ހުޅުމާލެ: ޖުލައި 13، 2020: އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މަސައްކަތްތެރިން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފަހު ހައްޔަރު ކުރި ބިދޭސީންތަކެއް ފުލުހުންގެ ވެހިކަލެއްގައި ގެންދަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު
13 ޖުލައި 2020 - 21:12
ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް ކުރާ ބިދޭސީންނަށް އައިލެންޑް އެކްސްޕާޓުން މުސާރަ ނުދީގެން، މިއަދު ހިންގި ހަމަނުޖެހުންތަކައި ބައިވެރިވި މީހުންނާ މެދު ގާނޫނުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވާތީ ކަމަށް ބުނެ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން ވަނީ ހުޅުމާލޭގައި ބޮޑު ހަމަނުޖެހުމެއް މިއަދު ހިންގައި ފުލުހުންނާއި އާންމުންގެ ތަކެއްޗަށް ގެއްލުންދީފަ އެވެ. މީގެ ކުރިން ދެ ފަހަރަކު އެ މީހުން މުޒާހަރާ ކުރި ނަމަވެސް މިގޮތަށް ހަމަނުޖެހުން ހިންގައި ފުލުހުންނަށާއި އާންމުންގެ ތަކެއްޗަށް ގެއްލުން ދީފައެއް ނުވެ އެވެ.
މިކަމާ ގުޅިހެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީންގެ ހަމަނުޖެހުމުގައި، ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށާއި އާންމުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަަށެވެ.
ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުރަތަމަ ދިޔަ ފުލުހުންގެ ޓީމާ ދިމާ އަށް ގިނަ އަދަދަކަށް ބިދޭސީން ވަނީ ގާ އުކައިފަ އެވެ. ދިފާއު ވުމަށް އެއްވެސް ހަތިޔާރެއް ނެތި، ހުސްއަތާ ދިޔަ 10 ވަރަކަށް ފުލުހުންނަށް ބިދޭސީން ގަލުން ދިން ހަމަލާތަކުގައި ބައެއް ފުލުހުންނަށް އަނިޔާވެ، ވެހިކަލެއްގެ ބިއްލޫރި ތަޅައިލި އެވެ.
ފުލުހުންނަށް ހަމަލާދިނުމާއި ދައުލަތުގެ މުދަލަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެންލުން ދިނުން ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފަހުން ފުލުހުންގެ އެސްއޯ ޓީމުން ގޮސް ހަމަނުޖެހުން މައިތިރިކޮށް، 41 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ، މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފަ އެވެ. މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާ މެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ކުރެވެން ހުރި ހުރިހާ މަސައްކަތަކެއް ވެސް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންނަށް ހަމަލާދިނުމާއި ދައުލަތުގެ މުދަލަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެންލުން ދިނުން ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މުސާރަ ނުލިބުން ފަދަ މައްސަލަތައް ހައްލު ކުރުމުގައި، އެ ކަންކަން ހައްލު ކުރުމަށް އެކަށައަޅާފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ވެ އެވެ.
ބިދޭސީންނަށް މުސާރާ ނުދީގެ މިފަދަ އިހުތިޖާޖްތައް ފަހަކަށް އައިސް ދަނީ ގިނަ ވަމުންނެވެ. އެގޮތުން، ބ. ބޮޑުފިނޮޅު ރިސޯޓެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރާ ބިދޭސީން ވެސް ވަނީ އެތަނުގައި ދިވެހިން ރަހީނުކޮށް ބޮޑު ހަމަނުޖެހުމެއް ހިންގައިފަ އެވެ. އެއީ ވެސް މުސާރަ ނުލިބުމާ ގުޅުން ހުރި މައްސަލައެކެވެ.
މިއަދުގެ ހަމަނުޖެހުމާ ގުޅިގެން އައިލެންޑް އެކްސްޕާޓުން ބުނީ، އެއީ މުސާރަ ނުދީގެން ހިންގި ހަމަނުޖެހުމެއް ނޫން ކަމަށެވެ. މުސާރައިގެ މައްސަލަ މަޝްވަރާކޮށް ހައްލުކޮށްފައިވާ ކަމަށާއި، އެއީ ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށް އެ ކުންފުނިން ތުހުމަތު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
14 July 2020
ތިމީހުން ލައްވާ ތިކަންތައް ކުރުވުމުގެ އަޑީގައި ތިބި މީހުން ކޮބާ؟! އެމީހުން ހޯދާބަލަ. މީގެ ކުރިން ވެސް ބޭރުމީހުން މުސާރަ ނުލިބިގެން އުޅޭ އެކަމަކު ފުލުހުންނާ ތާޅާފޮޅައެއް ނުހަދާ! އެހެން ވީމަ ބަޔަކު ކުރުވާކަމެއް ތީ އެކަންވެސް ވާނެ ބަލަން.
