ކުރިން ބޭއްވި ޖޮއިންޓް ޕްރެސް ބްރީފިން އެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަން ލިޖޮން އާ ވާހަކަ ދައްކަވަނީ. ދެގައުމުން މާދަމާ މަޝްވަރާތަކެއް ފަށާނެ
16 ޖުލައި 2020 - 00:02
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާ ޗައިނާއާ ރާއްޖެ އިން މަތީ ފެންވަރުގެ މަޝްވަރާތަކެއް މާދަމާ ފަށަން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއި ޗައިނާގެ އޮފިޝަލުން މާދަމާ ބާއްވާ ބައްދަލުވުމުގައި މަޝްވަރާކުރާނީ ބޯޑަރު ހުޅުވުމާއި ޓޫރިޒަމަށް އަމާޒުކޮށްގެން ކަމަށެވެ. އެކަމަކު ފުޅާދާއިރާއެއްގައި ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކާނެ ދާއިރާތަކުގެ ތެރޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމާއި އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުން، ޓޫރިޒަމް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނެ އެވެ.
މާދަމާގެ ބައްދަލުވުމަކީ ޑިރެކްޓާ ޖެނެރަލުންގެ ފެންވަރުގައި ދެ ގައުމުން ބާއްވާ ފުރަތަމަ މަޝްވަރާތަކެވެ. އެ ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިއާނެވެ. ފޮރިން މިނިސްޓްރީން ބުނިގޮތުގައި ޓޫރިޒަމް މިނިސްޓްރީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮފިޝަލުން ވެސް އެ ވަފުދުގައި ހިމެނޭނެ އެވެ.
ބައްދަލުވުމުގައި ޗައިނާގެ ފަރާތުން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވާނީ އެގައުމުގެ ފޮރިން މިނިސްޓްރީގެ އޭޝިއަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޔައޮ ވެން އެވެ. އެ ގައުމުގެ ނެޝަނަލް ހެލްތު ކޮމިޝަން، ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ޓޫރިޒަމް އެންޑް ކަލްޗާ މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ އޮފިޝަލުން ވެސް އެ ވަފުދުގައި ހިމެނެ އެވެ.
ބަލިމަޑުކަމެއް ފެތެރެމުން ދަނިކޮށް ވެސް ޗައިނާ އިން އިސްނަގައިގެން މިފަދަ ބައްދަލުވުމެއް ބާއްވާތީ ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ކިޔާ ކަަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއާއި ރާއްޖޭގެ ގުޅުމަކީ ހިއްސާކުރާ ތާރީހީ ބިންގަލެއްގެ މަތީގައި ގާއިމްވެފައިވާ ގުޅުމެއް ކަމަށެވެ.
ކޮވިޑް-19 ފެތުރުން ކޮންރޯލްކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން މަހެއްހާ ދުވަސް ފަހުން ބޯޑަރު އަލުން ހުޅުވާލީ މިއަދެވެ.
ޗައިނާގެ ޓޫރިސްޓުން ގެނައުމުގެ މަޝްވަރާތައް މާދަމާ ބާއްވަނީ ދެ ގައުމުގެ ގުޅުން މި ވެރިކަން ފެށުމާއެކު ހީނަރުވެފައި އޮތުމަށް ފަހު އެވެ. ކުރީގެ ސަރުކާރުގައި ޗައިނާއާ ގާތްގުޅުމެއް ބޭއްވިޔަސް މި ސަރުކާރުގައި ފެންނަނީ ޗައިނާ އަށް ވުރެން އަވަށްޓެރި އިންޑިއާ ގުޅުން ރަނގަޅުކުރި ތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާރިހަތު ޖަލީލު
16 July 2020
އިޤްތިޞާދު ކުރިއެރުވޭނީ ހުރިހާ ގައުމުތަކާއެކު ގުޅުން ބާއްވައިގެން. މިސަރުކާރުގެ ޚާރިޖީ ސިޔާސަތު ރަގަޅު ކުރަންޖެހޭ. ގަތަރާއި ގުޅުން ބަދަހިކުރަން ފޮރިން މިނިސްޓަރު ދިރާސާކުރައްވާތާވެސް އަހަރެއް ވެއްޖެ.
އޮނަރަބްލް އަފީފު ދީދީ
16 July 2020
ކޮވިޑް 19 ގެ ހާލަތުން އަރައިގަންނާންދެން ރާއްޖޭގެ 3 ސަރަހައްދުގެ 3 އެއަރޕޯޓް ދުނިޔޭގެ އެކި ސަރަހައްދު ތަކަށް ހުޅުވާލަންވީ ނޫންތޯ؟ # މިގޮތުން ހަނިމާދޫ އެއަރޕޯޓް އިންޑިޔާއާއި އިންޑިޔާ މަގުން އަންނަ ފްލައިޓް ތަކަށް ހުޅުވާފަ ކ.އަތޮޅު ހުޅުލެ އެއަރޕޯޓް ޔޯރޮޕްގެ ޤައުމު ތަކުން އަންނަ ފްލައިޓް ތަކަށް ހުޅުވާލާފައި ގޭން އިންޓަރނާޝަނަލް އެއަރޕޯޓް ލަންކާ، އާސިއާން ޤައުމުތަކާއި ސައުތުއެފްރިކާ އަދި ގަލްފްގެ އިތުރުން އެމަރިކާއާއި އޮސްޓްރޭލިއާގެ ފްލައިޓް ތަކަށް ހުޅުވާލަންވީ.
