއްކާލައި އަދި މުވައްޒަފުން ދޫކޮށްލުމުން މަޝްރޫއަށް ވާނީ ކިހިނެއްތޯ ސުވާލުކުރުމުން އަނޮން ވިދާޅުވީ، ދިގު ދެމިގެންގޮސްފައިވާ މަސައްކަތް ސަބް ކޮންޓްރެކްޓަރަކާ ހަވާލުކުރުމުގެ މަޝްވަރާތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
އައިލެންޑް އެކްސްޕާޓްގެ 50 އަކަށް މުވައްޒަފުން ހުޅުމާލޭގެ މަގުތަކަށް ނުކުމެ އިއްޔެ ކުރި މުޒާހަރާގައި އެ މީހުން ގޮސް ވަނީ ފުލުހުންގެ ފްލެޓްތައް ހުންނަ ސަރަހައްދަށެވެ. އެތަނުގައި ހުރި ބައެއް އެއްޗެހިތައް ވައްޓާލައި، މުދަލަށް ގެއްލުން ދިން ކަމަށް ވެ އެވެ. އެ މީހުން ކޮންޓްރޯލް ކުރުމުގެ ތެރޭގައި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި މަންޒަރު ވެސް އާންމު ވެފައިވާ ބައެއް ވީޑިއޯތަކުން ފެނެ އެވެ.
ފުލުހުން ބުނީ އައިލެންޑް އެކްސްޕާޓްސްގެ އޮފީސް ކުރިމައްޗަށް އެއްވި ބިދޭސީންނާ ފުލުހުން ވާހަކަ ދެއްކުމަށް ފަހު، އެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރި ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން، އެ އިމާރާތުގެ ކުރިމަތީގައި އެއްވެފައި ތިބި ބިދޭސީން އެ ސަރަހައްދުން ދުރަށް ގެންދަން ފުލުހުން ބާރުގެ ބޭނުން ވެސް ކުރި އެވެ.
އަނޮން ވިދާޅުވީ މުޒާހަރާކުރި މުވައްޒަފުން އިއްޔެ އަމަލުކުރި ގޮތާ މެދު ހިތާމަކުރައްވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޓަމަސް
07 July 2020
އެއީސް އާޢިލާތަކެއްގެ ޒިއްމާދާރު ބައްޕައިން އެމީހުންގެ ދަރިން ނުކައި ނުބޮއި ތިބުމުން ކުރާ އަސަރާ ވޭން ތަހައްމަލް ކުރާނީ އެމީހުން އަހަރެމެނައް އިންގޭ ކަމީމަކީ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ްްްްްްްްްްްްްްްްްްްްްްްްްްް އެއްމެދުވަހެއްގެ މުސާރަލަސްވިޔަސް ރުޅިގަދަވެ އެއްޗިހިގޮވޭކަން ވީމާ ހަތްމަސްދުވަސް އެއީ ބޮޑުވަރު ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އެއްކިޔަނީ ހައްގުތައް ފޭރުން ހައްގުތަކައް އަރިގަނެ އިންސާނީ ކަރާމަތް ނަގާލުން
ނޯ މަނީ
07 July 2020
ބަޔަކު ނިކުމެ ގަޔަށް ބޮލަށް އަރައިގަތީމަ މުދާތައްވިއްކަން އިގުނީވެސް ދެއްތޯ. މިދެން ފެށުނީ ކަންތައް. ބިދޭސީންގެ މުޒާހަރާތައް ދެން ނުހުއްޓޭނެ. އަދަބު ދޭށޭ ވެރިންނަށް.
ޙުސައިން.
07 July 2020
ލޯބިވާ ރައީސްއެވެ. އެއް އަހަރުތެރޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނިންމާ ހަވާލުކުރުމަކީ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އަދިވެސް އެއް އަހަރު ނުވަނީ ތޯއެވެ؟ ދައުރު ނިމޭ އިރަށް ހަވާލުކުރިޔަސް ވޯޓެއް ނުލިބޭނެއެވެ. ދެން އަންނަ ރިޔާސީ ދައުރަކަށް ފްލެޓް ނިންމަން ވައުވާން މަޑުކުރިޔަސް ވޯޓް ނުދޭނަމެވެ.
އައްޑޫ ތަކުރު
07 July 2020
އައިލެންޑް އެކްސްޕާޓު ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ސައުދިއަރަބިޔާގެ ޝާހީޢާއިލާގެ ޕްރިންސަކުވެސް ހިމެނޭ! ކީއްވެބާ އެވާހަކަ ތިލަނުވަނީ؟ އެމްބީއެސް ދެކެ ބިރުންތޯ؟
ސަސި
07 July 2020
ރައިސް ވިދާޅުވި ގޮތުންވިއްޔާ ތި ފެލްޓްތަށް މިހާރު ހުންނަންވާނީ ނިމިފަ
ބަބުރުލް ސަލީމް
07 July 2020
ވިއްކައިގެންވިޔަސް ނީލަންކިޔައިގެންވިޔަސް ތިކަން އަވަސްކުރޭ.
ޢަލީބެ
07 July 2020
މިފެންވަރުގެ ކުންފުނިތައް ރާއްޖެއައިސް ބޮޑެތި ބިޔަ ޕްރޮޖެކްޓްތަކާ ޙަވާލުވަނީ. މިމީހުންގެ ބެކްރައުންޑް ނުބަލައި މިފަދަ ކަންކަން ޙަވާލުކުރުމަކީ ކޮންފަދަ ދެރަކަމެއް؟ ފުލުހުންނާއި ސިފައިން މި ފްލެޓްތަކުގެ އިންތިޒާރުގައި ތިބޭތާ 8 އަހަރުވީ. އަދި މިތަނުން ފުލެޓް ލިބިފަ އޮތީމަ އެހެން ދިމާލަކުންވެސް ފްލެޓަކަށް ކުރިމަތިވެސް ނުލެވި އެތިބެނީ. ކިހާދެރަކަމެއްމީ.
ދޭސީ
07 July 2020
ތީގެން އެކަކުވެސް މަގުމައްޗައް އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްގެން ނުވާނެ. އެކަން ސަރުކާރުން ވެސް ޔަގީން ކުރަންޖެހޭ. މުސާރަތައްދީފައި އެމީހުން ގައުމަށް އަނބުރާ ގެންގޮސްލާ!
ފަޒޫ
07 July 2020
މިއީ ބޮޑެތި ތަރައްޤީގެ މަޝްރޫތައް ހިންގަން ޗައިނާއަށް މިސްރާބު ޖަހަން ސަބަބަކީ.
ސްމައިލް
07 July 2020
ތި ދެން އެހެންމީހުންގެ ހަމްދަރުދީ ހޯދަން މޮޅުވާހަކަ ދައްކާނެ ކަމެއްނެތް ކާކު ބުނެގެން ތިކަމާ ހަވާލުވި ، އަހުރުމެންވެސް މި ތިބީގޭގަ އަހަުރުންނަށް ނުވާނެކަންކަމާހަވަވާލުނުވެ ކޮންމެހެން މީހުންގެ ހަމްދަރުދީ ހޯދަން ނޫޅޭ