ހުސެން
14 July 2020
ތިޔަހަމަނުޖެހުން ކޮންޓުރޯލުކުރުމަށް 10 ވަރަކަށް ފުލުހުން ހުސްއަތާ ދިޔުމުން ހާމަވަނ ފުލުހުންނަށް ތިޔަފަދަ ކަންކަމުގެ ސީރިއަސްކަން ނޭންގޭކަން، ތިޔަފަދަ ކަންކަމަކީ ވަރަށް ބޮޑު ނުރަށްކަލެއްގެ ފެށުން، މިހާރުންމިހާރަށް ހަރުކަށި ވިޔަވަޅު އަޅަންޖެހޭ، ސިޔާސީ ވަގުން އަޑީގައި ތިބެގެން ކުރުވާކަމެއްކަމުގައި ބޮޑަށްބެލެވެނީ
އަހުމަދުބޭ
14 July 2020
ކޮން ފިޔަވަޅެއް އެޅޭނީ ޖަލައްގެންގޮސް ބުފޭމަތިން ކާންދީފައި ވަރުޖައްސައިފަ ޑީޕޯރޓް ކޮއްލައިނީ އެއީތޯ ހަރުކަށި ފިޔަވަޅަކީ
އަކު
14 July 2020
ދިވެއްސަކު އެއްވެ ހުރިޔާ ފުރަތަމަ ވެސް ޕޮލިހުން އަންނަނީ ޝީލްޑާ ޕެޕަރސްޕަރޭ ހިފައިގެން. ބަންގުލަދޭޝް މީހުންނާ ކުރިމަތިލަނީ ހުސްއަތާ.
މަރިޔަދުގެ
14 July 2020
ހެހެހޭ، ހަމީދޫ އެއްކަމެއްވެސް ނުކުރާނެ
ޚިޔާލު
14 July 2020
އައިލެންޑް އެކްސްޕާޓުގެ އަނޮންއަކީ ނޫމަޑީގެ 25% ހިއްސާދާރެއް. ނޫމަޑިއަށް ވަނީ ދައުލަތުން ބަދަލުގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ދީފައި. އެކަން ކުރީ ފައްޔާޒާއި އަމީރުގެ ލަފާގެ ދަށުން.
ހާއިރު
14 July 2020
ކޮބާ ޢެޑަމް. މިއަދުގެ ރައީސް އެފިޔަވަޅު އެޅުއްވީ. ރައީސް އަރިހުގައި އިތުރއަށް އެޑަމް ދަންނަވާތި މުސާރަ ނުދޭމީހުންނަށް މުސާރަވެސް ދެވޭގޮތެއްހސމަޖައްސަން
އިބްރާ
14 July 2020
އެއްވެސް އިންސާނަކަށް ހަރުކަށި ފިޔަވަޅުއަޅާނަމަ އެއީ އިސްލާމް ދީނާއި ޚިލާފް ކަމެކެވެ. އިސްލާމްދީނުގައި ވަނީ ޙައްގު އަދަބުދިނުމެވެ. ނަމަވެސް އިސްލާމްދީނުގައި ހަރުކަށި އަޅުވާފައި ޑިމޮކްރަސީ އިސްކުރާ މީހުންގެ ފަރާތުން މިފެންނަނީ ހަރުކަށިކަމެވެ. މިއީ އެއްގޮތަކަށްވެސް ގަބޫލް ކުރެވޭނެ ކަމެއްނޫނެވެ. ވަގުތުން މިކަން ހުއްޓާލުމަށް ގޮވާލަން
ހާއިރު
14 July 2020
ވަރަށްބޮޑު ތެދެއް އެޑަމް ބުނި ސަދޫމް ބައިގާގެ ނިންމުން އަންނާނެ ގޮތަކީ އެއީ
ފިޔަވަޅު
14 July 2020
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނޭ ކިޔާކަށް ނުޖެހޭ މިއީ ވަކި ގައުމެއްގެ ބަޔަކު ބަންގާޅީންގެ ތެރޭން އައިސްގެން އުޅޭ ވިޔާނުދާ ނުރތައްކާތެރި ބަންގާޅީންގެ ކަމެއް ޙައްލަކީ ބަންގާޅިންނަށް ދޫކުރާ ކޯޓާ ޢަދަދު އެހެން ގައުމުތަކާ ޚިލާފަށް މަދުކުރުން އަގުހެވޭ ކިޔާފަ ސޭކުން ގެނާމަ ކަމަކު ނުދާނެ އަގުހެވޭ ކިޔާފަ ގެނެސް އަގުހެޔޮކޮން ކުރުވިޔޭ ކިޔާފަ ކުއްޔެއް ތިރިއެއް ނުވޭ އަދި އެގެންނަ މީހުންނަށް މުސާރަކޮޅުވެސް ނުދެވޭ އެހެންވީމަ އަގުހެއު ކަމެއް ނުފެނޭ