ނަންރީތި
16 July 2020
ޗައިނާ މީހުންނަށް ވަކިރަށެއް ޚާއްޞަކުރުން ރަނގަޅެއް
ފިފުޓީ ސިކުސް
16 July 2020
އިންޑިޔާގެ މޯދީ ގެންނަން މަސްވަރާކުރަންވީނޫންތޯ؟ އޭރުން މުންޑުގަނަޑަކަށް ދެފިޔައާއި ލޮނުމެދާއި މޫގު އަޅައިން އަންނާނެ
ސާދާ މިޒާޖު
16 July 2020
އަވަހަށް ޗައިނާ ޑައިރެކްޓް ފްލައިޓްތަށް ރާއްޖެއަށް ފައްޓަބަލާ! މަމިއުޅެނީ މަ އަލީ އެކްޕްރެސްއިން ގަނެފަ ހުރި އެތިކޮޅު ނައިސްގެން!
ޓޯކީ
16 July 2020
ދިވެހި ބައެއް މީހުންގެ ވިސްނުން މިހުރީ ކޯލްޑް ވޯރ ދުވަސް ވަރު ވެސްޓާ ރަޝިޔާ ބައެއް މީހުންގެ ވިސްނުން ހުރިގޮތަށް. ޕީޕީއެމް އަދި ޔާމީނަކީ ކޮމިއުނިސްޓު ޗައިނާގެ ކުޑަދޮށުގައި ތިބޭ މީހުން އަދި އެމް.ޑީ.ޕީ އަކީ ހުޅަނގު ކުޑަ ދޮށުގައި ތިބޭ މީހުން. މިހާ ބޮޑަށް ޕޯލަރައިޒްވެގެން ވާނެ އެއްވެސް ފައިދާއެއް ނެތް. ކޮންމެ ކުޑައެއްގެ ދަށުގައި ތިއްބަސް ސަލާންޖެހުމުގެ ވިސްނުން ދޫކޮށްލުން މުހިއްމު. އަމިއްލަ އަށް މަސައްކަތްކޮށްގެން އުޅެވޭތޯ ބަލަންވީ.
ވޯކީ
16 July 2020
ދިވެހިންނަށް މާބޮޑަށް ހަމަ ކަމުދަނީ ސަލާންޖެހުން.
ޑިމޮކްރަސީ
16 July 2020
ޗައިނާ އަށް ބެވުން ނޫންކަމެއް ކުރަންނޭގެެ ބަޔަެއް އަދި ޗައިނާ މީހުންގެ ފައިބުޑަށް ވެއްޓެންޖެހޭތަ
ބިކާރީ
16 July 2020
ތިޔަ މަޝްވަރާތަކަކީ ބޯޑަރހުޅުވުމުގެކުރިންކޮށްނިމި ހުރިހާކަންތައްތަކެއް ހަމަޖެއްސިފައި އޮންނަންޖެހޭކަމެއް. ބޯޑަރ ހުޅުވާ ހުރިހާކަމެއް ކޮށްފައި ޗައިނާއާއެކު މަޝަވަރާކުރުމަށް ކިޔޭނީ ކްރައިސިސް މެނޭޖްމަންޓް. ހީކުރީ ޔޫރަޕުން މީހުނއލް އައިސް ފުރާލާނެއޭ. ގަތަރު ގެ ބޯޓް އޯވަރ ބުކްވެގެން މިއައީ 128 މީހުން. ބަލަ ނިވްނޯރމަލްގައި ކުރިން އެރުވިވަރަށް ބޯޓަށް މީހުން މޭރުވޭނެޔޭ.
ނެގުނުކަތީބު
16 July 2020
ތިކަމަށް އެންމެ ރަނގަޅުވާނީ ކުރީގެ ރައީސް އެމްޑިޕީގެ ރައީސް މަޖުލިސްގެ ރައީސް! ކީއްވެބާ އިންޑިޔާގެ ގެސްޓުން ގެނެސް ފުރާލާ ވާހަކަ ނުދައްކަނީ؟
ބޮޑު މުހައްމަދު
16 July 2020
ގެންނާނެ ކަމެއް ނެތް މިތަނަކަށް. ލަދެއް ނުގަނޭތެ ރީނދޫ ކޮހުން ޗައިނާއޭ ކިޔައިގެން އަނގަ ހުޅުވަން. އިންޑިއާ މީހުން ގެނޭ. އާން ރިސޯޓަށް އައިސްވެސް ބުނާ ސަރު އައި ނީޑެ ޑޯސާ އެންޑެ ސަމްބަރު ފޯރ މައި ބްރެކުފާސްޓް.